ދިވެހިރާއްޖެއަކީ ގުދުރަތީ ވެށިން އާމްދަނީ ހޯދާ ނާޒުކު އިޤްތިޞާދެއް އޮތް ޖަޒިރާ ޤައުމެކެވެ. ޤައުމުގެ މުޅި އިޤްތިޞާދުގެ މައިގަނޑު ތަނބަކީ މިދެންނެވި ނާޒުކު ތިމާވެއްޓާ ގުޅި ލާމެހިފައިވާ ފަތުރުވެރިކަމުގެ ސިނާއަތެވެ. ދިވެހިންގެ ދިރިހުރުމާއި ތިމާވެށި ގުޅި ލާމެހޭ ފަދައިން ޤައުމަށް އާމްދަނީ ލިބޭނެ މައިގަނޑު ދޮރާއްޓަކީ ފަތުރުވެރިކަމަށް ވާތީވެ، ފަތުރުވެރިކަމާއި ދިވެހިންގެ ދިރިހުރުމާވެސް ވަނީ ގުޅި ލާމެހިފައެވެ. ކަން މިހެން އޮތްހިނދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މިނިސްޓަރުގެ މަސައްކަތާއި ދިވެހިންނާ ހުރި ގުޅުން ތަސައްވުރު ކުރެއްވުމަކީ ދަތި ކަމަކަށް ނުވާނެކަން ގައިމެވެ.

2018 ނޮވެމްބަރ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހުންގާނުގައި އާ މާލިމީއަކު ހިއްޕަވައި، ފަތުރުވެރިކަމުގެ ދާއިރާގެ ތަޅުދަނޑު ހަވާލުކުރެއްވީ، ރައްޔިތުންގެ މަޖިލީހާއި، ޑީއާރުޕީގެ ޕޯޑީއަމްތަކުގައި އަޑަށް ބާރުލާފައި ދެއްކެވި ވާހަކަތަކުން ދިވެހިންގެ މަޤްބޫލުކަން ހޯއްދެވި، އަދި ފަހުން އެމްޑީޕީގެ ޗެއަރޕަސަން ކަމުގައި ހުންނެވުމަށްފަހު އަދި މިހާރު ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަހީދުއާއެވެ.

އއ.ރަސްދޫ ޑައިވިންގ ސެންޓަރަކަށް ޒިޔާރަތް ކުރެްވުމުގެ ތެރެއިން - ވަގުތު އިމޭަޖަސް: ޢަލީ ވިސާމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ބޮޑެތި ކާމިޔާބީތައް ހޯދާފައިވާއިރު، ލޯކަލް ފަތުރުވެރިކަމުގެ ދާއިރާގައިވެސް ދިވެހިން އަންނަނީ ކުރިއަށް ފިޔަވަޅު އަޅަމުންނެވެ. އެ ފިޔަވަޅު ހަލުވި ކުރުމާއި، އެ ފިޔަވަޅު އަޅަން އޮތް މަގު ކޮށައިދީ، މިހާރު އޮތް ހަނި މަގު ސާފުކޮށް އަލިކޮށްދިނުމަކީ އާ ސަރުކާރުގެ ވަޢުދެކެވެ. އެ މަސައަކަތުގެ މަތުން ޓުއަރިޒަމް މިނިސްޓަރު ހަނދުމަފުޅު ބަހައްޓަވާކަން ޤައިމެވެ.

ޓުއަރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ފުރަތަމަވެސް ދަތުރު ކުރެއްވީ ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލެ އަތޮޅު މާފުއްޓަށެވެ. އެ މާހައުލުން މީޑިއާއާ ބައްދަލުކޮށް އެރަށަށް ދިމާވެފައިވާ މައްސަލަތައް ބައްލަވައި ހައްލު ހޯއްވަދަވައިދެއްވާނެ ކަމަށް މީޑިއާގައި ވިދާޅުވެފައިވެއެވެ. އުއްމީދީ ފެށުމެއްކަން ގައިމެވެ.

އއ.ރަސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ޓުއަރިޒަމް މިނިސްޓަރު ބައްލަވާލައްވަނީ - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު ދެން ހުންގާނު ދީއްލާލީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ އއ.ރަސްދޫއަށެވެ. ރަސްދޫއަށް ވަޑައިގެން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މައިގަނޑު މައްސަލަތައް ދެނެގަތުމަށް ބާއްވާ "ގެސްޓްހައުސް މަހާސިންތާ" މިމަހުގެ 29 ގައި މާލޭގައި ބާއްވާނެކަން އިއުލާން ކުރެއްވިއެވެ.

