ގައުމެއްގެ ވެރިއަކަށް ކޮންމެ، ކޮންމެ މީހަކު ނަގައިފިނަމަ ގައުމުގެ ދުވަސް ގޮސްދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންގ މޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިހާރު ލ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންް އުޅުއްވާ ޑރ. އަމީން ލ އިސްދޫ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، ގައުމެއްެގެ ވެރިއަކު ހޮވަން މި ކުރާ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަަމަށާއި، ގިނަ މީހުންނަށް މިކަން ވިސްނެނީ މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިއީ ވަަރަށް ބޮޑު ކަމެއްކަން ފާހަގަކުރައްވަމުން ޑރ. އަމީން ވިދާޅުވި، މިއީ ޅަ ދަރިންނާއި ކުރިއަށް އޮތް ޖީލު ކަނޑައަޅަން މީހަކު ހޮވުން ކަމަށެވެ.
"ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅަކު އާއްމު ރައްޔިތުންނަށް ފެންނަ ވަރަށް ވުރެ ދުރު އޭނާއަށް ފެންނަން ޖެހޭ، އޭނާގެ ރޭޑަރަށް އެ ހުރިހާ އުނދަގަލަކާއި ނައްޓަން ޖެހޭ ފަރަކާއި ތަޅަން ޖެހޭ ގޯޅިތަކާއި މި ހުރިހާ އެއްޗެއް ރާޑަރަށް އަރަން އެބަ ޖެހޭ.".
އެ ރާޑަރުގައި މައްސަލަ ޖެހިފައިވަނަމަ ގައުމު ގޮސް އަރާނީ ފަރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުރު ނޫނީ އެވަރުގެ ބޮޑު ތަސައްވަރެއް ނެތް ނަމަ ރައްޔިތުންނާއެކު އެ މިހާ ދާނީ އޮޔާ ބެހިގެން ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ ގައުމުގެ ވެރިއަކަށް މީހަކު ގެންނައިރުގައި ގައުމެއް ވަރަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެބަ ޖެހެ ހިސާބު ޖަހާލަން، މި މީހަކީ އަޅުގަނޑުމެންނާއި އެކީގައި އަމާން ބަނދަރަކަށް ގެންދެވޭނެ މީހެއްތޯ، އޭނާގެ ގާބިލްކަން އެބަ ހުރިތޯ، އޭނާގެ ތަޖުރިބާ އެބަ ހުރިތޯ، އޭނާގެ މިދިޔަ މާޒީގައި އޭނާގެ ހަޔާތުގައި ކޮށްފައި ހުރީ ކޮން ކަންތައްތަކެއްތޯ. އޭނާ ކިހާ ވަރަކަށްތޯ ރައްޔިތުންގެ މައްސަލަތަކުގައި އޭނާ ހޭލުންތެރިކަން ހުރީ. މިކަން ކަމާއި ދޭތެރޭގައި ފިކުރު ހިންގާފައި ހުރީ، ސްޓަޑީ ކޮށްފައި ހުރީ."،
އޭނާ ވިދާޅުވީ، ވެރިއަކު އިހްތިޔާރު ކުރަން ވާނީ މި ހުރިހާ ކަންކަމެއްގެ ހިސާބު ޖަހާފައި ކަމަށެވެ. އަދި ކޮންމެ ކޮންމެ މީހަކު ވެރިއަކަށް ނަގައިފިނަމަ ގައުމުގެ ދުވަސް ދާނެ ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ކޮންމެ ކޮންމެ މީހަކު އަޅުގަނޑުމެން ވެރިއަކަށް ނަގައިފިކަމަށް ވަންޏާ ފިސާރި ތެދެއް މި ދެންނެވީ ކޮންމެ މީހެއްގެ ދުވަސް އެ ދިޔައީ، ގައުމުގެ ދުވަސް އެ ދިޔައީ، އަންނަ އޮތް ޖީލުތަކުގެ ދުވަސް އެ ދިޔައީ.".
މިގޮތުން އަމީން ފާހަގަކުރެއްވީ 2026 ވަނަ އަހަރު ލޯނު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ ވާހަކައެވެ.
