ސްކޫލުތަކުގައި ތައުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން، އެއީ އެމްޑީޕީގެ ޒަމާންވީ ވައުދެއްވެސްމެއެވެ. ދެ ވަށް ދޮންކޭލާއި ކިރު ތައްޓެއް ދިނުމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވިއްކެވި އެޖެންޑާ އެކެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އަޑަށް ބާރު ލައްވާފައި ދައްކަވަމުން ދިޔަ އެއް ވާހަކަފުޅަކީ، މިއީއެވެ. ސްކޫލުތަކުގައި ތައުލީމު ޙާޞިލު ކުރަމުންދާ "ހުރިހާ" ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ދޮންކޭލާއި ކިރު ތަށި ދިނުމެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ ދުވަހުވެސް މިކަމުގެ އަޑު ގަދަ ކުރެއްވިއެވެ. އެހެންނަމަވެސް، ވެރިކަމަށް ހަފްތާއެއްވެސް ނުވަނީސް، ވަޢުދުގެ އަމާޒު ބަދަލުވެގެން ދިޔައެވެ.
2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅުން ހުރި ކަންކަމާ ގުޅިގެން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޟިރު ކުރެއްވުމުން ވިދާޅުވެފައިވަނީ ހެނދުނުގެ ނާސްތާ ދޭން ނިންމާފައިވަނީ ހަމައެކަނި އެކަމުގެ ކެރި ފޯރުންތެރިކަން ނެތް އާއިލާތަކުގެ ކުދިންނަށް އެކަނި ކަމުގައެވެ.
ރަނގަޅު ކަމެކެވެ. މުޖުތަމަޢުގައި ހަވާސާ ވެފައިވާ ފަރާތްތަކާއި، ކެރި ފޯރުންތެރިކަން ނެތް ފަރާތްތަކަށް ސަރުކާރާއި ދައުލަތުން އަޅާލަން ޖެހޭނެއެވެ. އެކަން ކުޑަކުރަން އެދެވޭ ފިޔަވަޅުތައްވެސް އަޅަން ޖެހޭނެއެވެ. އެހެންނަމަވެސް، އެކަންކަން ވެގެންވާންވާނީ، އަނެއްކާވެސް އެފަދަ ތަފާތު ކުރުންތަކާއި، ހަވާސާ ކުރުންތަކަށް މަގު ކޮށައިދޭ ކަންކަމަށް ނޫނެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ކެރި ފޯރުންތެރިކަން ނެތް އާއިލާތަކުގެ ކުދިންނަށް ނާސްތާ ދިނުމަށް ނިންމާފައިވަނީ ސްކޫލުތަކުގެ ކެންޓީނުގައި ނުވަތަ ކުލާސް ރޫމުތަކުގައިކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބައެއް ސްކޫލުތައް ނުވަތަ ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ކެންޓީން ނުވަތަ ކެފިޓީރިޔާ ހެދިފައި ނުވެއެވެ. ހަމައެހެންމެ، ކެއިން ބުއިމަށް ވަކި ޚާއްޞަ ތަންތަން، ސްކޫލުތަކުގައި ކަނޑައެޅިފައި ނުވެއެވެ. މާލެއަށް އެއީ ބޭނުންތެރި ކަންކަން ކަމުގައިވިޔަސް، އަތޮޅުތެރޭގެ ބައެއް ސަރަޙައްދުތަކަށް އެއީ މާ ބޭނުންތެރި ކަމެއްގެ ގޮތުގައި ނުފެނެއެވެ.
މައްސަލަ އުފެދެނީ ކުލާސް ރޫމުތަކުގައި ނާސްތާ ދޭ ހިސާބުންނެވެ. ތަފާތުކުރުންތަކަށް ދޮރު ހުޅުވިގެން ދަނީ މި ހިސާބުންނެވެ. އެއް ކުލާހުގެ ތެރޭގައި އެކި ފަންތީގެ އެކި ގިންތީގެ އެކި މިންތީގެ ކުދިން ތިބޭނެއެވެ. އެހެންނަމަވެސް، ސްކޫލަށް އެކުދިން ދަނީ އެއް ޔުނީފޯމެއް އަޅައިގެން، އެއް ބައެއްގެ ގޮތުގައެވެ. އެއް ފަންތީގެ ބައެއްގެ ގޮތުގައެވެ. މިފަދައިން ސްކޫލަށް ދާއިރު، ކުލާހުގެ ތެރޭގައި ތިބި ދެރަ ނިކަމެތި އާއިލާތަކުގެ ކުދިން ވަކިން ފާހަގަ ވާނޭފަދައިން އެކުދިންނަށް ވަކިން ނާސްތާ ދިނުމަކީ އެކުދިންގެ ދެރަ ނިކަމެތިކަން ވަކިން ފާހަގަ ވާނޭ ކަމެކެވެ.
