އިސްލާމީ އަގީދާގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށްގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

"އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން" މި މައުޟޫއުގައި މިއަދުގެ ހުތުބާގައިވަނީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިންބަފައިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށްފައެވެ. އަދި މައިންބަފައިން ކުރާ ބުރަ މަސައްކަތް ކާމިޔާބު މަސައްކަތްތަކަށް ނުވާތީ އެކަމާމެދު ފިކުރުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަނީ ކިތައް ކިތައް މައިންބަފައިންތޯ ވަނީ ސުވާލު އުފައްދާފައެވެ.

ހުތުބާގައި ވިދާޅުވީ ދުންޔަވީގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެސްދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކއި ތަފާތު އެކި ހަރަކާތްތައް އެކި ހަރަކާތައް ސްކޫލުން ބޭރުގައި ބޭއްވޭ ކަމަށެވެ.

އެހެން ނަމަވެސް މި އެންމެހައި ކަންތައްތަކުގެ ތެރެއިން ނުކުރެވޭ އެއްކަމެއް އެބައޮތް ކަމަށާއި އެއީ އެކުދިންގެ އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ. އަގީދާއަކީ އީމާންކަމުގެ އަސާސަށްވާއިރު މި އަސާސްގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށްގެން މެނުވީ ރަނގަޅު ޖީލެެއް ބިނާ ނުކުރެވޭނެ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅު ނެގިފައިނުވާނަމަ، އެ ދަރިން އިސްލާމް ދީނާ ހިލާފު އެކި އެކި އޮއެވަރުތަކުގައިޖެހި ހައްގުގެ މަގުން އެއްކިބާވެގެން ދިޔުމަކީ ދާދި ގާތުވައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ކެނޑިނޭޅި އުފައްދާ ޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީ އެކަމާމެދު ސަމާލުވާންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުން އާންމުވެފައިވާ މިފަދަ ޒަމާނެއްގައި ދަރިންނަކީ ދީނުގެ ފުރިހަމަ މައުލުމާތު ލިބިފައިވާ އަދި ސައްހަ އަގީދާގެ މަތީގައިވާ ދަރިން ކަމުގައިވާނަމަ، އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން އެކުދިންގެ ސިކުނޑިތަކާއި ކުޅެލަން ފަސޭހަނުވާނެ ކަމަށްވެސް ހުތުބާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސަ

    ރައީސާއި، އެޑިޔުކޭޝަން މިނިސްޓަރު ވެސް ޚުޠުބާ އަޑު އަހާނެ ކަމަށް އުއްމީދު ކުރަން. ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ގެނެސްފައިވާ ހުޅަނގުގެ ގޮތްތަށް ދޫކޮށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ވަނީ އަލުން ރީފޯމު ކުރަން ޖެހިފަ.

  2. ހަސަން

    އިސްލާމްމާއްދާގެ ފުރަތަމަ ފިލާވަޅަކަށް ވާންޖެހޭނީ ''ތައުޙީދް''! ސުވަރުގެއަށް ނުވަތަ ނަރަކައަށް ވަންނަންޖެހޭކަމަކީ މިއީ!

  3. Anonymous

    ވަރަށް އުފާވެއްޖެ ފަސް އަހަރަށް ފަހު މުސްލިމުންގެ ފުރަތަމަ ފިލާވަޅު ކަމަށްވާ ތައުޙީދުގެ ތިން ބަޔަށް ފަނޑު ނަމަވެސް އައްޔެއް އަޅުވާލީތީ. މީގެ ކުރިން ދިވެހީން ވީ ތައުހީދު މި ބަސްވެސް ނާހާ ބައެއްގެ ގޮތުގައި. އުންމީދުކުރަނީ ދެން މިސްކިތްމިސްކިތާއި ކިޔަވައިދޭ މުޤައްރަރުތަކުގައިވެސް ތައުޙީދު ނުވަތަ ﷲ އެއްކައުވަންތަކުރުން މި މައުޟޫ ތަންކޮޅެއް ތަފްސީލުކޮށް ދިވެހީންނަށް އުނގަންނައިދެއްވާނެ ކަމަށް. މިކަމުގައި ދީނީ ޢިލްމުވެރިންގެ ހިއްސާ ވަރަށް ބޮޑު.
    މީގެ އިތުރަށް އުސޫލުއް ސަލާސާ ފަދަ އަޤީދާގެ ފޮތްތައްވެސް ތަފްސީރުކޮށްދޭން ޖެހޭ. ޚާއްސަކޮށް ރާއްޖެތެރޭގެ މިސްކިތްތައް އަދު ވެފައިވަނީ ހަމައެކަނި ވަގުތުވަނުމުން ބަންގިގޮވާލާފައި ނަމާދުކޮށްލާ މިސްކިތްތަކަކަށް.ދަރުހެއް ނަސޭހަތެއް ދެނީ ހާލަކުން ފަހަރަކު. އުންމީދުކުރަނީ ވެރިކަމުގެ ބާރުތަކާއި ރަށު ކައުންސިލްތަކުން އިސްލާމީ ޢަޤީދާގެ މައްޗަށް ދިވެހިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް. ދެދުނިޔޭގެ ސަލާމަތައް ޓަކައި.

  4. ޖާހިލިއްޔަ

    ދުނިއޭގެ އެއްމެ ކުށްމަދު ތަނަވަސް ދުޅަހެޔޮ އުފާވެރި ރައްޔަތުން ދިރިއުޅޭ އަދި އެބައެއްގެ އިލްމާ ޓެކްނޮލިޖީއަށް އެހެން އިންސާނުން ބަރޯސާވެ ދިރިއުޅެމުންދާ ގައުމުތަކުގަ އޮންނަނީ ކޮންކަހަލަ ޖީލެއް؟؟؟؟؟