ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެ ވަޑައިގެން އާ ޕާޓީއެއް އުފައްދަން ނިންމި ނަމަވެސް ކޯލިޝަންގައި ހިމެނޭ ގިނަ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ނިންމައިފިއެވެ.

ރައީސް ޔާމީން ޕީޕިއެމުން ވަކިވެ އާ ޕާޓީއެއް އުފައްދަވަން އުޅުއްވާކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނަުނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާާމީން ޕާޓީން ވަކިވެ ވަޑައިގަތީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ނުނަންގަވާތީއާއި ވެރިކަމަށް އާދެވުނު ހިސާބުން، ރައީސް، ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ގުޅުއްވުމުން ފޯނު ނުނަންގަވާތީ ކަމަށެވެ. އަދި އާ ޕާޓީ އުފެއްދެވުމާއެކު އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ އެންމެންގެ އަރިހުން ވަނީ އެދިފައެވެ.

އެހެން ނަމަވެސް ގިނަ ބަަޔަކު މިހާރުވެސް ވަނީ ޑރ. މުއިއްޒު އާއެކު ތިބިކަން ހާމަކޮށްފައެވެ. އޭގެ ތެރެއިން ޕިޕީއެމް/ ޕީއެންސީގެ ގިނަ ސެނެޓު މެމްބަރުންވެސް ހިމެނެއެވެ. އެގޮތުން ޕީއެންސީގެ ސެނެޓު މެމްބަރު ހުސައިން ޝިފާޒު އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ގެނައުމަށް މަސައްކަތް ކުރެއްވި ފަދަ އިން މި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަން ޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ކުރިން ޝިފާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މުއިއްޒް ވެގެންދާނީ ގައުމަށް ތިޔާގިކަން ގެނެސްދީ ރައްޔިތުން ހިނިތުންކުރުވާނެ ނަމޫނާ ރައީސަކަށް ކަމަށެވެ.

ޝިފާޒުގެ އިތުރުން ރައީސް ޔާމީން ސަރުކާރުގެ ޒުވާނުންނާއި މިނިސްޓަރު އިރުތިޝާމް އަލީ ވެސް ޑރ. މުއިއްޒާއެކު ކުރިއަށްދާން ވަނީ ނިންމާފައެވެ. އެގޮތުން އިރުތިޝާމް ވިދާޅުވީ ސިޔާސީ ތަފާތު ކުރުންތައް އެއްފަރާތްކޮށް ކޯލިޝަނުގެ ހުރިހާ މެމްބަރުންވެސް ޑރ. މުއިއްޒަށް ތާއީދު ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާނާއި ބައެއް އާންމު މެމްބަރުންވެސް ޑރ. މުއިއްޒާއެކު ކުރިއަށްދާން ނިންމައި ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ.

ރައީސް މމުއިއްޒުއަށް ތާއިދުކޮށް މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަކި ފަރުދަކަށް ބަލާނެ ކަމެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒާއެކު ބާރަށް ކުރިއަށް ދިއުމުން ރަނގަޅުވާނެ ކަމަަށްވެސް ބުނެފައި ވެއެވެ.

"ރައްޔިތުން މިތިބީ ރައީސް މުއިއްޒު އާއި އަދުރޭއާއެކު". އޭނާ ބުނެފައި ވެއެވެ.

އިތުރު މީހަކު ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ، އޭނާއަކީ ސަރުކާރު ވަޒީފާއެއްަގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި ވަޒީފާއެެއް ހޯދަން އުޅޭ މީހެއް ނޫން ކަމަށާއި، އެކަމަކު އޭނާ ހުރީ ރައީސް ޑރ. މުއިއްޒުއާއެކު ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ކުރިއަށްދޭބަލަ ދެން އަހަރެމެން މިތިބީ ބަލަން

    17
  2. 212

    ފެންއޮންނަތަންތަނަށް މަސްދުވާނީ ވެރިކަމުގެ ފަހަތުން އެންމެން ތޮވާފުކުރާނީ ވަޒީފާގަނޑެއްވެސްލިބޭތޯ ނޫނީ އެހެންވެސް މާލީ މަންފާއެއްލިބޭތޯ ތީ އާކަމެއްނޫން

    25
    3
  3. މާމި

    މުއިއްޒާ އެއްކޮއް ތިބޭ ބަޔަކު ނުތިބޭށޭ ބަޔަކު ކިޔަނީތަ؟

    19
    2
  4. ޒާ

    ހައިދަރުގެ ޕްރެސްއަށްފަހު އުއްމީދު ގެއްލިއްޖެ. މިސަރުކާރުގެންނަން ވޯޓުދެވުނުމޮޔަ ހީވޭ މިހާރު.