ބައެއް ކުލާސްތަކުގައި، މި ކެޓަގަރީ އަށް ފެތެނީ އެންމެ ކުއްޖެއް ކަމަށް ވެދާނެއެވެ. އެހެންކަމަށްވާނަމަ، އެކަމުގެ ސަބަބުން އެކުއްޖާ އަށް ކޮށްފާނޭ އަސަރަކާމެދު ވިސްނާލަން ޖެހެއެވެ. އެހެންނޫންނަމަ، ކުލާހެއްގެ ތެރޭގައި ތިބި ވަކި ކުދިންތަކެއް ސަރުކާރުން ދޭ ނާސްތާ ނަގާފައި، ވަކި ކުދިންތަކެއް ނާސްތާ ނުނަގާކަމުގައިވާނަމަ، އެއް ކުލާހުގެ ތެރޭގައި ވަކި ވަކި ސަބް ގްރޫޕުތަކެއް އުފެދުމަކީ މެދުވެރި ވެދާނެ ކަމެކެވެ. އެކަމުގެ ސަބަބުން މަގު ހުޅުވިގެން ދަނީ ބައިބައިވުމަށެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާކަމުގައިވާނަމަ، މުދައްރިސުންގެ ދުވަސް ނުވަތަ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ ކުއްޖަކުވެސް އެދުވަހު މުދައްރިސަށް ހަދިޔާއެއް ގެންދިއުމަކީ ހުރިހާ ސްކޫލެއްގައިހެން ކުރަމުން އައި ކަމެކެވެ. އެހެންނަމަވެސް، ރާއްޖޭގެ ގިނަ އަދަދެއްގެ ސްކޫލުތަކެއްގެ މެނޭޖްމަންޓަށް އެކަން ހުއްޓާލަން ޖެހުނީ، އެކަމުގެ ސަބަބުން ކެރި ފޯރުންތެރި ކުދިންނާއި، އެފަދަ ތަނަވަސްކަމެއް ނެތް ކުދިން ވަކިން ފާހަގަވަމުންދާތީއެވެ. އަދި، އެކަމުގެ ސަބަބުން ކެރި ފޯރުންތެރިކަން ނެތް މީހުންގެ ދަރިންނަށް އެތައް ގޮތަކުން އަސަރު ކުރާތީއެވެ.
ހަމައެހެންމެ، އެއް ކުލައިގެ، އެއް ވައްތަރުގެ ޔުނީފޯމު ލައިގެން ސްކޫލަށް ދާ ގޮތަށް ހަމަޖައްސާފައިވަނީ ސްކޫލަށް ދާ ދަރިވަރުންނަކީ އެއް ފަންތިއެއްގެ، އެއް ބައެއްކަން ދައްކައިދިނުމަށެވެ. ކުދިންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތް ކަމުގައި ދައްކައިދިނުމެވެ. އެހެންނަމަވެސް، ސަރުކާރުގެ މި އަމާޒުގެ ސަބަބުން މި އަމާޒަށް ވާސިލުވުމަކީ ދަތިކަމެއްކަމަށްވެސް ވެދާނެއެވެ.
"ސްކޫލަށް ދާއިރު އެއް ވައްތަރުގެ ޔުނީފޯމް ލައްވަނީ ޔުނިފޯމިޓީ އެއް، އެއްގޮތް ކަމެއް ގެންގުޅުމަށް. އެކަމަކު ނިކަމެތި ކުދިންނަށް ކުލާސް ތެރޭގައި ނާސްތާ ދޭނަމަ މި ޔުނިފޯމިޓީ އެއް ނުފެންނާނެ." ރާއްޖޭގެ ސްކޫލެއްގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޓީޗަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެހެންކަމުން، ސްކޫލުގެ ތެރޭގައި ނުވަތަ ކުލާހުގެ ތެރޭގައި ނިކަމެތިންނަކީ ކޮން ބައެއްކަން ވަކިން ފާހަގަވާ ކަންތައްތަކެއް ކުރުމަކީ، ގިނަ މައްސަލަތަކެއް ކުރިމަތިވެދާނޭ ކަމެކެވެ.
