އުޑުގަޖެހިފައި ބިމުގައި ޖެހޭ ވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ލިބުމުން ޕީޕީއެމާ/ޕީއެންސީއިން އުފާ ފާޅުކުރުމަށް ރޭ ބޭއްވި ޖަލްސާއަށް ފާޑު ވިދާޅުވަމުންނެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުގެ އެމްޑީޕީ ހަރުގެދޮށަށް އެއްވެ އަދި ސޯޝަލް މީޑިއާގައި އިދިކޮޅު ސަޕޯޓަރުން ދަނީ އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް މަލާމާތާއި ފުރައްސާރަކުރަމުންނެވެ. މިއާއެކު މަހުލޫފް ވިދާޅުވީ އުޑުގަޖެހިފައި ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވާކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަލިވިޔަސް އަލުން އާ ހިތްވަރާއެކު ދެވަނަ ބުރު ކާމިޔާބު ކުރާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެނބުރި އަންނާނީ މާގަދަކޮށް. إِنْ شَاءَ ٱللَّٰهُ އަޅުގަނޑުމެން މިއިންތިޚާބު ކާމިޔާބު ކުރާނަން. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލާ ބަދަހިކޮށް ތިބެ އިތުރު މަސައްކަތް ކުރަމާހިންގަވާ." މަހުލޫފް ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އީސީން އިއުލާނު ކޮށްފައި ވާއިރު، ފުރަތަމަ ބުރުގައި 46 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ ހަތް އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަންތިރު

    ރޫޅާލާ ލާނަން / ރޫޅައެއް ނުލެވޭނެ / ރޫޅާލާ ލާނަން / ރޫޅައެއް ނުލެވޭނެ / ރޫޅާލާ ލާނަން / ރޫޅައެއް ނުލެވޭނެ / ރޫޅާލާ ލާނަން / ރޫޅައެއް ނުލެވޭނެ / ރޫޅާލާ ލާނަން / ރޫޅައެއް ނުލެވޭނެ / ރޫޅާލާ ލާނަން / ރޫޅައެއް ނުލެވޭނެ /

    10
  2. ރަތްއިތުން

    إِنْ شَاءَ ٱللَّٰهُ ދެވަނަ ބުރުގައިވެސް ބަލި ކުރާނަން

    14
  3. ކޮވިޑް

    ފުރަތަމަ މަހުލޫފު ތި ހުރީ ހޭވެރިކަމުގާތޯނު ބަލަން ވީ؟ ކަލޭބުނީ އެމްޑީޕީ އަށް ގެންދަން ޖެހޭނީ ހޭނައްތާފަ އޭ . އެހެންވެ އަހާލީ؟

    15
  4. ފަހުދު

    ކަލެޔަށް އެކަން އިނގޭނެ ސެޕްޓެމްބަރ 30 ގަ.ކަލޭގެ މައްސަލަ ބަލާފާނެތީ ބިރުން ތިއުޅެނީ.ޗޯރު ކައިރީ މުޅިން ތީގެ މީހުން.

    12