މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅައި އެކުލަވާލި ދާއިމީ ލިސްޓާ އެއްގޮތަށް މި ދަނޑިވަޅުގައި ފްލެޓު ދިނުން މަޑުޖައްސާލައި އާ ސަރުކާރަށް އެކަން ދޫކޮށްލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ލިސްޓަކީ އިންސާފުން ބޭރުން އެކުލަވާލި ލިސްޓެއް ކަމަށް ބުނެ ޝަކުވާކޮށްފައެވެ. އެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ، މިހާރު ހައުސިން މިނިސްޓްރީ އަށް އަންގާފައި ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭ ކަމުގެ ރަޖިސްޓްރީ އެއްވެސް މީހަކަށް ހަވާލު ނުކުރުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ.

އިންތިހާބީ ރައީސް މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މިހާރު ހިނގަމުންދާ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭ 13،000 ފަރާތެއްގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މިހާރު މަސައްކަތް ހިނގަމުންދާ 4،000 ފްލެޓޫ އެލޮކޭޓް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކާއި ވަރަށް ބޮޑެތި ޝަކުވާތަކެއް އިންތިހާބީ ރައީސް އޮފީހަށް ވެސް ލިބެމުން އަންނަ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިގާލީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވު -- ފޮޓޯ: އިންތިގާލީ ކޮމިޓީ

" މައިގަނޑު ޝަކުވާތައް ގުޅިފައިވަނީ 4000 ފްލެޓް އެލޮކޭޓްކުރުމަށް ޕޮއިން ދެވިފައިވާ ގޮތާ. އަދި އެ މަސައްކަތް ގެންދެވިފައިވާ ގޮތާގުޅޭގޮތުން ޖުމްލަގޮތެއްގައި ހުރި މައިގަނޑު ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް. މި ޝަކުވާތަކަށް އެޑްރެސް ކުރައްވާ އޭސީސީއިން ވަނީ ވަކި މަގަމުން ކަންކަން ކުރިއަށް ގެންދިއުމަށް ބައެއް މަސައްކަތްތައް މަޑުޖައްސާލުމަށް އިރުޝާދު ދެއްވާފައި." ފިރުޒުލް ވިދާޅުވިއެވެ.

މި މަސައްކަތާއި ގުޅޭގޮތުން އެހާ ބޮޑެތި ކަންބޮޑުވުންތަކެއް އަދި ގިނަ ޝަކުވާތަކެއް ހުރިއިރު، އަވަސް އަރުވާލައިގެން މި މުއްދަތުގެ ތެރޭގައި އެ ޕްރޮސަސްއާ ދޭތެރޭގައި އިތުބާރެއް ނެތް ގޮތަށް ކުރިއަށް ގެންގޮސް ނިންމުމަކީ އެއީ ވަރަށް ގިނަ މައްސަލަތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭސީން ލަ ފާއަރުވާފައިވާ ގޮތަށް އަދި އާ ސަރުކާރު ފެށުމާއި ދެމެދު ނުވަ ވަރަކަށް ދުވަސް އޮތް އިރު އަވަސް އަރުވާލައިގެން މި މަސައްކަތް ނިންމާ ފްލެޓްތަކުން ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި އެކަން މަޑުޖައްސާލާ އާ ސަރުކާރަށް އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމުގެ ޖާގަދެއްވުމަށް އިންތިހާބީ ރައީސް އެދިލައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފްލެޓް ދިން ގޮތާ މެދުގައި ހިތްހަމަނުޖެހި އިހުތިޖާޖު ކުރަން ފަށައިފި

