ލ.ފޮނަދޫން، އެ އަތޮޅު މާމެންދު އަށް ކުޑަ ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލައި އައިމިނަތު ޝިމާ، ގެއްލުނުތާ މިމަހުގެ 22 ވަނަ ދުވަހަށް އެއް މަސް ދުވަސް ފުރިހަމަ ވީއެވެ. އޭނާ ހޯދަން ސަލާމަތީ ބާރުތަކުންނާއި އާއްމު ރައްޔިތުން ފެށި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ޝިމާ އާއި އެކު ޑިންގީގައި ދެން ދަތުރު ކުރި އިބްރާހިމް ފަޒީލްގެ މައްޗަށް އެތައް ބަޔަކު އެތައް ތުހުމަތެއް ދަނީ ކުރަމުންނެވެ. ނަމަވެސް ފުލުހުން ވެސް އަދި ސަރުކާރުގެ ވެރިއަކު ވެސް ޝިމާގެ މައްސަލައިގައި ކަންބޮޑުވެގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަހްމަދު ރިލްވާން ނަމަކަށް ކިޔާ ނޫސްވެރިޔަކު ގެއްލިގެން ރިޕޯޓް ކުރުމުން ވެސް އޭރުގެ ސަރުކާރުން އެކަމާ އެކަށީގެންވާ ގޮތެއްގައި އަޅައިނުލި ކަމަށް ވިދާޅުވެ އަޑުއުފުލި ބޭފުޅުން މިހާރު ތިއްބެވީ ސަރުކާރުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އޭގެތެރޭގައި ހިމެނެއެވެ.
ޝިމާ އަކީ ނޫސްވެރިއެއް ނޫނެވެ. އޭނާގެ ދިފާޢުގައި އަޑުއުފުލާ، މީޑިއާތަކަށް ދުވާލަކު ދެއިރަށް މައުލޫމާތުދީ، މުޒާހަރާތައް އިންތިޒާމްކޮށް، ބައިނަލްއަޤްވާމީ ސަމާލުކަމަށް އެކަން ގެންނާނެ މީހަކު ނުވަތަ ބަޔަކު ނެތެވެ. ނަމަވެސް އޭގެ މާނައަކީ ޝިމާގެ ޙައްޤުތައް މަތިން ހަނދާން ނައްތާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިފައި އޮންނަން ވާނެއެކޭ ނޫނެވެ.
ރިލްވާން ގެއްލުނު ހާދިސާ ރިޕޯޓް ކުރި ފަހުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނާއި ބައްދަލު ކުރި ފުރަތަމަ ފަހަރު ރިލްވާން ހޯދަން ފުލުހުން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ގޮތުންނާއި ވިދާޅުވި ރާގުން ވެސް އެކަން މައްސަލައަކަށް ވިއެވެ.
މިއަދު ޝިމާ ގެއްލުނުތާ މަހަކާއި ތިން ދުވަސް ފުރިހަމަ ވާން ދާއިރު ޝިމާ ގެއްލުނު ހާދިސާ އާއި ގުޅިގެން ރައީސް ޞާލިހް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ޝިމާ ހޯދުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަންދޭ މިންވަރު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވިދާޅުވުން އެއީ އެބޭފުޅުން ކުރިން ކަންތައްތައް މިނެކިރި މިންގަނޑުން ބަލާނަމަ ކުރައްވަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެކަމެއް ރައީސުލްޖުމްހޫރިއްޔާ ނުކުރެއްވެވިއެވެ.
ރިލްވާން ގެއްލުނު ހާދިސާގެ މަތިން ހަނދާންކޮށް، އޭނާ އަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދާދިފަހުން އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަންގައި ވެސް ދެއްވާފައެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ގެއްލިފައިވާ ރާއްޖޭގެ މަގާމު އަލުން ހޯއްދަވައި ދެއްވި ވަޒީރުގެ މެޑެލް ޖައްސަވައިގެން ޝާހިދު ހުންނެވިއިރު ޝިމާ ހޯދަން ބައިނަލްއަޤުވާމީ އެހީއަށް އެދިވަޑައިނުގަންނަވަނީ ކީއްވެހެއްޔެވެ؟ ޝިމާގެ އާއިލާ އަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމާއި ކަށަވަރުކަން ދެއްވަން ޝާހިދަށް ކެރިވަޑައިނުގަންނަވަނީ ކީއްވެހެއްޔެވެ؟
ޝިމާ ގެއްލުނުތަނާއި، ގެއްލުނު ގޮތާއި، ޑިންގީގައި ދެން ދަތުރު ކުރި މީހާ އާއި، އޭނާ ދައްކާ ވާހަކަތަކަށް ބަލާފައި ހާދިސާ އާއި ގުޅޭ ގޮތުން އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ސުވާލު އުފައްދާ މީހުންގެ ކޮންމެ ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ދިނުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ޝިމާގެ ހާދިސާ ކިތަންމެ ބޮޑު ނަމަވެސް ފުލުހުންނަށް މިމައްސަލަ ބޮޑުވެގެން އުޅޭ މަންޒަރެއް ނުފެނެއެވެ.
"މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށް" ކަމަށް ވިދާޅުވުން ފިޔަވައި ފުލުހުން ދެއްވާނެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުންގެ އަތުގައި ނެތެވެ. ހާދިސާގެ ތަޙްޤީޤަށް މަސްދުވަސް ވެގެން ދިޔައިރު ފުލުހުންނަށް ހޯދުނު އެއްވެސް އެއްޗެއް ނެތީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ފުލުހުންގެ ތަޙްޤީޤަށް އެހެން ފަރާތްތަކެއްގެ އެހީ ހޯދަން ނުޖެހޭ ހެއްޔެވެ؟ ވަކި ބައެއްގެ މައްސަލަ ފުލުހުންނަށް ހާއްސަވެފައި، ނިކަމެތި އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ހާއްސަ ނުވާންވީ ކީއްވެ ހެއްޔެވެ؟ އިންސާފާއި ހަމަހަމަކަމަކީ މިއީ ހެއްޔެވެ؟
ނުރައްކާތެރި ހާދިސާތައް ދުނިޔޭގެ ކޮންމެތަނެއްގައި ވެސް ހިނގައެވެ. އެފަދަ ކޮންމެ ހާދިސާއެއްގެ އެންމެ ފުނަށް ފީނައި ހަޤީޤަތް ހޯދުމަކީ އެއްވެސް ތަންފީޒީ އިދާރާއަކަށް ސައްތައިން ސައްތަ ކާމިޔާބު ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް މަސައްކަތް ކުރުމަކީ ކޮންމެ އިދާރާ އަކުން ވެސް ކުރަން ޖެހޭ ކަމެކެވެ. މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ ޝިމާގެ މައްސަލައަށް ދިވެހި ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭ މައްސަލައެވެ. ހާދިސާގެ ތަޙްޤީޤު ކުރިއަށް ގެންދިއުމުގައި ފުލުހުން ފަހަތު ފަހަޔަށް ބުރަވެފައި ތިބުމުގެ މައްސަލައެވެ. ވަރަށް އާދައިގެ ގޮތަކަށް ތަޙްޤީޤު ކުރިއަށްދެއޭ ވިދާޅުވުމަށް ފަހު ނިންމާލުމުގެ މައްސަލައެވެ.
ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ޞާލިހް ކޮމިޝަނެއް އުފެއްދެވީ މުއައްސަސާތަކަށް އިތުބާރު ނުކުރެއްވޭތީ ކަމަށް އެމަނިކުފާނު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ މައްސަލަތައް ބެލުމުގައި ރައީސް ޞާލިހްގެ އިތުބާރު ފުލުހުންނަކަށް ވެސް ނެތެވެ. އެހެންކަމަށް ވާއިރު ޝިމާގެ މައްސަލަ ބަލަން ވަކި ކޮމިޝަނެއް ނުއުފައްދަނީ ކީއްވެހެއްޔެވެ؟ ނުވަތަ ކުރިން އުފެއްދެވި ކޮމިޝަންގެ ރިޔާސީ ޤަރާރަށް ބަދަލު ގެނެސް ޝިމާގެ މައްސަލަ ވެސް ކޮމިޝަނުން ބެލޭނެ ގޮތެއް ނުހައްދަވަނީ ކީއްވެހެއްޔެވެ؟
ޖަވާބު ސާފެވެ. ޝިމާ އަކީ ސިޔާސީ މީހަކަށް ނުވާތީ ނުވަތަ ޝިމާގެ ވާހަކަދައްކާނެ ސިޔާސީ ފަރާތްތަކެއް ނެތުމުން ރައީސް ޞާލިހަށް ވެސް އަދި ސަރުކާރަށް ވެސް ޝިމާ ގެއްލުނު ހާދިސާ އިން ލިބޭ ކަންބޮޑުވުމެއް ނެތީއެވެ. ރައީސް ޞާލިހާއި ސަރުކާރަށް ޝިމާ ހޯދުން މުހިއްމު ނޫނީއެވެ. ޙަޤީޤަތަކީ މިއީއެވެ.
