އިންޑިއާ ސަރުކާރުން ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް އެދިވަޑައިގަތުމުގެ ހަފްތާއެއްހާ ދުވަސް ކުރިން 2019 ވަނަ އަހަރުގެ ރައްވެހިކަން އިސްލާހު ކުރުމުގެ ގާނޫނު (ސީއޭއޭ) ތަންފީޒު ކުރުމަށް ގަވާއިދުތައް އިއުލާންކޮށްފައެވެ.

ދީނުގެ މައްޗަށް ބިނާކޮށް (މުސްލިމުން ނުހިމަނައި) އަވަށްޓެރި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ރެފިއުޖީންނަށް ރައްވެހިކަމުގެ ހައްގުތައް ދޭ އެގާނޫނަކީ ތަފާތުކުރުމުގެ ހައްގުތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ދީނުގެ މައްޗަށް ބިނާކޮށް ރައްވެހިކަން ދިނުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ގާނޫނަކީ އިންޑިއާގެ ބައިނަލްއަގްވާމީ ގާނޫނީ ވާޖިބުތަކާ ހިލާފު ގާނޫނެއް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ ބުނެފައިއެވެ. އަދި ރައްވެހިކަން (އިސްލާހު) ބިލް، 2019 ގައި ހިމާޔަތްކޮށްފައިވަނީ ހަމައެކަނި އަވަށްޓެރި މުސްލިމް އަޣުލަބިއްޔަތު އޮންނަ އަފްޣާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން ގަވާއިދާ ހިލާފަށް އުޅޭ މުސްލިމުން ނޫން މީހުންގެ ހައްގުތައް އެކަނިކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ސީއޭއޭ އަކީ ޕާކިސްތާނާއި އަފްޣާނިސްތާނާއި ބަންގްލަދޭޝްގެ ދީނީ އަނިޔާތަކުން ފިލައިގެން ދިޔަ ހިންދޫންނާއި ސިކުން އަދި ކްރިސްޓިއަނުން ފަދަ އަނިޔާ ލިބޭ މީހުން ހިމާޔަތް ކުރާ ގާނޫނެއްކަމަށެވެ. އެމީހުން ބުނާ ގޮތުގައި މި ގާނޫނުން މި ޖަމާއަތްތަކަށް ރައްވެހިކަން ލިބިގެންދާނެކަމާއި އެއްވެސް މީހެއްގެ އަތުން ރައްވެހިކަން ނަގާފައި ނުވާނޭކަމަށެވެ.

މާޗް 11، 2024 ގައި އިންޑިއާ ސަރުކާރުން 2019 ވަނަ އަހަރު ފާސްކުރި ރައްވެހިކަން އިސްލާހުކުރުމުގެ ގާނޫނު (ސީއޭއޭ) ތަންފީޒުކުރުމުގެ އުސޫލުތައް އިއުލާންކުރިއިރު، މި ގާނޫނުގެ ސަބަބުން ޑިސެމްބަރު 31، 2014 ގެ ކުރިން އެގައުމަށް އައި އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ ޣައިރު މުސްލިމް ރެފިއުޖީންނަށް ރައްވެހިކަން ލިބުން އަވަސްވެގެންދެއެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތައް ހިމެނޭ ގޮތަށް ފާޑުކިޔާ މީހުން ސީއޭއޭ އަށް "އެންޓި މުސްލިމް" ގެ ނަން ކިޔަނީ މި ގާނޫނުގައި މުސްލިމް މުޖުތަމައުތައް ބާކީކުރުމުންނެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މުސްލިމުން ބާކީ ކުރުމުން ސީއޭއޭ އިން އިންޑިއާގެ ސެކިއުލަރ ގާނޫނު އަސާސީއާ ހިލާފުވެ، ދީނީ ތަފާތުކުރުންތައް ކުރިއަރުވައިފައިވާކަމަށެވެ. އެމީހުން ބިރުގަންނަނީ ސީއޭއޭ އާއި އެންއާރުސީ ގުޅިގެން މުސްލިމުން ބާކީކޮށް، ރައްވެހިކަމުގެ ދެ ދަރަޖައިގެ ނިޒާމެއް އުފެދިގެންދާނެތީއެވެ.

