ޒަމާނުއްސުރެ ދުނިޔެ ދަންނަނީ ދިވެހިންނަކީ އޯގާތެރި، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. އެކުވެރި ޚުލްޤުހެޔޮ އެއް އާއިލާއެއްގެ ގޮތުގައެވެ. އެހެނަސް، ދިވެހިންގެ ތެރެއިން ބަޔަކު ކުރާ ކަމެއްގެ ސަބަބުން މި ރިވެތި ނަން، ފަޚުރުވެރި މި ފަސްގަނޑުން ފޮހެވި މުޅި މުޖުތަމަޢަށް އޭގެ ލަދާއި ކުރިމަތިވާން ހިނދުކޮޅެއްވެސް ނުނަގައެވެ. ތަހުޒީބު މުޖުތަމަޢަކުން ފެނިގެން ނުވާނެ އެތައް ކަމެއް ދިވެހީންގެ ތެރެއިން މިއަދު ފެންނާން އޮތްކަމީ އެންމެންވެސް ޤަބޫލުކުރަން ޖެހިފައި އޮތް ހިތި ހަޤީޤަތެވެ. އެއީ ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ އަގު ވެއްޓި ކޮންމެ ދިވެއްސަކުމެ މިއަދު ލަދުގަންނަން ޖެހިފައި އޮތް ހަޤީޤަތެވެ.
ދިވެހީންގެ ދިވެހިވަންތަ ކަމަށް ލޮޅުން ގެނުވި ކަމެއް އަނެއްކާވެސް މިވަނީ ހިނގާފައެވެ. ދިވެއްސެއްގެ ބޮޑާ ކަމާއި ގޮތްކުޑަކަން ހާމަވެގެން ދިޔަ ހާދިސާގެ ވީޑިއޯ އަކަށް މިހާރު ވަނީ އެންމެންގެ ނަޒަރު ހުއްޓިފައެވެ. ބިދޭސީންނަކީ ދަށް، ނިކަމެތި ބައެއްގެ ގޮތުގައި ދެކޭ ދިވެހިން މި މުޖުތަމަޢުގައި ގިނައެވެ. އެއީވެސް ތިމާމެންފަދައިން، އާއިލާއެއް އޮތް އުންމީދުތަކުން ފުރިފައި ތިބި އިންސާނުންތަކެއް ކަން ހަޤީޤަތުގައި މިމުޖުތަމަޢުން ދަންނަނީ މަދު ބައެކެވެ. އެހެންކަމުން މީގެ ކުރިންވެސް، ޚާއްސަކޮށް "ބަންގާޅީންނަށް" ފުރައްސާރަކޮށް އަނިޔާ ކޮށް ހެދުމަކީ ވަރަށް ގިނައިން ފެންމަތިވެފައިވާ މައްސަލައެކެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެފަދަ މަންޒަރެކެވެ. މާލޭ މަގުމަތީގައި ސައިކަލްތަކެއްގެ މަތީގައި "ޖައްސާލައިގެން" ތިބި ބިދޭސީންތަކަކާއި މެދު ދިވެއްސަކު ކަންތައްކުރި ހަރުކަށި ގޮތް ފެނިފައި ގިނަ ބައެއްގެ ހިތަށް ވެރިވީ ނުތަނަވަސް ކަމެވެ. އެމީހުން އެކީގައި މަޑުކޮށްލައިގެން ތިއްބައި އެއިން އެކަކު އިށީނދެ އިން ސައިކަލުގެ ވެރިފަރާތުން އައިސް އިތުރު އެއްވެސް އިންޒާރަކާއި ނުލާ އޭނާގެ ގަޔަށް ފެން ބާލިދީއެއް އޮއްސާލީއެވެ. އެއާއެކު ގޮތް ހުސްވެފައި ހުރެ އެ ބިދޭސީ މީހާ އަވަހަށް ސައިކަލް މަތިން ތެދުވެ އޭނާއަށް ތަންދައްކައި އެއްކައިރިއަކަށް ޖެހިލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
މި ނާތަހުޒީބު އަމަލު ހިންގި މީހާ އެއަށްފަހު، ފޮތިގަނޑަކުން އޭނާގެ ސައިކަލް ރީތިކޮށް ފޮހެ އެއިން ފެންހިއްކައި، "ނައްޓާލަން" ތައްޔާރުވަމުން ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެއްވެސް ހައްގަކާނުލައި އެފަދަ ގޮތަކަށް ކަންތައް ކުރުމުންވެސް އެކަމާއި އެއްވެސް ޝަކުވާއެއް ނުވަތަ ސުވާލެއްވެސް ބިދޭސީ މީހާ ކުރިތަނެއް ވީޑިއޯއިން ނުފެނެއެވެ.