މިކަން މިގޮތަށް ބަޔާން ކުރުމުން ބައެއް ފަރާތްތަކުން ކޮށްފާނޭ ސުވާލަކީ، ކުދި ރަށްރަށުގެ ކުދި ސްކޫލުތަކުގައި، ކުލާހުގައި ތިބޭ އެއް ކުއްޖަކަށް އަނެއް ކުއްޖެއްގެ ހާލަތު އެނގޭ ކަމެވެ. އެއް ކުއްޖަކަށް، އަނެއް ކުއްޖެއްގެ އާއިލާގެ ތަނަވަސްކަން ހުރި މިންވަރު އެނގޭ ކަމެވެ. ކުދިންނަށް މިފަދަ ކަންކަން އެނގުނުކަމުގައިވިޔަސް، މިކަން ކަން ވަކިން ފާހަގަވާ ކަންކަން، ސްކޫލު ފަދަ ކުދިންގެ މުސްތަޤުބަލުގެ ބިންގާ އަޅާ މުއައްސަސާއެއްގައި ކުރުމަކީ އެންމެ އެދެވޭ ގޮތްކަމަކަށް ނުބެލެވެއެވެ.
އެހެންކަމުން، ކަންކަމުގައި ސިޔާސަތުތައް ކަނޑައަޅަން ތިބޭ ފަރާތްތަކުންވެސް އަވަސް އަރުވާލުމުގެ ބަދަލުގައި، ކަންކަމަށް ވިސްނަން ޖެހެއެވެ. އެކި ނަޒަރިއްޔާތުތަކަށް ވިސްނަން ޖެހެއެވެ. އެހެންނޫންނަމަ، އެތައް ޚަރަދެއް ކޮށްގެން، ބަޖެޓުގައި އެތައް މިލިޔަން ރުފިޔާ އެއް ޖަހައިގެން ކުރަން ފަށާ ކަންކަން "ޗޮކުން" ދިއުމަކީ ނުވާނޭ ކަންކަމެއް ނޫނެވެ. މާޒީގެ ޞަފުހާތައް އުކާ ބަލާއިރު، މިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގި ހާމަވެއެވެ.
ދައްކާވާހަކަ ދިމާކުރަންޖެހެ.
ކުރިން ހުރިހާ ކުދިންނަށް ދިނުމަށް ވިދާޅުވި ކިރުތައްޓަކާއި 2 ވައް ދޮންކެޔޮ މިހާރު މިވަނީ ފޯރުންތެރިކަން ކުދި ޢާއިލާތަކުގެ ކުދިންނަށް ދޭގޮތަށް ބަދަލުވެފައެެވެ. ދެން މިގޮތަށް ކުޑަކުރަމުން ގޮސް އެއްވެސް އެއްޗެއް ނުދޭގޮތަށްވެސް ހަމަޖައްސާނެއެވެ. މިހާރު މިކަންމިވަނީ ކަދުރު ރުކަށް އެރިމީހާގެ ނަދުރަށެވެ.
ކުރަން އުނދަގޫ މިކަހަލަ ކަންތައް ކުރަން ނޫޅެބަލަ. މިކަން ކުރާނަމަ ކުރަން ރަގަޅީ ހުރިހާ ކުދިންނަށް އިންޓަވަލް ގަޑީގެ ނާސްރާއެއް ދިނުން. ޢެކަމަކު ކިހިނެއް މުޚިރައްޖޭގެ ހުރިހާ ކުދިންނަށް ދޮންކެޔޮ ހޯދާނީ. ޙުރޮހާ ރަށަކަށް ކޮހިނެއް މިކަން ކުރާނީ. ޢިމްޕޯރޓް ކުރާ ދުބާއީ ދޮނކެޔޮވަކެއްގ އަގު އުޅެބީ 12 ރ. ޢިންޑިޔާ ވަކެއް 4 ރ. ޜާއްޖޭގެ ވަެްް 4 ނުވަތަ 5 ރ. ޢަނެއްކާ
މަޢުސޫމް ކުޑަކުދިންތަކަށް ފޯރުކޮށްދޭ އެއްޗެއްގައި ތިކަހަލަ ތަފާތުކުރުމެއް ގެންގުޅެން ހިތުލީ މީހަކީވެސް ތާކުންތާކު ނުޖެހޭ މީހެއް. ފިނޭންސް މިނިސްޓަރުގެ މަޤްސަދު ޙާސިލްކުރަން ތިައްވުރެ މާރަގަޅު، އެކަމުން ދަޢުލަތުގެ ބަޖެޓަށް އެހިވެދޭނެ ސަބްސިޑީތައް މިހާރުވެސް ސަރުކާރުން އެބަދޭ. މިސާލަކަށް 5000 ރ ގެ އެލަވަން ރިސޯޓު އޯނަރުންނަށްވެސް، މާލޭގެ ބިންވެރިންނާއި ވިޔަފާރިވެރިންނަށްވެސް ދަނީ ދެމުން. މިކަހަލަ ކަންކަމުން ފެށީމަ މަޤްސަދު ހާސިލްވާނީ.