ރަސްދޫގައި ގެސްޓްހައުސް ވިޔަފާރި ކުރާ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރަށުގެ މުއައްސަސާތަކާ ބައްދަލުކުރެއްވިއެވެ. މައިގަނޑު ކަންބޮޑުވުމަކަށް އިވެމުންދިޔައީ ރަސްދޫއަށް އިންތިހާއަށް ކުނީގެ މައްސަލަ ބޮޑުވެފައިވާ ކަމުގެ ޝަކުވާއެވެ. ކުނި ނައްތާލުމަށް ގޮންޖެހުންތަކެއް ހުރި ކަމާއި، އެކަށީގެންވާ ކުނި ކޮށްޓެއް ނެތުމުގެ ޝަކުވާއެވެ. ކުނި އެންދުން ނޫން ގޮތެއް ނެތްކަމާއި، ކުރިން ގޮނޑުދޮށަށް އަޅާފައިވާ ކުނީގެ ސަބަބުން މުޅި ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ ހިތްދަތި ވާހަކަތަކެވެ.

އއ.ރަސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޓުއަރިޒަމް މިނިސްޓަރު ބައްލަވާލައްވަނީ - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

މިސްޓަރު ވަނީ ރައްޔިތުންގެ މި ކަންބޮޑުވުންތައް އަޑު އައްސަވައި، އެ ކަންކަން ތަޖުރިބާ ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއާއެކު ކުރިންވެސް ދެންނެވި ފަދައިން މިނިސްޓަރުގެ ހުރި ހިތްވަރާއި، ބުންވަރު ދައްކަވައި ގަދަ އަވީގައި ކުނި ކޮށްޓާއި، ކުނީގެ ސަބަބުން ގެއްލުންވަމުންދާ އަދި ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރެއްވިއެވެ. އެއްވެސް ޖެހިލުންވުމެއް ނެތި، މިނިސްޓަރެކޭވެސް ނުބުނާހާ ހިތްތިރި ކަމާއެކު ހަޤީގީ މައްސަލަ ލޮލުން ދެކި އަތުން ހިފިމެއެވެ.

ހަމައެއާއެކު، ރަސްދޫގައި ހިންގަމުންދާ ގެސްޓްހައުސްތަކާއި، ޑައިވިން ސެންޓަރުތަކަށް އަދި ފަތުރުވެރިކަމާ ގުޅުންހުރި އެންމެހާ ތަންތަނަށް ވަކިވަކިން ޒިޔާރަތްކޮށް، އެތަންތަނުގެ އިސް ފަރާތްތަކާ ބައްދަލު ކުރެއްވިއެވެ. އަދި އެ ޒިޔާރަތްތަކުގައި އެތަންތަނުގެ މުވައްޒަފުންނާ ވާހަކަ ދައްކަވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އެއްސެވިއެވެ.

އއ.މަޑިވަރު ފިނޮޅުގެ ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް ޓުއަރިޒަމް މިނިސްޓަރު ދަތުރު ކުރެއްވުން - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ފަހްތާ ބަންދުގައި ޓުއަރިޒަމް މިނިސްޓަރީގެ ހުރިހާ ޑިޕާޓްމަންޓެއްހެ ޚިދުމަތްތައްވެސް ދެވޭ ގޮތަށް ރަސްދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން މުޅި ސަރަހައްދުގެ ފަތުރުވެރިކަމާ ގުޅުފައިވާ ހިމާޔަތް ކޮށްފައިވާ މަޑިވަރު ސަރަހައްދު ބައްލަވާލެއްވުމުގެ ޝައުގުވެރިކަންވެސް މިނިސްޓަރު ގެންގުޅުއްވިއެވެ.

