ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމަށް އައްޑޫ ރައްޔިތުންގެ ފަރާތުން 890،000 ރުފިޔާ ހޯދައިފިއެވެ.

މިފައިސާތައް ހޯދާފައިވަނީ މަރަދޫ ރައްޔިތުން އިސްނަގައިގެން އެކިފަރާތްތަކާއި ގުޅިގެން ހިންގި ހަރަކާތުގެ އިތުރުން ފޭދޫ އާއި މަރަދޫ ފޭދޫގައި ފޭދުއަށް ނިސްބަތްވާ މިޝްކަތު ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިޝްކަތު ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ ޖުމްލަ 113،108.25 ރުފިޔާ އަދި 355 ޑޮލަރު ލިބިފައިވާ ކަމަށެވެ. އެޖަމިއްޔާއިން ވަނީ މިފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ހަވާލު ކުރާނެކަން ހާމަކޮށްފައެވެ.

މިޝްކަތު ފަންޑުން ކުރިއަށް ގެންދިޔަ އެހީ ހޯދުމުގެ އިވެންޓުގެ ތެރެއިން

މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މަރަދޫ ރައްޔިތުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ޖުމްލަ 777،799.47 ރުފިޔާ ވަނީ ހޯދާފައެވެ. މިއީ ޣައްޒާއަށް އެހީވުމަށް އައްޑޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ހޯދި ފަހަރެވެ. މިފައިސާ މަރަދޫ ރައްޔިތުން ފަރާތުން ވަނީ ދިވެހި ރެޑްކްރެސެންޓާއި ހަވާލު ކޮށްފައެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އައްޑޫން އެހާ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވާއިރު، ގިނަ ރަށްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ ޣައްޒާއަށް އެހީވުމަށް އެހީތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސދފ

    މިވަރަކުން ނުވާނެ.
    އައްޑޫ ސިޓީ ކައުންސިލުން އެބަޖެހޭ އދ ގެ ވެރިޔާ ރާއްޖެ ދޫކޮށް ދިއުމަށް އަންގަން.
    އެއިރުން މިކަމުގެ ހުރި ކުޑަ ބޮޑުމިން އަދި ދިވެހިންގެ ހިތުގެ ޝުއޫރު އިނގޭނީ.