2014 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި މޯދީގެ ވެރިކަމުގައި މުސްލިމުންނާ މެދު އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެގައުމުގައި، އޭގެ ފަހުން މުސްލިމުންނާއި އެމީހުންގެ ދިރިއުޅުމަށް ދޭ ހަމަލާތައް އިތުރުވަމުން އަންނައިރު، އޭގެ ތެރޭގައި މުސްލިމުންގެ ގެދޮރާއި މުދަލައަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

މުސްލިމް ޖަމާއަތްތަކުން ބުނާ ގޮތުގައި މި ގާނޫނާއި ހުށަހަޅާފައިވާ ނޭޝަނަލް ރެޖިސްޓާ އޮފް ސިޓިޒަންސް (އެންއާރުސީ) ގުޅިގެން އިންޑިއާގެ 200 މިލިއަން މުސްލިމުންނާ މެދު ތަފާތު ކުރެވޭނެއެވެ.

މުސްލިމުންނާ ދެކޮޅު ކަމަށް ބުނާ ތުހުމަތުތައް ސަރުކާރުން ދޮގުކޮށް، އެ ގާނޫނު ދިފާއުކޮށް، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގައި ފިތުނަތަކާ ކުރިމަތިލާން ޖެހިފައިވާ މީހުނަށް އެހީތެރިވުމަށް އެ ގާނޫނު ބޭނުންވާނެ ކަމަށްބުނެއެވެ.

މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެދޭ ވާހަކަތައް ދައްކާ ރިޕޯޓްތައް ވެސް އެގައުމުގައި އިތުރުވެފައިވާއިރު، 2023 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކު ގާތްގަނޑަކަށް ދެ މުސްލިމުންނާ ދެކޮޅު ނަފްރަތު އުފެދޭ ވާހަކަތައް ދައްކާފައިވެއެވެ. ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ހަތަރު ހާދިސާގެ ތެރެއިން ތިން ހާދިސާ ހިނގާފައި ވަނީ ބީޖޭޕީގެ ވެރިކަން ކުރާ ސްޓޭޓްތަކުގައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ބީޖޭޕީ އާއި މޯދީއަށް މި ގާނޫނުގެ ސަބަބުން ކޮށްފާނެ އަސަރުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން މި ފިޔަވަޅާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދުކުރާ ހިންދޫ ފަރާތްތަކުގެ ތެރޭގައި ގައުމިއްޔަތުގެ ރޫހު ވަރުގަދަވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން އިގުތިމާއީ ހަމަނުޖެހުންތައް އިތުރުވުމުގެ ފުރުސަތު ވެސް ވަރަށް ގާތެވެ. އެގޮތުން ސީއޭއޭ އިން ފުޅާދާއިރާއެއްގައި މުޒާހަރާތަކާއި މުސްލިމުންނާމެދު ތަފާތުކުރުންތައް ހިންގާކަމުގެ ތުހުމަތުތައް ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި ދީނީ ފިތުނަތަކާއި ޖަމާޢަތުގެ އަނިޔާވެރިކަން އިތުރުވެ، އިޖުތިމާޢީ ހަމަޖެހުމަށް އަސަރު ފޯރާފާނެއެވެ.

މި ވަގުތު ސީއޭއޭއާ ދެކޮޅަށް ބައެއް ސްޓޭޓްތަކުގައި މުޒާހަރާތައް ފަށާފައިވާއިރު، އޭގެ ތެރޭގައި އާސާމް ހިމެނޭއިރު، 2019 ވަނަ އަހަރު އިރުއުތުރުގެ ސްޓޭޓުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ އިސްކޮށް ހަރަކާތްތެރިވި އޮލް އާސާމް ސްޓޫޑެންޓްސް ޔޫނިއަން (އޭއޭއެސްޔޫ) އިން ވަނީ އަންގާރަ ދުވަހު އެކަން ހުއްޓުމަށް ގޮވާލާފައެވެ.

ދެކުނުގެ ކެރެލާ ސްޓޭޓުގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ (މާކްސިސްޓް) ޕާޓީން ވަނީ ސްޓޭޓް ވައައިޑް މުޒާހަރާތަކަށް ގޮވާލައިފަ އެވެ.

