ފެހި ގާނޫނު އަސާސީ ވުޖޫދު ކުރުމުގެ ކުރިން، އޭރުގެ ވެރިންގެ ފުށުން ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިންތިޒާމު ވެގެން އަނިޔާ ލިބިފައިވާ ކަމުގެ އެތައް ވާހަކައެއް އެބަ އޮތެވެ. އޭރު ބާރުގައި ތިބި ވެރިންނާ ހިޔާލު ތަފާތުވާ މީހުން، އެއްވެސް ތުޙްމަތެއް ކުރުމެއް ނެތި، ހިފައި ހައްޔަރުކޮށް ޖަލު ބަންދުގައި ބައިތިއްބާ ކަމުގެ ވާހަކަތަކެވެ. އެ ކަން އެ ގޮތަށް ހިނގާފައިވާ ކަމަށް ތާރީޚީ އެތައް ލިޔުމެއްގައި އޮތްއިރު، ފެހި ގާނޫނު އަސާސީގެ ފަހުން އަޅުގަނޑުމެންގެ ޖީލުގައި ވެސް ހިނގާފައިވާ ބައެއް ކަންކަން އެއީ އިންސާފުން ބޭރުން ގާނޫނުތަކާ ހިލާފަށް ކުރި ކަމުގެ ތުހުމަތު ކޮށްފައި އޮވެއެވެ. ރައްޔިތުންގެ ތާއީދު ބޮޑު ސިޔާސީ ލީޑަރަކު ހައްޔަރު ކުރެވޭ ހިސާބުން އެ ލީޑަރުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ އިންސާފުން ބޭރުން ކޮށްފައިވާ ކަމެއް ކަމުގައެވެ.

މި ޤާނޫނު އަސާސީގެ ދަށުން އައި ކޮންމެ ވެރިކަމަކު ވެސް "އަނިޔާވެރިވުމުގެ" ތުޙުމަތާއި ކުރިމަތިލާން ޖެހުނެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރެވުނު ގޮތެވެ. އަދި އޭރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި ޢަބްދުﷲ ޔާމީން އާއި ޤާސިމް އިބްރާހިމް ކޯޓު އަމުރެއްނެތި ހައްޔަރު ކުރެވުނު ގޮތެވެ. ރައީސް މުޙައްމަދު ވަޙީދުގެ ވެރިކަމުގައި އިދިކޮޅު އިޙްތިޖާޖްތަކުގެ ތެރެއިން އޭގެ ބައިވެރިންނަށް ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރަމުން ދިޔަ ގޮތުގެ މަންޒަރުތަކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރުންނަށް ޖަލު ހުކުމް ކުރުމާއި ޖަލުގައި ބަންދު ކުރުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުރެވުނު ގޮތެވެ. މިއިން ކޮންމެ ވެރިކަމެއްގައި ވެސް "އަނިޔާވެރިވުމުގެ" ތުހުމަތު ކުރެވޭ އެ ނޫން ވެސް އެތައް ކަމެއް އޮތީއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު އެކުލަވާލެވިގެން މިއައީ މި އަޑުތަކާ އެކީގައެވެ. ޤާނޫނު އެކުލަވާލި ފަހުން އެ އަޑުތައް މާ ބޮޑަށް ވެސް ގަދައެވެ. ޢަބްދުﷲ ގާޒީއަށް އިންސާފު ހޯދަން އެތައް ބަޔަކު އަޑު އުފުލަނީއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކޮށްގެން ގެންދެވުނު ގޮތް ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މީގެ ތެރޭގައި ސިޔާސީ ވާދަވެރިންގެ ކޯޅުމެއް ފެށިގެން އެ ބަޔަކާ ވާދަވެރި ސަރުކާރުތަކުގައި ހިނގި ކަމަށް ބުނާ "އަނިޔާވެރި އަމަލެއް" ބަލަން ގޮވާލަމުން ދަނީއެވެ. މިއީ އެކީ ރައްޔިތުން ތިބީ ސުވާލެއްގެ ތެރޭގައެވެ. އިންސާފު ގާއިމް ކުރެވޭނެ ހެއްޔެވެ؟

ޤާނޫނުގައި ދިގު މުއްދަތެއްގެ މައްސަލަތައް، ވާނެ ކަމެއްތަ؟

ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 1953 އިން ފެށިގެން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން އޮތް މުއްދަތުގައި ހިނގި ކަންކަން ބެލުމަށެވެ. އެއީ ފުރަަތަމަ ޖުމްހޫރިއްޔާއިން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަހަށެވެ. އެކަމު އެހާ ދިގު މުއްދަތެއްގައި ހިނގާފައިވާ އެތައް ކަމެއް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ގޮސްދާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެ ސުވާލު ދަނީ އެތައް ރައްޔިތަކު ކުރަމުންނެވެ.

ނަން ހާމަނުކުރާ ގޮތަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވީ އިންތިގާލީ އިންސާފަކީ ރާއްޖެއަށް މުހިއްމު ކަމެއް ކަމުގައި ގަބޫލު ކުރާ ކަމަށާއި އެކަމަކު މިހާރު އޮތް ގާނޫނަކީ ވަކި ހުދޫދެއް ނެތި ހުޅުވާލެވިފައިވާ ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން ތަހުގީގު ކުރަން ހަމަޖެހިފައިވަނީ ކިހާ މިންވަރެއްގެ މައްސަލަތަކެއް ކަމާއި ކިހާ މިންވަރަކަށް ރައްޔިތުންނަށް އަނިޔާ ދީފައިވާ މައްސަލަތަކެއް ކަމެއް ނޭނގެއެވެ. އެހެން އޮތުމުން މިހާރު ބެލެވެނީ އެ ގާނޫނުގެ ދަށުން އެކުލަވާލާ އިދާރާއިން ތަހުގީގުކޮށް ހަގީގަތް ހޯދަން ޖެހޭ މައްސަލަތައް ފުނިޖެހިގެން ދާނެ ކަމުގައެވެ.

