މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންނަށް އިންޑިއާއިން ފަންޑުކުރާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

ސަންގު ރިޔާސީ ބަހުސްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓްރީ އެެއްވެސް މަސައްކަތެއް ކުރުމަށް ރާއްޖޭގައި މިހާރަކުވެސް ނެތް ކަމަށާއި އިއްޔެއަކުވެސް ނެތް ކަމަށެވެ.

ސަންގު ބަހުސްގެ ތެރެއިން ދައްކަވަނީ -

"ދޭދޭ ގައުމުތަކާއި އެއްކޮށް އޮންނަ އެއްބަސްވުމުގެ ދަށުން ޓްރޭނިންނާއި އެކިއެކި އެކްސަސައިޒް ހެދުމަށް އިންޑިއާ، ލަންކާ، އެމެރިކާ، އިނގިރޭސިން ވެސް ހަރަކާތްތެރިވޭ ބައެއް ފަހަރު. އެ އުސޫލުން އެކި ފަހަރު އެކްސަސައިޒް ކުރަން މިތަނަށް ބޭރުގައުމުތަކުގެ ސިފައިން ނާންނައެކޭ ނުދަންނަވަން. ނަމަވެސް މިލިޓްރީ މަސައްކަތެއް ކުރާކަށް އެއްވެސް ގައުމެއްގެ ސިފައިން މި ރާއްޖޭގައި ނެތް.". ރައީސް ސޯލިހް ވިދާޅުވިއެވެ.

އުތުރު ތިލަފުޅުގެ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ އެއްބަސްވުމުގައި އެއްގޮތަށް ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.

"އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް. އިންޑިއާގެ ހިލޭ އެހީގައި ހަދާދޭ ތަނެއް އެއީ ސިފައިންގެ އަމިއްލަ މިލްކެއް. އެތަނުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިނެއް ނުތިބޭނެ." ރައީސް ވިދާޅުވިއެވެ.

ސަންގު ބަހުސްގެ ތެރެއިން ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ -

ރައީސްގެ ކެމްޕެއިނަށް އިންޑިއާއިން ފަންޑު ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް އެމަނިކުފާނަށް ކެމްޕޭނަށް ނުދެއްވާ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިހާރު އޮންނަ ގުޅުމާ ގުޅޭ ގޮތުން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާގެ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްވެގެން ތިބޭ ކަމަށް އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުއިއްޒުގެ ފަހަރު

    އިންޑިޔާއަށް ވިކިފަހުރި އިންޑިޔާގެ އޭޖެންޓެއް އިބޫއަކީ. ރާއްޖޭގެ ކަނޑު ވިއްކާލީ އެމީހުންގެ އޯޑަރަށް. މިތާގެ ކަނޑު އަޑީގެ މައުލުމާތު އެމީހުނަށް ދީފި. ތަރައްގީގެ ޕްރޮޖެކްޓްތައް ކަމަށް ދައްކައިގެން ރާއްޖެއަށް ނުރައްކާތެރި އަތަށް ކޮންޓްރެކްޓްޓެއް ވަނީ ހަދާފަ

    49
  2. މަކަރެ

    މީނަގެ ދުލުގަ ގޮއްނުޖެހޭކަން ޗޯރު

    45
  3. މޕ

    ދޮގު ހެދުން ނޫން ގޮތެއްނެތް

    47
  4. ހަގީގަތް

    ކަޑައެޅިގެން ރޯމާދުވާލު ދޮގު ހަދާ ވެރިޔަކައް ވޯޓް ދިނުން މުސްލިމުންނައް ހަރާންވާނެ

    53
  5. ހަސަން

    ކަނޑައެޅިގެން ރޯބުހުތާނު ދޮގު ހަދާ މީހުންނާއި އާންމުންނަށް ކަންކަން އޮޅުވާލާ މަކަރު ހަދާ މީހުން ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލިޔަސް ވޯޓު ނުދޭން ދިވެހީން ދަސްކުރަންވެއްޖެ. ދިވެހީންނަކީ އަމިއްލަ އަތްތަކުން މިގައުމު ހަލާކުކުރާ ބަޔަކަށް ވެގެން ނުވާނެ. ގައުމުގެ ހައްގުގައި ޒާތީ ތައައްސުބާއި ޕާޓީ މަސްލަހަތު ދޫކޮށްލަން ކެރެން ޖެހޭނެ.

