ޤައުމުގެ ތަރައްޤީއާއި، ރައްޔިތުންގެ ހެވާލާބައަށްޓަކައި ރައީސް މުޢިއްޒަށް އެއްބާރުލުންދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އޮންނާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ގައުމުގެ ވެެރިކަމަށް އިންތިހާބު ކުރެއްވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއެކުު އެމްއެންޕީގެ އެންމެހާ މެންބަރުން ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިދަނޑިވަޅުގައި ސަރުކާރުގެ ގިނަ މެންބަރުން ދަނީ ރައީސް މުއިއްޒަށާއި ސަރުކާރު ދަމަހައްޓަން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމްއެންޕީއަކީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީއާ ބައިއަތު ހިފައިގެން ކުރިޔަށްދިޔަ ޕާޓީއެކެވެ. ކުރިއަށް އޮތް ފަސް އަހަރު ސާބިތުކަމާ އެކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ތިބޭނެ ކަމަށް ނާޒިމް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ގައުމުގެ ވެރިޔަކު އިހުތިޔާރު ކުރުން މިއީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު އިތުބާރު ކަމަށާއި އެހެން ކަމުން ޖުމްހޫރީ ދުވަހަކީ ރައްޔިތުން ގޮތް ނިންމުގެ ފުރިހަމަ ބާރާއި އާރު ލިބިފައިވާ ދުވަހެއްކަން ހަނދާން ކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަކުރު

    ނޫން އަމިއްލަ އެދުންފުޅަށް އިތުރުފުޅު ނުހައްދަވާ ސާރ

    8
    1
  2. ތަނބު

    ފޮޓޯޖެހި ރައީސް އަކީ ޔާމީންތަ މުޢިއްޒުތަ ؟

    5
    1
  3. އެދުރޭ

    ނާޒިމް ތީހަމަ ކަލޭތަ، ވޯޓުން ހޮވުނުތާ 3 ހަފްތާވީއިރުވެސް މުއިއްޒު ކަލޭގެ ފޯނަކަށް މެސެޖަކަށް ޖަވާބެއްނުދޭ

    8
    1
  4. ހައްހައް

    ކަލޭގެ އެމްއެންޕީ ޕާޓީގަ ތިބި އިސްރަށްވެހިން މާޖިނަށް ލާ ބާކީ ކޮށްލީމަ އެމީހުން ފޫހިވެގެން ދުރަށް ދިޔަތަން ނުފެނުނު މީހަކު ތިހެން ދައްކާ ވާހަކައެއްގެ އިތުބާރެއް ނެތް.

  5. ވަގު ފާތުމަ

    ނާޒިމް ގެ އާރުސީސީ އިން މއ ބިއްސާވެލީގޭ ގަ ހިންގާ ބަންގާޅީން ނިންދަވާ ތަނުން ދުވާ ނުބައިވަސް ފިލުވަ ބަލަ، ހިސާބުގަ އުޅެން އުދަގޫ މީ ބަލާއެއް މިހިސާބައް ޖެހިފައޮތް