"ގާނޫނުގެ ދަށުން އެކުލަވާލާ އޮމްބަޑްމަންސް އޮފީހެއް އެބަ އޮވޭ، އެ އޮފީހަށް ދެން މަތި މި ވަނީ ރާއްޖޭގެ މާޒީގައި ހިނގައިދިޔަހާ މައްސަލައެއް، ރައްޔިތުންނަށް އަނިޔާކޮށްފައިވާ މައްސަލައެއް، އެއީ ވަރަށް ގިނަ މައްސަލަ، ގާނޫނު އޮތަކަސް އަދި އެބަ އޮންނަން ޖެހޭ އެ ގާނޫނު ތަންފީޒު ކުރެވޭނެ ގޮތެއް ވެސް، އެ ވަރުގެ ކެޕޭސިޓީއެއް އެ އިދާރާގެ އޮންނާނެތޯ، މި ހުރިހާ މައްސަލައެއް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ދެވޭނެތޯ، މިހާރު ވެސް މި ފެންނަނީ މިހާރު ހުރި އިދާރާތަކުގައި ވަސީލަތްތަކާއި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ، އެ ފަދަ ތަންތަނުގެ ވެރިންނާއި މުވައްޒަފުން ކުރާ ކަމުގެ،" ގާނޫނީ ވަކީލް ވިދާޅުވިއެވެ.

މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ: މަޖިލިސް

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ގާބޫލު ކުރައްވަނީ އެ ވަރުގެ ދިގު މުއްދަތެއްގައި ހިނގާފައިވާ ހުރިހާ މައްސަލައެއް ނުބެލޭނެ ކަމުގައެވެ. "އަންޒަމާނު ކަރައިގައި ހިނގާފައިވާހާ ކަމެއް" ތަހުގީގު ކުރާ ގޮތަށް އޮތުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ގާނޫނީ އޮނިގަނޑު އޮންނަ ގޮތެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ ވަކި މުއްދަތެއްގައި "އަނިޔާވެރި" މައްސަލަތައް ގިނަވެ އެއް ރިޔާސީ ކޮމިޝަނަކުން މައްސަލަތައް ތަހުގީގު ނުކުރެވޭ ހާލަތްތަކުގައި އެކުލަވާލާ ގާނޫނީ އޮނިގަނޑެކެވެ.

"އިންތިގާލީ އިންސާފު ގާއިމް ކުރުމުގެ ކަންކަން މި އޮންނަނީ އެއް ރިޔާސީ ކޮމިޝަނަށް ވުރެ ގިނަ ރިޔާސީ ކޮމިޝަން އުފައްދައިގެން މައްސަލަތައް ބަލަން ޖެހޭ ހިސާބަށް ދިއުމުން، އަދި އެ ކަން އޮންނަނީ ވެސް ވަކި މުއްދަތެއްގައި ކުރާ ގޮތަށް، ވަކި ހާއްސަ މައްސަލަތަކެއް ބަލާ ގޮތަށް، އެކަމަކު ރާއްޖޭގައި މި ފާސްކުރެވުނު ގާނޫނުގައި މި އޮތީ އެހެނެއް ނޫން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އިންތިގާލީ އިންސާފު ގާއިމް ކުރުމުގެ މަރުހަލާ އަންނަނީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ މައްސަލަތަކަށް އިންސާފު ހޯދުމަށް ކަމަށް ވުމުން، އެ މަރުހަލާ ފެށޭ ހިސާބަކީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އެ ކަން ނުކުރެވޭނެ ގޮތަށް އިންގިލާބީ ބަދަލު ގެންނަ ހިސާބުންނެވެ. އެއީ ރާއްޖޭގައި ނަމަ 2008 ވަނަ އަހަރެވެ. ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ހިސާބުންނެވެ. އޭގެ 12 އަހަރު ފަހުން ކުރަން އުޅުމުން އޭގެ ހަގީގަތް ހޯދަން ދެން ދަތިވާނެ ކަމަށް އަލީ ވިދާޅުވިއެވެ.

"ފެހި ގާނޫނު އަސާސީ އަންނަތާ ދެ އަހަރު ދުވަހުގެ ތެރޭގައި އިންތިގާލީ އިންސާފު ގާއިމް ކުރެވެން ޖެހޭނެ. މިހާރު މާ ބޮޑަށް ލަސް ވެސް ވެއްޖެ. އިންތިގާލީ މަރުހަލާ މިހާރު ހިނގައި ގޮސްފި. މިހާރު އެ އުޅެނީ އިންތިގާލީ އިންސާފު ގާއިމް ކުރަން ކަމަކަށް ވެސް ނުބެލެވޭ، އޭގެ މާ ފަހުން މި އުޅެނީ، ބާރަވަރަކަށް އަހަރު ފަހުން އުޅެން ހެދީމަ މި ވާ ގޮތަކީ މާ ކުރީގެ ކަންކަމަށް މިވީ، ބައެއް ކަންކަމުގައި ހެކި ނޯންނާނެ ދެން، ހެކި ބަސް ދޭން ތިބި ބަޔަކު ނޭނގެ ދުނިޔޭގައި ތިބި ކަމެއް ވެސް، އެހެންވީތީ ވެސް މައްސަލަތައް ބަލަން ދެން ދަތިވާނެ ނޫންތޯ،" އަލީ ހުސައިން ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ފޮޓޯ: މަޖިލީސް

އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޒާމު ފަހުމީ އެ ކަމެއް ގަބޫލެއް ނުކުރައްވައެވެ. އޭނާ ވިދާޅުވާ އެއް ކަމަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުން ވެސް އިންސާފުން ބޭރުން އެތައް ކަމެއް ހިނގި ކަމެެވެ. އެ ކަންކަން ބަލަން ވެސް ރައްޔިތުންގެ އެތައް ބަޔަކު އެދޭ ކަމެވެ. އަދި އިންތިގާލީ އިންސާފުގެ ގާނޫނަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމެވެ. ރައީސް ނަޝީދު އެ ވައުދު ވެފައި ނެތް ކަމެވެ. އެހެންވެ އެ ވެރިކަމުގައި އެ ކަން ކުރުމުގެ ވާހަކަ ނުވެސް އަންނަ ކަމެވެ.

"ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ވެފައިވާ ވައުދެއް ނޫން އެއީ އިންތިގާލީ އިންސާފު ގާއިމް ކުރުމާއި އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުމަކީ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ނަވާރަވަނަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ރައްޔިތުންނާ ހަމައަށް ގެެނެސްދީފައިވާ ވައުދެއް އެއީ. އެމްޑީޕީއަށް އިންތިހާބު ދިނީ ރައްޔިތުން އެކަން ބޭނުންވާތީވެ، އެއީ ރައްޔިތުންނަށް އަނިޔާވެރި ގޮތަކަށް ކުރީގެ ވެރިކަމުގައި ވެސް އަމަލު ކޮށްފައި އޮތަތަތީވެ،" އިންތި ވިދާޅުވިއެވެ.

ސިޔާސީ މަގްސަދެއް އޮތް ގާނޫނެއް؟ ނަތީޖާއަކީ ކޮބައި؟

އިންތިގާލީ އިންސާފުގެ ބިލް ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ފުރަތަމަ އެކުލާވަލައި މަޖިލީހަށް ފޮނުވިއިރު އޮތީ ޖެނުއަރީ 2012 އިން ފެށިގެން ނޮވެމްބަރު 2018 އަށް ހިނގާފައިވާ ކަންކަން ތަހުގީގު ކުރާ ގޮތަށެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅާއި ރައީސް ވަހީދުގެ ވެރިކަމުގެ ދުވަސްވަރާއި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރެވެ. އެހެންވެގެން އެއީ ވަކި މައްސަލައެއް ތަހުގީގުކޮށް އެމްޑީޕީއާ ވާދަވެރި ފަރާތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުގެ ސިޔާސީ ބާރުވެރިކަން ކަނޑުވާލަން ގެނައި ގާނޫނީ އޮނިގަނޑެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރިއެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރީ 1953 އިން ފެށިގެން ހިނގި ކޮންމެ މައްސަލައެއް ވެސް ބަލާ ގޮތަށެވެ. އެކަމަކު ވެސް އަނެއްކާ ވެސް އިދިކޮޅު ސިޔާސީ ވާދަވެރިން މި ވަނީ އެ ކަން އެ ގޮތަށް ކުރީ ވެސް ސިޔާސީ މަގްސަދެއްގައި ކަމަށް ބުނަން ފަށައިފައެވެ. އެކަމަށް ހިތްވަރު ލިބުނީ ވެސް ޓީވީ ޕްރޮގްރާމެއްގައި އިންތި ދެއްކެވި ވާހަކައިންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އަކީ އެ ގާނޫނުގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވުމުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) – ފޮޓޯ: މަޖިލިސް
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) – ފޮޓޯ: މަޖިލިސް

އިދިކޮޅު މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ފުރަތަމަ ބިލް އޮތް ގޮތުން ވެސް ސަރުކާރާއި އެމްޑީޕީގެ މަގްސަދު ސާފުވެއެވެ. އެއީ އެމްޑީޕީއާ ވާދަވެރި ސަރުކާރުތަކުގައި ހިނގި ކަންކަން ތަހުގީގު ކުރުމުގެ ނަމުގައި، އެމްޑީޕީގެ ބޭފުޅުން ތިއްބަވާ އިދާރާއަކުން، އެމްޑީޕީއާ ވާދަވެރި ފަރާތްތަކަށް ފިޔަވަޅުތަކެއް އެޅުމެވެ. އަދި އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންނަށް ބަދަލުގެ ނަމުގައި ފައިސާތައް ދިނުން ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ. އަދި މިހާރު އޮތް ގޮތަށް ބަދަލު ކުރީ ވެސް ސިޔާސީ މަގްސަދެއްގައި ކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

"ޒަމާނުއްސުރެން އޮތް ކަމެއް އެއީ ރާއްޖޭގެ ސިޔާސީ ޚާންދާނުގެ މެދުގައި ބަދަލު ހިފުމުގެ ރޫހެއްގައި ވާދަވެރި ކަމަށް ބެލެވޭ ފަރާތްތަކަށާއި ކުރީގެ ވެރިންނަށް އަނިޔާ ދިނުން، މިހާރު އޮތް އެ ތާރީހު ގެނައުމުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން، އަން ޒަމާނު ކަރައިގައި ހިނގި އެ ކަންކަމުގެ ވާހަކަ އަލުން ފެންމަތި ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން، ސިޔާސީ ކޯޅުންތަކެއް އަލުން ގެނައުން، އޭގެ ސަބަބުން އާންމު މަސްލަހަތު އެބަ ގެއްލޭ، ބޮޑު ސިޔާސީ ހަމަނުޖެހުމަށް އަނެއްކާ ވެސް ދިއުމަކީ ގާތް ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދަން ބޭއްވި ފޯރަމް -- ފޮޓޯ: މަޖިލީސް

