އިންޑިއާއާ އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އެމަނިކުފާނު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެރި އަވައްޓެރި ގައުމަކީ އިންޑިއާ ކަަމަށެވެ. އަދި ދިވެހިންނަށް އެންމެ އެހީތެރިވެދޭ ގައުމަކީވެސް އިންޑިއާ ކަމަށް އެމަނިކުފާާނު ވިދާޅުވިއެވެ.

"އިންޑިއާއާ ދެކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވިވިއިރު، އެކިއެކި މަޝްރޫތައް ހިންގުމަށްވެފައިވާ އެއްބަސްވުންތައް ނުހިމަނާ އިންޑިއާއިއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 100 އަށްވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް ދޭދޭ ގައުމުތަކާއެކުގައިވެފައިވާ އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭހެން ހުރި ނުކުތާތަށް އުވާލެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެލައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން އައި ކަމަކީ އިންޑިއާއިއެކު ވެފައިވާ އެއްބަސްވުންތައް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ބައިލެޓްރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއިއެކު އެކަނި ވޭދުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 100 އަށްވުރެ ބައިލިޓްރަލް އެގްރީމެންޓްގައި ސޮއިކޮށްފައި އެބަހުރި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އަދި އެއީ ޕްރޮޖެކްޓައް ހިންގުމަށް ވެފައިވާ އެއްބަސްވުންތައް ނުހިމަނާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އިއްޔެ ވަނީ ރާއްޖޭގައި އިންޑިއާ 87 ސިފައިން ތިބި ކަަންވެސް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރެކިފުތާ

    ނަސީދު ދައްކާވާހަކަ އަޑުއަހާ ބަޔާކު ނެތޭ މިހާރަކު.

    61
    2
    • Anonymous

      ނަޝީދަށްވެސް އެނގެންވީ އަމިއްލަ މިނިވަންކަން ދިފާއުކުރުމަކީ ދެކޮޅުވެރިވުން ނޫންކަން.
      ޔޫއެސްގެ މިލިޓަރީ ބޭސްއެއް ކަޝްމީރުގަ ހަދަން ޔޫއެސްއިން މަރުދޭތާ ކޮންދުވަހެއް. އެކަމޚު އިންޑިޔާއިންވެސް ބެނުމެއް ނުވޭ އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެޒެންސް އެގައުމުގ އޮންނާކަށް.

      25
  2. ފރާޒް

    77 ސިފައިން ތިބީ

    31
    1
  3. މާމީ

    ތެދެއް އިންޑިއާ ދިނީމަ ކައިގެން ތިބީމަ ނިމުނީ، ލަދެއްވެސް ގަންނަ މީހެއް ނޫން ދޯ

    16
    2
  4. ޝޮކްތެރަޕީ

    ދިވެހިންނަ އެމްމެ ފައިދާ ބޮޑީ އިންޑިޔާއާ ދުރައް ޖެހުން.

    27
    1
  5. ފަލަސްތީން

    ފީކަޅާ މީހުން އަބަދުވެސް ފިތުނަ އުފައްދާނެ. ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެޔައް އިންޑިޔާއިން ވަންނަނީ ދެރަ މަސްސަލޭ.

    24
  6. ސައުދީ

    އިންޑިޔާ އާއި މާބޮޑަށް ދެކޮޅުވެގެންނެއްނޫނޭ މިއުޅެނީކީ. މިކިޔަނީ މިތާނގަ އިނޑިޔާގެ މިލިޓަރީ އޮޕަރޭޝަންތައް ނުހިންގާށޭ.

