ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ހަމައެކަނި ކެނޑިޑޭޓަކީ ހަމައެކަނި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ.ޝައިނީ ވަނީ އދ. މާމިގިލީގައި ރޭ އޮތް ޖަލްސާގައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ޝައިނީ ވިދާޅުވީ އިސްލާމް ދީނާއި، ދިވެހި ގައުމިއްޔަތަށް އަހަންމިއްޔަތެއް ދޭ ދެ ބޭފުޅަކީ ރައިސް ޔާމީނާއި ޤާސިމް އިބްރާހިމް ކަމަށެވެ.

"ވަރަށް ގިނަ ރައްޓެހިން ކައިރީގައި ވެސް ބުނާ ވާހަކައެއް މިއީ. ސިޔާސީ ކަންކަމުގައި ކުރިއަށް ނުކުމެވަޑައިގެން ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ތިބީ ދެ ބޭފުޅުންނޭ. އެއީ ރައީސް ޔާމީނާއި ގާސިމް އިބްރާހިމް،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އިސްލާމްދީނާއި ރާއްޖޭގެ ޤައުމިއްޔަތު ދަމަހައްޓަވާނެ ހަމައެކަނި ކެނޑިޑޭޓަކީ ޤާސިމް އިބްރާހިމް ކަމަށްވާތީ އެމަނިކުފާނުގެ ފަހަތަށް އަރައިވަޑައިގަތީ ކަމަށެވެ.

"އޭގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ފެންނަން އިންނެވީ އެންމެ ކެންޑިޑޭޓެއް. އެހެންވީމަ ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނީ އެމަނިކުފާނުކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތީމަ ޕާޓީއާ ގުޅެން މަޖުބޫރުވީ." ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑީޔާ ސިފައިން ތިބުމާއި ރާއްޖޭގައި ބޭރުގެ ނުފޫޒު އޮތްކަން ފާހަނގަކުރައްވަމުން އޭނާ ވިދާޅުވީ އެކަމަކީ ރައްޔިތުންގެ އިތުބާރު މި ސަރުކާރާމެދު ފަނޑުވެގެން ދިޔަ އެއް ސަބަބު ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުން ކުރިޔަސް ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމެއް ކަމުގައި ޝައިނީ ވިދާޅުވިއެވެ.

"ބައިނަލްއަގްވާމީ މަސްރަހުން ފާހަގަކުރެވޭ ރައްޔިތުން ކަމަކާ ހެދި ފެޑަޕްވީމަ ތިން ވަނަ ފަރާތަކަށް ވޯޓު ދޭނެ. ރާއްޖޭގެ މަސްރަހަށް ބަލާ އިރު ވެސް ބޮޑު ދެ ޕާޓީގެ ގޮތުގައި ތިބި ޕާޓީތަކުގެ ބޭރުން ކޮންމެ ޕާޓީއަކުން ކުރިއަސް ރަނގަޅު ކަމެއްވެއްޖިއްޔާ އެކަމެއް ނިންމަދޭނެ ކެންޑިޑޭޓަކަށް ވެސް ފެންނަނީ ގާސިމް." ޝައިނީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ގާސިމްގެ އެންމެ ފުރަތަމަ ސިޔާސަތަކީ "ދިވެހިން ފުރަތަމަ" ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން ދިވެހިން ބާރުވެރި ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޗާގޯސް

    މިއީ ހަމަ ފައްކާ ކައޮޅެއް..

    12
  2. މުއިއްޒު 2023

    ގައުމުގެ ކަނޑު ވިއްކާލާ، ހިންދޫ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓެމުންދާއިރު ލާރީގެ ބޭނުމުގަ ހެވިފަ ބަލަން ހުރީ ގާސިމް

    2
    1
  3. Anonymous

    ކޮރަޕްޓް ޝައިނީ، ހާދަ ހީވެޔޭ ގާސިމުސޭޓް މީނަގެ ގޭގައިލާނެ ލިފުޓެއް ގަނެލެވޭވަރުގެ ފައިސާ ފުންޏެއް ދިނީހެން، ވީމާ އެ އަގު އަދާކުރެވޭވަރަށް ހަޅޭއް ލައްވާ އަނގަތަޅާދޭން ޖެހޭނެ ނޫންތަ؟؟

    3
    1
  4. ނަމަސްތޭ

    އައްދެ . . . މި އޮއް ހުރިހާ ދުވަހަކު ކޮންތާކު އޮވެފަބާ ސީޒަން ތެރެ އަށް މި ފުއްމާލީ .. . . . މިކަހަލ ހައްޕުނޑުން މުޅިންވެސް

  5. ޔާ ސީ ނު

    ސައިނީ މީހުންނައް ދަޅަދައްކާ މީހާ

  6. އަގުޅިބެ

    ކީކޭދެން ބުނާނީ

  7. ހަސީބު

    ސިޔާސީ ދާއިރާ މިފަހަރު ނަޖިހުން ތޯހިރު ކުރަން ރައްޔިތުން ބޭނުންވަނީ

  8. ރައްޔަތުމީހާ

    ކޮބޭ ޔާމީނު ގާތުގަ އުޅެފަ ބުރޯމެން އަތުން ކާލި ކާއެތިކޮޅު

  9. އަހްމަދު

    އެމްެއެމް ޕީއާރްސީގެ ލާރިގަނޑު ކަޅާކޮށްލައިގެން ތިބިމިކަހަލަމީހުން އަދިވެސް ފެންނާނެ

  10. ވަހުދާ

    ކުރީ ސަރުކާރުން ކެމްޕެއިން އަށް މީނަ އަތަށް ދިން ފައިސާ ކޮޅު ކަހާލީ އަމިއްލަ ޖީބަށް

    • އަހަންމަދު

      ތީދެން ކޮންކަހަލަ ވާހަކައެއް.

  11. އަހަންމަދު

    ޝައިނީ އަށްވެސް ގޮތް ހުސްވީދޯ؟