(ގއ. ކޮލަމާފުށި) އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހާމަކަން ބޮޑު ގޮތެއްގައި ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ކެންޑިޑޭޓުންނަށް "އަނިޔާވެރި އުނދަގުލެއް" ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިންގެ ދަށުން ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ކެމްޕެއިން ކުރައްވަމުން ގެންދެވި އިރުގައި ތަފާތު ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އެ ދަތި އުނދަގޫތައް އިހްސާސް ކުރަން ޖެހުނު އެއް ބަޔަކީ ކޮލަމާފުށި ރައްޔިތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

ރައީސްގެ ވާހަކަފުޅުގައި ވަނީ އޭރުގެ ރިޔާސީ އިންތިހާބަށް ބޯމަތިވެފައި ވަނިކޮށް ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމަށް ބުނެ، އެމްޑީޕީގެ 18 ސަޕޯޓަރަކު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރިކަން ފާހަގަ ކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މީހުންނަށް އެ ފަހަރު ވޯޓު ލެވޭ ގޮތް ވެސް ނުވިއެވެ.

އެހެންވެ، ރައީސް ވިދާޅުވީ ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން އަލުން އެ ދުވަސް އިއާދަވެދާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެއްވެސް މީހަކާ ދޭތެރޭގައި އަނިޔާވެރި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މިއަދު ގއ. ކޮލަމާފުށީގައި. --- ފޮޓޯ: އެމްޑީޕީ

"ސާފުކޮށް ކެމްޕެއިން ކުރުމުގެ ފުރިހަމަ ޖާގަ އޮންނާނެ. އަށެއް ކީއްކުރަންތޯ، ބާރަ ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް އެ ފުރުސަތު އޮންނާނެ. ކެމްޕެއިން ކުރައްވަންވީ، ހިޔާލު ފާލުކުރަން ވީ ހާމަކަން ބޮޑު ގޮތެއްގައި އެ ޖާގަ މިއޮތީ ދީފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮލަމާފުއްޓަކީ މީގެކުރިން އިސްލާހީ ހަރަކާތްތަކުގައި ވަރަށް ކުރީގައި ހަރަކާތްތެރިވާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އަބަދުވެސް ފޯރި އާއި ޖޯޝްގައި ބައިވެރިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ކޮލަމާފުށީ ރައްޔިތުން އޭރު ވެސް ބޭނުން ވަނީ ހަމަޖެހުމާއި ސުލްހަމަސްލަސްކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

ކޮލަމާފުއްޓަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާ ކުރާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ކޮލަމާފުށީގެ ބޮޑު އަޣުލަބިއްޔަތެއް ރައީސަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކާ ދިމާކޮށް އިދިކޮޅު ސަޕޯޓަރުން ބައެއް ރަށްރަށުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި އިދިކޮޅު ސަޕޯޓަރުން ރަށްރަށުގައި ދަމާ ބެނާތައް ފުލުހުން ނެގުމާއި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ބުނެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސޯލިބޭ

    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ހައިވާނެއްމީ

    20
  2. ޙެހެހ

    ފުލުހުން އަމިއްލައަށްތޯ ބެނާތަށް ނަގަނީ ، ހެއްވާކަމެއްތީ ، ފުލުހުންވެސް ސިފައިންވެސް ބޭނުމެއް ނުވާނެ ލިބޭ ރެސްޓް ވަގުތުތަކުގައި އާންމުންނާއި ކުރިމަތިލާކަށް ، އަދި އެގެންގުޅޭ ބަރު ސޭފްޓީ ޖެކެޓްތައް އަޅާގެން ތިބޭކަށް ދެން ކާކުތޯ އަމުރުކުރަނީ ، ކާކުތޯ ޒިންމާވަނީ

    15
  3. އއ

    އިދިކޮޅު ލީޑަރު ނުޙައްޤުން ޖަލުގައި ބާއްވައިގެން ކަލެއަށް ދޭނެ ވޯޓެއްނެތް.

