ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ހުޅުމާލޭގައި ކުރިޔަށްގެންދިޔަ ޕީޕީއެމްގެ ރެލީއެއްގައި ގޮވާލި ގޮވާލުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ކުށްވެރި ކުރައްވައިފިއެވެ.
އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށްބުނެ ޕީޕީއެމްގެ ކެންޕެއިން ހަރަކާތެއްގައި ވާހަކަ ދައްކާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިއީ ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވުން ކަމަށެވެ. އަދި މިއީ ޖިނާއީ ކުށެއް ކަމަށާއި މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް އިބޫ ވަނީ ގޮވާލާފައެވެ.
Raees @MohamedNasheed ge karu burikohlaane kamah bune PPM ge campaign harakathehgai vaahaka dhakkafaivathee harukashikoh kuhveri kuran. Mi ee siyaasee vaadhverikan aniyaverikamah badhaluvun. Mi ee jinaaee kusheh. Mikan thahgeegkoh @PoliceMv in fiyavalhu alhan jehey.
— Ibrahim Mohamed Solih (@ibusolih) August 26, 2018
ރައީސް ނަޝީދުގެ ކަރު ބުރިކޮށްލަންޖެހޭ ކަމަަށް ގޮވާލާފައި ވަނީ ހުޅުމާލޭގައި ކުރިއަށް ދިޔަ ޕީޕީއެމްގެ ހަރަކާތެއްގެ ތެރެއިންނެވެ. ޕީޕީއެމްގެ އަންހެނުންތަކެއް އިސްވެތިބެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ވާހަކަ ދެއްކި އަންހެނަކު ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރިކޮށްލާނެކަމަށް ބުނެ އިންޒާރު ދީފައެވެ.
އެކަން ކުށްވެރިކޮށް އެމްޑީޕީން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި ބުނީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލުމަށް އާންމު ޙަރަކާތެއްގައި، ލައުޑް ސްޕީކަރުން ގޮވާލި ފަރާތާއި މެދު މިހާރުން މިހާރަށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ޚިޔާލުތަފާތުވާ ކޮންމެ ހިނދެއްގައި މީހުން މެރުމާއި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ކުރުުވުމުން ދުރުވުމަށް ރައީސް ޔާމީން އަށް ވެސް ވަނީ ގޮވާލާފައެވެ.
މަާ ލަސް ވެއްޖެ ބުރި ކުރަން މީހާރު
ބަލަ އިބޫވެސް އިއްޔެ ރ.އަތޮޅުގައި ކެމްޕޭން ކުރައްވަމުން ރައީސް ޔާމީނަށް ވަނީ ހރުކށި އިންޒާރު ދީފައި.! އެކި މީހުން އެފަދަ ކަންތަށް ކުރާނީ އެކި ޢިބާރާތުން. އިބޫއަށް ގޯސްވާ ބަހުރުވައެއް އަނެކަކަށް ގޯސް ނުވެ ހިނގާދާނެ. އެއީ އެމީހަކު އެކަން ދެކޭގޮތެއްގެ މައްޗަށް ބިނާ ވާނެ ކަމެއް. އިބޫ ދިނަސް އާދައިގެ އަންހެނަކު ދިނަސް އިންޒާރުވާނީ އިންޒާރަށް!!!
ގައުމާ ވަތަނާ ދީނަށް ގައްދާރުވާމީހުނަށް އިސްލާމްދީނުގާ އޮތީ ކޮންހުކުމެއްތޯ އިބޫބައްލަވަންފެނޭ ،ބޭރު ގައުމުތަކުގެ އަސްކަރިއްޔީއިންއަރާ ދިވެހިގައުމުހިފާ ދިވެހިގައުމުގާ އޮތް ވެރިކަން ބަދަލުކުރިުމަށް ބަހާއި އަމަލުން މަސައކަތް ކުރާ އިސްލާމްދީނާ ދެކޮޅުމީހަކަށް އިސްލާމްދީނުގާ ކަނޑައަޅަން މާތްﷲ ކަނޑައަޅުއްވާފައިވާ ހުކުމަކީ ކޮބައިތޯ އިބޫ ބައްލްވަ ބައްލަވް . އޭގެ ފަހުގާ އެއްޗެއް ވިދާޅުވޭ . އެކަން ކުއްވެރި ކުރެވޭނީ އޭގެ ފަހުން
2008ގަ އެބަހުރި އެމްޑީޕީ މީހުން މައުމޫން ދަންޖައްސަންވެސް ބުނެފަ އަންނި އުޅުނު މަޖްލިސް ގޭދޮށަށް މީހުން އެއްކޮށް އިބްރާހިމް ހުސެން ޒަކީ މަރާލަންވެސް
އެއީ ކުރަން ޖެހޭކަމެއް! ޤައުމުދެކެ ލޯބިވާނަމަ ވެރިކަމަށް އަރާފަ އިބޫވެސް އެންމެ ފުރަތަމަ ކުރަން ޖެހޭނީ އެކަންތަކެވެ. ކަނާތުން ވާތް ބުރިކޮށްލުމެވެ.
