ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއިދުކުރައްވާ ކެނޑިޑޭޓެއް ކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނަން ފެށުމުން އެންމެނަށް ވެސް ހަރިކާންކަމެއް ލިބުނީ ކުރިން ތިން ވަނައިގައި އޮންނަ ޖޭޕީ ފަސް ވަނައިގައި އޮތުމުންނެވެ. ޖޭޕީއަކީ ރާއްޖޭގެ ރިޔާސީ ރޭހުގައި އަބަދުވެސް ކިންގް މޭކާގެ ގޮތުގައި ގިނަ ބަޔަކު ދިޔައީ ގަބޫލްކުރަމުންނެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް އިންތިހާބުން ލިބިވަޑައިގެންނެވީ 5387 ވޯޓެވެ. އެއީ 2.47 އިންސައްތައެވެ.

އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވޯޓް ދެއްވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހޮވުނު ދެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށެވެ.

"ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް ގާސިމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ." އިލްހާމް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަށް ޖައްސާލައި އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަށް ވެފައެވެ. މުއިއްޒު، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 86،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު %50 ހުރަސް ނުކުރާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.

އިންތިހާބުގައި ތިންވަނަ ހޯދީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދޮނޭ

    އިލްހާމޫ ގާސިމްގެ އޮތީ ކޯޗެއް .. ކަލޭމެންކަހަލަ ފެއިލްވެފަތިބި މީހުން ގޮވަިގެން ގާގިމަށް ނުލިބޭނެ އެކައްޗެއްވެސް.

    21
    1
    • 1111

      އެހެންވާނީ ތަންތަނުން އުކާލާ ކުނިތައް އެއްކޮށްގެން ނެތްވަރުގެ އެޑްވައިޒަރުންނަށް ހަދައިގެން އުޅެނިކޮށް.

      5
      0
  2. ކުޑަ އަލީ

    ކަލޭ އާއި ކަލޭގެ އަންހެނުން ވެގެން އެފަކީރު ލޫޓުވާލާފަ ދެން ކޮންވާހަކައެއް ދައްކާކަށް.

    22
    1
  3. 1206

    މޮޅުވާނެ ކޮޅަކަށް އެރުން އަދި އެއީ ތިމާ އަރައިގެން ވީ މޮޅެެއް ކަމަށް ނިންމޭނެ ހުއްޖަތެއް ނޫން. ގާސިމު އެހެންވީމާ ކޯޅޭޝަން ހަދާ ޗރކސ އިބްރިހިމްބެޔާ އާ. އޭރުން އަސްލު ތިޔަ ބުނާ ބަހެެއްގެ ޖަވާބު ދިވެހިންނަށް ލިބޭނީ.

    19
  4. ކަދުރޭ

    ކަލޭމެން އުޅެނީ މަކަރާއި ހީލަތުން ގާސިމު އޮޅުވާލައިގެން. ރައިއްޔަތަކައް ގާސިމުގެ ފަރާ ތުން އެހީވިޔަ ނުދީ ގާސިމު އޮބަހައްޓައިގެން ގާސިމު އަތުން ފައިސާ ކަޅާކުރަނީ ކަލޭމެން.ކަލޭމެން ލަދު ގަންނަންޖެހޭ. އުމަރޭ އެކަނި ނުކުމެ ހޯދިވަރައް ކަލޭމެންނައް ގާސިމު އައް ވޯޓު ހޯދައިނުދެވުނު.ކޯއްޗެއް ކާމިޔާބު ވާނޭ ތިކިޔަނީ މަމީ ގާސިމުނަމަ ތި ބޭކާރު އަގަތަޅާ އެކަކުވެސް ނުބަހައްޓާނަން

    20
  5. ކީއްކުރާނީ

    އަޅެ ފަހެ މިކާކުތަ،، ހަޔާތް ކެޑިފަހުރި ތަންދޮރު ނުދަންނަ މީހުން އެޑްވައިޒަރޭ ކިޔައިގެން، ގާސިމް ވެސް ތަންކޮޅެއް ރޯ ފިލަން ވެއްޖެނު، ދެންވެސް ތިތަންދޮރު ނުދަންނަ ގުރޫޕު ދުރައްލައިފަ ލިބިފަ ހުރި ތަނަވަސް ކަމާއިގެން އާހިރަތަށް ތައްޔާރުވެގެން ހުންނާންވީ.

    21
  6. އަހަންމަދު

    އަނެއްކާ ގާސިމު ޅޮސް އުދޯއްޔަށް އަރުވަން މަސައްކަތް ކުރާނެކަމެއް ނެތް! ގާސިމޫ ހޭއަރާ. މިކަހަލަ ޢިލްމެތް ޙިލްމެއްނެތް މީހުންނާއި އެންމެހާ ބޮޑެތި ޖަރީމާތައް ހިންގާފަތިބި މީހުން މާއަރިސްކޮށްގެން ޢުޅުމުގެ ނަތީޖާ މިހާރު އެގެންވެއްޖެ!