ނަން ހާމަނުކުރާ ގޮތަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލް ވެސް ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުގެ ސަބަބުން "ފިކުރީ ހަނގުރާމައެއް" ފެށިދާނެ ކަމުގެ ސިގްނަލްއެއް ލިބޭ ކަމަށެވެ. މިހާރު ވެސް ގިނަ ބަޔަކު ދަނީ ވަކި މައްސަލަތަކެއް ބަލަން ޖެހޭ ކަމަށް ގޮވާލަމުން ކަމަށެވެ. އޭގެ ރައްދުގައި އެ މައްސަލަ ބެލެން ނެތް ކަމަށް ވާދަވެރިން ބުނާ ކަމަށާއި ބަލަން ޖެހޭ މައްސަލަތަކެއް އެ ފަރާތުން ވެސް ފާހަގަކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކީލް ވިދާޅުވާ ގޮތުގައި ހުދޫދުތަކެއް ކަނޑައެޅުނު ނަމަ އެ ގޮތަށް ކަންކަން ވެގެން ނުދާނެ ކަމުގައެވެ.

"މި ހުރިހާ ކަމެއްގެ މައްޗަށް ލިމިޓޭޝަން އެކްޓްއެއް އެބަ އަންނަން ޖެހޭ ކަމަށް ބެލެވެނީ، އޭގެ މާއްދާއެއް ނަމަވެސް ބިލަށް، މިހާރު ގާނޫނު އޮތީ ވަރަށް ބޮޑަށް ހުޅުވިފައި، އޭގެ ސަބަބުން ބޮޑު ފިކުރީ ސިޔާސީ ހަނގުރާމެއް ފެށިދާނެ، އެ ކަންބޮޑުވުން އެބަ އޮތް، މިހާރު ވެސް އެ ފެންނަނީ އެ މަންޒަރު ނޫންތޯ، ފަނޑިޔާރުން ހައްޔަރު ކުރި މައްސަލަތަކެއް ބަލާ ވާހަކަ، އޭގެ ރައްދުގައި ފަނޑިޔާރު ހައްޔަރުކޮށް އަނިޔާ ނުކުރާ ކަމަށް ވެސް އެބަވޭ، އެއީ ދޮގެކޭ ފަނޑިޔާރަކު ވިދާޅުވެއްޖެ، ނުބެލޭނެ މައްސަލައެކޭ މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެ،" ގާނޫނީ ވަކީލް ތަފްސީލް ކޮށްދެއްވިއެވެ.

އެހެން ވިޔަސް އިންތި ވިދާޅުވަނީ ސިޔާސީ މަގްސަދެއް އެ ގާނޫނުގައި ނެތް ކަމަށެވެ. ގާނޫނު މިހާރު އޮންނާނީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގި ކަންކަން ވެސް ބެލޭނެ ގޮތަށެވެ. އެ ވެރިކަމުގެ މުއްދަތު ވެސް ގާނޫނުގައި އޮންނާނެ ކަމަށެވެ. އެއަށްވުރެ އިންސާފުވެރިކޮށް އެ ގާނޫނު އެކުލަވާލާނެ ވަކި އެހެން ގޮތެއް ނޯންނާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވާ ކަމަކީ ރައީސް ނަޝީދަކީ އަނިޔާވެރި އަމަލުތައް ހިންގަވާ ބޭފުޅެއް ކަމުގައި ރައްޔިތުން ގަބޫލު ނުކުރައްވާ ކަމެވެ. އެ ގޮތަށް ބަލަން ވާދަވެރި ފަރާތްތަކުން ބުނާ މައްސަލައަކީ އެފަދަ ހާލަތަށް ނުވެސް ނުފެތޭ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބްދުﷲ ގާޒީއަށް ދިން އަނިޔާއެއް އޮތީކީއެއް ނޫން، އެ ގާޒީއަކީ ޖިނާއީ ކޯޓުގެ ގާޒީއަކަށް އިންނެވިއިރު، ކޮންމެސް މީހަކު މަރައިލި މައްސަލައެއްގައި ހެލްތު މިނިސްޓަރު ޖަވާބުދާރީ ކުރުވަން ކަމަށް ވިދާޅުވެ އެމީހާ ދޫކޮށްލި. ދޫކޮށްލި ދުވަސް ނޫން އަނެއް ދުވަހު އެމީހާ ގޮސް އެހެން މީހަކު އަނެއްކާ މަރައިލީ، އޭނާއަށް ތުހުމަތު ކުރެވޭ ކަންކަން މާ ނުކުރައްތެރި، ހައްޔަރުކުރީ އުސޫލުތަކުގެ ތެރެއިން،" އިންތި ވިދާޅުވިއެވެ.

