ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ އެންމެހާ އެއްބާރުލުން ފުރިހަމައަށް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށް މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒަށް މަޖިލީސްގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަަމށެވެ.

"އާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ އެންމެހާ އެއްބާރުލުން ފުރިހަމައަށް ލިބިގެން ދާނެ ކަމުގެ ޔަގީންކަން އަރުވަން". ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ހުރި ކަންކަން، މަޖިލީހުގެ ނިޒާމުގެ ތެރޭގައި ކުރިއަށް ދިއުމުގައި ރާއްޖޭގެ ގާނޫނުތަކާއި، މަޖިލީހުގެ ގާނޫނުތަކުގެ ތެރެއިން އެންމެ ރަނގަޅަކަށް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

އަސްލަމް ވިދާޅުވީ، މިއަދަކީ ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށާއި، ދިވެހި ބަރުލަމާނަށް ވަރަށް ތާރީހީ ޖަލްސާއެއް ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީއާއެކު ގެނެސްދިން ފޮނި މީރުކަން މިއަދު އިހުސާސް ވެގެން ދަނީ، ހަލަބޮލިކަމުން މިންޖުވެ، ހަމަޖެހުމުގެ ފަސް އަހަރުގެ ދައުރަކަށް ފަހު ވެރިކަމުގެ ބާރުތައްވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއި އެކު ބަދަލު ވެގެން ދާތީ ކަމަށް އަސްލަމް ވިދާުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވި ޑިމޮކްރެސީ ފުރިހަމައަށް ފައްކާ ވަމުން އަންނަ ކަމުގެ ނިޝާނެއް، އަދި އަލިގަދަ ހެއްކެއް، ދިވެހި ލޮބުވެތި ރައްޔިތުންގެ އުއްމީދަކީ އަދި އެދުމަކީ ރައްޔިތުންނާއި މުޅި ގައުމުގެ ލާބަޔަށް ދައުލަތުގެ ބާރުތަކުން މަސަައްކަތް ކޮށްދިނުން، ހިދުމަތްކޮށްދިނުން.".

އަސްލަމް ވިދާޅުވީ، އެއް ވެރިކަމަކަށް ފަހު އަނެއް ވެރިކަމަށް އައިސް ބަދަލުވެދިއުމަކީ ޑިމޮކްރެސީ އާއި ޖުމްހޫރިއްޔަތުގެ ތަބިއްޔަތް ކަމަށެވެ. އަދި ބަދަލުނުވާންވީ ކަމަކީ ޑިމޮކްރެސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބަޔާއި ބާރުތައް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޯރު އިބުރޭ

    އާ ރައީސަށް ޖެއްސުން ކުރަން މިހާރުވެސް 4 ބިލިއަންގެ ރިސޯޓުކުލި އިބޫ ސަކާރުން މާފު ކޮށްދީފި. އޮޅުވާލަން ނޫޅޭ