    13
  7. އަކިރުބޭ

    އުމަރު ނަސީރަށްވުރެން ހާލު ދެރަ އެހެންވީމަ އިލްހާމް ދައްކާވާހަކަ ގަބޫލެއްނުކުރަން އުމަރު އެއްވެސް ކެމްޕޭނެއްނުކޮ ވަރަށްގިނަ ވޯޓް ހޯދި ކަން ފާހަގަ ކޮށްލަން

    13
  8. ސުހާނު

    ވަގުން ވަގުފަޅާފައި ހުރިއެއްޗެއް މި އިލްހާމްއަކީ

    12
  9. މުއިއްޒު ކުރިއަށް

    ތިކަހަލަ ވާހަކަ ދައްކަންޏާ ގެންދާނީ ގުރައިދޫއަށް. ރައްޔިތުންގެ ވާވެއްދި ފަޅު ވިއްކާލައިގެން ލިބުނު 300 މިލިއަނުން ކެމްޕޭނު ކުރި ގާސިމަށްވުރެ އަމިއްލަ ގޮތުން ވާދަކުރި އުމަރުވެސް މާ ގިނަ ވޯޓު ހޯދި. މުއިއްޒު އަދި މާ ގިނަ ވޯޓުން ހޮވާނަން މިފަހަރު އިންޝާﷲ

    12
  10. Anonymous

    ކަލޭ އަނގަ ފަތުރަން ނއުޅެ މާރަނގަޅެއްނޫން ފެންވަރަން ދިޔައިއްޔާ، ތިޔައީ ރ.ޔާމީނަށް ހެދިހެން ގާސިމުގެވެސް ބޮލަށް ޗިޕުޖަހައި ލާަރިކައިކައިތިބެ ދޯކާދެމުންގޮސް ގާސިމުފަކީރުގެވެސް ސިޔާސީލައިފު ދުއްވާލި ޚާއިނުންތަކެއް ތިއުޅެނީ، ކަލޭ މިހާރު ސިއްކަޖަހާލީ އޮނަރަބޮލް ގާސިމުގެ ސިޔާސީ ލައިފުގައި އުތެ؟

    11
  11. ޙހހހ

    ކަލޭ އަނގަ ފަތުރަން ނއުޅެ މާރަނގަޅެއްނޫން ފެންވަރަން ދިޔައިއްޔާ، ތިޔައީ ރ.ޔާމީނަށް ހެދިހެން ގާސިމުގެވެސް ބޮލަށް ޗިޕުޖަހައި ލާަރިކައިކައިތިބެ ދޯކާދެމުންގޮސް ގާސިމުފަކީރުގެވެސް ސިޔާސީލައިފު ދުއްވާލި ޚާއިނުންތަކެއް ތިއުޅެނީ، ކަލޭ މިހާރު ސިއްކަޖަހާލީ އޮނަރަބޮލް ގާސިމުގެ ސިޔާސީ ލައިފުގައި އުތެ؟

  12. ވަޓް އިޒް ދިސް

    ގަާސިމް ގޭގައި އޮވެބަލަ އަބިންނައް ތާއީދު ކޮއްގެން.......ލޮލް

    10
  13. ނަނަނަ

    ހެހެހެ... އިލްހާމް ވެސް ދޯ... ގާސިމް އަށް އޭނަގެ އަންހެނުންގެ ވޯޓު ނުލާ.

  14. ށާމިން

    އިލްހާމު ކަލެޔައް މިރިޔާސީ އިންތިޚާބުގަ ކަލޭގެ ސަރަހައްދުން ވޯޓުލިބުނީ ކިހާވަރަކައްތަ ކަލޭތިޕާޓީ އައް ދިޔަފަހުން ތިދަނީ ގާސިންބެ ދޮވެ ސާފުކުރަމުން މިވަރުގެ ދެރަ ކަމެއް އަދި ނުލިބޭ އިލްހާމް މެން އަމީނުމެން ބަސްބުނާ ހިސާބުގަތިބެގެން ވާނީ ހަމަ މިވަރު

  15. ކޭކު

    މިފަހަރު ތިޔަތިބީ ފަސްފަހެތިން ތަޅުލެވިފަ. ރިޔާސީ ކޭކުން އެންމެ ތަންކޮޅެއްވެސް ނުލިބޭނެ. ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަށް އަވަހަށް ދައްކަން އަވަހަށް ތައްޔާރުވޭ. އެނޫންގޮތެއް ނެތް އިންޝާﷲ. ތިޔަޕާޓީގެ އެންމެން ފުރަތަމަ ބުރުގައި ރ ސާލިހު ހޮވަން ވޯޓްދިންކަމަށް ބެލެވޭ. ދެން ދެވަނަބުރުގައިވެސް އެމީހުން އެނބުރޭނެކަމަށް ނުބެލެވޭ. ވީއިރު ދެން ކޮންފަޅިއަކަށް އަރާވާހަކަތޯ ތިޔަދައްކަވަނީ؟

  16. Anonymous

    އަސްލު ބާޒު މިއުޅެނީ ކަލޭމެންގެ ތާއީދު ނެތަސް މޮޅުވާނެ ބަޔަކު މޮޅުވާނެ !

  17. އައްޔަބޭ

    ތިޔައީ ފެއިލް ވެފައި ވާބައެއް
    ގާސިމް ބޮލައް ޗިޕް ޖަހައިގެން ތިޔައުޅެނީ
    ގާސިމް އަންހެނުން ނެރުނު ނަމަވެސް ތިޔައްވުރެ ގިނަ ވޯޓު ލިބުނީސް
    ވެރިކަމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން - އެއީ ރައްޔިތުން ދެކޭ ގޮތް

  18. ބިންގޯ

    އިލްހާމޫ ގޭގަ އޮވެބަލަ.

  19. ސުނަސި

    ކަލޭ ތިޔައަގަތަޅަނީ ގާސިމު އެރި ފަޅިއެއް އިންތިހާބު ކާމިޔާބު ކުރާނެއޭ ކިޔައިގެން! ބަލަގަ ގާސިމަށް އުރަށް ލިބުނ ވަރަށްވެސް ވޯޓު ނުލިބުނު!