އިންތި އެހެން ވިދާޅުވި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައިވަނީ ގާނޫނުތަކާއި އޮންނަ އުސޫލުތަކުގެ ބޭރުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން އިންތިގާލީ އިންސާފު ގާއިމް ކުރާ ނަމަ ކުޑަ މިނުން އޭނާ ހައްޔަރު ކުރި ގޮތް ތަހުގީގު ކުރެވެން ޖެހެއެވެ. ތަހުގީގެއްކޮށް އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައި ވަނީ ގާނޫނުތަކުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ވެސް ކަނޑައަޅަން އެބަ ޖެހެއެވެ. އެ ހަގީގަތް ވެސް ހާމަވާން އެބަ ޖެހެއެވެ. ގާނޫނުތަކުގެ ބޭރުން ނަމަ ކުށްވެރިވާ ފަރާތް ވެސް ހޯދަން ޖެހެއެވެ. އަބްދުﷲ ގާޒީއަށް ވެސް އިންސާފު ލިބެން ޖެހެއެވެ.

ސިޔާސީ ހަމަނުޖެހުމަށް ނުދާނެ ގޮތަކަށް ދެން ވެސް ކަންކަން ތަރުތީބު ކުރެވެން އެބަ ޖެހެއެވެ. އެހެން ނޫން ނަމަ މިހާރު އެ ގާނޫނު އެ އޮތީ ސިޔާސީ ޒުވާބުތަކަކާއި ހަމަނުޖެހުންތަކަކާ ދިމާއަށް ނޫން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަސަންތައުފީޤު ޙުސައިން

    އިންތިޤާލީ އިންސާފަކީ 2012 ވީ ފެބަރުައަރީތެރޭގައި ކެނެރީގޭ ނަޝީދުގެ ވެރިކަން ނަޝީދުވިދާޅުވާގޮތުގައި މަގުމަތީން ވައްޓާލިކަމަށް، އެހެންނަމަވެސް އިސްތިއުފާ ދެއްވާފަ ފައިބާ ވަޑައިގަންނަވަމުން ވިދާޅުވި އަޅުގަނޑުގެ ވެރިކަން ދަމަހައްޓަންޖެހޭނީ ބޭރުގެ ޤައުމެއްގެ މިލިޓަރީ އެހީއާއެކު ކަމަށާއި އެފަދަ ކަމެއްކުރާކަށް ރައްޔިތުންދެކެވާ ލޯބިން ކެރިވަޑައިނުގެން އިސްތިއުފާ ދެއްވަނީކަމަށް. ކޮންމެއަކަސް 2013 ގެއިންތިޚާބުގައި ވާދަކުރެއްވޭގޮތަށް އެއްބަސްވެ ކޯނީ ރިޕޯރޓަކުން ވެރިކަން ބަޢާވާތަކުންވައްޓާލިކަމަށް ފެންނަންނެތުމުން ރީތި އެއްބަސްވުމެއްގެ ތެރެއިން ނިމި އިންތިޚާބުގައިވެސް ބަލިވެ ވެރިކަންކުރާކަށް ޖާގަނުލިބުނީ. މިފަހަރު ވެރިކަން އަތުލައިފި އަދި އަދަށްވެސް އިންތިޚާބުގެ ނަތީޖާ ވެރިކަންކުރެއްވި ޕާޓީއިން ބަލައިނުގަނޭ! ދެންމިއައީ އިންތިޤާލީ އިންސާފު. މިއިންސާފުގައި މުޅިޖުޑިޝަރީއޮތީ ކެނެރީގެ ނަޝީދުގެ ބާރުދަށުގައިކަމަށް ވުމުން އިންސާފު ނަޝީދަށްލިބި އެވެރިކަމުގެ ބާކީބައި ކުރިޔަށް ގެންދާނެ އަދި މެދުތެރެއިން ވެރިކަމާއި ޙަވާލުވި ޑރ. ވަޙީދު ޖަލަށް ލެވޭނެ. އެބައިކުޅަބައި ނިމެންދެން އިންތިޤާލީ ޤާނޫނު ނުވަތަ އަންދާޤާނޫނު ދެމިގެންދާނެ!

    14
    2
  2. މުރާދުބޭ

    މިފޮޓޯއިން ފެނިވަޑައިގަންނަވަނީ 30 އަހަރުގެ ދިގުވެރިކަމެއް ކުރެއްވި ގިނަރައްޔިތުންނެއްގެ ލޯބި ލިބި ޢިއްޒަތާއި ޤަދަރުލިބި ހުންނެވުމަށްފަހު އެހުރިހާ ކަމެއްދޫކުރައްވާ ވެރިކަމަކީ ޢާއިލީ މިލްކިއްޔާތަކަށް ދެކި އެއްބަފައި ކޮއްކޯފުޅުގެ ކަރަށް ފައިއެރުއްވި ރައީސް މައުމޫނާއި ހުރިހާ ވެރިކަމެއް ވައްޓާލުމަށާއި ގެނައުމަށް އިންތިހާޔަށް ރައްޔިތުންނަށް ދޮގުހަދާ އެހަދާ ދޮގުތައް އިސްލާމް ދީނާގުޅުވައި ޖާހިލިއްޔަ ޒަމާނުގެ ހެކިތަކާއިއެކު ރައްޔިތުންގެ ކޮނޑަށްއަރައި ސަވާރުވާން ވަރަށް ރަގަޅަށް ދަންނަ ޢިލްމުވެރިއެއް ޝައިޚްއިމްރާނާއި އަތުގައި ހުންނަ ލިބެންވާ ފައިސާ އާއިއެކު ރައްޔިތުން ގަނެ އަމިއްލަ ޙާލާއިގެން ނޫޅެވޭ ބުރުމާ ޤާސިމް. މިބޭކަލުން މިޤައުމު ވައްޓާލީ ނާމާންކަމެއްގެ ތެރެއަށް! މިއަދު މިބޭކަލުންވެސް މިކަމާ މިހާރު އަމިއްލަ ޚުޒޫޢުއިން ޤަބޫލުކުރައްވާ އެހެން ނަމަވެސް ލަދުން މަގުމައްޗަށް ޓީވީ ކުރިމައްޗަށް ނިކުތުމުގެ ހިތްވަރެއްނެތް. މީޤައުމުގެ ޙާލަތު އަންދާޤާނޫނެއް ގެނައިމަ މިހިލަމެއްވީ. މިއަދުނެތް ކުރެވޭނެ ކަމެއް.

