ސިޔާސީ ފިކުރެއްނެތް އެތަކެއް ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކާއި ކަމަށާއި، ގައުމު ވެއްޓިފައި އޮތް އަނދަވަޅުން އަނބުރާ ކޮޅަށް ޖަހަން އެމަނިކުފާނުއި އެކު ތިބުން މުހިންމު ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ޝަމްއާން އައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައެވެ. މީގެ ކުރިން އިމިގްރޭޝަންގެ މަގާމުގައި ހުންނެވީ މުހައްމަދު އަހުމަދު (ހަނަފީ)އެވެ.

ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިދިކޮޅު މައި ޕާޓީ ޕީޕިއެމްއިން ވަކިވެވަަޑައިގަތް ފަހު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ޝަމްއާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ފިކުރުގެ އަދި ސިޔާސީ ފިކުރު ނެތް އެތަކެއް ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅުތަކާއި ކަމަށެވެ.

"ވެރިކަން ކުރައްވަން ފުރުސަތުދޭން ޖެހޭ. މިގައުމު ވެއްޓިފައިމިވާ އަނދަވަޅުން އަނބުރާ ކޮޅަށް ޖަހަން ރައީސާއެކު ތިބުން މުހިންމު.". ޝަމްއާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޝަމްއާންގެ އިތުރުން ރައީސް ޑރ. މުއިއްޒުއަށް ތާއީދުކޮށް ވަރަށް ގިން ވަޒީރުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ އާއްމު ގިނަ މެންބަރުން ދަނީ ނުކުންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސްވައު34

    އޭރުންތާ ނާޖާއިޒު ގޮތުގައި އެތިކޮޅެއް އަނެއްކާވެސް ނެގޭނީ ކުރިއަށްވުރެން ފާލުކަންބޯޑުކޮށް މޮޅަށް އެކަން މިފަހަރުކުރެވޭނެ!

  2. އަލީ

    ކަލޯ ހާދަ އަނގަބޮޑޭދޯ؟ ފަޅޮލޭ ނުކިޔާ ތިޔަތަން އޯވަހޯލް ކޮށްބަލަ ކަމެއް އިސްލާހު ކުރަންޏާ

  3. ނޯނޭމް

    އެޢާޕޯޓްގެ ޚިދުމަތްތައްވަނީ ބޮއްސުންލައި މުވައްޒަފުންނަށްވެސް ބޮޑުތަކުލީފަކަށް ވެފަ. އެތާ އިސްކޮށްހުރީ ނިމިދިޔަ ވެރިކަމުގާ މުވައްޒަފުން ނިކަމެތިކުރި އަނިޔާވެރިއެއް. އަބަދު ހުންނާނީ ތުންދަމާފަ. ދެން އިސްކޮށްހުރީ އަންވަރުއާއި އަލްގީނާއެކު ކޯޓާވިއްކި ބޮޑު ވގއެއް. ދެން ހީކުރޭ ކަންކަން ރަނގަޅުވާނެވަރު.

  4. ޝެނީ

    ކުރިން ވެސް ކުރި ވައްކަން މިފަހަރުވެސް ކުރާނީ.... ތިވާނީ ތިޔައް