"މި ގާނޫނަކީ ރައްޔިތުން ބައިބައިކޮށް، ޖަމާއަތުގެ ޝުއޫރުތައް އުފެއްދުމާއި ގާނޫނު އަސާސީގެ އަސާސީ އުސޫލުތައް ފުނޑުފުނޑުކޮށްލުން،" ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަން ވިދާޅުވިއެވެ.

އެގައުމުގައި 2019 ވަނަ އަހަރު ވަނީ އެ ގާނޫނާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ
ސީއޭއޭއަށް ފާޑުކިޔާ މީހުން ބުނަނީ އެއީ ބާކީކުރާ އަދި ދީނީ ގޮތުން ރައްޔިތުންނާ މެދު ތަފާތުކުރުން މަނާކުރާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ސެކިއުލަރ އުސޫލުތަކާ ހިލާފު ކަމެއްކަމަށެވެ. އަދި އަވަށްޓެރި މިޔަންމާގެ ރޮހިންޔާ މުސްލިމް ރެފިއުޖީންނަށް ވެސް އިންތިޒާމު ހަމަޖައްސާފައެއް ނުވެއެވެ. ރައްޔިތުންގެ ގައުމީ ދަފްތަރެއް ހުށަހަޅާފައިވާ ގޮތާ ގުޅިގެން ސީއޭއޭ ބޭނުން ކުރުމަކީ އެގައުމުގެ 200 މިލިއަން މުސްލިމުންނަށް ގޯނާ ކުރުމުގެ ގޮތެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.

އިންޑިއާގެ ބޯޑަރުތަކާ ކައިރީގައި ދިރިއުޅޭ މީހުން ހިމެނޭ ގޮތަށް ބައެއް އިންޑިއާ މީހުން ވެސް ކަންބޮޑުވަނީ އެ ގާނޫނު ތަންފީޒު ކުރުމުން ބިދޭސީން ގިނަވާނެތީއެވެ.

"ހަތަރު އަހަރު ތެރޭގައި އެތައް ފަހަރަކު އިތުރު ކުރުމަށް ފަހު، އިންތިޚާބު އިއުލާން ކުރުމުގެ ދެ ތިން ދުވަސް ކުރިން އެ ގާނޫނު ތަންފީޒު ކުރުމުން އޭގެން އެނގޭ ގޮތުގައި އެއީ ސިޔާސީ ސަބަބުތަކާ ހުރެ ކުރާ ކަމެއް،" އޮލް އިންޑިއާ ޓްރިނަމޯލް ކޮންގްރެސް ޕާޓީގެ ލީޑަރު މަމަތާ ބެނާޖީ ވިދާޅުވެފައިވެއެވެ.

އަދި އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ކޮމިއުނިކޭޝަން ހެޑް ޖައިރަމް ރަމޭޝް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި "ސީއޭއޭ އަށް ގަވާއިދުތައް އަންގަން ނަގާ ވަގުތަކީ ބޮޑުވަޒީރުގެ ފާޅުކަން ބޮޑު ދޮގުތަކުގެ އިތުރު ދައްކުވައިދިނުން" ކަމަށެވެ.

އޮލް އިންޑިޔާ މަޖްލިސް އިއްތިހާދުލް މުސްލިމީން ޕާޓީގެ ލީޑަރު އަސަދުއްދީން އޮވައިސީ ވަނީ މި ފިޔަވަޅު އެޅުނު ވަގުތާ މެދު ސުވާލު އުފައްދަވާފަ އެވެ. "ސީއޭއޭ އަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށްގެން އުފައްދާ އެއްޗެއް، އެއީ އެހެން ބޭނުމެއް އޮވެގެން ކުރާ ކަމެއް ނޫން،" އެކްސް (ކުރިން ޓްވިޓާ) ގައި އޭނާ ލިޔެފައިވެއެވެ.