    5
    2
  3. އަޙްމަދް

    އެޖެންޑާ 19ގެ "ފެޝިސްޓް" ފިކުރުގެ ދަށުން ޤާއިމު ކުރެވިފައި ވާ "މެޖޯރިޓޭރިޔަން ޓިރަނީ"ގެ ނިޒާމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ މުގުރައިލައި، ޤައުމާއި ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތުތައް ޤުރުބާން ކޮށް، ބާރުވެރި ބައެއްގެ އަމިއްލަ ޒާތީ އެދުންތަކާއި މަންފާޔަށް ހިންގަމުން ގެންދާ ޣައިރުދުސްތޫރީ ޢަމަލުތަކުގެ ސިލްސިލާޔަށް 17 ޑިސެންބަރު 2020 ވީ ބުރާސްފަތީގައި އިތުރު ވެގެން ދިޔަ ބޮޅަކީ "އިންތިޤާލީ އިންޞާފުގެ ޤާނޫނު"ގެ ނަމުގައި އިތުރު ކުރެވުނު ބޮޅެވެ.

    ޤާނޫނުއަސާސީ އާއި، "ޤާނޫނުގެ ވެރިކަން" ނުވަތަ "ރޫލް އޮފް ލޯވ" އާއި، ޢަދުލުއިންޞާފުގެ އެންމެ މުހިއްމު އެއް ބިންގާ ކަމުގައި ވާން ޖެހޭ ޢަޤުލީ އަސާސްތަކާ ޚިލާފަށް ތަޢާރަފު ކުރެވުނު "އިންތިޤާލީ އިންޞާފުގެ ޤާނޫނު" އަކީ އިތުރު "ވިޗް-ހަންޓެއް" ނުވަތަ "އިންކުއިޒިޝަނެއް"ގެ ބިންގާ ކަމާ މެދަކު ޝައްކެއް ނެތެވެ. އަދި މި "ވިޗް-ހަންޓް" ނުވަތަ "އިންކުއިޒިޝަން"ގެ ޝިކާރަވެރި އަމާޒަކީ ކޮން ބައެއް ކަމާއި، މިއީ ކޮން ބަޔެއްގެ އެދުންތައް ފުއްދުމުގެ ބޭނުމުގައި ފެށުނު ކަމެއްކަން ވެސް އެކަކަށް ވެސް އޮޅިފައި އޮންނާނޭ ހެނެއް ހިއެއް ނުވެއެވެ. މިއީ ރޯމާ ދުވާލު ހިންގޭ ޖަރީމާތަކެކެވެ. އެންމެންގެ ލޯމަތީގައި ހިންގޭ ޖަރީމާތަކެކެވެ. ނުފެންނަ ކަމަށް އަދި ނޭނގޭ ކަމަށް ހެދިގެން ތިބި އެންމެންނަށް މެ، މި ހިނގަނީ ކޮން ކަންތައްތަކެއްކަން ރަނގަޅަށް އެނގޭ ޖަރީމާތަކެކެވެ. ދިވެހި ރައްޔިތުން ބަލަހައްޓައިގެން ތިއްބައި "ހަދާނީ ހަދާނެ ގޮތެކޭ، ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެޔޭ، ޖެހޭނީ ހަމަ ބަލަހައްޓައިގެން ތިބޭށޭ" މިފަދައިން ބުނެފައި ހިންގާ ޖަރީމާތަކެކެވެ. މި ޖަރީމާތަކުގައި ޤާނޫނުގެ ސިފަ ޖައްސައި، މި ޖަރީމާތައް ހިންގެނީ ޢަދުލުއިންޞާފު ޤާއިމު ކުރާން، ނުވަތަ ޤައުމުގެ ކަންކަން އިޞްލާޙު ކުރާން ކަމުގައި ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ބުއްދިތަކަށް ކުރާ ފުރައްސާރައެކެވެ. ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ކުރާ މަލާމާތެކެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި އޮންނަ ފަދައިން، ފަސާދަ ކުރަމުން "މި ކުރަނީ އިޞްލާޙޭ" ބުނެ ކުރާ ބާޠިލު ދަޢުވާއެކެވެ. މި ބާޠިލު ދަޢުވާޔަށް ތަރުޙީބުގެ އަތްތިލަބަޑި ޖަހާން، ބުއްދިޔާއި ޟަމީރު ޣަފްލަތުގެ އަނދިރީގެ ތެރެޔަށް ދޫ ކޮށްލައިގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ތިބުމަކީ، މި ދަޢުވާގެ ބާޠިލުކަން ފުކެއްހައި ތަނުން ވިޔަސް ކުޑަ ވާނެ ސަބަބެއް ނޫނެވެ.