    27
  7. ޒާ

    ކަލޭތީ ގައުމިއްޔަތު ހިމެނޭ ކަމެއްގައި ވާހަކަ ދެއްކޭނެ މީހެއްނޫން

    23
    1
  8. ހަމާދު

    މޯދީގެ ބަނޑުދަށުން ނުނިކުމެވިގެން އުޅޭ ކަނޑުކޮހެއް. ދެން އޭނަކައިރިޔަށް ހޭރެން ދޭބަލަ. ރައީސްކަމުން ދެފަހަރު އިސްތިއުފާ ދިން މޮޅު 'ރައީސް' ލޮލް

    19
    • މުހައްމަދު

      ކަލޭ ބަލިވީމާ ދަނީ އިންޑިޔާ އަށް މޯދީ ބަނޑު ދަށަށް

  9. ހަމީދު

    މޯދީގެ ބަނޑުދަށުވެފަ ދެންވެސް އޮވޭ. ދެ ރައީސްކަމުން އިސްތިއުފާ ދިން މޮޅު ރައީސް. ލޮލް

    14
  10. މާޔޫސް

    ބަންގާޅީން ގައުމުންބާލަން މާބޮޑުކަމެއްނުކުރޭ، ދިވެހިންނަށް ވަޒީފާ އެއްނުލިބޭ، ،ރާއްޖެހާ ކުޑަ ގައުމެއްގަ އަމިއްލަ އުފެއްދުން ތައިޔާރު ކުރާ ފެކޮޓުރީ ހުންނަ ތަނެއްވެސްނޫން، އާބާދީ އަށްތުރެން ބިދޭސިންގިނަ ގައުމަށްވަންނަ ރުފިޔާ ބޭރުކުރުން، ނުންކަމެއްނުކުރޭ، ދިވެހިންނަށް އިންޑިޔާ އާނުލާ އުޅެވޭގޮތަކަށްނޫން ގައުމު ބަށްޓަން ކޮށްފަ އޮތީ، ދިވެހިންނަށް ބޭސްފަރުވާ އަށް އިންޑިޔާ ނުގޮސްވާކަށްނެއް،ލޮލް

    3
    13
  11. ފަހަރިމްރާނު

    ބަލަ ކަލޭ ވެރިކަން ހޯދުމަށާ ވެރިކަން ލިބިއްޖެ ނަމަ ވެރިކަން ދަމަހައްޓަން ބޭނުންކުރާ އުކުޅެއް އިންޑިއާ އަކީ. ބަލަ އިންޑިއާ އަކީ ހިލޭ ރާއްޖެއަށް ބައިވަރުގަޑެއް ދޭ ގައުމެއްބާ؟ ނޫން!! ރާއްޖެއަށް ބޭނުންވާ ތަކެތި އިންޑިއާއިން ރާއްޖެ ގެންނަނީ ޑޮލަރު ދީފަ. އަދި ދިވެހިން ބޭސްކުރަންދަނީވެސް ޖީބު ފުރާ ޑޮލަރު ހިފައިގެން. ވީއިރު އިންޑިއާއަށް އަޅުވެތިވާންޖެހޭ ސަބަބެއް ނެތް. އިންޑިއާ އޮންނަ ގުޅުންވާންޖެހޭނީ ސިޔާދަތު ނުގެއްލޭ ގުޅުމަކަށް. އިންޑިއާއައުޓް

    19
  12. ކޮސްފަހަރި

    ރަސްމީކޮށް ތިބީ 77. އެަކަމކު އެތައް ސަތޭކަ ވަދޭ އަދި ތިބޭ. ރޭގަޑު ހުއްދަ ނުނަގާ އިންޑިއާޖެޓު ޖައްސާ. ޝަކުވާ ކުރީމަ ބުނީ އޮޅިގެން މަޖްބޫރީ ހާލަތޭ.
    ފައްގާ ވަގުން.

