ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ މަސްވެރިއެއް އަދި ދަނޑުވެރިއެއް ވެސް ކަމަށާއި އެހެންކަމުން އެ ދާއިރާތައް ކުރިއެރުވުމަށް އޭނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި ގުޅޭގޮތުން ރޭ ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގައި ޕްރައިމަރީ އިންޑަސްޓްރީއެއް ކަމަށެވެ. ދުނިޔޭގައި އެވްރެޖްކޮށް ބަލާއިރު ދުވާލެއްގެ މައްޗަށް އެންމެ ގިނައިން މަސްކާ މީހުންނަކީ ދިވެހިން ކަމަށް ވިދާޅުވިއެވެ. މަސްކާން ނުލިބިއްޖިއްޔާ އިތުރަށް ކާނެ އެހެން އެއްޗެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ބޭރަށް އޮންނަ ބަރޯސާވުން ކުޑަކުރުމަށް ދަނޑުވެރިކަމަކީ ވެސް ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އެހެންކަމުން މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މަސްވެރިޔަކު މަސްކަނޑަނީ-- ވަގުތު އިމޭޖެސް: އަހްމަދު މަމްދޫޙް

ކޮންމެ ސަރުކާރަކުން ވެސް ވައުދުތަކެއްވާ ކަމަށާއި ނަމަވެސް ވެރިކަމަށް އައިސްފައި އެ ވައުދުތައް ފުރިހަމަވެގެންދާ މަންޒަރު ނުފެންނަ ކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ބޮޑެތި ޕާޓީތަކުން ވެރިކަމަށް އައިސް އަނެއް ޕާޓީއެއްގެ ސަރުކާރުން ގައުމަށް ކޮށްދީފައިވާ ކަންތައްތައް ގޯސްކުރާ ކަމަށް ވިދާޅުވިއެވެ.

"ނަޝީދު ވެރިކަމަށް ވަޑައިގެން މައުމޫން ސަރުކާރުގައި ފަށްޓަވާފައި އޮތް ފިފްތް ޖެނަރޭޝަންގެ ދޯނިފަހަރުގެ ކަންތައް އެއްކޮށް އުވާލީ. ގާސިމް ވަނީ މެނިފެސްޓޯއަށް މިކަން ލާފައި. މަހުގެ އަގު 20 ރުފިޔާގައި ހުރި އެއްޗެއް ހަމަ އަނގޭ ކިޔާފައި 16 ރުފިޔާއާއި 17 ރުފިޔާއަށް ތިރިކޮށްފައިވަނީ. އަޅުގަނޑު މިނިސްޓަރަކަށް މަސައްކަތްކުރި ވެރިކަން އައިއިރު ރާއްޖޭގައި ދަޅު މަސް ވެލިއު އެޑިޝަންއަށް ފެލިވަރުގައި ހުރީ 15 ޓަނު، އެ ފަސް އަހަރު ނިމުނު އިރުގައި ފެލިވަރުގައި އެކަނި 55 ޓަނު ހަދާފައި މުޅި ރާއްޖޭގައި މަސް ބަންދުކުރޭ ވަރު 110 ޓަނަށް ހެދީ. ނަމަވެސް ދެން އައި ސަރުކާރުން އެކަން ބަލައި ނުގަތް އަދި އެކަނ ކުރިއަށް ނުގެންގޮސްފައި އެހެން މިސްރާބަކަށް ކަންތައް ގެންދިޔައީމަ އެކަން ވެސް ނުވި." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ގާސިމްގެ މެނިފެސްޓޯއިން ހުރިހާ ސަރުކާރަކުން ވެސް ކޮށްދިނުމަށް މަސައްކަތް ކުރި ރަނގަޅު ކަންތައް ފެނިގެންދާ ކަމަށެވެ. ވެރިއަކަށް ހުންނަ މީހާއަކީ މަސްވެރިއަކަށް ނުވަތަ ދަނޑުވެރިއަށް ވެއްޖިއްޔާ އެ މީހުންގެ އިހްސާސްތައް އެންމެ ރަނގަޅަށް ދަންނާނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

