ފުލުހުން މޯލްޑިވްސް އިމިޖްރޭޝަނާއި ހަވާލުކުރި ޗައިނާ އަންހެނަކު މާފަންނު ޕޮލިސް ސްޓޭޝަންގައި ދިރިއުޅެމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގައި ޗައިނާ އަންހެނަކު ދިރިއުޅެމުންދާތާ ހަ ދުވަސް ވެފައިވާއިރު އެ މައްސަލަ މިއަދު ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އަންހެން މީހާ އެ ސްޓޭޝަންގެ ގޮޑިތަކުގައި ރަޖާ އަޅައިގެން އޮވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ މީހާ އެއީ ފުލުހުންގެ ބަންދުގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި މީހެއް ނޫން ކަމަށެވެ. އެ މީހާ އެގޮތަށް ޕޮލިސް ސްޓޭޝަންގައި އުޅޭތީ ތަކުރާރުކޮށް ނަސޭހަތްދީ އެގޮތަށް ކަންތައް ނުކުރުމަށް އެދިފައި ވާނެ ކަމަށް ވިދާޅުވިއެވެ.

އެ މީހާ އަކީ މި މަހުގެ 19 ވަނަ ދުވަހު އިމިޖްރޭޝަނާއި ހަވާލު ކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހައިރާން

    ހައިރާންވެއްޖެ. މިއީ ދައުލަތެއްތަ. ނޫނީ ކުޅޭކުޅޭ ތަނެއްތަ. ފުލުސް އޮފީހަށް ކޮންމެ މީހަކު ކޮންމެ ކަމެއްގައި ގެންދިޔަކަމަށްވިޔަސް އެތަނުން އެމީހަކާމެދު އަމަލުކުރަނީ ބޮޑެތި މުޖުރިމުންނާމެދު އަމަލުކުރާ ގޮތަށް. މި ސަގާފަތް މިގައުމުން ފޮހެވޭނީ ކޮންދުވަހަކުން ބާ.

  2. ޒާ

    އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫންކަން މަޢުލޫމާތައްޓަކައި ދެންނެވިން.

  3. ފާތުން

    ބަލާބަލަ ޖަލުގަ ހުސްތަންކޮޅެއް ހުރިތޯ ގެންގޮސް އެއްތާ ބާއްވަބަލަ. މިހާރު ދިވެހި މީހެއްނަމަ ކަލޭމެން ބޭރުކުރީސް. ބޭރު މީހެއްވީމަ ކަމެއް ވާކަމަކަށް ނުވާނެ.

  4. ރާއްޖޭގެ ބަޖާޖު

    އޭނަ މަށާ ޙަވާލުކުރަން ވީ ނުންތޯ . ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 80 ހާސް ބޯ ހަމަ ނުޖެހޭ މީހުން އައިޖީއެމް އެޗް ގައި ޑޮކްޓަރަށް ދައްކަން ރަޖިސްޓްރީ ކުރެވިފަ ވަނީ . ރާއްޖޭގެ އާބާދީ 3 ލައްކަ މީހުންގެ ތެރެއިން 80 ހާސް މީހުން ބޮލަށް ބޭސް ކުރަން ޑޮކްޓަރަށް ދައްކަން ޖެހުނީމާ 4 ބައިކުޅަ އެއްބައި މީހުން މިތިބީ މޮޔަވެފަ ނުންތޯ . ތި މީހާ އަހަރުމެންނަށް ކަމުދޭ . ގޮނޑީގަ ނިދައިގެންވެސް އަތުން ފައިން ގޯހެއް ނަހަދަ އެބަ އުޅޭނު

  5. ދޮނާ

    ހުސް ކުއްޖެއްތަ ،،