"ސަރުކާރުން ގެދޮރުވެރިކަމާ އެހެން ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ލިޔުމަކުން ދީފައިވާ އެއްވެސް ކަމެއް އަތުނުލައްވާނެ. އަދި އެކަންކަމަށް އޮނާ ކުރައްވާނެކަމަށް ވިދާޅުވި ސްޓޭންޑް ހަމަ ވަރަށް ސާފުކޮށް އިންތިހާބީ ރައީސް ފާހަގަކުރައްވާފައިވޭ. އަދިވެސް އެ ސްޓޭންޑްގައި އެމަނިކުފާނު ހުންނެވީ." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މިހާރު ރައްޔިތުންގެ ޝަކުވާއަކީ ނުގަވައިދުން އަދި ނާ އިންސާފުން ކަންތައްތަކެއް ހާސިލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ކަމަށެވެ. ސަރުކާރުން އެކުލަވާލާފައިވާ ލިސްޓަށް އޮނާ ކުރި ނަމަވެސް ނުގަވައިދުން އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާކަމަށްވާނަ އެކަންކަން ބަލައި އެ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމުގެ ފުރުސަތު އާ ސަރުކާރަށް އޮންނާނެ ކަމަށާއި އެއީ ސިޔާސީ ވިސްނުމެއްގައި ކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން އިއުލާން ކުރި ގޮތުގައި ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމުކޮށްފައިވާއިރު އެ ފޯމުތަކުގައި ޕޮއިންޓް ދީފަައިވަނީ އެއްވެސް އިންސާފެއްނެތި ކަމަށް ބުނެ އާންމުން ވަނީ ހައުސިން މިނިސްޓްރީއަށް ގޮސް އިހުތިޖާޖުކޮށްފައެވެ. ހައުސިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަހުމަދު

    އާން އޭރުންތާ ކުރިންވެސް ދިންގޮތަށް ޕީއެންސީ މީހުންނަށް ބަހާލެވޭނީ

    69
    35
    • އަލިފްހ

      ޔާމިނު ސަރުކާރުގަ އެޅި ފުލެޓުތައް ބަހާލީވެސް މި ސަރުކާރުން

  2. އަްސްލުމީޙާ

    ތީ ކުރިން ވަރަށް ރަނގަޅަށް ފްލެޓް ދިން ބަޔެއް

    42
    13
  3. ހިކި ކިރު

    މަނިކުފާނު ސަރުކާރުގެ ފަހު ވަޤުތުވެސް ރައްޔިތުން ނުނިދާ މަނިކުފާނުގެ އޮފީސް ދޮރުމަތީގައި ކިއު ހަދައިގެން ފިލެޓު ފޯރމް ލުމަށާއި ފްލެޓު ހޯދުމަށް އަނބިދަރިން ދޫކޮއް ރައްޔިތުން ގުނބޯ ހެއްދި ޒަމާން ހަދާނުން ނެތުނީތޯ! އެވެސް ދުވަހެއް . މިވެސް ދުވަހެއް. މިހެން ވެގެންނޭ ބުނަނީ އާރާއި ބާރު ލިބޭދުވަހުވެސް އިޙުސާން ތެރިވާށޭ އިލްމް ވެރިން ވިދާޅުވަނީ. މަނިކުފާނު ވެރިކަން ނިމިގެން ދާއިރުވެސް މިކަން ހަދާނުގައި ބަހައްޓާނެ ކަމަށް އުއްމީދު ކުރަނމު. ވ ވެދުން.

    46
    6
  4. ރިޔާޒު

    ވަރަށް ރަނގަޅު ނިންމެވުމެއް. ހުއްޓުވެން އޮތް ހުރިހާ ގޮތަކަށް މިކަން ހުއްޓުވާ ދެއްވާ. 2018 ވަނަ އަހަރު ސަރުކާރުން ދިން ލިޔުން އެއްޗަކަށް ނުވި، އޭރު ލިޔުން ހަވާލު ކުރި ފުލެޓު ހުރީ ފެންނަށް. މިހާރު މިދިން ލިޔުން ވެސް ބާތިލް ކޮށްދެއްވުން އެދި މުއިއްޒު އަރިހުގަެި ދަންނަވަން ސަބަބަކީ ރައްޔިތުންނަށް އިންސާފުވެރި ވުން. އަދި އެންމެ ބޮޑު ކަމަކީ މިއީ ވުޖޫދުގައި ވެސް ނެތް ފޮލެޓުތައް. އަދި ހާއްސްކޮށް ވަކިބަޔަކު ދިން ލިޔުން ގަބޫލު ނުވާއިރު އަނެއް ބަޔަކު ދޭ ލިޔުން ވެސް ގަބޫލު ވެވިގެން ނުވާނެ . އިންސާފު ގާއިމު ކޮށްދެއްވާ.