Bidheyseen Veema insaanihyath kameh Rahumeh neh. 😞💔. Mi kankan ballavaa dhehvaa @PoliceMv @hrcmv This is so inhuman 🙏 pic.twitter.com/DwhPk4G5my
— Ameena’s 🕊🇲🇻 (@AmeenaAna) September 30, 2019
މި ވީޑިއޯ ފެނި ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިޔުންތައް ދިވެހި ފިރިހެންމީހާ އަށް މިހާރު އަމާޒުވަމުންދާއިރު، އޭނާ އާއި މެދު އަދި އެއްވެސް އިދާރާއަކުން ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ބުނަމުންދަނީ އޭނާ ކުރީ ކުށެއް ކަމުގައި އާއި، އެކުށަށް އޭނާއަށް އަދަބުދޭން ޖެހޭ ކަމަށެވެ. ދިވެހީންގެ ތެރޭގައި މިނޫނަސް މިފަދަ "ޖަރީމާ" ތައް ހިންގާ ހިތެއް ނެތް މީހުންނަށް ފިލާވަޅެއް ލިބެން އޮތް ގޮތަކީ އެއީ ކަމަށް އެފަރާތްތަކުން ދެކެއެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ކަންކަމުގެ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑީއާގައި ދައުރުވެފައި ވެއެވެ. ބައެއް މީހުން އެއީ "ޖޯކަކަށް" ހަދައި އެފަދަ ކަންކަމަށް އިތުރަށް ހިއްވަރުދީ މަލާމާތްކޮށް ހަދާއިރު، އަނެއް ބަޔަކު ދެކެނީ އެއީ ދިވެހިން ބަދަލު ކުރަންޖެހިފައިވާ ނުރަނގަޅު އާދައެއްގެ ގޮތުގައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަކީ ހުނަރުވެރި ހިއްވަރުގަދަ، މަސައްކަތްތެރި ބައެކެވެ. ދިވެހީންގެ ނަޒަރުގައި އެންމެ "ކަޑަ" މަސައްކަތްތައްވެސް ޖެހިލުމެއްނެތި ކުރާން ފަސްނުޖެހޭ އެ މީހުންނަކީވެސް ލޯބިވާ އާއިލާއަކަށްޓަކައި، ނުލާހިކު ބޮޑު ގުރުބާނީއެއްވެ، ލޯބިވާ އެންމެން ދޫކޮށްފައި އައިސް ތިބޭ ބައެއްކަން ދާންނާން ޖެހެއެވެ. މާޒީވެގޮސްފައިވާ ދިވެހީންގެ ރިވެތި އުޅުމަށް ފިކުރު ހިންގާލާއިރު ފެންނަނީ، އެބައި މީހުންނަކީ މި ދިވެހި ޤައުމަށް އައިސް ތިބި މެހެމާނުންގެ ގޮތުގައެވެ. އެހެންކަމުން "ބޮންދަކަސް" އަދި "ބަންގާޅީއަކަސް" އެ ތަފާތު ކުރުންތައް މުޖުތަމަޢުން ފޮހެލައި، ހެޔޮ ހިތަކާއެކު އެވެރިންނަށް ވެސް ޤަދަރުކުރާ ތަހުޒީބު ބަޔަކަށް ވާން ދިވެހީން ވެއްޖެއެވެ.
ހިތުން ވަރަށް މޮޅުކަމެއް. އޭނައަށް އެނގޭބާ އޭނަ އެހެންމީހުންގެ ސައިކަލް މަޑިމަތީގައި އިށީއްނީކިތައްފަހަރުކަމެއް.
ޢާންމުކޮށް މަގުމަތީގައި ޕާކުކޮށްފައި ހުންނަ ސައިކަލު މައްޗަށް އަރާއިންނަންދޯ
ރަމަސާންމަހު އެއްރޭ ބޭރުބިދޭނިން ބޭއްވި ތަރާވީހަކައް އަހަރެންގޮސް އެމީހުނާއެކު ކެއުމެއްގަ ބައިވެރި ވުމުން ބައެއްމީހުންގެ މަލާމާތާ ފުރައްސާރަ އަހަރެނައް ކުރިއެވެ އަދި ބަޔަކު އަހަރެން ބޭޒާރުކޮއް ބަންޑައްޖެހިފަ ހުރިމީހެއްކަންދައްކަން އުޅުނުނު
ދަށު ދަރަޖައިގެ އަމަލެއް. ދިވެހިން ރައްޔިތެއްގެ ހައިސިއްޔަތުން ދެރަވެ ހިތާމަ ކުރަން އަދި ބިދޭސީ މީހާ އަށް އިންސާފު ހޯދައިދޭން ގޮވާލަން. ކޮބާ ފުލުހުން. ނިކަމެތި މީހާ އަށް ވެސް މިގައުމުގަ އިންސާފް އޮންނަން ޖެހޭނެ. ބިދޭސީ އެއްކަމުގައި ވިޔަސް. އަހަރުމެން އަކީ މުސްލިމުން.