އެ ގާނޫނަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުގެ ފާޑުކިޔުންތައް އަމާޒުވެ، އިންޑިއާއިން ސެކިއުލަރިޒަމަށް ކުރާ ވައުދުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މިއީ ދުނިޔޭގެ މައިދާނުގައި އިންޑިއާގެ ތަޞައްވުރު ފުނޑުފުނޑުކޮށްލާނެކަމެކެވެ. އަދި އިޤްތިޞާދީ ނުވަތަ ޑިޕްލޮމެޓިކް ގޮތުން ކުރިމަތިވެދާނެ އަސަރުތަކަށް މަގުފަހިވެގެންދާނެއެވެ.

މޯދީގެ ކަނާތު އަތުގެ މީހެއްގެ ގޮތުގައި ބެލެވޭ ހޯމް މިނިސްޓަރު އަމިތު ޝާހު ސިފަކުރެއްވީ ބަންގްލަދޭޝްގެ އިމިގްރޭޝަންތަކަކީ "ޓާމިޓްސް" އާއި "އިންފިލްޓްރޭޓަރުން" ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއްކަމަށެވެ. އަދި އިންޑިއާގައި ހިޔާވަހިކަން ހޯދަމުންދާ ރޮހިންޔާ ރެފިއުޖީން އެއްލާލާނެ ކަމުގެ އިންޒާރު ވެސް ބީޖޭޕީން ވަނީދީފައެވެ.

ބީޖޭޕީއިން އެ ގާނޫނު މިހާތަނަށް ތަންފީޒު ނުކުރެވުނީ ކީއްވެގެންކަން ބުނަން ދެކޮޅު ހެދި ނަމަވެސް ސީއޭއޭއާއި ދެކޮޅު މުޒާހަރާތަކާ ގާތް ގުޅުމެއް އޮންނަ އިޖުތިމާއީ އެކްޓިވިސްޓެއް ކަމަށްވާ ޝާހީން ކައުސަރ ވިދާޅުވީ ސަރުކާރުގެ ނިޔަތަކީ ފެށުނީއްސުރެ ނަޒާހަތްތެރިވުން ނޫންކަމަށެވެ.

“މި ހުރިހާ ކަމަކީވެސް އެމީހުންގެ މަސްލަހަތަށް ގެއްލުން ލިބިދާނެ މައްސަލަތަކުން އެއްކިބާކުރުމުގެ އުކުޅުތަކެއް. މިފަދަ ޤާނޫނުތައް ގެންނަނީ ދެކޮޅުވެރިކަމާއި ޚިޔާލުތަފާތުވުމުގެ އަޑުތައް ނަގާލެވޭނެ ގޮތަކަށެވެ. ސަރުކާރުން ރެފިއުޖީންނަށް އެހާ ބޮޑަށް އަޅާލި ނަމަ ކީއްވެގެންތޯ މިހާތަނަށް ޤާނޫނު ތަންފީޒު ނުކުރެވެނީ؟” ކައުސަރު ވިދާޅުވިއެވެ.

މި ހުށަހަޅާފައިވާ ގާނޫނު ބައިނަލްއަގްވާމީ ގޮތުން ކުށްވެރިކޮށްފައިވާއިރު، އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލީޖިއަސް ފްރީޑަމް އިން ބުނެފައި ވަނީ އެ ބިލް ފާސްވެއްޖެނަމަ އެމެރިކާ ސަރުކާރުން "ހޯމް މިނިސްޓަރާއި އެހެނިހެން ލީޑަޝިޕާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަން ޖެހޭނެ" ކަމަށެވެ.

