އުފާވެރި ހަޔާތެއް ހޯދާނެ ގޮތްތައް ކިޔައި ދިނުމަށް ވީޑިއޯތައް ހަދައި މީސް މީޑިއާގައި އެވީޑިއޯތައް އާއްމު ކުރަމުން ގެންދިޔަ އެންޑްރޫ ޓާޓް އިސްލާމް ވެއްޖެއެވެ. އޭނާގެ ޕްރޮފެޝަނަލް ވަޒީފާ އަކީ ކުރިން ބޮކްސިން ތެޅުމެވެ. ނަމަވެސް މިހާރު ވަނީ އެކަމުން ރިޓަޔާ ކޮށްފައެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރައްވެރިކަން ވެސް އޮންނަ އެންޑްރޫ އުފަންވީ އެމެރިކާގެ ވޮޝިންޓަނަށެވެ.

އެންޑްރޫ 2017 ވަނަ އަހަރުން ފެށިގެން މީސް މީޑިއާގައި ފާޅުކޮށްފައިވާ ބައެއް ހިޔާލުތަކާއި ގުޅިގެން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ޑިޕްރެޝަނަކީ ހަގީގަތެއް ނޫން ކަމަށާއި އަންހެނުންނަކީ ގޭގައި ތިބެން ޖެހޭނެ ބައެއް ކަމަށް ބުނެ އޭނާ ފާޅުކޮށްފައިވާ ހިޔާލުތަކަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ. އޭނާ ފާހަގަ ކުރެވެނީ ހާއްސަކޮށް އަންހެނުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެއްގެ ގޮތުގައެވެ. އަދި އަންހެނުންގެ ހައްގުތައް ހަނިކުރަން މަސައްކަތް ކުރާ މީހެއްގެ ގޮތުގައެވެ.

މާޝަލް އާޓްގައި މަޝްހޫރު ޓޭމް ޚާން ވަނީ އެންޑްރޫ އިސްލާމްވެ، ނަމާދު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކޮށްފައެވެ. ޚާންގެ ވީޑިއޯ އާއި ގުޅިގެން ވެސް ބައެއް މީހުން ވަނީ އެންޑްރޫއަށް ފާޑުކިޔާފައެވެ. ފާޑުކީ މީހުން ބުނާ ގޮތުގައި އޭނާ އިސްލާމް ވެދާނެ ކަމަކަށް އެމީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ.

ނަމަވެސް ޚާން ފަހުން ކުރި ޓްވީޓެއްގައި ބުނީ ކޮންމެ މީހަކަށް ވެސް ކުށް ކުރެވޭނެ ކަމަށާއި އިންސާނުން ކުރަން ޖެހޭނެ ކަމަކީ ފާއިތުވިތަނުގައި ކުރެވުނު ކުށްތައް އިސްލާހުކޮށް ތައުބާވުން ކަމަށެވެ.

އިސްލާމްދީން ގަބޫލުކުރާ އެމެރިކާ މީހުންގެ އަދަދު ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެމެރިކާގައި މިހާރު ތިންވަނަ އަށް އެންމެ ގިނަ ބަޔަކު ތަބާވަނީ އިސްލާމްދީނަށެވެ. 2017 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގައި 3.45 މިލިއަން މުސްލިމުން ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެންޑްރޫ ޓޭޓް

    ވަޓް ކަލާ އިޒް ޔޯ ބުގާޓީ

    7
    2
  2. ޔޫ

    އޯކޭ ފެން

  3. ޙެެލޯ

    ކޮމަން ޓޭޓް ޑަބްލިއު

    6
    2
  4. ގާރލް 7

    ޙެލޯ، ޔޫ، އެންޑްރޫ ޓޭޓް، ތިޔައިގެ 3 މީހުން ކޮށްފައި ހުރި ކޮމެންޓްތަކުން އެކައްްޗެއްވެސް ފަހުމްނުވި.... ތިއީ އެމެރިކާ ބަހުން ކޮށްފަހުރި ކޮމެންޓްތަކެއްތަ؟

    5
    1
  5. ކޭ

    ހުރިހާ އަންހެނުން ކައިރިން މާފަށް އެދުނީމަ ނޫނިއްޔަކާ މީނަ އިސްލާމްވިކަމަކަށް ނުބަލާނަން

    1
    10