ކެލާ ދަނޑުވެރިއަކު މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެނިފެސްޓޯގައި ކަންތައްތަކެއް ލިޔެފައި ހުއްޓަސް ރައީސް އަށް ހުންނަ ބޭފުޅަކީ އެކަމާ ދުރުގައި ހުންނަ ބޭފުޅަކަށް ވެއްޖެނަމަ މަސްވެރިކަމާއި ދަނޑުވެރިކަމަށްވުރެ އެހެން ދާއިރާތަކަށް އެ ވެރިއަކު އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ގާސިމްއަކީ މަސްވެރިއެއް، ދަނޑުވެރިއެއް، ފަތުރުވެރިއެއް އަދި ރާއްޖޭގައި ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށެވެ. އެ ބޭފުޅާއަށް ރައްޔިތުންގެ އިހްސާސްތައް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޖޭޕީގެ ވެރިކަމެއްގައި މެނިފެސްޓޯގައި ހުރި ކަންކަން ބެލުމަށް އެންމެ ގާތުން މަސައްކަތް ކުރާނެ އެއް ބޭފުޅަކީ ގާސިމްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ރަން ރީނދޫ

    މިނިސްޓަރުކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތް. އަނެއްހެން ގޯހެއް ނޫން.

    41
    1
    • ޖޮބޭ

      އެއްކަލަ ފޮނިގަނޑު ފާޅުވީދޯ؟ ވަޒީރުކަން ހޯދުމުގެ ދަހިވެތިކަމުގައި، ޤާސިމުގެ ނެތް ސިފަތައް ހުރިކަމަށް ހަދައިގެން ހުސާމަދު ކޮށްގެން ލާރި ނަގާ ތިޔަފަދަ މީހުންނަށް. ނުދޭނެ ވަޒީރުކަމެއް.
      ކޮންމެވެސް އެހެންބައެއްގާތު ތިޔަވާހަކަ ދައްކަވާ.

       

       

      10
  2. މުއިއްޒު 2023

    ގާސިމާކީ ކެހިވެރިއެއް، އަނިޔާވެރި އެއް. އިބޫގެ ޖަރީމާތަކުގެ ބައިވެރިއެއް. ރައްޔިތުންގެ ފަޅު ވަގައް ނަގާ "ފަޅުވެރިއެއް". ގާސިމު ބޭނުމެއް ނޫން. ދެން ބޭނުމީ މުއިއްޒު. އެއީ ހިންގުންތެރިއެއް

    65
    5
    • Anonymous

      އަދި މީހުންގެ .... ގެ ގާތަށް ދާ މީހެއް.

    • އައްޔަ

      އެކީ އެއްޗަކުން މަދީ ފށކނޑާމީހެއް

      10
  3. ބީތާވެދާނެ

    ކޮބާހޭ.. ނެގިހާ ތެޔޮތަކެއް.. ބޮޑެތި ތެޔޮވަޅުތައް ހޯދާފަ

    34
    • Anonymous

      އޭނާ ތެޔޮ ވިއްކި ދުވަސްވަރު ތެޔޮ ފީފާގެ އެއްބަޔަށް އަޅަނީ ލޮނެވެ. އަނެއް ބަޔަށް ތެޔޮފޮދެއް އަޅައެވެ. ދެން އެ ފީފާގައިވާ އެއްޗެއް އިންޖީނަށް އެޅީމާ، އިންޖީނު ދޯނިފަހަރުގެ އިންޖީނު ހުއްޓި، އިންޖީނު ހަލާކުވެ އެތައް ހާދިސާތަކެއް ހިނގާފައި ވެއެވެ. އެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔެއްގެ މުދާތައް ކަނޑުވެފައި ވެއެވެ. ޤިޔާމަތްދުވަހު އޭނާގެ މައްޗަށް އެ ހުރިހައި ކަމެއްގެ ހިސާބު ބައްލަވައި އޭނާއަށް ޙައްޤުވާ އަޒާބު ދެއްވާނެތެވެ. އޭނާއަކީ ޅަ އަންހެން ކުއްޖަކު ފެންނައިރަށް ހޭބަލިވާ މީހެކެވެ.

