އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެނަކައާ ގުޅޭ 75 މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަަމަށާއި، އޭގެ ތެރެއިން 20 މިލިއަން ރުފިޔާ ހޯދަން މިހާތަނަށް އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ފެނަކައާ ގުޅޭގޮތުން މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަފާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ކަމަށެވެ.

އެ ކޮމިޝަނުން ވިދާޅުވިގޮތުގައި މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން ވިހި މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގައިފައެވެ.

އަދި ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އެންގިއިރު، އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް 6 ކަމެއް މިހާތަނަށް ކޮމިޝަނުން އެކުންފުންޏަށް އަންގާފައިވާ ކަމަށް އެ ކޮޮމިޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަމަނަ

    އުސޫލުން ބޭރުން އީސީ ޝަރީފު ސްޓެލްކޯއަށަ ވެއްދި މީހުންގެ އަދަދުވެސް ބަލަންޖެހޭ މިހާރުވެސް ވެއްދި މީހުން ހާޒިރީން އުނިކޮއްގެން އޮފީހުގައި ގެންގުޅޭ ނިކަން މިކަން ބަލާބަލަ

  2. ބަރުގޮނު

    ދެން އަންނާނީި އާ މެނޭޖްމެންޓެއް. މިހާރު މިހުރި ފައިސާގެ މަސްއަލަތަކާ އަބުރާ ހޯދަންޖެހޭ ފައިސާ އަލަށް އަންނަ މެނޭޖްމެންޓްން ހޯދަން އުޅޭނެބާ. ހޯދަން އުޅުނަސް ދަތިތަކެއް ކުރިމަތިވާނެ. އެކަމާ ލާމެހިފައިވާ ތަނުގެ މުވައްޒަފުންނާ މުޢާމަލާ ކުރެވިފައިވާ ފިހާރަތަކާ އެތަންތާގެ މީހުންވެސް ބަދަލުވެ އެކަންކަން ދެނެހުރި މީހުން ނެތޭ ހިސާބަށްދާނެ. ފޮނިކޮޅު ބޮއިލިި މީހުންވެސް މަސްއަލަ ނުނިމެނީސް އެކި ދިމަދިމާލަށް ގޮސް ގެއްލޭނެ.

  3. ްްޤައުމުދެކެލޯބިވާ ދަރިއެއް

    ކިޔޮކޭވަރު އިނގޭނީ ބިތުފަންގިނެގީމާ މީދުވަސްވީމީހުން ބުނާހަރުބަހެއް ފިޔަވަޅެއްއެޅޭނެބާ ތިކަންވެސް ދާނީ ބޮޑުނިގުލަންވެގެން

  4. މާރިޔާ ބާރަށް

    ކޮންމެ ކަމެއްގައިވެސް އޮންނާނީ ދެކޮޅު އެއްކޮޅަކީ ކޮސިގަޑަށް ހާޒުރުކުރުން އަނެއްކޮޅަކީ ފިލައިގެން ދިއުން.

  5. ލަޠީފް

    ތިތަނުގެ ކޮރަޕްޝަން ބަލަންޖެހޭ. ވަރަށް ރިޝްވަތު ނަގާ ބޮޑުން ތިބި ތަނެއް. އެކި މީހުން އަތުން ޕޭމެންޓު ދޭނީ މިލިއަނުން ކޭޝްކޮށް ފައިސާ ދިނީމާ ކަމަށްބުނެ ސީދާ ރިޝްވަތު ނަގާ ބައެއް.

  6. އަބްދޫ

    ފެނަކައަށް އެތައބަޔަކު ނަގާ ވަޒީފާދީގެ މަސައްކަތެއްނުކުރުވާ ކާންބޯންދީ ހަދާފައިވާ ހުރިހާ ފައިސާއެއްގަ ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ މައްޗަށް ދަވްލަތުން ދައުވާ އުފުލައިގެން ފައިސާ ހޯދަންޖެހޭނެ.