    47
    1
  6. Anonymous

    ޔާމީން ޖަލުގަ ބާއްވާ އަދީބު މިނިވަން ކަމާއެކީ ހުރެވެނީ ކީއްވެހޭ

    50
  7. Anonymous

    ޔާމީނު ރިޝްވާނަށް ލިބުނު އިންސާފުކޮބާތޯ

    36
  8. Anonymous

    އިބޫގަ އިންޑިއާ ފަސްޓް ޕޮލިސީ ކަޑަ. ސޮރީ ނޯ ވޯޓް

    38
    1
  9. ޙިންނަބެ

    މިހާރުވެސް ސޯސަލް މީޑިޔާގައު ދައުރުވަމުން އެޔޮއްދަނީ ޑޮލަރު ޕެކް ކުރާތަން ނުވިތާކަށް ޖާބިރުވެސް ބުނި ޑޮލަރުން ތަޅާ ބަލިކުރާނަމޭ

    34
  10. Anonymous

    ރައީސް އިބޫ އަކީ ޢިލްމީ ބޭފުޅެކޭ ދުވަހަކުވެސް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. އެމަނިކުފާނު ވިދާޅުވީ: "ތިމަން މަނިކުފާނަކީ ބަދިގެއަށް ވަންނަވައި ބިސްގަނޑު އަޅުއްވާ ބޭފުޅެކޭ، އެކަމަށް ތިމަން މަނިކުފާނު ވަރަށް މޮޅުވާނެޔޭ." ދެން އެކަމަށްޓަކައި ދިވެހިން އެމަނިކުފާނަށް ރުހުންދީ އިންތިޚާބުކުރީ. އެހެންކަމުން އެމަނިކުފާނުގެ ޢިލްމީ ވާހަކަ ދައްކާނެ ކަމެއް ނެތް. ދައްކަންވީ އެމަނިކުފާނު ބިސްގަނޑު އަޅުއްވާ ވާހަކަ. އެކަން ކުރައްވަންޏާ އެމަނިކުފާނު ވެރިކަމުގައި ބަހައްޓަންވީ. އެމަނިކުފާނުގެ ވެރިކަމުގެ ބިންގަލަކީ "ބިސްގަނޑުއެޅުން". އެމަނިކުފާނަކީ ދިވެހިންގެ ފަޚުރުވެރި "ބިސްގަނޑު އަޅުއްވާ ރައީސް". އެމަނިކުފާނަކީ ކޯވިޑް 19 ގެ ވަބާގައި "ޤައުމު ސަލާމަތްކުރެއްވި ޕެންޑަމިކް ރައީސް".

    • ކ

      ބިސްގަނޑު އެޅެނީވެސް އިންޑިއާ ބިހުން "އޯހހމް ލެޓު". އަޅުގަނޑުމެންގެ ލޮބުވެތި ޕިނޯކިއޯ.

  11. ޑައެލޯގް

    މިލިޓަރީ މަސައްކަތަކަށްވަނީ ދިވެއްސެއްގަޔަށް ހިނގާފަދަނިކޮށް ބަޑިޖަހާ މަރާލީމަހެއްޔެވެ؟ އެހެންވެއްޖިއްޔާ އަދިއަކުނުވެއެވެ. އެކަމަކު އެކަންވެސް ވާނެއެވެ. އެހެންގައުމުތަކުން އައިގޮތަކަށްނޫން އިންޑިޔާސިފައިން މިތަނުގައި އޮތީއަކީ އެމީހުން ބަނޑަހަ ޖަހައިގެންތިބެނީއެވެ. ރާއްޖޭގެ ރައީސް ޔާމީނު ފައިބާށޭ ބުނީމަވެސް ނުފޭބިއެވެ.

    12
  12. ޢިޔާބު

    ހިންދުތުވާ އެޖެންޓް އެއް ތެފެއް ނުހަދާނެ

    10
  13. އ މ ރ ބ

    އިންޑިޔާ ފަސްޓްޕޮލިސީ ކަޑަ މި ބުނީ ވަރަށް ސަޅިކޮށް ނޯ ވޯޓް އިބޫ

    10
  14. އަޒީޒާ

    ދިވެހި ފުލުހުން ނިތްކުރީގަ ސިންދޫރަ ތިކި ޖަހައިގެން އުޅުނުތަން ފެނުނީ މި ސަރުކާރުގަ. ރައީސުލް ޖުމުހޫރިއްޔާއަކު ޔޯގާ ނެހެދުވިގެން ތެޅިފޮޅިފަ ހުރި މަންޒަރު ފެނުނީ މި ސަރުކާރުގަ. އެއީ ދިވެހިން ބަލަން ބޭނުންވި ކަންކަމެއްނޫން.

    12
  15. ލޫޓުވާ

    އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް. އިންޑިއާގެ ހިލޭ އެހީގައި ހަދާދޭ ތަނެއް އެއީ ސިފައިންގެ އަމިއްލަ މިލްކެއް. އެތަނުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިނެއް ނުތިބޭނެ." ރައީސް ވިދާޅުވިއެވެ.