ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅު ކުރި ދިވެއްސަކާ ދެކޮޅަށް މާލޭގައި މިރޭ އަޑުއުފުލައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ދިވެހި މީހާއާ ދެކޮޅަށް އަޑު އުފުލާފައި ވަނީ މާލެ އައި ވަގުތެވެ. ޒުވާނުންތަކެއް އޭނަ ވަށާލައި އަޑު އުފުލަން ފެށުމުން ފުލުހުންގެ ކާރަކަށް އޭނާ ވަނީ އަރައިފައެވެ. އަދި އެމީހާ އަށް ފުލުހުން ވަނީ ހިމާޔަތް ދީފައެވެ.

ފުލުހުންގެ ހިމާޔަތުގައި އެ ޒުވާނާ ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވައްދައިފައެވެ.

އެނގިފައިވާ ގޮތުގައި އެކަން ހިނގާފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ކައިރީގައެވެ.

އެކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މިރޭ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ މާރާމާރީއާ ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށް ބުނުން ފިޔަވާ އެއްވެސް މައުލޫމާތެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން ރާއްޖޭގައި އަންނަނީ ތަފާތު އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ހިނގާލުންތަކާއި އެއްވުންތަކުގެ އިތުރުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފަންޑް ރައިޒިން އިވެންޓުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ބޮން އަޅައި ޣައްޒާ އަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އައިއިރު، 9،485 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެގޮތުން 3،900 ކުޑަކުދިންނާއި 2،430 އަންހެނުން ޝަހީދުވެފައިވެއެވެ. މި ހަމަލާތަކުގައި 3،155 ފިރިހެނުން ޝަހީދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިޒްރޭލު އައުޓް!

    ޖަސްޓް ލީވް ހިމް އަލޯން! އެއީ އެއްވެސް ހިތެއް ރަހުމެއް ކުލުނެއްނެތް މީހެއް. އޭނާ އަށް މާތް ﷲ ހެޔޮވިސްނުން ދެއްވާށި.

    72
    17
    • ސުވާލުމާކު

      ގާނޫނީ ފިޔަވަޅެއް އެޅެންވާނެދޯ. ޒަޔަނިސްޓުންގެ ބާރުއޮތް ގައުމުތަކުގަ އެމީހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަދައްކާމީހުން ކުއްވެރިވެ. ނިރުބަވެރިންނަށް ތާއީދުކުރާ މީހުން ކުއްވެރިވެ . ހަމަ އެގޮތަށް މީނާވެސް ޒަޔަނިސްޓު ޓެރަރިސްޓުންނަށް ތާއީދުކުރީމާ ފިޔަވަޅުއެޅެންވާނެ.

      ހިތެއް ރަހުމެއް ކުލުނެއް ނެތް އެންމެނަށް ހިދާޔަތް ދެއްވުމަށް އެދި ދުއާކޮށްލާފަ ދޫކޮށްލީމާ ގައުމުގާ މުޖުރިމުން ގިނަވާނީ.

      މި ރާއްޖޭގަވެސް ނިކަން އައިސިސް އަށް ސަޕޯޓުކޮށްލާފިއްޔާ ސީދާ ޖަލަށް ލާނީ. އެގޮތް އޮންނަންވާނެ ޒަޔަނިސްޓު ޓެރަރިސްޓުންގެ ސަޕޯޓަރުންނަށްވެސް.

      އެއީ އިންސާފަކީ.

      20
      1
  2. އަލީ

    ތިޔާ ޔޫރަޕު ފެން ބޮއިގެން އުޅޭ އެއްޗެހި. ތިޔަ މީހުނަކައް ނުއޮއްނާނެ ރައްބެއް މަލާއިކަތެއް ދީނެއް ރަސޫލެއް. ދެން ވިސްނާލަ ތިމީހުންގެ ވިސްނުން ހުންނާނެ ހިސާބު. މި ބާވަތު މީހުން ފޮނުވާ އެމީހުން ބޭނުންވާ މީހުން ކައިރިޔައް. މިތާ އުޅުނަ ދީގެންނުވާނެ

    24
    2
  3. ހުސެން ބެންގަލޫރު

    އޭނަ ދެން އިޒްރާއީލަށް ތާއީދު ކުރީ އެއްވެސް ނޫން. އޭނަ ބުނީ ހަމާސް އިން ކުރިކަމަކީ ޓެރަރިޒަމޭ. ދެން ވިސްނައިދޭން އުޅެބަލަ. އެއީ ޓުއަރިޒަމުން އާމުދަނީ ހޯދާ މީހުން. ޕާސަނަލް ގުޅުން ތައް އޮންނާނެ. ދެން އޭނަ ނޮޅާލީމަ އޭނަގެ ދަރިން ބޮޑުވާނީ ރާއްޖެއަށް ހެޔޮ އެދެމުންތަ؟

    5
    21
    • ހަމާސް

      ހަމާސްމީހުންގެ ގައުމަށް ޓެރަރިސްޓުން އެރީމަ ފިނިފެންމާ އުކަންނުތިބޭނެދޯ... ޓެރަރިސްޓުން ކަޑައަޅަނީ ޓެރަރިސްޓުން..އިސްލާމްދީނުގަ ހުއްދަވޭ ގޯތިގެދޮރާ އަބުރާ މުދާ ހިމާޔަތްކުރަން ފަލަސްތީނުގެ ބިމަށް ވެރިވީ ޔަހޫދީ ދައްޖާލުން..