ތި ނާސްތާ ބިޑުކޮށްގެން އެމްޑީޕީގެ އެކްޓިވިސްޓުން މިހާރުވެސް އެބަ އުުޅޭ! ތިއީ ކޮންމެހެން ކުދިންނަށް ނާސްތާ ދިނުމަށް ރޭވި ޕްރޮގްރާމެއްނޫން! ލާރިގަނޑެއް ކާލާނެގޮތެއް ހަދާފައި ތި އޮތީ!
ރަނގަޅު ވާހަކައެއް!!! ކުޑަކުދިންގެ މިޒާޖު ނުދަންނަ *** ކަންކަން ކުރަންޏާ މިޒާތުގެ ކިތަންމެ މައްސަލައެއް އުފެދޭނެ... އަނގަ އޮތީމަ ވަޢްދު ވަނީ... ކަން އޮތް ގޮތެއް ކުޑަކޮށްވެސް ބަލާލުމެއް ނެތް.. ސަލާމް
ވަރަށް ރަގަޅު ވާހަކައެއް... ވެރިން މިކަމާ ވިސްނުމަށް ގޮވާލަން..
އާސަންދަ ލިބޭގާސިމްސޭޓް، ޗަމްޕާ، ކޮލިމޮހޮދޭއަށްވެސް އަސްލު ރައްޔިތުންވެސް ކެޓެގަރައިޒްވަންޖެހޭ! ނިކަމެތިން، މެދުފަންތި، ފޯރުންތެރިން، މުއްސަދިން، މަހާމުއްސަދިން ނަމަވެސް ކުޑަކުދިންނަށް ސްކޫލުަގައި ދޭއެއްޗެއް ދޭންވާނެ ހުރިހާކުދިންނަށް، ސަބަބަކީ އެންމެން ތިޔަދޮންކެޔޮވަކާއި ކިރުތަށި ހޯދަން ރަޖިސްޓްރީ ނުވާނެތީ، އެއްބައި ކުދިންނަށް ލިބިފައި އަނެއްބައި ކުދިންނަށް ނުލިބެންޏާ ކުޑަކުދިންނަށް އޭގެނުބައިއަސަރު ކުރާނެތީ،
މިސަރުކާރުން ކުރާނީހެޔޮވެރިކަން ހެދިކޮންމެގޮތެއްރުހިގެން ތިބެއަތްޖަހާ
މިރާއްޖެއާ ގުޅޭ ކަމެއްނޫން ތި ކިރުތައްޓާ ދޮންކެޔޮވަކަކީ. ތީ އިންޑިއާގެ ފަގީރު ހިސާބު އަވަށްތަކުގަ ކުރާކަމެއް. ތި ގޮތަށް ކިރާ ދޮންކޭލާ ދެންޏާ ދޭންޖެހޭނީ ކުދިން ކުލާހަށް ހާޒިރުވީމަ ހުދުގަމީސްލާފަ ތިބޭ ވޭޓަރުން އެ ސާރވް ކުރާގޮތަށް. އެއީ މިޤައުމުގެ ފެންވަރަކީ.
ތިކަންދާނީ އަނގޮޅިތީމު އަލީސޮރުގެ ނަދުރަށް.
