ވ.އާރަށު މައްސަލައާ ގުޅިގެން ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ ފަސް މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނާގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ސިވިލް ކޯޓުން މިމައްސަލަ ނުބެލޭނެ ކަމަށް އިއްޔެ ނިންމާފައިވާއިރު، އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، އާރަށު މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައިވެއެވެ.
ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގޮތުން އާރަށު މައްސަލާގައި އިއްވާފައިވާ ހުކުމުގެ އިސްތިއުނާފާއެކު، އެ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގަތުމުން އެފަދަ އަމުރެއް އެ ކޯޓުން ނެރެފައި އޮތް ކަމެވެ. އެގޮތުން ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ ހައިކޯޓުގައި ހިނގަމުންދާ އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމައި ގޮތެއް ކަނޑައެޅުމާ ހަމައަށް، އެ ފައިސާ ހޯދުމުގެ ގޮތުން ކޯޓަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ކުރިއަށްނުގެންދިއުމަށާއި، އެނޫންވެސް ގޮތަކުން އެ ފައިސާ ހޯދުމަށް މީރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.
މި މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީ އާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
މި ސަބަބުތަކާހުރެ ރައީސް ޔާމީންގެ އަތުން ފަސް މިލިޔަން ޑޮލަރު ހޯދުމަށް ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލުމަށް ނިންމައި ކޯޓުން ބޭރުކޮށްލީއެވެ.
އިޒްރާއީލް މީހުނަކަށްވެސް އެއްވެސް ގާނޫނެއް ހަމައެއް ނޯވޭ. ރާއްޖޭގަވެސް ބޮޑެތި ވަގުން ޑްރަގް ލީޑަރުންނަކަށް ގާނޫނެއް ހަދާފަކާ ނޯވޭ. ބޮޑެތި ވައްކަން. ބޮޑެތި ކޮރަޕްޝަން ، ބޮޑެތި އަދަދުން ޑްރަގް ވިޔަފާރި ކުރާ މީހުނަށް ޔަގީންކަމާއެކު އެގޭނެ . ގާނޫނެއް ގަވާއިދެއްް އެމީހުނަކަށް ނޯންނަކަން.
ދެން ދައުލަތަކަށްއެބާރެށްނުލިބޭނެ އަދި އިޚްތިޔާރެށްވެސް ނުލިބޭނެ ހައިކޯޓުން ނެރޭހުކުމުގެ ސަބަބުން ދައުލަތް އޮރިޔާންވާނެ ޗޯރުއިބުރޭ ބޭނުންހާގޮތަކަށްހުރިހާކަމެއްނުކުރެވޭނެކަންއެގެންޖެހޭ
އެންމެންވެސް ކުޅެނީ އެއްކާޑެއް! ޖުޑިޞަރީ އިސްލާހުކުރުމުގެ ކާޑް، އެކާޑު ކުޅެގެން މޮޅުވާނީ އެއިރަކު ވެރިކަމުގަ ހުރި މީހަކު.
ރިހާކުރުފުޅު ވަގައް ނެގި މީހާ ލީ ޖަލަށް ، އިއްޒަތްތެރި ވަގުން ގޭގައި .ވެލްކަމް ޓު މޯލިޑިވްސް. މިތަން ނެތް ރަނގަޅު ވާކަށް.