ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ހުޅުމާލެ ކޯޓުން ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކުގައި ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޔުނާން ޝަރުތުތަކާ އެކުގައި ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރު އިއްޔެ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.

ޔުނާން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހުއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. މިހާރު މިމައްސަލަ ހުޅުމާލެ ކޯޓުގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.

ޕީޖީ އޮފީހުން މިދެމަފިރިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު،އުމުރު ދުވަހަށްވުރެ ދިގު ޖަލު ހުކުމްތަކެއް އަންނާނެއެވެ. ކޮންމެ ދައުވާއެއްގައި މަދުވެގެން 15 އަހަރުގެ ޖަލު ހުކުމްތަކެއް ހުރިއިރު، މިއިން ކޮންމެ ދައުވާއެއް ކޮށްފައިވަނީ ވަކި ދައުވާތަކެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރެން

    ބ. ފިލްމީ ތަރި ކިހިނެއްހޭ ފިލްމީ ތަރިޔަކަށްވަނީ ކިތައްތަރިހޭ އޭނަ ހޯދީ

  2. Anonymous

    އޭނާއައް ލިބުނު ތަރިތައް ގިނަކަމުން ކުޑަގޮޅިއައްވެސް ދާނޖެހުނީ.