  4. އާމިނަތު

    ޢަމިއްލަ އެދުން އިސްކޮއްފަ ކުރާނެ އިތުރުކަމެއް ދެންނޯންނާނެ

    44
  5. ޖާނޭ

    އެއްކަލަ ފޮނިގަނޑު ފާޅުވީދޯ؟ ވަޒީރުކަން ހޯދުމުގެ ދަހިވެތިކަމުގައި، ޤާސިމުގެ ނެތް ސިފަތައް ހުރިކަމަށް ހަދައިގެން ހުސާމަދު ކޮށްގެން ލާރި ނަގާ ޗޯރުން. ނުދޭނެ ވަޒީރުކަމެއް.

    36
    1
  6. ޢަލީ

    ޤާސިމަކީ މަސްވެރިއެއް، ދަނޑުވެރިއެއް، ފައިސާވެރިއެއް، ބިންވެރިއެއް، މުދާވެރިއެއް، 4 އަނބިންގެ ވެރިއެއް. ދެން ކުރިއަށް އޮތީ ޤައުމުގެ ވެރިކަން. އެވެރިކަން ނުލިބުނަސް ސުވަރުގެވަންތަ ވެރިއެއްކަމުގައި ލައްވާށި! އިންޝާﷲ!

    30
    2
    • Anonymous

      ޖުނުބުވެރިއެއް..

      • އަހަންމަދު

        ގާސިމަކީ ތިހުރިހާ އެއްޗެއް!
        އެކަމު ކަލޭތީ ކޮންއެއްޗެއް!

  7. ހަސަން ކޮރުސޫ

    ގާސިމް ހަތަރު ޓޭންކަށް މަސްލައްވައެވެ. ހަތަރު ދަނޑުން ބަރާބަރަށް ވިނަ ނޮޅުވައެވެ. އަދި ދަނޑުތަކުން މޭވާ ކަނޑުއްވައެވެ.
    ގާސިމް ހޮވަމާ ހިނގާ؟؟!

    10
    21
  8. ދިވެހި މުސްކުޅިން

    ޔާމީނުގެ ދުވަސް ދުއްވާލި ބައިގަނޑު ގާސިމް ގާތަށް އެއްވެ ޖަމާވަނީ ދޯ

    44
    2
  9. ާދަލޭކް

    ޝައިނީ ތިހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް މަސްވެރިއެއް ވެސްނޫން ދަނޑުވެރިއެއް ވެސްނޫން ދުނިއޭގެ އެދުމަށް ތިވަރުވާކަށް قاسم ގެ ބަދަލުގައި އެބޭފުޅާގެ ދަރިކަލުން މިކަމަށް ނެރުުނަމަ މާރަނގަޅުވީސް ތީ ހުސް ހަކުރަށް ހިނި އެރުންކަހަލަ ކަމެއް ހަމަ ވަޒީފާގެ ފަހަތުން ދުވަނީ ަމޫނާ އަކައް ބައްލަވާ މަސޫމު ހެއްދެވި ގޮތް. ޤާސިމް އަތުގައި ދައި އެޅުއްވީ.

    29
    0
  10. ޔާންޔާ

    މުވައްޒަފުންނައް އަދިވެސް ދެނީ 2000/- މުސާރަ . ކިހާރަނގަޅު . މިކަހަލަ ރައިސަކުއެއްނު ބޭނުންވެގެނ މިއުޅެނީ .

    30
  11. ގަލަން

    ގާސިމަކީ ވެރިކަން ކުރަންކުފޫ ހަމަވާބޭކަލެއްނޫން ސައިނީ އަށް ވެސް އެކަން އިގިހުރެ ތިޔަ މަތީފަޑިޔަށް ގާސިމްލަނީ އަމިށް ފައިދާއަށްވެސް ތިޔަކަހަލަ ކަންތައްނުކުރޭ.

    28
  12. ރެކިފުތާ

    ބަލަ ޝައިނީ ތިޔާހެން ބުނާއިރުވެސް އެގޭނެ ގާސިމްގެ ސައިޒު، އަމިއްލަ މުވައްޒަފުންނާއި ގާތުން މަސައްކަތް ނުކުރެވޭ މީހަކަށް ކޮންރައްޔިތަކާ ކާރިން މަސައްކަތް ކުރެވޭނީ؟