މިނިސްޓަރުގެ ވިސުންފުޅާ އެއްގޮތަށް ފަތުރުވެރިންނާއި، އާއްމު ރައްޔިތުންނެކޭވެސް އެއްފަދައިން ކުޑަވަރެއްގެ ޑިންޑީއެއްގައި ފިސާރި ކެރިގެން މަޑިވަރު ފިނޮޅަށް މެންދުރުގެ ހޫނުގައި ވަޑައިގެން އެތަނުގެ ހާލަތުވެސް ބައްލަވާލެއްވިއެވެ. ފަތިހު ފިނީ ރަށްވަށައިގެން ހިންގެވުމުގެ ބަދަލުގައި ހޫނުގައިވެސް ރަށް ވަށައިގެން ހިންގަވައި ތިމާވެށީގެ ހާލަތު މިނިސްޓަރު ވަނީ ދެނެގަނެފައެވެ.

އއ.މަޑިވަރު ފިނޮޅުގެ ތިމާވެށީގެ ހާލަތު ޓުއަރިޒަމް މިނިސްޓަރު ބައްލަވާލައްވަނީ - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ފަތުރުވެރިކަމުގެ މިނިސްޓަރުގެ ހިތްވަރާއި، ބުންވަރު ހުރިކަން އެދުވަހު އެކަނިވެސް މިވަނީ ރައްޔިތުންނަށް ސާބިތު ކޮށްދެއްވާފައެވެ. އެއާއެކުގައި ރައްޔިތުންގެ ފަރާތުން ސިއްރުން ނަމަވެސް އިވެމުންދިޔަ އަޑަކީ މިނިސްޓަރު ހިތްހެޔޮވެފައި ހިތްވަރު ގަދަ ފަދައިން ނަތީޖާވެސް ބޭނުންވާކަމުގެ އަޑެވެ. އއ.ރަސްދޫގެ ރައްޔިތުންގެ އުއްމީދު ވަރަށް ބޮޑެވެ. ކުނީގެ މައްސަލަ ހައްލުކޮށް، ކުރެވުނު އެހެނިހެން މަޝްވަރާތަކަށް އަމަލީ ސިފަ އަންނާނެ ދުވަހަކަށް އެފަރާތްތަކުން އިންތިޒާރު ކުރޭމެއެވެ.

ރަސްދޫ ފަދައިން އެންމެހާ ދިވެހި ރައްޔިތުންވެސް ފަތުރުވެރިކަމުގެ ނަފާ ބޭނުންވެއެވެ. ފަތުރުވެރިކަމުގެ ދާއިރާ ހުރިހާ ގޮތަކުންވެސް ކުރިއަރުވައި، އެންމެ އާދައިގެ ރައްޔިތު މީހާއާ ހަމައަށްވެސް ދާއިރާގެ ނަފާ ފޯރާނެ ކަމަށް ދިވެހިން ކުރާ އުއްމީދު މި ސަރުކާރާއެކު ބޮޑުކަމީ ހަޤީގަތެވެ. އެހެންކަމުން ރަސްދޫގެ ޒުވާނުންނާއި، މުޅި ޤައުމު އިންތިޒާރު ކުރަނީ މިނިސްޓަރު ޢަލީ ވަހީދުގެ ހިތްވަރާއި، ބުންވަރު ފަދައިން ހިކުމަތްތެރިމާއި، ތެދުވެރިކަމާއެކު ކުރައްވާ މަސައްކަތުގެ ނަތީޖާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަކަސް

    ބަލަ އަލީވަހީދު ނުހައްގުންހޯދިފައިސާ ކޮބައި ؟؟ އަނެއްކާވެސް ނުހައްގު ފައިސާހޯދަންވެގެ ތިކުރާކަންތައްހުއްޓާލާ

  2. ހުސޭނުބޭ

    ތަނަކު ހުރި ބޮޑު ކަރައެއްގެ ވާހަކަ ތި ދައްކަނީ! ކޮން ހިތްވަރެއް ކޮން ބުންވަރެއް ހުންނާނީ! ލާރިކާން އެނގޭނެ!

  3. ކޮރަޕްޓްމިނިސްޓަރު

    ހިތްވަރާއި ބުންވަރު ހުންނާނެތާ ދޯ؟ ހުވަފެނުގަ ވެސް ފެންނާނީ ޑޮލަރު ބޮނޑި ބޮނޑި ވިއްޔަ.!!

  4. ތިއްތި

    ފޮނިކަމާއި ބޮޑަކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހެއް.

  5. އަބޯ

    ގޯތި ގޯތި ގޯތި ؟