    24
    30
    • ފާތުމަ

      ލިޔުމާ އެއްވަރައް އޭރުވެސް ފުލެޓް ނެއް

    • ހަސަނު

      މަގުމަތިބަލާމަ ބަލަ ކިފއއދިވެހޖންރޯ ކިޔައްބޭރުމިހުންތޯ...އާބާދީއައްވުރެ ހިނަވާނެކާންޔަގީން.. އެމީހުން މަދުކުރީމަ މިހުންމަދުވާނީ..ރމދިވެހިންނެއްނޫން ގިނައީކީ

  5. Anonymous

    2018 ގަ އިބޫ މާދަން ހުވާ ކުރަންޔާ މިރޭވެސް މުއިއްޒު އުޅުނީ ހިޔާ ފްލެޓްތައް ނުހައްގުން ގާތް މީހުންނާ ޕާޓީ ކުދިންނަށް ބެހުމުގަ
    މިހާރު ދެން ކޮން ވާހަކައެއް ތި ދައްކަނީ
    މުއިއްޒު އަކީ އިންތިހާބީ ރައީސް ވިޔަސް އަދި ވެރިކަމުގަ ހުރީ އިބޫ އެހެންވީމަ ދައުރު ނިމުމުގެ ކުރިން ކުރަންވާ ކަންކަމާ ނުކުރަންވީ ކަންކަން އިނގޭ މި ސަރުކާރަށް
    މި މީހުނަށް ފްލެޓް ހަވާލުކުރަން ދޫކޮށްލާށޭ އެ ކިޔަނީ ކުރިން ބަހާލިހެން ޕީޕީއެމް ކުދިންނަށް ބަހަންވެގެން

    50
    18
  6. އިންޠިޚާބީ ރައީސް ޑރ. މުޢިއްޒަށް

    ހެޔޮނުވާނެ މާލެ ސަރަޙައްދު ތޮއްޖެއްސުން ނިމުމަކަށް ގެނެސްދެއްވާށެވެ! މިހާރު މާލެ ސަރަހައްދުގައި ފިޔަވަޅެއް އަޅަން ދައްޗެވެ. މާލޭ ސަރަޙައްދުގައި ޒަމާނުއްސުރެ ޤާއިމުވެ ތިބި މީހުންގެ ދަރިންގެ ދަރިންނަށް މިސަރަޙައްދު ޙިމާޔަތް ކޮށްދެއްވާށެވެ!

    20
    8
    • ވަގު ފާތުމަ

      ބަންގާޅު މީހުން މަދު ކޮއްގެން ތިކަންތައްވާނީ

      2
      3
    • މަޑޭ

      މީހުން ނުގެނެސް އެއްފަސް ނުވެ ކަލޭމެންގެ ވިޔަފާރިތަކާއި ކަލޭމެން ކުއްޔަށްދޭ ކުކުޅުކޮށިތަކުން ކިހިނެއް މަންފާއެއް ލިބޭނީ.ފައި ނުޖެއްސުނަސް ވަރަހަމައެއްނު މިތާނގަ ހުރިހަކަމެއް އޮތީ ރާވާފައި. ޕެނަޑޯލް ގުޅައެއް ގަންނަން ވެސް އަންނަން ޖެހެނީ މިތަނަށް.، އަދި މީހުން ގިނަވެގެން އެބަ ތެޅޭނު.

    • ހަސަނު

      ބޮދޭސީންގިނައީ..މަގުމަތީ ކިޔައްނުކުމެބަލާލަބަލ

  7. ފަރު

    ތިގޮތަށް ބިންދީފައިވާކަންތައްވެސް ފަސް ޖައްސާލެވޭނެ ގޮތެއް ވެއްޖިއްޔާ ވަރަށް ރަގަޅު. އެއީ އެކުވެގެން ތަން ނެގުންއެއީ ބޮޑު މަސްއަލަޢެއް. މިހާރުވެސް އެއްބައްޕަ އެއްގެ ތިންބަނޑުގެެ ތިންމީހުންއެކުުވެގެން ތަން ލިބުމުން މީހަކަށް ލިބެނީ 680 ވަރަކަށް އަކަފޫޓް. އެވަރުން ތިން ބައި ކޮށްފަ ތަނެއްހަދައިގެން އަނެއްކާވެސް އުޅެންޖެހޭނީ ވަަރަށް ދަތި ކޮށް ކަމަށް ވެފަ 600 އަކަފޫޓްްއަށްވުރެ ގިނަ ނަމަ ސަރުކާރުގެ އެހެން ބޯހިޔާ ވަހިކަމެއްގަ ބައިވެރިނުވެވުންއެއީ ވަރަށް ދެރަ ކަމެއް

