ސިޔާސީ ވާހަކަ ދައްކަން ދެން ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު ބޭއްވުނު ރައީސް ޔާމީންގެ އިސްތިިއުނާފީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވާހަކަ ދައްކަން އިތުރަށް ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ނެތިން މިއަދު ސިޔާސީ ވާހަކައެއް ދައްކާކަށް ވެސް. އަޅުގަނޑު މިއީ އެ ފުރުސަތު ދޫކޮށްލައިގެން ހުރި މީހެއް،" ޔާމީން ވިދާޅުވިއެވެ.

ސިޔާސީ ވާހަކަތައް ދައްކަން ބޭނުން ނުވާ ކަން ހާމަކުރައްވާ ރައީސް ޔާމީން އެދިލެއްވީ ހުކުމް ތަންފީޒުކުރުން ފަސްކޮށް، އެމަނިކުފާނުގެ ސިއްޚީ ހާލަތަށް ރިޔާއަތްކޮށް އެމަނިކުފާނު ގެޔަށް ބަދަލުކޮށްދެއްވުމަށެވެ. މާފުށީގައި ހުންނަވައިގެން އެއްވެސް ފަރުވާއެއް ނުލިބި ބަލި ބޮޑުވާކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު އެމަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށާއި އުނަގަނޑުގައި ރިއްސާތީ ކަސްރަތު ކުރުމަށާއި މޫދަށް ދިޔުމަށް ޑޮކްޓަރު ލަފާދެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މާފުށީ ބިން ހިއްކާތީ މޫދަށް ދިޔުުމުގެ ހުއްދަ ނުލިބޭތާ ޖަލުގައި ހުންނަވައިގެން ކަސްރަތު ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑަކީވެސް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް، ޒުވާން އުމުރަކު ނޫން މިހުންނަނީކީއެ. ހަމައެހެންމެ އަޅުގަނޑަށް ޑޮކްޓަރ ރިކަމެންޑްކޮށްފައި ހުރި ކަސްރަތްތައް ކުރުމުގެ ފުރުސަތެއް މާފުށީގައި މިހާރު ވަނީ ބަންދުވެފައި. އަޅުގަނޑަށް ރެކޮމެންޑްކޮށްފައި މިވަނީ އަޅުގަނޑުގެ އުނަގަނޑުގެ ތަދާއި ގުޅިގެން މޫދަށް ދިޔުން އެހެންނަމަވެސް މާފުށިން އެކަމެއްވެސް އަޅުގަނޑަށް ނުލިބުނު."، ރައީސް ޔާމީން ވަރަށް އަސަރާއެކު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ލިބެމުންދަނީ ހައްޤު އަދަބެއް ނޫން ކަމަށާއި އެކަން ސާބިތުކުރާނެ ކަމަށެވެ. އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލަން އެދުމުން އެކަހަލަ ޤާނޫނެއް ނެތް ކަމަށް ބުނެ ދޫކޮށްނުލި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑައެލޯގް

    ޔާމީނަށް ކެތްތެރިކަން ދެއްވާށެވެ. އަދި އިބޫއަށް އެކަމުގެ ހިތި ﷲ މިންވަރުފުޅުން އަޅަމެނަށް އަވަހަށް ދައްކަވާދޭވެ

    93
    12
    • Anonymous

      އެއީ ކީއްވެތޯ ސިޔާސީ ވުމާއި ސިޔާސީ ވާހަކަ ދެއްކުމަކީ އަސާސީ ހައްޤެއް، ބިރުދައްކައިގެން ހައްޤުން މަހުރޫމަ ނުކުރެވޭނެ !

  2. ލޮލް

    މިގައުމުގެ ރައީސުލްޖުމްހޫރިއްޔާކަން ކުރާހިތް ފިލާފައި މިހާރު ހުންނާނީ. އަދި ނޭނގެ އިބުރާހިމު ދާނީ ކިހާވަރަކުން ކަމެއް. ރިޔާސީ އިންތިޚާބުގެ ވޯޓު ގުނާ ނުނިމެނީސް ފޮށި ތަންމަތި ހިފައިގެން ފިލައި ރައްކާވާން ނޫޅެފިއްޔާ ކިތަންމެހާވެސް ރަނގަޅު.

    59
    7
  3. މުހައްމދު

    ވައްކަން ކުރީމަ ޖަލަށް ލާނެދޯ

    10
    54
    • ޙިންނަބެ

      ނުކުރިޔަސް ލާ އަސްލު ވަގު ސިންގަޕޫގަ މުލިވަގު އެ ވަގު ފޮނުވާލީ ޖަލުންނެރެފަ ކޮންމެ ތާކުއޮތަސް ނުފިލޭނެ އެކަލޭގެއަށް ލަސްތަކެއްނުވެ ޖަޒާ ﷲ މިންވަރު ކުރައއވާށި އާމީން

      44
      2
    • މުގުރާން

      ޝަރުއީ 3މަރުހަލާ ނިންމާލަންވެސް ނުކެރުނު ބަޔަކަށް ވައްކަމޭ ތިކިޔަނީވެސް ރުފިޔާ ދީގެން ، ހުކުމް ޖަހާ ފަޑިޔާރަށް ވާގޮތުންވެސް އެގޭތާ އެކިޔާ އެއްޗެއްގެ ކޮޅެއް މެދެއް ނުޖެހޭކަން؟؟؟

  4. ކަމަނަ

    ވަރަށް ރަނގަޅު ނިންމުމެއް. މަނިކުފާނާ ނުލާވެސް ދިވެހިން އުޅެން ދަސްކުރަންޖެހޭ.

    18
    14
  5. ކުދަބެއްޔާ

    މަނިކުފާނު ސިޔާސީވާހަކަދެއްކުން ހުއްޓާލެއްވިޔަސް މަނިކުފާނުން މިޤައުމައްކޮއްދެއްވި ވަރުގެ ޚިދުމަތެއް ފަސްއަހަނރު ދުވަހުގެތެރޭގަ ކޮއްދެވުނު ވެރިޔަކު މިގައުމު އަދި މިހާތަނައްދެކިފަނެތް އެކަން ކޮންމެދިވެހި ރައްޔިތަކު ހަނދާން ހުންނާނެ އެއީ މަނިކުފާނާ އިދިކޮޅުމީހަކައްވިއަސް ހަނދާންހުންނާނެކަން ކަށަވަރު

    15
  6. ޟެން

    ހެޔޮނުވާނެ ދެން ކަލޭވެރިކަމާއި ނޫޅޭ. ހައްޖައް ގޮސް މިސްކިތަށް އަރާ އިނިއްޔާ މާ ރަނގަޅުވާނެ ދެއްތޯ.

    2
    1