އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުނެގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމަށް ގޮވާލާ، ޕެޓިޝަނެއްގައި ސޮއިކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި ޕެޓިޝަން ތައްޔާރުކުރަނީ ސާފާސް އެސޯސިއޭޝަން އާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެންނެވެ. ސާފާސް އެސޯސިއޭޝަން އިން ބުނީ މި ޕެޓިޝަނުގައި މައިގަނޑު ތިން ކަމެއް ހުއްޓުވައި ދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

އެގޮތުން އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްދިނުމަށް އެދިފައިވާއިރު މީގެ ކުރިން ރާއްޖޭގައި ރާޅާ އެޅުމުގައި އުޅުނު ފަރާތްތަކަށް އިސްރައީލް މީހުންގެ ފަރާތުން ލިބުނު އަނިޔާތައް ބަލައި ދިނުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ސާފިން ކޮމިއުނިޓީއަށް އިސްރާއީލުގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އަނިޔާތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މި ޕެޓިޝަނުގައި ސޮއިކުރުން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުޅުވާލާއިރު، ދިބެހިންގެ ފަރާތުން މިކަމަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް މިކަން ރާވާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާތަކެއް ދީފައިވަނީ ގިނަ އަހަރުތަކެއް ވަންދެން އިސްރާއީލުން ޣަައްޒާގެ ކުށެއް ނެތް އެތައް ރައްޔިތަކަށް އަނިޔާކޮށް، ގިނަ ރައްޔިތުން ޝަހީދުކޮށް، ޣައްޒާގެ ރައްޔިތުން ބަންދެއްގެ ތެރޭގައި ގެންގުޅޭތީ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައްޒާ

    100ޕަސެޓް މުސްލިމުން ޤައުމެއްގަ ކޮން ޕެޓްސަނެއް ހަމަ މިހާރު އިސްރާއީލުން ބާލާ

    23
  2. ަސދަސދ

    އެއްމެ ފުރަތަމަ ސޮއިކުރާމީހަކަށްވާން އަހަރެން ބޭނުން

    22
  3. އުންޑަ

    މީގެ ތެރެއަށް އެމެރިކާ ވެސް ލާންޖެހޭ، އެންމެ ނުބައި ރޯލް ކުޅެނީ އެމެރިކާ.

  4. ޔަހޫދީންނަށް ދިވެހިރާއްޖެ ބަންދު

    ވަރަށް ރަގަޅު ކަމެއް. ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި ދެކެން.
    ރެޑީ. އާދޭ ! ސޮއި ކުރާނަން!

  5. މަލްދާ

    ތި ޕެޓިޝަނުގަ އޮންލައިންކޮށް ސޮއި ކުރެވޭނެ ލިންކެއް ނެތްތަ

  6. އިބްރާ

    ތާއީދު