    27
    12
  5. ޯޯާހަ.ނީ

    ގުރުބަން ވީމިހާ ބާކިކޮށްފާއަމިލައެދު.މާއުޅިުމަކި ހަރާކޯރުވުން

    21
    8
  6. ދަރަނި ދަންތުރަ

    ވަކިފަރުދަކަށްވުރެ ، ޕާޓީއަށްވުރެ ، ގައުމު މުހިއްމުވާނެ ، ގައުމާގެން ކުރިއަށްދާންވީ ، ހަސަދަވެރިކަން ނެތިކޮށް އެކުވެރިކަމާއެކު އެއްމެން ގުޅިގެން ކުރިއަށްދާންވީ

    22
    3
  7. ކޮމެންޓްކުރާމީހާ

    ރައީސްއަކަށް ހޮވައިގެން މިއުޅެނީ މުޢިއްޒުއެވެ.. 5 އަހަރުވަންދެން ޔާމީން މިނިވަންކުރަން މަސައްކަތްކުރީމަވެސް ޔާމީންއަށް އެކަން ބަލައެއް ނުގަނެވުނުތާއެވެ... އެހެންވީމާ އަހަރުމެން މިތިބީ މުޢިއްޒުއާއެކު ގަދަކޮށެވެ... އަދި ތާރީޚަށް ޖެހިލާއިރު، ޔާމީން 2 ވަނަ ދައުރަކަށް ވެރިކަމަށް ނުހޮވުމުން އެންމެ އުފާކޮށް ޙަމްދުކޮށްއުޅުނު އަދި މިހާރު ޔާމީންގެ އެންމެ ކައިރީއުޅޭ މީހުންގެ މަތިން އަދި އަހަރެމެން ހަނދާންނެއް ނުނެތެއެވެ... ޙަޤީޤަތުގައި ޔާމީނަށްވެސް އެންމެ ރަނގަޅުވާނީ މުޢިއްޒަށް ތާއީދުކޮށް އެހީތެރިވުމުގައި އުޅުނިއްޔާއެވެ.. ނަޝީދަށްވީވަރުވެސް ނުވެދާނެތީ ޢިބްރަތް ލިބިގަންނަންޖެހޭ ކަމަށްދެކެމެވެ..

    22
    12
  8. ނަޝީދު

    ރައްޔިތުން ވާނުވާގަ ތިއްބާ މިހާރު އޮތް ވަރަށް ވުރެ ބޮޑައް ޤައުމު ނިކަމެތި ވެގެންދާނެ ކުންފުނުތަކުގެ އެމްޑީ ކަން އަދުރޭ ވިއްކާ ލަނީ 1500000 ރުފިޔާ އަށް ދެން އަދުރޭ އޭބަ ގަނައިމާ މުއިޒައް ޖެހޭނި މަޤާމް ދޭން މުއިޒް ހުރީ ހަތަރެސްފަެި ބަނދެފަ އަދުރޭގެ ވަކި ތަކުގަ ތާށިވެފަ.

    17
    7
  9. Anonymous

    މަޖިލިސް މެމްބަރުން އުޅެނީ މަޖިލިސް ގޮނޑީގައި ސޭލް އަޅުވައިގެން ސޭލް ނިމޭނީ 2024 އެޕްރީލްގައި !

    15
  10. އަހްމަދު

    އަޅުގަނޑު ހިތައްއަރަނީ ޕާޓީތެރޭގަ ޖެހިފަވާ މައްސަލަހައްލުކުރަން އެއްވެސްބޭފުޅަކު މަސައްކަތްނުކުރައްވަނީބާއޭ ރައްދުދިނުމައްވުރެ ހައްލެއްހޯދުން މާމުހިންމުނޫންބާއޭ މީގައާއްމުމެމްބަރުން ނާމެދުނުވިސްނަނީބާ ވަޒީފާލިބޭމީހާއައް މުހިންމުވާނީވަޒީފާ ފަސްއަހަރުމަގުމަތީ ޕެޕެރސްޕްރޭ ބުއިމީހުން