    17
  4. އިންތިޚާބު

    އިބޫގެ އައްވާނުން ނާދޭ ނާދޭ އާދޭސްކޮށްފައި މިބުނަނީ ނާދޭ. ރައްޔިތުން.

    16
  5. Anonymous

    ހެހެހެ/. ތި އެއްބަސްވީ ކުރީގައި ވާދަވެރިންނަށް އުދަގޫ ކޮށް އަނިޔާދިންކަމަށްތަ؟ ރައްޔިތުން ހެކިވޭ ކުރެވިފައި ހުރި އަނިޔާއާ ދުއްތުރާ.

    15
  6. ލަގން

    ބާހާ އަމަލާ ދިމާ އިދިކޮޅު

    17
  7. ހަގީގަތް

    އެއްގޮތަކަސް އިބޫ ދާ ރަށަކުން ހަޔަރުކޮއް ބެނާތަކަށް ޕޮލިހުން ފޮނުވައިގެން ގެއްލުން ދިނުން ހަމަ އެއްގޮތަކަސް ނުކުރޭ އަނިޔާ

    11
  8. ހަސަނަ

    އިބުރާހިމާ ކަޅޭތިޔަހަރަގެންދަނީ ރައްޔިތުންގެމުދަލާ ފައިސާ ނަހަމަގޮތުގަ ބޭނުންކުރަމުން މިހަރުވެސް ކަލޭތިޔަހުރީ ގޮޅިއައްފެތިފަ ދައުލަަތް މުށުތެރޭ ލައިގެންތިޖަހާ ސަކަރާތގަ ވާގިވެރިވާ އެންމެން ހޭއަރާނެ 9 ސެޕޓެމްބަރުގަ..

  9. ޜައްޔިތުމީހާ

    ފުރަތަމަ ކަމަކައް ރައްތިތުންގާތުބުނާ ބަހާއަމަލާ ދިމާކުރެވޭތޯބަލާ އެގޮތައް އަމަލު ނުކުރެވޭނަމަ ރައްޔިތުންގާތައްނުދިއުމައް ނަސޭހަތްތެރިވަން

    12
  10. ހުސޭނުބޭ

    އެކަމެއްނޭގެ! މީހުން ގޭގައި ނިދާފައި ތިއްބާ އެބަ ގެންދޭ ހައްޔަރުކޮށްގެން ދަމާކޫއްތާފައި. އޭނާއާ ދެކޮޅަށް ގޭގައި އޮވެގެން ލަވަޖަހާތީއޭ ކިޔާފައި.

    11
  11. Khalid Waheed

    އެހެންވީމަދޯ ކަލޭ އަރަން ދާ ކޮންމެ ރަށަކަށް އެރުމުގެ ކުރިން އެ ރަށަކަށް ފުލުހުންނާއި ސިފައިން ފޮނުވައިގެން އެ ރަށެއްގައި އިދިކޮޅުން ކަލެއާ ދެކޮޅަށް ދަމާފަ ހުންނަ ފޮތި ތަކާއި ބޯޑުތައް ޤާނޫނާއި ޚިލާފަށް ފުލުހުންނާއި ސިފައިން ލައްވާ ތިޔަ ނަގުވަނީ.
    ކަލޭ ތިޔކުޅޭ ކުޅި ރައްޔިތުންނަށް ވަރަށް ސާފު

    12
  12. ރައްޔިތުން

    ރަށް ރަށުގެ ރައްޔިތުންނަށް ހޭ އަރުވާލާނީ ދޯ

    12
  13. ޑައެލޯގް

    އާނ! ފުރުޞަތު ވަރަށްދީފިއެވެ. ރަށަކަށް އިބޫއެރުމުގެ ކުރިން ފުލުހުން ފޮނުވައިގެން އިދިކޮޅުން ދަމާފައިވާ ބެނާތައްނަގައެވެ. ގެއެއްގައި ފިޔާތޮށިކުލައެއްލާފަ ހުރިއްޔާ އެތަނެއް ފިލާޖަހައި ބަންދުކުރެއެވެ. މީގެ ކުރިން އެއްވެސް ރައީސަކު ނުގެންދާވަރަށް ސިފައިންނާއި ފުލުހުން ރައިޓް ގިޔަރުގައި ގެންގޮސް އާންމުންނަށް އަނިޔާކޮށްފިއެވެ.