    24
    1
  13. ކަނޑުކޮސް

    ތާކު ހުރި ކަނޑުކޮހެއް. ފައިސާއަށް ނަފްސުވިއްކާ މީހުންގެ މީހެއް

    27
    0
  14. ކަނޑުކޮސް

    ތާކު ހުރި ކަނޑުކޮހެއް. ފައިސާއަށް ނަފްސުވިއްކާ މީހުންގެ މީހެއް. މިހާރު ގަންނާނެ މީހަކުވެސް ނުވާނެ. ތީ ހައްޕުނޑު

    20
  15. ކިއުންތެރިއެއް

    ގާސިމަކީ ވިޔަފާރިވެރިއެއް. ޢަމިއްލަ މުދަލާއި ވިޔަފާރި ބޮޑުކުރުމައް އުޅޭ ޕޮލިޓިސަނެއް. ޢެހެން ވީމާ އޭނާޔަކީ މަސްވެރިއެއް ނޫން، އަދި ދަނދުވެރިއެއް ވެސްނޫން.

    21
  16. ކަދުރޭ

    ގާސިމައް ސަނާ ކިޔާދިނުމައް ބޮޑު މުސާރަ ދީފަ އައްޔަން ކޮއްފަ އޮންނާނެ ގުރޫޕެއް. ޝައިނީ އަކީ އެލިސްޓު ކުރީ ސަފުގަ ހިމެނޭ މީ ހެއް. ތިގުރޫޕުގެ މަޝްވަރާގެ މަތިން ރިސޯޓު ތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއި ސަރވިސް ޗާޖު ކުޑަކުރުމާއި. އިނާޔަތް ނުދިނުމާއި މިހުރާކަމެއް ގާސިމައް ލަފާދީ ހަދަނީ ތި ގުރޫޕުން. ކޮންމެ ފަސް އަހަރުން އެއް އަހަރު ރައީސް ކަމައް ކުރި މަތި ލާން ކަލޭމެން ގާސިމައް އަންގާނެ. ޜައިއްޔސތުންގެ ތާއީދު ގާސިމައް އޮހެނީއޭ ބުނެ ގާސިމު އޮޅުވާލާ ގާސިމު ޔިޖޫރީގެ ކޮންޓްރޯލްނަގާނެ..

    22
    • ޒުލޭ

      ސޭޓްގެ ރިސޯޓްތަކުން ކުއްލިއަކަށް ޗުއްޓީއާއި އޮފްޑޭ އިތުރުކުރަންބުނެފި މިޔޮއްހާދުވަހު ޗުއްޓީއަށް އޮފް އިތުރު ނުކުރެވޭ. ވޯޓް މަޅި ޖަހަންފެށީ ނުހިވެއްޖިއްޔާ ސްޓަރފުންގެ އަބިދަރިން ނުކާބާތިއްބާނެ އަބަދުވެސް ވާގޮތް

      14
  17. ކަލޯ

    ވަޒީފާ ހޯދަން. ވަޒީރު ކަން. ދެން ހަނދާން ނައްތާލާ

    16
  18. ވަގާރު

    ކަލޭމެންގަނާރުޖާހިލުނާގާބިލްވާހަކަދައްކަންވެސްނޭގޭގަމާރެއްގެފަހަތަނާރާއަމިއްލައަށްޒުވާންފިކުރެއްދިރުވަންޕާޓީއެއްހަދާއިގެންނިކުންނަހާގާބިލުކަންނެތީމަ ދެންކޯޗެއްތިކިޔަނީ ތިވެސްގަމާރެއް

  19. ނަމަ

    ނަސީބެއްނު ޝައިނީ ގެ ލޯބިވެރިއެކޭ ނުބުނިކަން

    15
  20. Anonymous

    ގާސިމް ދަންނަ ވަރަށް ގިނަ މީހުން ބުނެ ގާސިމަކީ ވަރަށް ބަލި މީހެކޭ ، ވިންދު އަވަސް ވާކަމެއް ހުރެޔޭ، ދެން ކިހިނެއް މިވަރު މީހުން ގައުމުގެ ވެރިކަން ކުރާނީ. އެއްފަހުރު ފެނޭ ހުކުމެއް އައީމަ ކޯޓްތެރެޔަށް ނިދިގެން ވެއްޓުނު ތަންވެސް. މީ އިބޫސޯލިހުގެ އެޖެންޓެއް 2 ވަނަ ބުރެއް އަތުވެއްޖެޔާ ގުޅެނީ އެކޮޅާ. ރައްޔިތުން ހޭ އަރާ މީނަ ޔަށް ވޯޓް ނުދޭނަން.