    17
    1
  11. އަބްދޫ

    ޔާމީނަކީ ސިޔާސީ އެއްވެސް ވިސްނުމެއް ހުރި ބޭފުލެއްނޫން. ސިޔާސީ ކަންކަން މނިންމަވަން އެގޭ ބޭފުޅެއްވެސް ނޫން . ޔާމީނުގެ ސަޕޯޓް އޮވެގެން މަޖިލީހުގެ ގޮނޑިއެއްވެސް ޔާމީނަށް ލިބިފަ ނެތް .ޑީއާރުޕީގެ މެމްބަރުންގެ ސަޕޯޓް ނުލިބިގެން އެއްވެސް މަގާމަކަށް ނުހޮވުނީމަ ޑީއާރުޕީން ވަކިވެ އުފެއްދިޕާޓީ ޕީއޭ އުވާލީ 3000 މީހުންހަމަނުކުރެވިގެން . ޕިޕިއެމާ ޖޮއިންޓް ކުރީ 2013 ގެ އިންތިހާ ބުގަ ޕްރައިމަރީގަ ވާދަކުރުމަށް . ޕްރައިމަރީން ހޮނުވީ މައުމޫނުގެ ކޮއްކޮއަށް ވީތީ އެއާއިލާގެ ތާއީދުން ޔާމީނުގެ ސަޕޯތަކުންނޫން. 2013 ގެ އިންތިހާބު ކާމިޔާބުވީ24 ގަޑިއިރު ތިބެ ނަސަންދުރަ ގަ ބަޔަކު ކުރި މަސައްކަތާއި ރަށްރަށުގަ ކުރި މަސައްކަތްުން ޔާމީނުގެ ސަޕޯޓް އޮވެގެނެއްނޫން.އިންތިހާބު ކާމިޔާބު ވުމުގެ މުހިންމު ދެ ބައިވެރިންނަކީ މައުމޫނާއި ގާސިމް. އެދެމީހުނަށް ހަދާލިގޮތް ފެނުނު.ރައޔިތުންގެ މަޖިލީހުގެ 54 ގޮނޑި ވެރިކަމުގަ މަޖިލިސް ގަ ލިބުނު އިރު 2018 އައި އިރު މަޖިލީހުގެ މެޖޯރިޓީ ވަނީ ޔާމީނަށް ގެއްލިފަ. މިއީ ސިޔާސީ ގޮތުން ޔާމީނުގެ އެއްވެްސް ކަމެއްނެތްކަންއެގޭ އެންމެ ބޮޑު ހެކި .ސިޔާސީ ގޮތުންކަންކުރަންނޭގޭ ކަމުގެ ހެކިވެސް މެ.. އިގްތިސާދީގޮތުން ތައުލޫމުލިބިފާ ހުއްޓަސް ސިޔާސީ އިގްތިސާދީ މިދެބައި އެކުގަ ގެންދަން ނޭގޭނަމަ ތާއީދު ނުލިބޭނެ. އިގްތިސާދީގޮތުން ސަބސިޑީ ދޭން ނުޖެހުނަސް ސަބްސިޑީ ބޭނުންކޮށްގެން ބަޔަކު އުޅެން ބޭނުންވާނަމަ ސިޔާސީ ގޮތުން ސަބްސިޑީ ދޭންޖެހޭ ކަމެއް ޔާމީނަކަށް އެގިވަޑައިގެންފަ ނެތި އެތައްކަމެއް ކުރެއްވެވި ، ކަރަންޓބިލާ ފެންބިލުގެ ސަބްސިޑީ އަށް ހެއްދެވިގޮތުން ކަންކުރަން އެގިނުލައްވާ މިންވަރު އެގުނު، ސިޔާސީ އިގްތިސާދީ އެއްމަގުގައެއްކޮޅަށް ދުއްވަން ނުދަންނަ މީހާއަށް ވެރިކަމެއްނުކުރެވޭނެ.

    11
    15
  12. ފާއިކްސީ

    ޔާމީންގެ ސިޔާސީކެރިއަރ ނިމުމަކަށް އަންނަނީ. ޔާމީނުނޫން މީހަކުވެސް ވެރިކަން ކުރަން ފުރުސަތު ދޭންޖެހޭއެބަދޯ

  13. ޒާނިމް

    ރައީސް ޔާމީންގެ ވެރިކަމާއި ރައީސް ޞޯލިޙްގެ ވެރިކަން ރައްޔިތުން ބަދަލު ކުރީ ވައްކަމާއި ކޮރޮޕްޝަނާއި ބޭއިންޞާފުން ނާޖާއިޒު ފައިދާ ހިތަށް އެރި ބަޔަކަށް ހިތަށް އެރި ގޮތަކަށް ދިނުމުގެ ފަލްސަފާގައި ވެރިކަން ކުރުމުން އެފަލްސަފާ ރައްޔިތުންގެ ގިނަބަޔަކަށް ކަމުނުގޮސްގެން ރައްޔިތުންގެ ވޯޓުން.
    ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދެބައިކުޅަ އެއބައިވެސް އަދި ނުދޭ. އަދި މިއުޅެނީ ރަނގަޅަށް ވެރިކަން ފަށައި ނުގަނެވިގެން. މިހާތަނަށް ވައްކަމާއި ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ އަޅައިގަންނަ ކަންބޮޑުވާވަރުގެ ކަމެއް މިސަރުކާރުން ހިންގާކަމެއް އަދި ފާހަގަވުމަކުން ނުދޭ. ވީމާ، ރައްޔިތުން 05 އަހަރަށް ހޮވާފައިވާ ސަރުކާރެއް ހިންގަން ހުރަސްއަޅާ ބަޔެއްގެ ކިބައިން ސަރުކާރު ސަލާމަތް ކުރެވެން ހުރި ގޮތަކަށް ސަލާމަތްކޮށް 05 އަހަރަށް ރައްޔިތުން ހޮވި ވެރިކަން ކުރިއަށްގެންދަން ޖެހޭ. ތިމާމެން ސަރުކާރު ހިންގާ ގޮތަށް ސަރުކާރު ނުހިންގާތީއޭ ކިޔާފަ ރައްޔިތުން ހޮވާފައިވާ ސަރުކާރު ހިންގުމަށް ދަތި ކުރެވިގެންނުވާނެ. މިޢަމަލަކީ ޤައުމަށް ހެޔޮ އެދޭ ބަޔަކު ހިންގާނެ ޢަމަލެއްނޫން. މިފަދަ ޢަމަލުތައް ރާވައި ހިންގުމަށް އެއްވެސް ބަޔަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ދެކެން.