  4. އަޙްމަދު

    އިންތިޤާލީ އިންޞާފުގެ ނިޒާމެއް ބޭނުން ވާ ޙާލަތު

    ދެން އަޅުގަނޑުމެން ނަޒަރެއް ހިންގައިލާން ޖެހެނީ، ދިވެހިރާއްޖޭގައި "އިންތިޤާލީ އިންޞާފު" ޤާއިމު ކުރާން ޖެހޭ ޙާލަތެއް އެބައޮތްތޯ މި ސުވާލުގެ މައްޗަށެވެ.

    އައިސީޓީޖޭގެ ތަޢުރީފުން އޮޅުން ފިލާނެ ފަދައިން، ޤައުމެއްގައި "އިންތިޤާލީ އިންޞާފު" ޤާއިމު ކުރާން ޖެހެނީ ވަކި ކަހަލަ ޙާލަތެއް މެދުވެރި ވުމުންނެވެ. އެއީ ކޮންމެކޮންމެ ޙާލަތެއްގައި، ޤައުމުގައި ބާރުވެރިކަން އޮތް ވަކި ސިޔާސީ ޕާޓީއަކަށް، ނުވަތަ ޤާނޫނު ހަދާ މަޖިލިހުގެ މެޖޯރިޓީއަށް ފެންނަހައި ގޮތަކަށް ނުވަތަ އެމީހުން ހިތަށް އެރިހައި ގޮތަކަށް ޤާއިމު ކުރާ އެއްޗެއް ނޫނެވެ. އައިސީޓީޖޭގެ ތަޢުރީފުން އެނގޭ ގޮތުގައި، "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރެވޭ ޙާލަތުގައި މައިގަނޑު ދެ ކަމެއް ނުވަތަ ދެ އުންޞުރެއް ހިމެނެއެވެ.

    ފުރަތަމަ އުންޞުރަކީ، ޤައުމުގައި ދާޚިލީ ނުވަތަ އަހުލީ ހަނގުރާމައެއް، ނުވަތަ ލާޤާނޫނިއްޔަތާއި އިންސާނީ ޙައްޤުތައް ނިގުޅައިގަތުމާއި ރައްޔިތުންނަށް ނުވަތަ ރައްޔިތުން ކުރެ ބަޔަކަށް ދައުލަތުގެ ނިޒާމުގެ ތެރެއިން ރޭވިގެން ބޮޑެތި އަނިޔާތަކެއް ކުރުމުގެ ޢަމަލުތަކެއް ފުޅާ ދާއިރާއެއްގައި ހިންގުމުގެ ދައުރެއް ފާއިތު ވެ، ޞުލްޙަމަސަލަސްކަމާއި ޤާނޫނުގެ ވެރިކަން ޤާއިމު ވެގެން ޤައުމު އިންތިޤާލީ ޙާލަތަކަށް ގޮސްފައި އޮތުމެވެ. ނުބައި ދައުރެއް ނިމި ހެޔޮ ދައުރަކަށް އެޅިފައި އޮތުމެވެ. ނުބައި ފައްތަރެއް ނިމި، ހެޔޮ ފައްތަރަކަށް މުޖުތަމަޢު ވާޞިލު ވެ، ނުބައިން ހެވަށް އިންތިޤާލު ވުމުގެ ދައުރެއް އައިސްފައި އޮތުމެވެ. ޙަޤީޤީ އިންތިޤާލީ ފައްތަރަކަށް ޤައުމު އައިސްފައި އޮތުމެވެ. ދެވަނަ އުންޞުރަކީ، ޤައުމު ދެކެފައި ވާ ހަނގުރާމަ ނުވަތަ ލާޤާނޫނިއްޔަތާއި ޚުދުމުޚްތާރިއްޔަތާއި އަނިޔާގެ ދައުރުގައި ހިންގިފައި ވާ ޖަރީމާތަކުގެ ސީރިޔަސްކަން ބޮޑުކަމާއި އެ ޖަރީމާތަކުގެ ޢަދަދު ގިނަ ކަމުން، އެ ކަންކަން ތަޙްޤީޤު ކުރުމާއި، އެ ކަންކަމުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަކީ، ޤައުމުގައި ޢާއްމު އުޞޫލުން އަދި އާދައިގެ މަގުން ޖިނާއީ މައްސަލަތައް ބަލައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ޤާއިމު ކުރެވިފައި އޮންނަ ނިޒާމާއި މުއައްސަސާތަކަށް ކުޅަދާނަ ވެގެން ނުވާ ވަރުގެ ބޮޑު މަސައްކަތަކަށް އަދި ތަކުލީފަކަށް ވުމެވެ. މި ފަދަ ޙާލަތެއްގައި، އެ މައްސަލަތައް އަވަހަށް އަދި ހަރުދަނާކަމާ އެކު ބެލޭނީ އެކަމަށް ޚާއްޞަ ވަކި ނިޒާމެއް ޤާއިމު ކޮށްގެން ކަން ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ.

    މި ދަންނަވާ ދެ އުންސުރު ފުރިހަމަ ވެއްޖެ ނަމަ، އެ ޤައުމެއްގައި "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރާންވީ އެވެ. ރާއްޖޭގައި މި އުޅެނީ މި ދެ އުންސުރު ފުރިހަމަ ވެގެންތޯއެވެ؟

  5. ބަރުގޮނު

    މީގެ އޮތީ 2 މަޤްޞަދެއް. ފުރަތަމަ ކަމަކީ 2012 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިޢުުފާ ދެއްވި މަސްއަލާގައި އެމް.ޑީ.ޕީ ހުނިޖަހާ ފާހަގަކޮށްފައި ތިބިބައަކަށް ބަދަލު ހިފުން. ދެވަނަ މަޤްޞަދަކީ މިހާރު މިއޮތް ސަރުކާރު ގެންނަން ކެމްޕޭން ކުރި ބަޔަކަށް އެކަމުގެ "އުޖޫރަ" ދިނުން.