    10
    5
  8. ހައްވަ

    ޔާމީންވެސް އަވަސްއަރުވާލާގެން ފުލެޓުލިބޭނެކަމުގެލިޔުންހަވާލުކުރީ އޭރުކޮބާ އޭސީސީ އަވަހަށް ސަކުވާތަށްބަލާފައި ސަރުތުހަމަވާމީހުންނަށް ފުލެޓުހަވާލުކޮއް ލިޔުންތައްވެސް ހަވާލުކުރަންވީ ކޮންމެހެން އިންތިހާބީ ރައީސާހަވާލުކުރާކައް ނުޖެހޭ

    28
    11
  9. ޮ

    ޟި

  10. ޙާމަ

    ޙިޔާފްލެޓްގެ ލިޔުން ލިބިފަ، ފްލެޓް ނުލިބޭ ފަރާތްތަކައް މުއިޒް ގެެ ސަރުކާރެއްގަ އެންމެ ފުރަތަމަ ފްލެޓްދެވޭ މީހުންގެ ތެރޭގައި ހިމެނޭނެކަމައް ހީކުރަން

    11
    8
  11. Anonymous

    ޔާމީނުގެ ވެރިކަމުގައި ވެސް ފުލެޓު ބެހީ ބޭއިންސާފުން. އިބޫގެ ވެރިކަމުގައި ވެސް މި ބަހަނީ މާބޮޑަށް ބޭއިންސާފުން. އިންސާފުން ފުލެޓު ބަހާނަމަ، ޕޮއިންޓު ދޭ ގޮތް ސާފުކޮށް އެނގެން އޮންނަންވާނެ. ޔާމީނު ބެހި ފުލެޓުތައް ލިބުނު މީހުންގެ ތެރޭގައި ޕީޕީއެމަށް ބައިލައްކަ ރުފިޔާ ދީގެން ފުލެޓު ހޯދި މީހުން ވެސް ހިމެނޭ. އިބޫގެ ސަރުކާރުން އެއަށްވުރެ ނުބައިކޮށް، އެއަށްވުރެ އަނިޔާވެރިކޮށް ފުލެޓު ބަހަން މިއުޅެނީ. އިބޫގެ ސަރުކާރުން ފުލެޓު ބެހުން ހުއްޓުވަންޖެހޭ.

    14
    18
  12. ޢޭނަ

    ހުރިހާސަރުކާރަކުންވެސް ތިކަން ކޮށްފައި ވަނީ ވަލުދޮރާށިން ވައްދައިގެނ ތިކަން ކުރުމުގެ ތި ސަގާފަތް ދާނީ ކޮންސަރުކާރަކުންބާއެ ހީވެ.

  13. ނަން

    ފާއިތުވި ތިންފަހަރު ލައިގެން ހަމަވި ފަހަރު މިއީ. މީތި ކަޑަ. ނުރަގަޅަށް ވަކިބަޔަކަށް ލިބުނޭ ކިޔާފައި ލިސްޓްގައި ދެން ހުރި މީހުން ކެޑިގެން ނުވާނެ. ނުރަގަޅު މީހުން އުނި ކޮއްފަ ދެން ހުރި މީހުންށްދީ.

  14. Anonymous

    އަ

  15. އިންސާފު

    އޭރުންތާ މިފަހަރު ކެމްޕޭނުގާ އުޅުނު މީހުނަށް ބަހާލެވޭނީ.މިހާރުވެސް ހިޔާފްލެޓް ތަކުގާ އެއުޅެނީ ކެމްޕޭނު ކޮށްދިން ކުދިން ގިނައިން. ރަށުގާ 3 ބުރިއަށް ގެނަގާފާ ގޮސް ރީއްޗެއްނު.

  16. ާއިންސާފު

    މިހާރު މިތަނަށްވެސް އަތްބައިނައިގެން ނިކަމެތިން އިތުރަށް ނިކަމެތި ކުރަން. ޙެޔޮނުވާނެ ކަސްޓަމްސް އަށް ޚާއްޞަކުރި ފުލެޓްތައް އެޑްކޮށްފާ ނިކަމެތި ރައްޔިތުންނަށް ބަހާލަދީ.