    13
  14. ޔާސީނު

    އެހެންވެޖިއްޔާ....ފޭކް ވީޑިއޯތަކެއް ބާ!!!😁😁😁😎🤓

  15. ނޫސްވެރިޔާ

    މަނިކުފާނު ކޯޓުކޮޅުގަތޯ؟ދެންހުރިބޭފުޅާހުރިހާލު މަނިކްފާނައް ފެނިލައްވާތޯ¿

  16. ގެޅޭ

    އެގޮލާހުރީވަރައްބޮޑައްހީކަރުވާފަދޯ،

  17. ޔާ ސީ ނު ލް

    އަމީރު މިނިސްޓިރުތޯ އެއިނީއެތާކަނަކައްލާފަ😁😁😁ތަންކޮޅެއް ވޯލްޓޭޖް ހައިކޮއް ފެންނަނީ😁😁😁😁

  18. ޢިޗުކޫ

    ކަލެޔަކީ މިދުނިޔޭގަ ނެތްވަރު ލާއިންސާނީ އަދި ސިޔާސީގޮތުން އަނިޔާވެރި މިރާއްޖެއަށް ހުރި މުސީބާތެއް. މާތްﷲ ކަލޭގެ މިއަނިޔާވެރި ކަމުން މިންޖުކުރައްވާށި. އާމީން.

  19. ކައުންސެލަރު

    ކޮންމެސް އެއްދުވަހަކުން ގޮނޑިން ޖެހޭނީ ފައިބަން. އޭގެއަނެއްދުވަހު އަލިފާނޯއެކޭ ނުގޮވާތި

  20. ހަސަންފުތު

    ގަނޫނޫން ލިބިފައިވާ ހައްގުގެ ބޭނުންހިފައި މުޒާހަރާ ފަރާތްތަކަށް ފާޅުގައި އެސްއޯ ފުލުހުން އަނިޔާކުރަމުންދާއިރުވެސް މިބުނަނީ އިދިކޮޅު މީހުންނަށް އަނިޔާ ނުކުރާކަމަށް! ހައިރާންވޭ މިނަ މިހުރީ ދޮހަދަމުންގޮސް ބޮޑުދޮގުވެރިއަކަށް ވެފައިތަ! މީނަ ހީކުރަނީ މަންޒަރު ރައްޔިތުން ނުބަލާކަމަށް!

  21. އިމާ

    ރައްޔިތުންނާއެކު ވާރޭގަވެސް ތެމިލަން ކެރޭވަރު ލީޑަރ އެއްބޭނުން

  22. ހަފޫ

    ހުރި ހަމަ އެކަނި ބާރެއް ހުރި ވާދަވެރިޔާ އޮތީ ޖަލަށްލާފަ. އިސްތިއުނާފު ހައްގުންވެސް މަހުރޫމް ކޮށްފަ. އެހެން ވިއިރު ކޮބައިތޯ ލަދުފުޅު!

  23. ނާ

    ވުހޯދަން ނާނާތި ޥ ވ ވ ވ ވ ވ ވ ބިޒީ އަޅުގަޑުމެއްނައްވެސް ިޒީވެގެން މަމިކުފާނު ބިޒީކަމުން އާދޭ ކުރީމަވެސް ބައްދަލެއްނުކުރީމު ކިތައްސިޓީ ލީމު އަޅުގަނޑު ސޮރީ ބިޒީ ވ ވ ވ ވ ވ ޥ ވ ސޮރީ ވ ވ ވ ބިޒީ