ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ މިރޭ އިއުލާން ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ޔާމީންއާ އެކުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ޔޫތު މިނިސްޓަރު އަދި ކޮމިއުނިކޭޝަން މިނިސްޓަރު ކަން ކުރެއްވެވި މުހައްމަދު މަލީހް ޖަމާލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ އަދި މީސް މީޑިއާ އެކައުންޓުތައް މިރޭ 9:40 ގައި އިއުލާން ކުރެވޭނެ ކަމަށެވެ. އެހެންވެ، ހުރިހާ އެންމެން އޮންލައިންކޮށް ތިބުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"އެންމެ ފުރަތަމަ ހާމަ ކުރެވޭނީ ޕާޓީގެ އެކްސް އެކައުންޓު،" މަލީހް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއްް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އަދި ޔާމީންގެ ފަހަތްޕުޅުގައި އެންމެ އިސްކޮށް ތިއްބެވީ އެމަނިކުފާނުގެ އެންމެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މަލީހެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ.

ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ ޖަމީލާއި މަލީހެވެ.

ރައީސް ޔާމީންގެ މި ނިންމެވުމާ ގުޅިގެން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ ވަޒީރުންނާއި އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީޕީއެމާއި ޕީއެންސީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ރައީސް މުއިއްޒަށް އޮތް ތާއީދު ހާމަ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތަމެންދޯ

    ޖަމީލެއް ނޫން ރައީސް ޔާމީންގެ ދުޝްމަނަކީ ދުޝްމަނަކީ އެއީ އަދުރޭ އާއި މުއިއްޒު ފުރަތަމަ މިކަން ފެއްޓީވެސް އަދުރޭ އެއީ ޕީޕިއެމްގެ ޗެއަރމަނަކަށް ވެ ހުރެ ޕީޕީއެމް މެމްބަރުން ޕީއެންސީ އަށް ބަދަލު ކުރުން ރައީސް ޔާމީން ޕީއެންސީ އާއި ޕީޕީއެމް އަކީ އެކައްޗެއް ކަމަށް ވިދާޅުވެފައި ވަނިކޮށް ކިއެއްވެތޭ ޕީއެންސީ އަަށް ޕީޕީއެމް މެމްބަރުން ގެންދަން އަދުރޭ ފެށީ މީ ސީދާ އަދުރޭ އާއި މުއިއްޒު ރައީސް ޔާމީން އަދި ޕީޕީއެމް އަށް ގައްދާރުވުމެއް ނޫންތޭ ދުޝްމަނަކީ އަދުރޭ އާއި މުއިއްޒު ގައްދާރުންނަކީ މުއިއްޒު އާއި އަދުރޭ

    22
    22
    • ނޫރު

      ރައްޔިތު މީހާއަށް ވިސްނާދޭގޮތް

  2. ދިވެއްސެއްމީ

    ޔާމީނުގެ ސިޔާސީ ހަޔާތް ސިއްކަޖަހާލޯގޯއަކާ ޕާޓީއަކަށް ތިޕާޓީވާނީ ބަލަންތިބޭ،

    28
    17
  3. ފޭރިގަތީ

    ޕީޕީއެމް ޓިކެޓް ހޯދަން އުޅޭ ވާހަކަ ދައްކާނެ ކަމެއް ނެތޭ މުއިއްޒު ޓިކެޓް ހޯދީ އަދުރޭ އަށް ރިޝްވަތުދީގެން މާލޭގައި ހުރި ކާރު ޕާރކް ކުރާ ތަންތަނުގެ 1000 ތަން އަދުރޭ އަށް ހިލޭދީ އަދި އަދުރޭ އަށް މާރުކޭޓުން 50 ގޮޅިދީ އަދި ހުޅުމާލޭން ވެސް އަދުރޭ އަށް މާރުކޭޓް 70 ގޮޅިދީ އަދި ޕީޕީއެމްގެ ސެނެޓް މެމްބަރުންނަށް ރިޝްވަތުދީގެންނޭ މިހާރު އެކަން ފަޅާ އަރަނީ އެއެންމެން ރައީސް އޮފީހުގެ މިނިސްޓަރުންނަށް ހެދުމުންނޭ އަދުރޭ މަމެންނަށް އިނގޭ މުއިއްޒު ޓިކެޓް ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ ފޭރިގަތީ

    11
    21
  4. އަޖައިބެއް

    ނޮޓް އނޓރސޓޑ

    16
    3
  5. ބޭގަރާރު

    މޯލްޑިވްސް ބަތްކައްކާ ޕާޓީ (އެމްބީޕީ)

  6. ހުސޭނުބޭ

    ޑރ ޖަމީލަށްޓަކައި އުފައްދަވާ ޕާޓީއެއް ދެއްތޯ!

  7. ފާއިކްސީ

    އަލްހަމްދު ލިއްލާހް ﷲައަކުބަރު ތިއުނދަގުލުން ސަލާމަތް ވުމުގެ ސިއްކަ އިއުލާން ކުރަނީ ޔާމީންގެ ސިޔާސީ ކެރިއަރވެސް ނިމުމަކަށްއައީ. މަޢުމޫން ، ތަސްމީނުއަށް ޖެއްސިހާލް މިހާރު އިޙްސާސްކުރެވޭނެ.

  8. ދަންމާނު

    ތިޕާޓީ ދާނީ ޗޮކުން

  9. 259 މޑލރ

    ބޭބެ ދިޔަމަގުން އަވަހަށް ދޭ ލަސްނުކުރާތި