  17. ޙަގީގަތް

    މީގެ ކުރިންވެސް ބައި ކުދިން ކޮޅަށް ފުލެޓް ބެހީމެއްނު ވަރަށް އިންސާފުކޮށް . ރަށުގާ 3 ބުރީގެ ގެ ހުއްޓާ ފުލެޓް ދީގެން. ދެމަފިރިންނަށްވެސް. ދެންވެސް ހަދާނީ ހަމަ އެހެން.

  18. ފުލެޓް

    އިބޫ ސަރުކާރުން ފްލެޓްދެނީ ލިޔުމުން ކަރުދާހުގަ ޔާމީންސަރުކާރުގަ ފްލެޓދިނީ ދައްކާފަ އިބޫ އިންވަކިކޮއްފަ ރޯނުދަމާ ކޯތި ކަނޑާދިނީވެސް އަނގައިން ޔާމީންސަރުކާރުގަ ބެހި ފުލެޓުތައްލިބިފަހުންނާނީ ރީންދޫ މީހުންނައް އެދީފަހުރީ ވަކިކުލަޔަކައް ބަލައިގެންނެއްނޫން ލިބެންޖެހޭ މީހާއައް މިހާރު ބަހަނީ ރައްޓެހިންނާ ތިމާގެ މީހުންނަށާއި އަޢުވާނުންނައް

  19. ާއިންސާފު

    ފުލެޓްތައް ހިފަހައްޓާ ބައިކުދިނަށް ދޭން

  20. ފަރު

    ރައީސް ޔާމީން ކަނޑުންގޯތިނުދީ ވެރިކަން ނިންމާލީމަ ޝުކުރު އަދާކޮށްބަލަ.

  21. މަރޭ

    މިހާރު މި 4000 ފުލެޓު ދީފަ ހުރި ގޮތަށް ވުރެ އިންސާފު ގޮތަކަށް ދެން އަންން ވެރިކަމެއް ގަ ނުދެވޭނެ. ވާނެ ގޮތަކީ އިތުރު ބަދުނާމެއް ވާނި. އެހެން ވީމަ މި 4000 މިހާރު ދީފަ ހުރިގޮތަށް ނިންމުން ރަގަޅު. ވެގެން މިއުޅޭ ގޮތަކީ ގިނަ ބަޔަޔަކު މި 4000 ހުން ފުލެޓު ބޭނުން ވަނީ. އެކަމަކު ހުރިހާ މިހުންނަށް ވެސް ލިބޭނެ ކަމުގެ ލިޔުން އެބަދޭ

  22. ވަގު ފާތުމަ

    އެބުނާހެން އޭރުން ހޯމްމިނިސްޓަރ ކަމުގަ ދިން ގޮތައް ދޭނީ، ހަމަ އެކަނި ފޯރމް ނަންބަރ ގަދަ އިގޭ، ދޭނީ ހަމަ ހަވާލުވާ މީހާގެ އަުވާނުންނަށް ބޭނުންޖެހިގައިވާ މީހާ ބާކީ، ދެން މަ ވެސް ފޯރމު ލާއިރު ޖެހިގެން ހުރިގޭ މީހުން ނިދާކަމަށާއި ފާހާނާ ބޭނުންކިރާކަމައް ޖެހީމަ ޝަރުތަކާ ނުލާ ޝަރުތުހަމަވީ

  23. ޖުނާއު

    ކިހާ ދެރަކަމެއް ތި ފުލެޓު ކުޅިވަރު ހުއްޓާލަންވީނޫންތޯ ހުއްޓާލާފަ އެބަޔަކަށް ބައެއްގެ ރަށުން ގޯތި ދޭންވީނޫންތޯ. ޢެއީ އެންމެ އިންސާފު ވެރި ގޮތް. މާލެ ހުޅުމާލެ ވިލިމާލެ ތޮއްޖައްސަން ނޫޅުއްވާ. މާލެ ފުރިގެން މާލެ މީހުންނަށް ގޯތިދޭން ހިއްކިތަނެއް ހުޅުމާލެ މީ. މިހާރު އެތަނުގަ ރަސްކަންް ކުރަނީ މުޅިން އެހެން ބައެއް. އަހަރުމެންނަށް ބިންދޭންވީމަ މި ދިނީ ގުއިފަޅުން މީ އިންސާފުތޯ