އިދިކޮޅުގަ ތިބޭ މީހުންނެއް ނޫންތަ ނިކުންނަން ޖެހެނީ ހަޅޭއް ލަވަން. ކީއްވެތަ އެމްޑީޕީ މީހުން ކުރި ގޮތަށް ޕީޕީއެމަށް ނުވެގެން އުޅެނީ؟
ކުރިންވެސް މަގުމައްޗައް ނުކުމެ ގައުމު ހަލަބޮލި ކުރަނީ މޑޕ މީހުން އެމީހުން އެކަން ކުރަންވީނު.
އެމްޑީޕީ ވެރިކަން ނޫންއިރު އެމީހުން އުޅުނު މިކަހަލަ ކަންކަމާ ދޯ.. ވީމާ ވެރިކަން ލިބުނީމަ މިކަންތަކާ އެއަށްވުރެން ބޮޑަށް އުޅެންޖެހޭނެތާ...
މައްސަލައަކީ އެމަންޖެއަކީ ދީނަށް ހަޖޫޖަހަމުން ދުވާ ސެކިއުލާ މީހަކަށް ނުވާތީ
100 ދުވަސް ނުވަނީސް ރިޟުވާނު ހޯދައިފި ދެން އަނެއް ސަތޭކަ ދުވަހުގެ ތެރޭގައި ޝިމާ ހޯދާނެ. ކެތްތެރިވެ
ހަމަ ހަމަ ކަމާއި އިންސާފާ އެކު ކަންކަން ކުރާނެ ކަމަށް ބުނެ ވައުދުވީ ދެން އެމީހުންގެ ހައްގުގައި ވެސް ތެެދުވަންވާނީ ސަރުކާރު ހިންގާ މީހުން. މި އަންހެން ކުއްޖާ އަކީ ވެސް ނޫސް ވެރިއަކަށް ވީނަމަ ވަރަށް ފޯރި ހުރީސް ، ޓްރާންސް ޕޭރަންސީ . ދިމަކުަރަސީ ނެޓްވޯކް .... ބަލަ މީހަރު ކޮބައިތޯ އިންސާފު ބޮޑު އިންތިހާބަކަށް ކުރިމަތި ލާއިރު އިދިކޮޅު ލީޑަރ ބަންދުގައި އެކައުންޓްތައް ފްރީޒް ކޮށްފައި ހަމަ ހަމަ ކަންކޮބައި ... ޝަރިއަތުގެ އަޑު އެހުން ނިންމިތާވެސް 3 ހަފުތާ ބަންދުގައި ބަހައްޓާނީ ތޯ ނޫންތޯ ބަލަން ހުކުމް ކުރަން އޮތް ދުވަހު ރައީސް އޮފީހުގެ އިސް އޮފިސަލުން އެކަން ހުއްޓުވީ މިއީ ހަގީގަތް.. އިދިކޮޅު ލީޑަރ ގެ ހަތަރެސްފައި ބަނދެގެން އިންތިހާބު ބާއްވައިގެން ކާމިޔާބު ވަންޏާ ވާނެ މިފަހަރު... ހަމަ ބިރު ގަންނަނީ ހަމަ ބިރު ގަންނަނީ
ލާދީނީފިކުރު މީހުންއުޅޭގޮތަށް އެހެންމީހުންނޫޅޭތީ
ވަރަންދެރައަރާ
ޝިމާވެސް ސިޔާސީ މީހަކަށް ނުވަތަ ނޫސްވެރިއަކަށް ނުވަތަ ލާދީނީ މީހަކަށް ވީނަމަ އެނގޭނީ އެހާދިސާއާ ގުޅިގެން މިއުޅޭ "ސިޔާސީ" މީހުންގެ ލޮލަށް ނިދިނައިސްގެން އުޅޭ މިންވަރެއްވެސް. އިދިކޮޅު ފަރާތްތަކުން ހަޅޭއްލަވައިގަތީމަ ނޫނީ މިސަރުކާރަށް އެއްވެސް ކަމެއް ކޮށްނުދެވޭނަމަ ދެން އިތުރަށް ބުނަން އޮތީ ސަރުކާރުގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާދެއްވާފައި އަވަހަށް ގެއަށް ވަޑައިގަންނަވާށޭ.