    • މާހިރާ

      މީނާއަށް ޒަޔަނިސްޓް އިޒްރޭލް އަކީ ކޮބައިކަން ނޭގެނީ ކަމަށްވާނީ. އެހެންވީމާ، ހަދަންވީގޮތަކީ، ޕޮލިހުން މީނާ އިސްލާމިކް މިނިސްޓްރީ އަށް ގެންގޮސްގެން އިޒްރޭލު އަކީ ކޮބައިކަމާ، އެތަން އުފެއްދި ގޮތް އޭނާއަށް އޮޅުންފިލުވައިދޭންވީ.

    • ހަސަން ކޮޗިން

      އަހަރުމެނަށްވެސް ދިވެއްސާ އިނގިރޭސިބަސް އެނގެ. އޭނަ އަޒުރޭލަށް ތާއީދުކިށްފާ ސާފު ސަރީހަ އިބާރާތުން ލިޔެ. ހަމާސްއިން ކުރިކަމަކީ ޓެރަރިޒަމޭ ބުނެ، އިޒުރޭލުން ހިންގާ ޖަރީމާތަކަށް ހަނުހުރެ.

      އަހަރުމެންވެސް އެހެން ގައުމުތަކުގެ މީހުންނާ ވިޔަފާރިކިށް އެހެނިހެން ގާތްގުޅުންތައްވެސް އޮވެ. އެކަމަކު އެހެނެކޭ ކިޔާފަ އެއިންމީހެއް ނިސްބަތްވާ ގައުމެއް ހިންގާ ޖަރީމާއެއް ހެޔޮކަމަކަށް ނުދެކެން. އަދި ބަލައެއްވެސް ނުގަންނަން.

      ދެން އޭނަގެ ދަރި ބޮޑުވާނީ ކިހިނެއްކަމެއް ނޭންގޭ. ތިމަންނާގެ ބައްޕަ އަކީ ކުރިމަތީގާ ބޮޑު ގަތުލުއާމެއް ހިންގީމާވެސް ވިޔަފާރިއަށްޓަކާ އަދުލުވެރިކަން ދޫކޮށްލިމީހަކަށްވުމުން ލަދުން ނޫންކަމެއްވެސް ނޭންގެ.

  4. ކޮމާކޯޅި

    ހަމަ ހަޅޭއްލަވަންނީ. ތަޅާ އަނިޔާ ނުކުރާކަންވެސް ރަނގަޅު

    18
    1
  5. އަހަންމާކަލޯ

    މީހަމަ ވަކި އިޒްރެއިލުއަށް ދާއިދު ކުރަތީ ކުރާ ކަންތައްތަކެއްވެސް ނޫން ހަމަ ބޮޑޭވާން ކުރާ ކަންތަށްތަށް އަމިއްލެއަށް އެއްވެސް މީހަކަށް ނުވެވުނީމާ ދެން މިކަހަލަ ކަންތަށް ކުރާނެ މީހުންގެ އެޓެންޝަން ހޯދަން މިއަށް މިކިޔަނީ ނަފްސާނީ މައްސަލައޭ

    11
    3
  6. ހާސިން

    އެއީ ބޯހަމަނުޖެހޭ މަޑްކަށީގެ އެމްޑީ އެން ހަމީދުގެ މީހަކށް ބަލި ގެރިއަކަަށް އެގޮލާ ވެގެން ދާނީ ހީރޯއްކަށް މިސަރުކާރުގެ މަތީ މަގާމެއް ލިބިގެން ދާނޭ އިއްޒަތް ތެރިޔަކަށް

    17
    1
  7. Anonymous

    ޔަހޫދީންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އެމްބަސީ ހަދައިގެން މުސްލިމް ޒުވާނުންނަށް ފައިސާދީ ޒުވާނުން މަގުފުރައްދާން ވަރަށް ގިނަ ރޭވުން ރާވާ ބަޔެއް، ފައިސާ ބަހާނެ އެކިނަން ނަމުގައި !

    20
    1
  8. ބޭފުޅާ

    އިގިރޭސިވިލާތުން ހިމާޔަތް ހޯދައިގެން ނައްޓާލާ... ތިޒާތުގެ މީހުން ހިމާޔަތް ހޯދަން ކުރޭ ތިކަހަލަ ކަންކަން

    19
    1
  9. Anonymous

    އޭނާއަށް ދީނުގެ އަލިފުން ފަށައިގެން ކިޔަވައިދޭން ފެނޭ.

    7
    3
  10. މުޙައްމަދު

    ޔަހޫދީންނަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާއެއް. ތިވެސް އޭގެ ސެލް އެއް ކަމަށްވާނީ.

    11
    1
  11. ކޮރަލް

    މިއީ 100 ޕަސެންޓް މުސްލިމް ގައުމެކެވެ. ތިޔަހާ ވަރަށް އިސްރާއީލް އަށް ތާއީދު ކުރާނަމަ ރާއްޖެ ދޫކޮށް އެހެން ގައުމެއްގަ އުޅެން ވީ އެވެ. އެހާ ހިތް ވަރު ނެތިއްޔާ ހަނު ހުންނާނީ އެވެ.

    17
    1
  12. ވަޒީރު

    ދެން އޭނާ ކުރި ކަމެއް އޭނާއަށް. އެހެނޭ ކިޔާފައި ގަޔަށ ބޮލަށް އަރާ މާރާމާރީ ހިންގީމަ އެވަނީ ހަމަ ޔަހުދީ ޒަޔަނިސްޓު ލެވަލު