އެހެހެ. ނަޝީދު ކަރު ބުރި ކުރަން ގޮވީމަ ޖިނާއީ ކުށަކަށްވެ އަދަބު ލިބެން ޖެހޭކަން އެގިއްޖެދޯ. ކޮބާތަ ނަޝީދު ގޮވިހާ ގޮވެލި ތަޅާނެ ކުދިން ހޯދައިގެން ފުލުހުންނާ ތަޅަން ގޮވާލި. މަގުމަތިން ފެންނަހާތާކުން ފުލުހުންނަށް އަނިޔާކުރަން ގޮވާލި. މިއީ ޖިނާއީ ކުށެއް ނޫންތަ.
ރަގަޅު. ގަދަ މަންޖެއެއް ތިޔައީ. ތާއިދު.
މީ މިރާއްޖޭގެ ހަލާކު ބޮޑު ނުފޮރޮއްޕާނެއް.
އިބޫ ސޯލިޙް! މަނިކުފާނަށް ޤަދަރު ލިބިގެންވޭ! ކެނެރީގޭ ނަޝީދަކީ މަނިއްޕުޅުގެ ޅިޔަނެއްކަމަކު ބޭރު ޤައުމަކަށް އަޅުގަނޑުމެންގެ މިދިވެހި ރާއްޖެ އަޅުވެތި ކޮށްލާފަ ތިޔަ ވިދާޅުވަމުން ގެންދަވާ ޖަޒީރާ ރާއްޖެއަށް ގެންދިއުމުގެ ފުރުސަތު ދިވެހީންނެއް ނުދޭނެ! މިކަންތަށް މިހެންވާކަށް ދިވެހީން ބޭނުމެއްނޫން! ރައީސް މައުމޫނުގެ ވެރިކަމުގައިވެސް މިޤައުމަށް ކެރަފާ ބިންހެލުމެއް އައި. ކެމްޕެއިން ކުރައްވާ އެކަމަކު ޖަޒީރާ ރާއްޖެއަށް އަޅުގަނޑުމެން ނުދާނަން.
ކޮންމެ ކަމެއްގަވެސް ދެފުށް އޮވޭ. ދެ މިންގަނޑު އޮވޭ. އެކަމަކު ފެންނަނީ އަބަދުވެސް އެއްކޮޅު. މީހެއްގެ ކަރުބުރިކޮށްލަން ގޮވުމަކީ ކުށަކަށް ވާއިރު، މި ރާއްޖެއަށް ފާޅުގަ ފޮތްތެރި ޣައްދާރުވުމުން އެތައް ފަހަރަކު ޣައްދާރުވުމަކީ އައަށްވުރެން މާބޮޑު ކުށެއް. އިހުޒަމާނުގެ މައް ދިވެހިންނަމަ ޣައްދާރުވާ މީހާ އާއި އޭނާގެ އައުލަވާނުން ކަނޑުފައްތާނެ. އެހެނީ ޣައްދާރުވާ މީހާގެ ފުށުން އަންނަ ބޮޑެތި ފިތުނަ ފަސާދައާއި ހަނގުރާމައިގައި އެތައް ބަޔަކު މަރުވެދާނެތީ އެކަމަށް ޖާގަ ނުދިނުމުގެ ނިޔަތުގާ. އެކަމަކު މިހާރު މިފެންނަނީ ހުރިހާ ފިތުނައެއް ފެތުރޭއިރު މަޑުމަޑުން ޓޮލަރޭޓު ކޮށްލައިގެން ތިބޭތިބުމުގެ ނަތީޖާ. ކަރުބުރިކުރަން ގޮވުމަކީ ކުށަކަށް ވަންޏާ އެކަމުގެ އޭގެ އަނެއްކޮޅަށްވެސް ބަލާ ކުށްވެރިކުރޭ.
ނަސީދު އިންޑިޔާ ސިފައިން މިގައުމަށް އަރާ މިގައުމު ހިފަންގޮވާލި އިރު އިބޫ އާ އެމް ޑީ ޕީ ގެ ބޭފުޅުން ހޭ ނެތިފައިތޯ ތިބީ މީ އަނިޔާ ވެރިކަމެއްނޫންތޯ ބަތާހަރާމީންނޭ ތި ޔަބުނާ ނަސީދު ވެސް މަރުވާނެ އެއީ އަނިޔާވެރި ގައްދާރެއް
ޚކޮބާ މިހާރު އެެއްޗެއް ވިސްނިއްޖެ ދޯ. ޢެންމެފަހަރަކު އެއްޗެއް މީހެއް ބުނާއިރައް ކިނބޫ ތިބުނީ ފިޔަޅު އަޅާށޭ. ޢެވެސް ކިނބުގެ ސަރުކަާޜެއްގަ އެއްނޫން.
ޢަދި މީނަގެ ސަރުކާރެއްގަ މީހަކައް އެއްޗެއްބުނެވެއްޖެ އާ މީނަގެ އަނިޔާވެރިކަން ދައްކާލާނެ ވަރު ވިސްނާލަބަލަ. ޢަނިޔާވެރި ކިނބުލެއްކަން ތި ސާބިތު ކޮއްދިނީ.
ނަޝީދުގެ ކަރަށް ފިޔަވަޅުއަޅާދޭން ތައްޔާރު. އެއީ ޚާއިނެއް! މި ޤައުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކުރާ ޣައްދާރެއް!
ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ނުގޮވާ. ގޮވީ އަންނި ގެ ވާހަކަ. އަންނިއަކީ ރަސްމީކޮށް މީހެއްގެ ނަމެއް ނޫން....