ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މީރާ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައިސް ސޯލިހަށް ތާއީދުކުރައްވަން ނިންމާފައިވާ ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުން މީރާ ސިފަ ކުރެއްވީ ބިރުވެރިކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް މީރާ މިވަނީ އޭނަގެ އެ ނިންމުން ބަދަލުކޮށްފައެވެ.

ފަހުން، މީރާ ވަނީ ރައީސް ސޯލިހަށް ވޯޓު ދެއްވާނެ ކަމަށް ކުރިން ދެއްކި ވާހަކަތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. މީރާ ފަހުން ސިފަކުރެއްވީ ރައީސް ސޯލިހަށް ވޯޓު ދިނުމަކީ ޑރ. މުއިއްޒަށް ވޯޓު ދިނުންހާ ބިރުވެރި ކަމެއްގެ ގޮތުގައެވެ.

މީރާ ވިދާޅުވީ ރައިސް ސޯލިހަށް ތާއީދު ކުރައްވަން ނިންމި ނިންމުމަކީ ވިސްނާލުމެއްނެތި ނިންމި ނިންމުމެއް ކަމަށާއި މިހާރު ހެޔޮ ވިސްނިއްޖެ ކަމަށެވެ. އަދި ކުރެއްވުނީ މޮޔަ ކަމެއްކަން ފާހަގަކުރައްވަމުން މީރާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ސިޔާސީ ބޭނުމަށް އޭނާގެ ނަން ބޭނުން ކުރަމުން ދާ ކަމަށެވެ. އެކަމާ މީރާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

"އެމްޑީޕީ އާ އެކު މިހާރު އޮތީ އަދާލަތު ޕާޓީ، ހޯމް މިނިސްޓަރު ޝައިހް އިމްރާން، ޝައިހް އިލްޔާސް، ޝައިހް އިޔާޒް، ސަން ސިޔާމް ފަދަ ހަރުކަށި ފިކުރުތަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ މީހުން. މީގެއިން އެއްވެސް ރަނގަޅެއް ނުފެނޭ. ކޮންމެ ކޮޅަކުން ވެސް ފެންނަނީ ގޮތް ހުސްވާ ފަދަ ކަންކަން،". މީރާ ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހަށް ވޯޓު ދެއްވާނެ ކަމަށް ނިންމި ނިންމުން މީރާ ބަދަލު ކުރެއްވިއިރު، ނަޝީދު ވަނީ މުއިއްޒަށް ތާއީދު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ. އަދި އެމަނިކުފާނު ގެންދަވަނީ އެމްޑީޕީއަށް މަލާމާތުގެ ބަސްތައް ރައްދު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުން

    އަންނިއަށްވެސް އާއިލާއެއްވެސް ރަނގަޅުގޮތަކީ މުއިއްޒު އަށް ތާއީދު ކުރުން.

    27
    1
  2. ސައި

    މީރާ ބައްޕަ އްށް ލަނޑުދިން މީހެއް މީރާ އަށް ވެސް ލަނޑު ދޭނެ
    ހިމޭނުން ހުރެލާ އެކޮއި

    20
    1
  3. އިބިލީސް

    މީދެންކާކު ހެޑްލައިނަށްލާން، އޚްލާގީފެންވަރދަށް އަންހެނެއް

    18
    4
  4. ސަމީރާ

    ދެވަނަބުރުގައި އަމިއްލަ ބަފަޔައް ތާއީދު ކުރިއްޔާ މާތާހިރުވާނެ.

    15
    1
  5. ރައްޔިތު މީހާ

    ކުރިންބުނި އެތި ކެންސަލު. ބައްޕަ ނުރުހުންފާޅުކުރީ ކަމަށް ނެލެވެނީ!