ތިޔަ ކިރުތަށި ބޮއިގެން ކުދިންގެ ތޫނު ފިލިކަން ކެނޑޭނީހެން ހީވަނީ
ތިޔައީ ވާނެކަމެއްބާ! ރާއްޖޭގެ ހުރިހާސްކޫލް ކުދިންނަށް ކިރުތަށި! މިސްމިސް ނުވެވޭވަރުގެ ކަންތަށް ކުރަން ނަދުރު ބުނެ ވެރިކަން ހޯދީމަ ވާނެ އެތި ތިޔައޮތީ ވެފަ!
އިބޫ ހިއްޕުޅާވެއްޖެ!
މުސްކުޅިންނަށް ކިރުތަށި ދޭން ބުނިނަމަދޯ
ތިޔަ ކިރުތަށިބޯނީ ރީކޯ މޫސާމަނިކުމެން! މިހާރުވެސް އެއޮއްކުރާކަމެއް
އިބޫ ޞާލިހުގެ ބޮލަށް ބަރުބޮޑުވެއްޖެ
ވީ ވައުދުތަކުގެ ސަބަބުން ޤަޢުމު އިނަދަ ޖެހެއްޖެ
ބަހާ އަމަލާ ދިމާ ނުވާ. ދެން ހުރި ވައުދު ތައްވެސް ދާނީ ތިކަހަލަ ގޮތަކަށް. މަގޭގާތައް އަންނަނީ ހިނި ދެން ލަ ލަ ލާ
ﷲގެ ރަޙްމަތްފުޅުން ރާއްޖެއަކު ތިޔަވިދާޅުވާކަހަލަ ނިކަމެތި ކުދިންނެއް މިވަގުތަކުނެތް.ހުރިހާކުދިންވެސް ހަމަހަމަ.ބައެއްފަހަރު ނިކަމެތިކަމަށް ހީކުރެވޭކުއްޖާގެ ޙަޤީޤަތް އެނގޭއިރު ކަމެތިކަމަށް ބެލެވޭކުދިންނަށްވުރެ ކެއިންބުއިން ރަނގަޅު ކަންވެސް ފާހަނގަވެފަ އެބަހުރި.ވީމާ، ނާސްތާ ދޭނަމަ ދޭންވާނީ ހުރިހާކުދިންނަށްކަމަށްފެނޭ.އެހެންނޫނީ ތަފާތުކުރުން ކަމަށްބެލެވޭނީ. ސްކޫލް ޔުނީފޯރމަކީވެސް ހަމަހަމަ ކުރުމަށް ތަޢާރަފު ކުރެވުނު އެއްޗެއް.
އެގޭ ބޭފުޅަކު ހުރިއްޔާ އަޅުގަނޑަށް ބުނެލަދީބަލަ އަނގޮޅިތީމް ޢަލީސޮރު ބުނި ނަދުރަކީ ކޮންނަދުރެއްތަ އަދި އަލަށް އެޑުއެހީ ބުނެލަދީބަލަ ޕުލީސް
އިންޑިޔާގެ ޔަތީމުޚާނާތަކަށް ސިޔާސީ މީހުން އައިސް ވައުދުވާކަހަލަ ވައުދު ދިވެހިންނަށް ވާނެކަމެއް ނެތް. ގައުމު ކުރިއަރުވަން ވިސްނަވާ!
ހަމަ ބެޔަސްނުބެޔަސް ވައުދު ފުރަތަމަ ބުނީ ހުރިހާކުދިން މިހާރު. ރާގު ބަދަލް
ކިރުތަށި ނިކަމެތިވެ ބާރުކެނޑެން ފަށައިފި.ނަޝީދު ވަރިކަމަށް އަންނަަން ފޫގަޅައިފި.
މިކަމުގައި މަށަކަށްނޭނގޭ ބުނާނެ އެއްވެސް އެއްޗެއް.
ކިރުތަށީގެ ހޫނުކަން ކެނޑިއްޖެ. ދޮންކެޔޮވަށް ބިންމަށްޗަށް ވެއްޓި ޗަސްވެއްޖެ. ދެން ވެރިކަމަށް ވާނެ ގޮތް ބަލަންތިބޭ
ކޮންމެހެން ބޭނުންވާ ކުދިންނަށް ނާސްތާ ދޭން ފެނޭ... މުއްސަނދިންގެ ދަރިންނަށް ތޮޔަ ދިއްކޮށްލާއިރަށް ކޮށްލާނީ މަލާމަތް... ހަމަ ފުދުންތެރިކަން ނެތް އާއިލާތަކަށް ދީ