"އެއް ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތޭ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި، ހިޔާލު ފުޅަށް ގެންނަވާ، ޖެހިގެން ހުރި ފިހާރައަށް ދަރަނީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދައްކަވަން އޮތް ކަމަށްވަންޏާ ތިޔަބޭފުޅުންނަށް އެ ލާރި ނުލިބޭހާ ހިނދެެއްގައި ތިޔަބޭފުޅުންގެ ބޮލަށް ވާނެ ތުރާ، ވާނެ އުނދަގޫ، ކޮންމެ ފަހަރަކު އެ ފިހާރައިގެ ވެރިމީހާ ފެންނަ އިރަށް އުނދަގޫވޭ ދެއްތޯ. ވަކި ހިސާބަކަށް ގޮސް އޭނާ އަށް ފިލައިގެން އުޅެނީ.".
އޭނާ ވިދާޅުވީ، މި ސަރުކާރު އައުމަށްފަހުގައި ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަަމަށެވެ. އެހެންކަމުން ވެރިއަކަށް ހުންނަ މީހަކު އޭނާގެ ރަނގަޅު ތަސައްވަރެއް ދަރަނި މެނޭޖް ކުރުމާއި، ގައުމުގެ ރިސޯސް މެނޭޖް ނުކުރެވޭނަމަ އޮޔާ ދާނެ ކަން ފާހަގަކުރެއްވިއެވެ. އަދި ވޯޓު ދެއްވާއިރު، ވަރަށް ބޮޑަށް ހައްސާސް މައްސަލަތަކުގައި ތަޖުރިބާ ހުރި މީހަކު ހޮވުމަށް ވިސްނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެެވެ.
"ގާސިމް އިބްރާހިމްއަކީ ރާއްޖޭގެ އެންމެ ގިނަ ތަފާތު ދާއިރާތަކުގައި ވިޔަފާރި ކުރައްވަން، އިންވެސްޓް ކުރައްވަން، ތަޖުރިބާ ހޯއްދަވަފައި ހުރި ބޭފުޅެއް، އެހެންކަމުން އެމަނިކުފާނަށް ވުރެ މިކަންކަމުގައި ތަޖުރިބާކާރު ބޭފުޅަކު ރާއްޖޭގައި ނުހުންނާނެ"، އަމީން ވިދާޅުވިއެވެ.
ޥެރިންނައް ނުނަގަންވީ ކަލެއާއި ބެއްޔާއާއި
ރައީސް އިބޫ ހެޔޮނުވާނެއޭ ރާއްޖޭގެ ވެރިކަމަށް ގެންނާން އޭނާ އެވަނީ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ ވެރިކަމުގައި ވޯޓް
ރައީސް އިބޫ އަކީ އެއީ ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނަ ވޯޓްވަގޭ އޭނާ ހެޔޮނުވާނެއޭ ރާއްޖޭގެ ވެރިކަމުގައި ބަހައްޓާން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ
ތިޔަބުނީ ވަރަށް ބޮޑުތދެއް. ގާސިމް ކަހަލަ މީހަކު ހަމަ ކަމަކު ނުދާނެ. ތިޔަ ކުދިންނަށްވެސް ތިކަން ރަނގަޅަށް ފަހްމުވޭ އެބަދޯ
ތިޔަ ވިދާޅުވީ ހަމަ ރަގަޅަށް. އެރޭ ރަށެއް، ނޭރޭ ރަށެއް ، ކިޔޭ އެއްޗެއް ނޭގޭ މީހަކައް ކިހިނެއް ވެރިކަން ކުރާނީ. ތި ހުރެވުނީ އޭގެ ބުރާންޗެއްގެ ރަނިން މޭޓަކައް.
މިގައުމުގެ ވެރިކަމާ ހަވާލުވާންވީ އަމީނު ކަހަލަ ޢިލްމީ ޤާބިލު ޒުވާން ބޭފުޅެކެވެ. ގާސިމުގެ ބަދަލުގައި އަމީން ނުކުންނެވިނަމަ މާގިނަ ވޯޓު ލިބިވަޑައިގަންނަވާނެއެވެ.
ގާސިމު ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގައި މުތުޢާ ކާވެނި ހުއްދަކުރާނެ ކަމަށް ބެލެވެއެވެ. އެއީ ގާސިމު ހައްޖަށް ގޮސްފައި އައި ފަހުން ޙަލާލު ގޮތުގައި ނޫނީ އަންހެން ކުއްޖެއްގެ ގާތަށް ނުދާ ކަމަށް ބުނާތީއެވެ. ހަތަރު އަނބިން ގެންގުޅޭ މީހަކަށް ޙަލާލު ގޮތުގައި އިތުރު އަންހެނަކާ އެކު އެއްދާންކުރެވޭނެ ހަމައެކަނި ގޮތަކީ މުތުޢާ ކާވެނިން ކާވެނިކުރުމެވެ. އެއީ ވެސް ޝީޢީންގެ ގާތުގައެވެ. ސުންނީ މުސްލިމުންގެ ގާތުގައި މުތުޢާ ކާވެނި ޙަރާމެވެ.