ތިމާގެ އަމިއްލަ އެއްޗަކަށް އަރާއިންނާނީ. މުސްލިމަކަސް އަނެކާގެ އެއްޗެއްގެ މައްޗަށް ހުއްދައެއްނެތި އަރާކަށް އަންގަވާފައެއްނެތް.
ހުއްދަ ނެތި އެރީމަ ފެން ޖަހާކައް ވެސް ނޯންނާނެ.
މިހާރު ގޮތްކުދަވެެ ދިވެހި މެެހާ. ށައިކަލުގެ ހަރަކީ ހަރުޖައްސައިގެން އޭގެައްޗަށް މީހުން އަރައި ތިބޭވަރައް ހަދާފަ ހުންނަ އެއްޗެއްނޫން. މަގުމަތީގަ ހުއްޓަސް ތިމާގެ އަމިއްލަ އެއްޗެއްނުންނަމަ އެގޮތަށް އިށީދެގެން ނުވާނެ.
ތި ހަމަ އަމިއްލަ މީހަާ ގެ އެއްޗެއްގަ ނަޫނީ ނުޖެހޭ މީހެއްތަ
ތިޔައީ ވަރަށް ފޮނި ދިވެއްސެއް! އޭނަގެ އަމަލުތައް ހުރި ގޮތުން އެކަން ވަރަށް ސާފުކޮށް އެނގޭ!
ބިދޭސީ މީހާއަށް ޝަކުވާ ކުރުމުގެ ހައްގެއް ނޯންނާނެއެވެ. ދިވެހި މީހާއަށް ފެންޖެހުމުގެ ހައްގެއްވެސް ނޯންނާނެއެވެ. ތަނެއްގައި ސައިކަލެއް ޕާރކް ކޮށްފަހުއްޓޭކިޔާފަ ޖެހޭތަ އޭގެމަތީގަ އިންނަން. އަދަބެއް ދެންޏާމު ދެމީހުންނަށް ވެސް އަދަބު ދޭންޖެހޭނެއެވެ. ދެމީހުންވެސް ކުރީ ކުށެކެވެ.
ވަރަށް ސަލާމް!
އެކަހަލަ މީހުންނަށް ރަނގަޅުވާނީ ފަޅު ރަށެއް. އިންސާނުން އުޅޭތީ އުނދަގޫވެގެން އުޅޭހެން ހީވަނީ.
ގޮއި ކުޑަވީ ފެންޖެހި މީހާ..މީހެއްގެ އަގު ބޮޑު މުދަލަކަށް ސަވާރު ވެގެން އިން މީހާ ވ ކޫލް..
އެތާ ގަ ދިވެހި މީހެއް އިންނަމަ އެހެން ހެދިސްތަ
ހުއްދަނެތި އެމީހެއްގެ މުދަލަށް އަރައި އިން މައްސަލަވެސް ބަލަން ގޮވާލަން.
ކަލޭތީ ވަރަށް ގަދަ ގޮލައެއް ބޭރު މީހެއް ގަޔައް ފެންޖެހީ މަ
ތިކަން ކުރީ މަޖީދީމަގުގަ ޝީޝާ އިންއިރު އެތަނުގައި ހުޅުން ވަނަމަކަށް ބައްޓޭ ކިޔާ މީހެެއް..
ހަގީގަތުގަވެސް ބޮޑާ ކަމާ ކިބުރުވެރި ކަމުގެ އިންްތިހާ.
