ފާއިތުވީ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަމުން އަންނަ އަދި ކޮށްފައި ހުރި މަސައްކަތަށް ބަލާލުމުން އެމްޑީޕީން ވާ ވައުދުތައް ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ތިން ވަނަ މަންޒިލަކަށް ދާންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ މި ދައުރުގައި ކޮށްފައިހުރި ކަންތައްތަކަށް ބަލާލުމުންވެސް އެމްޑީޕީގެ ވައުދުތައް ރައްޔިތުން ގަބޫލުކުރައްވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކުންވެސް އެމަނިކުފާނުގެ މަސައްކަތްތައް ބަލައިގެންފި ކަމަށެވެ.

"އަޅުގަނޑު ހިތުން ތިޔަ ބޭފުޅުން އަޅުގަނޑުމެން މިވާ ވައުދުތައް ގަބޫލުކުރައްވާނެ. މި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތުން، އަޅުގަނޑު ހިތުން އެ ޔަގީންކަން މުޅި ރާއްޖޭގެ ރަށްތަކުން އަަޅުގަނޑުމެންނަށް އެބަ ލިބޭ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގައި ދާންދޫއަށް ކޮށްދޭން ވައުދުވި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ ނިމިފާއެވެ.

ދެވަނަ ދައުރެއް ލިބިއްޖެނަމަ ދާންދޫގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ރައީސް ވަނީ ވައުދުވެފައެވެ.

އެރަށުގެ ހިއްކި ސަރަހައްދުގައި ފްލެޓު/ރޯހައުސް އަޅައިދިނުމަށާއި، ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކުރުން، ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ އިތުރުން ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމެއް އެޅުން، ތިރީސް އެނދުގެ ހޮސްޕިޓަލެއް އެޅުން އަދި ބޭންކު ގެ ހިދުމަތް ދިނުމަށް ރައީސް ވަނީ ވައުދުވެފައެވެ.

ދާންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ބޭއްވެވި ޖަލްސާގައި ރައީސް ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ރަށުގެ ރައްޔިތުންގެ އޮތް ރޫހެވެ. މިއީ ސަރުކާރުން ކުރި މަސައްކަތް ބަލައިގަތުން ގޮތުގައި ސިފަކުރެއްވިއެވެ. ދާންދޫން އެމްޑީޕީ އަށް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހިސާން

    ޗީޑި، ޔާމީން ހުންނެވީ ވެހުނު ވިއްސާރައިގަ ގަދަކޮށް. ފިސާރި ކެރިގެން. މީނާ ހާދަ ހިޔައްވެސް ހާދަ ބަލި މީހެކެ ދޯ މިއީ.

  2. އަލީ

    ޗޯރުގެ ވެރިކަން ނިމެނީ ނިމެނީ ޗޯރުގެ ވެރިކަން ނިމެނީ ނިމެނީ

  3. ކިނބޫ

    އިބޫގެ މަސައްކަތް ލަސްކަމާ ކަޑަ ކަން ކުޑަކުދިންނަށް ވެސް ވިސްނޭނެ. ކަލޭގެ ވައުދު ގަބޫލު ކުރާނެ މީހަކު މިހާރު ނެތް

  4. ހުސޭނުބޭ

    އޭނާ އެ ބަލަނީ އަމަލްގިރިއާ ދިމާލަށް.

  5. މޕ

    އަދިވެސް ލާދީނީ ޕާޓީ އަކީ އެމްޑީޕީ އެއީ އެމްޑީއެންގެ ބޮޑުން އަދިވެސް ސަރުކާރުގެ އިސް މަގާމު ތަކުގަ އެބަތިބި ނުވިތާކަށް އަންނި ދިޔައިމާ އަދާލަތުން ބުނި ލާދީނީ ބައިގަޑު ދިޔައީއޭ ހަގީގަތަކީ އަންނި ބޭރު ކުރީއެެއްނޫން އޭނަ ދިޔައީ އަމިއްލަޔައް އާދޭސް ކޮއްކޮއް އޮއްވަ އަދިވެސް އަޔަސް ގުޅޭނެ.

  6. ޑައެލޯގް

    ހޫންގަބޫލުކޮށްފީމެވެ. ވިލިމާލެ ބްރިޖް، ގޯތިކަނޑާފައިދޭންބުނި 6200 ގޯތި، ފްލެޓް، ހަދިޔާފޮށި، ގެއްލޭމަރާއި ގޮތްނެގޭމަރު، އަފްރާޝީމާއި، ރިލުވާން، ލޯނުނުނަގަންބުނިބުނުން، ކޮންކްރީޓަކީ ތަރައްގީއެއްނޫނެބުނެ ޖަޒީރާވުން، އެމްއެމްޕީއާރުސީގެ ފައިސާހޯދަދޭންބުނުން، ކޮރަޕްޝަނަށް ޒީރޯޓޮލަރެންސް، ސްކޫލްތަކުގެ ނާސްތާ، ކޯޓުތައް މިނިވަންކުރަންބުނުން، ނޫއިގްތިސާދުގެ ސަބަބުން ޑޮލަރު 18 އަށްއަރާ ފައިސާ ޗާޕުކޮށް، ޓީބިލްވިއްކާ ދަރަނި 120 ބިލިއަނަށް އެރުން، ވެންޓިލޭޓަރުތަކަށް ވީގޮތެއްނޭގުން، އެމްއެމްއޭގެ ހަޒާނާއި ހުރި 900 މިލިއަންޑޮލަރު ހުސްވުން، އިންޑިޔާ ސިފައިން މިަގުމުގައި ބަނަޑަހަޖެހުން، އަދިވެސް ބައިވަރު ނުލިޔެވޭނެ

  7. ކެކެ

    އެދުވަހު ރައީސް ޔާމީން ވާރޭގައި ތެމި ފޯވެގެން ހުރެ ވާހަކަ ދެއްކެވީމަ އެކަމަށް މަލާމާތް ކުރި މީހުންނަށްވެސް މިއަދު ޖެހުނީ ހަމަ އެ ހާލެވެ. ކެކެ