ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ރާއްޖެ ގެނައުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ފަށައިފިއެވެ.
އދ. މާމިގިލީގައި ގާސިމް އިބްރާހިމްގެ ކެމްޕޭން ފެށުމަށް ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، އަދިވެސް އޮތީ މެސީ ރާއްޖެ އަންނަ ގޮތަށް ކަމަށާއި، އެ މަސައްކަތްތައް ކުރައްވަމުން ގެންދަވާހެން ހީފުޅުވާ ކަމަށެވެ.
"އިލްހާމް ނޫނީ އަބުޅޯ ކައިރިން އަހާލަން ބޭނުންވަނީ މެސީ ކޮބައިތޯ، މެސީ އައިތޯ، އެހެންވީމަ ފުޓްބޯލަ ވާހަކަވެސް ރަނިންމޭޓް ދައްކައިފި، ﷲ އިރާދަކުރެއްވިއްޔާ ހަމަ އަދިވެސް މެސީ އޮތީ އަންނަ ގޮތަށް، އަޅުގަނޑުމެން ލީޑަރުގެ އެެޖެންޓް އަޅުގަނޑަށް ހީވަނީ އެ މަސައްކަތް އެބަ ކުރައްވާހެން".
އަދި ޒުވާނުންނަށް ވަރަށް ހާއްސަކޮށް މެސެޖްތަކެއް އަދި ޒުވާނުންނަށް ހާއްސަ އުއްމީދުތަކެއް ވަނީ މި ޖޭޕީއާ އެކުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރިޔާޒް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އެޕާޓީގެ ވެރިކަމެއް އުފެދިއްޖެނަމަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ ގަލޮޅު ދަނޑުން ފެންނާނެކަމަށް ވިދާޅުވެފައެވެ.
ހީ ވިލް ނޮޓް އެންގޭޖެޑް މޯލްޑިވިއަން މޯސްޓް ކަރަޕްޓެޑް އެންޑް ޑަމްޕެސްޓް ވޯނަ ބީ ޕްރެސިޑެންޓް ކެމްޕެއިން ރެލީ، ހީ ވޯންޓް ފޯކަސް ހިސް ގޭމް
އަހަރުން ބޭނުމީ ރޮނާލްޑޯ މިރޭވެސް އެނެގީ ތައްޓެއް
ތިޔަ މަގޭ ވޯޓް ހަރާންވީ
އަސަރެއްކުރޭ ދޯ ގޯޓު އަންނަ ވާހަކަ ބުނީމަ. ރޮނާލްޑޯ ވޯރލްޑްކަޕް ނެގީތަ؟
ގާސިމް އައް ވޯޓްލެވޭތަ
ނުގެނެވޭނެ..
ގާސިމް ހުސްވެގެން ތިކަން ވާނީ..
މެސީ އާއި ރޮނާލްޑޯ އެކީ ގެނެއްސިއްޔާ ގާސިމަށް ވޯޓު ލާންވީތޯ ކޮންސިޑަރވެސް ކޮށްލެވޭނީ.
ކޮބާ އެންބަބެޔޯ، ނުގެންނަންދޯ
ތިހާ ރަގަޅު ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު ކީއްވެތޯ ސްޓާފުންނަށް އެހާދަތި ހާލުޖައްސަނީ.
ހީވާ ހީވުމެއްގެ މައްޗަށް ވާހަކަ ނުދައްކަވާ
މެސީއަކީ އެއްވެސް ސަހްސިއްޔަތެއް ނެތްމީހެއް.ރޮނާލްޑޯ ރަނގަޅުވާނެ
ހީވަނީ މެސީ މިހާރު ދިރިއުޅެނީ ދިވެހިރާއްޖޭގައިހެން ހީވަނީ ހީވަނީ ހީވަނީ އައްނަނީ އައްނަނީ އައްނަނީ ، ދައުލަތަށް ދައްކަންޖެހޭ ޑޮލަރ ތަށް ނުދައްކާކަން ޔަގީން ޔަގީން ޔަގީން
މަސްދޯނިއެއް އެބަ ފޮނުވަން އެމެރިކާއަށް މެސީ ބަލާ...
އާން އެހެންޏާ ފަހެ މެސީ އުޅެނީ ދުނިޔޭން މޮޔަވެގެން ވިއްުޔާ، ހަހަހަހަ
މެސީ އަކީ އާންމުކޮށް ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަމީހެއް. ގާސިމްބުނެގެންނެއްނޫން އަންނަނީ.
ވަގުތު ނިއުސް ބޭފުޅަކު ލައިވް އިވެންޓެއްގަ ޤާސިމް އާއި ސުވާލު ކޮއްލަންފެނޭ އޭނަ އޭނަގެ މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރާގޮތާ ބެހޭގޮތުން…އޭގެ ޖަވާބެއް މުވައްޒަފުން ބޭނުންވޭ…
މެސީ އެއީ ކާކު ރާއްޖެ އަންނަން! އޭނަ އައިމަ ރާއްޖެ ތަރައްގީވަނީތަ؟ މެސީ ގެނައުމަށްވުރެ، ސައުދީ ވަލީއަހުދް މުހައްމަދު ބިން ސަލްމާން ގެނެއްސިޔާ، ރާއްޖެއަށް ބޮޑު ޕްރޮޖެކްޓެއް ލިބިދާނެ! ފަހަރުގަ ގާސިމް ކެމްޕޭނުގެ ހުރިހާ ހަރަދެއްވެސް ކޮށްދީފާނެ!
މެސީގެނައީމަ ވޯޓު އިތުރުވޭތޯ
މެސީކައިރީ ބުނަން ވާހަކައެއް! ވަނަވަނަ ސޭޓަށް އަންހެނުން ނުދައްކާތި! ކަލޭ އެއްފަރާތްކޮށްފައި އިދެފާނެ!
މެސީ ގެނައިމަ ކިތައްވޯޓް ލިބޭނެބާ ތިހަރަދު ކުރުމައްވުރެ މާރަގަޅުވާނެ މުވައްޒިފުން ދޭންޖެހޭ ސާވިސްޖާޖު ދިނިއްޔާ
ާފލހ
ހާދަ ގަދައޭ. ބޯޅަކުޅޭ ކާފަރު ފަރަންޖީއެއް ގެނެސްގެން ޤައުމު ތަރައްޤީކުރަން އެ އުޅެނީ.
ރޮނަލްޑޯ ގެނެއްސިއްޔާ ވޯޓު ދީފާނަން
މޮޔަނުގޮވާ