އަންނަ މަހުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި ވިއްކުން މަނާ ވާނެ ކަން އެންވަޔަރަމަންޓް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.

ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ އެ ތަކެތި މަނާކުރަމުންނެވެ. ހަމަ އެއާއެކު އެއް ލީޓާރުގެ އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެނފުޅި އަކީ އެ ލިސްޓުގައި މަނާ ކުރާ ސިންގަލް ޔޫސް ޕްލާސްޓިކުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓާރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށާއި އަދި އެ ތަކެތި ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރުގެ މާޗް މަހުގެ އެކަކުން ފެށިގެން ކަމަށެވެ.

މި ބަދަލާ އެކު، މިހާރު ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ 500 މިލިމީޓަރުގެ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެއެވެ.

ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާފައި މިހާރު އޮންނަނީ މިދިޔަ އަހަރު އަމަލު ކުރަން ފެށި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް އެ ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކަމަށް ބުނެފައިވެއެވެ.

މިހާރު މަނާ ބާވަތްތައް:

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި

ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
  • 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި
  • އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބެ

    ކަލޭމެން ހާއްސަކޮށް ވޯޓުންބަލިވި ސަރުކާރު ބޮޑުވެގެންވާ ކަރަޕުސަނެއް ޕުލާސްޓިކުކޮތަޅުން ހިންގާ އެކަން ފަޅާއެރިޔަނުދޭން ވަރަށްއެބަމަސައްކަތްކުރޭ ބޭކާރުކަންތަށް ނުކޮށް ހުރިހާ ޕުލާސްޓިކު ފުޅިތަށް ބިއްލޫރިފުޅިއަށް ކަލޭމެން ބަދަލުނުކުރެވެންވީ ކޮންސަބަބަކާހެދި؟ ޖަވާބުދީބަލަ.

    9
    2
  2. Anonymous

    ބޯސަކަރާތް.

  3. Anonymous

    5ލީޓަރު ފުޅި ކިތައްފަހަރުތަ ބޭނުންކުރެވެނީ،
    މިއޮތީވާ ވެރިކަމެއް،
    ކޮންޑަމް އެތެރެކުރުން މަނާ ކުރަންފެނޭ

  4. އުވާލާ

    އަންނަ މަހުން ފެށިގެން ކުދި ޕްލާސްޓިކް ފުޅި މަނާކުރުން އެއީ އަނެއްކާ އާންމު ރައްޔިތުން ފެލާލުމޭ ތިމާވެށި ހިމާޔަތް ކުރުމޭ ކިޔާ ތަނެއް ދޮރެއް އަދި ތިމާވެށީގެ ސައެންސް އިލްމްގެ އަލިފުބާ ވެސް ނުދަންނަ ދަ ކިއްލި ތަޅާ ކިޔަވައިގެން އައިސް ހުރި ކަނޑުކޮހަކު ތިމާވެށި މިނިސްޓަރަކަށް ލައިގެން އާންމުން ފެލަނީއޭ މިކަން އަދި 50 އަހަރަށް ލަސްކޮށްލަންވީ ރައީސް މުއިއްޒު ގެ ގަރާރަކުން އެއިރުން މުއިއްޒު އަށް މަޖްލިސް އިންތިޚާބު ކާމިޔާބު ކުރެވޭނެއޭ ޔަގީނޭ ބާތިލް

    0
    1