އަދި ހުށަހަޅާފައިވާ ގާނޫނަކީ އިންޓަނޭޝަނަލް ކޮވެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) އާއި އިންސާނީ ހައްގުތަކާ ބެހޭ އެހެން މުއާހަދާތަކުގައިވާ ގޮތަށް ނަސްލާއި ކުލައާއި ނަސްލުގެ ނުވަތަ ގައުމީ ނުވަތަ ނަސްލީ އަސްލެއްގެ މައްޗަށް ބިނާކޮށް ރައްވެހިކަމުން މަހުރޫމްވުން ހުއްޓުވުމަށް އިންޑިއާގެ ބައިނަލްއަގްވާމީ ވާޖިބުތަކާ ހިލާފު ގާނޫނެކަމަށެވެ. ޤައުމީ ނުވަތަ ނަސްލީ، ދީނީ އަދި ބަހުގެ މައިނޯރިޓީތަކަށް ނިސްބަތްވާ މީހުންގެ ހައްޤުތަކާބެހޭ އިޢުލާނުގައި ޤައުމުތަކުގެ ސަރަޙައްދުތަކުގެ ތެރޭގައި ދީނީ މައިނޯރިޓީތަކުގެ ވުޖޫދާއި އައިޑެންޓިޓީ ރައްކާތެރިކުރުމާއި، މި މަޤްޞަދު ޙާޞިލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ވާޖިބު ކަނޑައަޅާފައިވެއެވެ. ދީނީ މައިނޯރިޓީތައް ހިމެނޭ ގޮތަށް މައިނޯރިޓީ ގްރޫޕްތަކަށް ނިސްބަތްވާ މީހުންނަށް ތަފާތުކުރުމެއް ނެތި އަދި ގާނޫނުގެ ކުރިމަތީގައި ފުރިހަމަ ހަމަހަމަކަމާއެކު އިންސާނީ ހައްގުތައް ބޭނުންކުރެވޭނެ ގޮތް ސަރުކާރުތަކުން ކަށަވަރުކުރަން ޖެހެއެވެ.

އިންޑިއާ ސަރުކާރުން މިދަނީ އެތައް މިލިއަން މުސްލިމު ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ރައްވެހިކަން ހޯދުމުގެ އަސާސީ ހައްގު ނަގާލުމަށް ގާނޫނީ ބިންގަލެއް އުފައްދަމުންނެވެ.އަދި ސީއޭއޭ ތަންފީޒު ކުރުމަކީ ކުރިއަށް އޮތް އިންޑިއާގެ އިންތިހާބަށް އުނިއިތުރުތަކެއް ވައްނާނެކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަޖަމް

    މިގައުމުގަ ވެރިކަމަށް އަންނަ ކޮންމެ މީހަކު އެންމެ ފުރަތަ އިސްލާމްދީނުގެ ވާހަކަ ދައްކާއިރު މޮޑީ ހިންދޫން ރުހޭކަންކަން ކުރުމަކީ ހައިރާންވާކަމެއްނޫން

    8
    7
    • ޢަހު

      ހީވަނީ ލާދީނީ ކޮމެންޓެއްހެން

      8
      4
    • ހަޖަމޭ

      އިންޑިއާއަކީ ސެކިއުލަރ ގައުމެއް. ރާއްޖެމީ އިސްލާމީގައުމެއް

  2. އަޑުބަރޭ

    ހަޖަމް ބްރޯ ހިންދީން ރުހޭކަންކަން ނުކޮށްގެންނެއް ނޫން މިއުޅޭނީ އިންޓަނޭޝަނަލް ޤާނޫނުތަކާއި ދެކޮޅަށް މުސްލިމުންނަށް ތަފާތުކުރާތީ މިއުޅެނީ ސެކިއުލަރ ޤައުމެއްގައި ވަކި ދީނަކަށް ވަކިގޮތެއް ހަނދަންޏާ އެނއެނގިގެންދަނީ ވަކި ދީނަކާ ޖައްސަލައިގެންނޭ އެއުޅެނީ...ހިތުން މޮޅެތި ކޮމެންޓް ތި ކުރަނީ

  3. އަޑުބަރޭ

    ހަޖަމް ބްރޯ ...ހިންދީން ރުހޭކަންކަން ނުކޮށްގެންނެއް ނޫން މިއުޅޭނީ އިންޓަނޭޝަނަލް ޤާނޫނުތަކާއި ދެކޮޅަށް މުސްލިމުންނަށް ތަފާތުކުރާތީ މިއުޅެނީ ސެކިއުލަރ ޤައުމެއްގައި ވަކި ދީނަކަށް ވަކިގޮތެއް ހަނދަންޏާ އެނއެނގިގެންދަނީ ވަކި ދީނަކާ ޖައްސަލައިގެންނޭ އެއުޅެނީ...ހިތުން މޮޅެތި ކޮމެންޓް ތި ކުރަނީ