ސިޔާސީ މަސައްކަތްކޮށްފަ ތިކަންކުރާނެ ވަގުތެއް އެމްސީ ހަމީދަކަށް ނެތް. ޝުކުރިއްޔާ
ގެއްލޭހާ މީހަކާ މަރުވާހާ މީހެއްގެ ކަންބޮޑު ވުމާ އުޅުނިއްޔާ ވާނީ އުޅޭހާ، ދުވަހަކުވެސް އެހެން ކަމެއް ކުރާނެ ޖާގަ އެއް ނުލިބޭނެ...
ދިރި ހުރި މީހުންގެ ކަންތައް ބެލިއްޔާ މާ ރަނގަކުވާނެ
ދީނަށް ހަޖޫ ޖަހާ މީހަކަށް ނުވާތީ
ފަޒީލްގެ ބަންދަށް 15ދުވަސް ހަމަވަނީމި.ދެއްވާނެ ގޮތެއް ވެސް ނޭގެދޯ.
ސިމާ ގެއްލުމުގާ ނަސިދުގެ އަތެއްނެތް ވީމާ ކަންބޮޑުވާންވީ ސަބަބެއްނެތް ރިޒްވާން ގެއްލުމުގާ ނަސިދު ގެ މައްޗަސް ތުހުމަތު ކުރެވޭ އެއީ މިނިވަން ނުހުގާޖެހި ނަސިދުގެ ލާދީނީ އިންޓަވިޔު އައިރިސް ޓައިމުންވެސް އަޕްލޯޑްކުރި މި އިންތަވޔު މިހާރުވަނިމިނިވަންނޫހުން ޑިލީޓް ކޮށްފާ އެހެންވެ ރިޒްވާން އަތަށް ނަގައިގެން އުޅެނީ
ޝިމާއަށް ދެން ވީގޮތް ކިޔައިދޭން ބިންމާ އިބްރާހީމް ވަޙީދު އާއި ހަވާލު ކޮއްލާ.
އެކޮއެ ދީނަށް ފުރައްސާރަ ނުކުރާތީ މިސަރުކާރުން އަޅާ ނުލަނީ
މިއީ ރައީސް ޔާމީންގެ ދައުރު ނަމަ މިހާރު އެމްޑީޕީ އިން، ގެއްލުނު ކުއްޖާގެ ތިމާގެމީހުންގެ ބޮލަށް އެެެރިގެން، އެމީހުން މަގުމައްޗަށް ނެރިގެން އިންސާފުހޯދާށޭ ކިޔައިގެން އެމީހުން ލައްވާ ހަމަނުޖެހުން ހިންގައިފީސް. މިހުންނަނީ ދިވެހި ރައްޔިތުން ވިސްނާ، އެމްޑީޕީ އަށް ހުރިހާކަމެއްގައިވެސް “ނޫނެކޭ” ބުނަންޖެހޭ ސަބަބު. މިހާރު ކޮބައިތޯ އެއްކަލަ އިންސާފު......؟
ޑރ.އަފްރާޝީމް ވެސް ވަނީ ވަރަށް އިހާނެތިކޮށް މަރާލާފައި ޔާމީން ސަރުކާރުގެ ކަންބޮޑުވުމެއް ނުފެނުނު. ނޫސްވެރިޔާ ޔާމީން ވެސް ވަނީ ގެއްލިފަ ޔާމީން ސަރުކާރުގެ ކަންބޮޑުވުމެއް ނުފެނުން. އެއްވެސް ފަރާތަކުން ކަންބޮޑުވާތަނެއް ނުފެނެ.
ސަރުކާރުުން މިމައްސަލަ ބާލާ ސިމާއަށް އިންސާފު ހޯދަދެއްވާނެކަމައް އުއްމީދުކުރަމެވެ
އަނިޔާ ލިބޭ މީހެއްގެ ހައްގުގައެއް ނޫން އަޑު އުފުލަނީ. ކޮންމެ ކަމަކުންވެސް ސިޔާސީ ފައިދާ ހޯދަން ބޭނުންވަނީ.
ކަލޭމެން މިތާ ކޮމެންޓްނުކޮށް މުޒާހަރާއެއް ކޮށްބަލަ ދޯ.... ތިރުޅިގަނޑު އެތާ ދައްކަބަލަ