    14
  21. ޤާސިމަކީ ކާށިވެސް ހޮވާ މީހެއް

    ބަލަގަ "މިލިއުނަރަކަށްވީ" ބުރަ މަސައްކަތުންނޭ!

    5
    1
  22. އަލީ

    ސައިނީ ގާސިމުހުޅުމާލެއިން ގޯއްޗެއްދޭންބުނީހޭ؟ ސައިނީމެންނަކީ ދެދުލުގެވެރިންނޭ ރައްޔިތުންހޭއަރާތި އެއްބުރުން މުއިއްޒު.

    11
  23. ހޮއްކޮބެ

    މިމީހުން ފިލާތިބެނީ ކުނޫޒުގަ އޭތާގަކައިބޮއި ނިދަނީ

    12
  24. މަހުދީ

    އަދިބު ފެނޭތަ ހުވަފެނުގައި. މިހާރު އެފައިސާ ހުސްވިތަ.

  25. ޙަދީ

    ޣާސިމަކީދަނޑުވެރިއެއް އެކަމަކު ތިޔައީ ބޮޑުވަގެއްތޯޗެއް އަނެއްކާ އަނެކަކައް ލަނޑުދީ ދޮވެލަން ކާރިކުރީދޯ

  26. ދަރަނި ދަންތުރަ

    ބޯވަ ހަރުގައޮއްވައި ބުލީޗު ޖަހާލީމަ ނުކުތީތޯ ދެން ތިޔަހަރަށް ބޯވަނުވައްނާނެ ، މަގާމުގެ ދަހިވެތިކަމުގައި ފުކެއް ބޮޑުވަރުދޯ ، އެމްޓީޑީޕީ އާ ނުގުޅުނީ ކީއްވެބާ ؟

  27. Anonymous

    ގާސިމަކީ މީހަކީ އެކަމަކު އޭނަޔަކައްނެތް ވޯޓުދެވޭކައް.

  28. މިމީހާ

    މަސްވެރިއެއް، ދަނޑުވެރިއެއް، ވިޔަގާރިވެރިއެއް އަދި ބަލާވެރިއެއް. އެންމެ ފަހުވަގުތު ވެރިކަން ލިބޭ ބައެއްގެ ފަހަތައްވަދެ އެ ސަރުކާރު ތަކަށްވެސް ކުރަނީ އުނދަގޫ.

  29. ައަލިބޭބެ

    އެހެންވީމާ ރަނގަޅުވާނެ މަހަށް ގޮސް ދަނޑުވެރިކަން ކުރިއްޔާ ރައީސް ކަމަށް ކުރިމަތި ލުމަށް ވުރެ-

  30. ގުއިދައިތަ

    މީކޮންތާކު އުޅެފަ އައި މީހެއް؟ ޤާސިމަށް ކާމިޔާބު ވެދާނެހެން ހީވާތީ މަޤާމެއްގެ ބޭނުމުގަ އައިސް އުޅޭ ބޭކާރު މީހެއް. ޞޮޑު ފެއިލިއަރ އެއް.

  31. ޢަހިމަދު

    ތިޕާޓީގެ މެމްބަރުންގެ އަދަދު ސައްހައެްނޫން ތިއީ ވަގައްމެމްބަރުން އިތުރުކޮށްފައި އޮއްޕާޓީއެއް ރޭގައި ބެލިއިރު މަގޭ ދަރިފުޅަށް ނުވެސްއެނގި ވަނީ ތިޕާޓީއަށް ރަޖިސްޓްރީ ކޮށްފަ. ކޮބާހޭ އިލެކްސަންގެ ވެރިފިކޭސަން .އެތާގައިވެސް ވަގުން

  32. ޢަހިމަދު

    ކަލޭ ކުރިމަތީގައި އަދީބު އިބޫސޯލިހަށް އެމް އެމް ޕީއާރުސީ ފައިސާ ދިންކަމަށް ބުނޭ . ޢެކަންވެސް ހާމަކޮށްލަން ނުކެރުނު ފިނޑިއެއްތިއީ.