އަމީނުމެންގެ ކެންޑިޑޭޓް ހުރީ ތިބުނާކަހަލަ މީހަކަށް
ޔާމީނާއި ޝެއިހް ޝަހީމް ހޮވެން އޮއްވަ ގާސިމު މެން ގެނައި މީހެއް އިބޫއަކީ. ދެން ހޮވާނީ މުއިއްޒު އިންޝާﷲ
ޑރ. އަމީންގެ ޤާބިލު ކަމަށް ޝައްކެއްނެތް.
އެކަމަކު ކުރިމަތިލީ މީހާގެ ވެރިކަން ކުރުމުގެމުގެ ޤާބިލު ކަމެއްނެތް. އެއީ މައްސަލަ އަކީ.
ޤާސިމް، އިބޫ، މުއިއްޒު، ނަޝީދު، ނާޒިމް މިޢީހައްތާވެސް ޤައުމުގެހަލާކު. މިތާކުނެތްރަގަޅުއެކަތިވެސް
އަމީނަށްވެސް އެނގިއްޖެދޯ ކޮންމެކޮންމެ މީހަކު ވެރިކަމަށް ހޮވާކަށް ނުވާނެކަން. އެކަން ރައްޔިތުންނަށް އިގޭތީއޭ ދެފަހަރު ޗޮކުން ދުއްވާލައި ތިންވަނަ ފަހަރު ކޯލިޝަނެކޭ ކިޔައިގެން ކުރިމަތި ނުލެވޭގޮތް ހެދީ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތްވާހަކަދޯ ތިޔަބުނީ؟
ބައެއް ކުދިކުދި ރަށްތަކަށް މިސަރުކާރުން ކޮށްދޭ ކަންކަމުން އެމީހުންތިބީ ގައުމަށް ކުރިމަތިވަމުން މިދާ ބޮޑު މުސީބާތުގެ މަތީން ހަނދާން ނެތިފަ. ތަކެތީގެ އަގު ބޮޑުވާކަން އެންމެންނަށްވެސް އެބައެނގޭ. ކުރިޔަށް އޮތްތާ އިންތިހާއަށް ތަކެތީގެ އަގުބޮޑުވާނެ ކަންވެސް ވިސްނޭ. ގައުމުގެ މާލިއްޔަތު ޚަރާބުވެ ދަރަނި ބޮޑުވާއިރު ރައްޔިތުން ސަލާމަތުން ތިބޭނީ ކިހިނެތްތޯ ވިސްނާ ނުލާކަމީ ދެރަގޮތްތަކެއް ކުރިމަތި ވެދާނެ ކަމެއް. ވީމާ، ވޯޓުލައިގެން މި އަނދަވަޅުން ސަލާމަތްވެ ރައްޔިތުން ސަލާމަތުން ތިބުން ވަރަށް މުހިއްމު.
އެހުރިހާ އެއްޗެއް ގޮވާއިރު މެޑަމް އައިޝާ ހުރީ މިސަރުކާރުގެ މިނިސްޓަރަކައް އެދައްކާ ވާހަކަ ހަމަނުޖެހޭ. އެބުނަނީ ސަރުކާރު ގޯހޭ ދެން ކޮން ވާހަކައެއް
އަމީން މެންނަށް އެނގޭބާ ދެއްކޭ ނުދެއްކޭ ވާހަކަ! ޤާސިމް ފޯޑިއަމް ތަކުގައި ދައްކާ ވާހަކަތަކުން ލަދުގަނޭ! އެކަމަކުވެސް ތިބޭފުޅުން އެނާ މޮޔަހައްދައިގެން ފެލާލައިގެން ވެރިކަމަށް ގެންނަން އޯކޭ! އޯކޭއެއްނުނޫން!
ހެޔޮކޮށް، އެހެންވެ ގާސިމު ނުހޮވަންވީ
ވެރިއަކަށް ބުރުމާޤާސިމާ އަމީނުކަހަލަ ކޮންމެ، ކޮންމެ މީހަކު ނަގައިފިނަމަ ގައުމުގެ ދުވަސް ގޮސްދާނެ