    30
  13. މުޙައްމަދު

    ކަލޭހިތުން ކަލޭތީ ބުއްދިވެރިއެއް ކަމަށްވިޔަސް ތީހަމަ ދިވެހިންނަށް ބަލަދު އަރާފައިހުރި މަމޮޅެއް

    24
  14. ގލ

    މަޖިލިސްތެރެ ހަލާކު ކުރަން ނަސީދަށް ފުރުސަތު ދެވިގެން
    ނުވާނެއެވެ ނަސީދުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ގެއްލުމާއި ހަލާކު ހިސާބުޖެހޭވަރަށްވުރެ މާބޮޑެވެ ރާއްޖެއަށް
    މާ ހިޔޮއެދޭ މީހަކަށް ހެދިން ރައްޔިތުންނަށް ލަނޑުދިނުން
    ހުއްޓުވަން ޖެހެއެވެ.

    20
  15. ނަމަ

    ދިވެހިން ނަކައް ނޫން ނަޝާދު އަށް ރަގަޅު ގޮތަކައްނުވާނީ

    13
  16. ފޭބުމާބެލުން

    މިލިޓަރީ ބޭރުކުރުމަކީ އިދިކޮޅުވުމެއް ނޫން. ވާވަރަށް ދިވެހި ސިފައިން އެބަ ތިބި. ޑޯނިއާ ދުއްވަން ހެލިކޮޕްޓަރު ދުއްވަން 5 އަހަރުވީއިރު ދަހެއް ނުކޮށްދެވުނު

    16
  17. ހައްދުންމަތި

    ބުނަންވާހަކައެއް ކަލޭގެ ދައުރުގައި އެޅުވި ރަންނަމާރީއެއް ތިކިޔާ އިންޑިޔާ ސިފައިންނަކީ..

    ޔާމީނުވެސް އުޅުނީ އެކަމުން ސަލާމަތްނުވެގެން އެންމެފަހުން ވެރިކަން ގެއްލުނީ އިންޑީޔަގެ ކަތުރުފަނިތަކާއި ހެދި

    އިބޫގެ ދައުރުގެ ފުރަތަމަ ކޮޅު ކަލޭގެ ޜޭވުމުގެ ދަށުން އަނެއްކާ އެކަތުރު ފަނިތައް ބޮޑުކޮށް އާލާކޮށް މުޅިގައުމުގައި އޭގެ ވަކި ހިއްޕީ... އެންމެ ފަހުން ވެރިކަމާއި ހެދި ތޮޅެން ހަދައިގެން އިބޫގެބޮލުގައި ބަދުނާމުއަޅުވައި އޭނާގެ ވެރިކަންވެސް ގެއްލުނީ އިންޑިޔާކަތުރުފަނީގެ ސަބަބުން ކަލޭ އަޑީގައި ހުރެގެން.. ރައްޔަތުން ރުޅިއައިސްގެން.

    18
  18. ދެބޯގެރި

    ކަލެޔަކީ ދެންކާކުތަ؟ ކަލޭ ދައްކާ ވާހަކަ އަޑުއަހާނެ މީހަކު މިޤައުމަކުނެތް ލާދީނީ މީހުންނޫނީ މި ޤައުމު ކަންކުރާނެގޮތްބުނެދޭވަރުގެމީހެއްނޫންތީ ތިޔައީ މި ޤައުމަށް ފާވެފަވާ ބޮޑުބަލާއެއް މުޅި ޤައުމު ހަލާކުކޮށް ސުންނާފަތިކުރީ ޔަހޫދީންނާނ ނަޞާރައިންނާ ގުޅިގެން ތިޔަ މުޖުރިމު ކަލޭގެ ކަލޭގެކިބައިން މިޤައުމު ސަލާމަތްކޮށްގެންނޫނީ މިޤައުމު އަމާން އަށްސޭރިއަކަށް ދަތުރެއް ނުކުރެވޭނެ

  19. އާދަނާ

    މިގައުމަށް އިންޑިޔާސިފައިން ގެނައި ގައްދާރެއްތީ! މިކަހަލުގެ ބޯހަމަނުޖެހޭ ގޮތެއްފޮތެއްނެތި އުޅޭމީހުންނަށް އަށްޑޫމީހުން ކިޔަނީ އީސާތައްކާނު!