  6. Anonymous

    ގަންޖާ އިންތިގާލީ ބޭއިންސާފުގެ ބިލު.

  7. އަބްދޫ

    ކެރަފާސައްތާރު މައިޓްކުންފުނީގެ ފައިސާއަސް ހިޔާނާތްތެރިވަިކަން ސަރިއަތަށް ސާބިތުވެފާވޭ. އެ ފައިސާނުދެއްކުމުން އިފްލާސްކޮށްފާވޭ. ސައްތާރު ހިޔާނާތްތެރިވަި ފައިސާއިން މަންފަހޮދާފަ ވަނީ ގ.ކެނެރިގެ މުހަންމަދު ނަސީދު .އެއީ މަޖީދިއްޔާ ގްރޭޑް 8 އިން ސްކޫލުން ވަކިކުރުމުން ސްރީލަންކާގަ ކިޔަވަން ބަހައްޓައިގެން ހަރަދުކުރީ އެފައިސާއިންވީމަ..އިންތިގަލީ އަދާލަތުގެ ދަށުން އެމައްސަލަވެސް ބެލެންޖެހޭނެކަމަސް ދެކެން

  8. އަބްދޫ

    އިންތިގާލީ އަދާލަތުގެ ގާނޫނުގެ ދަށުން ގާސިމް މުއްސަނދިވި ގޮތް ތަހުގީގު ކުރަންޖެހޭނެ. ގާސިމަކީ އެންދެރިމަގެގަ ގެންގުޅުނު ފަގީރު ކުއްޖެއް.،.ކާތިބުކަމުގެ ސަނަދު ލިބިގެން ސެންތްރަލް ހޮސްޕިޓަލްގެ ވަޒިފާ އަކަށް ވަދެ ހުއްޓާ ދިމާވި މައްސަލައެއްގަ ވަޒިފާ އިން ވަކިވުމުން އެމްޖީބީއެސް ގެ ފިހާރައެއްގެ މެނޭޖަރުކަމެއް ދިން އެހިސާބުން މުއްސަންޖަކަށްވީ އެސްބިއައި އިންނެގި 1500 ރުފިޔާގެ ލޯނަކުން ކަމަށް ބުނޭ.ދަންވަރު 3 ޖަހާއިރު ފޮނަދޫން ތެޔޮނަގައިގެން އަންނަނިކޮށް ދޯނި ބަންޑުންވިވާހަކަ މޫންލައިޓް ނޫހުން ދުށިން. 1500 ދިވެހިރުފިޔާއިން މަހުޖަނަކަށް ވި މީހަކު ގެ ހަގީގަތް ބަލަންޖެހޭ.އައްޑޫ ގަމުގަ ހުރި ހުރިހާތެލެއް ގާސިމަށްދީގެން ވިއްކުމާ. ރާއްޖެއަށް އެތެރެކުރަންޖެހޭ ހުރިހާތެލެއް ގާސިމަށް ދީގެން އެތެރެ ކުރުވުމާއި.ތެޔޮޓޭންކަރުގެ ސައުންޑިން ނަގަން ކަސްޓަމުންއަރާމިހާ ކަސްޓަމުންވަކިކުރުމުން އަދާހަމަޔަށް ވެސް މަސައްކަތެއްނުކުރުވާ މުސާރަދިނުމުގެ ސިއްރަކިކޮބައިބަ؟

  9. އަބްދޫ

    ކެރަފަސައްތާރާއެކު މައިޓްކުންފުނިގެ ވަޒީފާގަ ހުރިއިރު ސައްތާރުގެ ޅިޔަނު ސިއްކަ އަހުމަދު އިސްމާއީލް މަނިކު މުއްސަނދިވި ގޮތްވެސް ބަލަންޖެހޭނެ. ސައްތާރުގެ އިފްލާސް ނިމުމުން ދެޅިޔަނުން ވިޔަފާރި ކުރަންފެށީ ކޮންބޭންކެއްގެ ލޯނަކުންބާ؟

  10. އަބްދޫ

    2012 ފެބްރުއަރި 8 ވަނަދުވަހު ސިދާ ނަސީދު ފޯނުކޮށް ތަންތަނުގެ ރޯކުރުވި މައްސަލަ ތަހުގީގު ކޮށް ދަވްލަތަށް ބަދަލުހޯދަންޖެހޭނެ.

  11. އަބްދޫ

    ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށްނަގާ ގާނޫނުއަސަސި ހުއްޓާލިކަން އިއުލާނުކޮށް ދުސްތޫރީ ބަގާވާތެއްގެނެސް އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަންޖެހޭނެ.

  12. ތުނިޔަ

    ތިޔަކިޔާ އަބުދުﷲސައީދާ ، އަަަަަލީހަމީދު ، މިމީހުންނަށް ރިސްވަތުދީގެން ސުޕުރީމުކޯޓްން ޙުކުމް ނެރުނުއިރު މިކުރެވުނީ ކޮންކަހަލަކަމެއްކަންނުދެނެހުރި ވީމާއެއީގާނޫނީގޮތުންކޮންކަހަލަކަމެއްތޯ ؟ އެމީހުންއެހިންގީބޮޑުޒަރީމާއެއް އެއީގައުމުގެގައްދާރުން ރިސްވަތުދި ދިންމީހުންވެސްހިމެނެ