އޭނަ ހިތުން ވަރަކަށް މޮޅު ކަމެއް އެކުރެވުނީ
މާގަޓް ހުރިމީހެއް ކަމަށް ހެދިގެން ފެންޖެއްސަސް 2 ބަންގާޅީން ދިމާކޮށްކިޔަސް ތި އެއްޗަކު ހުންނާނީ ގަޔަށް ފަހަރުވަ ލެވިފައި. ހަޔާްކުޑަކަމުގެ ހައްދު ފަނައެޒލުން މީ ދިވެހި މަސައްކަތްނުކުރާ މޯލީތައް. ބަންގާޅީން ނެތްނަމަ މުޅި މިގައުމުން ދުވާނީ މުޅަވަސް
ތިޔަ ނޫން މަންޒަރެއް އެބަ ފެނޭތަ. ސައިހޮޓަލެއް ވެއްޖިއްޔާ ވަށައިގެން ރަތްކުލައިގެ ސާލެއް. ހޮޓަލެއްގެ ތެރެއަށް ވަންނައިރު ސިގިރޭޓް ބުއިން މަނާ ބޯޑުގެ ދަށުގައި ގްރޫފް ހަދާފައި ސިގިރޭޓް ބޯން. ހޮޓަލުން ނުކުންނައިރު ދޮރުމަތީގައި ބޭބޭ ވިހިރުފިޔާ ދެއްވާށޭ ގޮވާ ޒުވާނެއް. ގޯޅިއެއްގެ ކަންމައްޗެއް އެހެން ތަނެއް ބެލުމެއް ނެތި ސައިކަލް ޕާކުކުރަނީ. ކަންކަން މަތީގައި ދުންއަރުވާ މައިޒާން ހަދައިގެން ތިބެނީ. ޒަމާނީ މީހެއް ނަމަ ދުވާ ސިގިރޭޓް ވަހުން ވައިދަށުން ހިނގައިލާކަށް ނުކެރޭނެ. ގޮތެއް ފޮތެއް އަދަބެއް ސަދަބެއް ނެތްތާނގައި ތިބެގެން އަޑުގެ ކޮޅަށް ގޮވާނީ ޙައްޤު ޙައްގު ޙައްގު. އެއަށްފަހު ނެތިމޮށޭނީ. މީ ގައުމުގެ ހާލަތަކީ.
ތިކަންކުރިމީހާއަށް ސާބަސް ދޭންޖެހޭ، މީގެ 6 މަސްކުރިން މަ ގަތްފަހުން 2 އަހަރުނުވާ ސައިކަލް ޕާކުރާތާހުންނަ ފިހާރާއިގައި ރޭގަންޑު ޑިއުޓީކުރާ ބަންގާޅީ މަ ސައިކަލްމަތީގަ އިދެގެން މީޓަރމަތީގަ އޭނަގެ ތަޅުދަނޑީގެ ކޮޅުން ތަޅާ މުޅިންހަލާކުކޮށްފި، އެކަލޭގެ އަތުލައިގަނެވުނީ އިއްތިފާގަކުން، ހިތަށްއެރި ޖެހިޖެހީން އަތްމުގުރާފާނަމޭ އެހާވެސް ރުޅިއައި އެކަމު ކޮންމެ މީހަކާށް ޖަހާކަށްނުކެރޭނެ.
އަހަރެންގެ ނަޒަރުގައި ކޮންމެ އިންސާނެއްގެވެސް ގޮތެއް، ލަދެއް، ހަޔާތެއް ހުންނަންވާނެ. އަދި އަހަރެމެންނަކީ މުސްލިމުންކަމަށް ވާއިރު އަނެކުންނަށް އިހާނެތިކޮށް ހިތައިގެން ނުވާނެ. މީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ތީ ދިވެއްސަކަށް ކުރި ޖެއްސުމެއްނަމަ އޭނާ ފިރުމަށް އެ ސައިކަލެއް ނުހުރީސް.
މީތި ސަޅި އަދިވެސް ތިހެން ހަދަންވީ
ވަރަށް ވަރަށް ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ސައިކަލު މަތީގައި ޕާޓޭއެއް އިންނަމަކަ ނުކެރޭނެ ފެންޖަހަން ކީއްކުރަން ކަޅިއަޅާކަށް ވެސް.
ބަލަ ކީއްކުރަން މީހެއްގެ ސައިކަލަކަށް އަރާ އިންނަންވީ. ޢެކަން ހުއްދަތަ؟މީހެއްގެ އަންބަކު ކައިރީ އޮއްވާ ފެނުނަސް ހަމަ އަޅާވެސް ނުލަންވީ. ދިވެހިން ކެއްތެރިކަން ކޮޅުންލީ. އަދި ތިޔައްވުރެ ބޮޑެތި ކަންތައް ވެސް ހިނގާނެ.
ކަލޭ އިނދެގެން އުޅޭނީ ކަލޭ ސައިކަލް އާތަ
ސީދީއޮޑިއަށް ސައިސާނު ސަވާރުވެއިންހެން ސައިކަލަށް ސަވާރުވެއިނީ ވަރަށް ގޮތްބޮޑު ބިދޭސީއެއްދޯ!
އެއްވެސް މީހަކީ ވަކި ގައުމަކުން ވަކި ނަސްލަކުން އައީތީ މޮޅު މީހެއް ނޫން . މިއީ ވަރަށް ދަށުދަރަޖައިގެ ގޮތެއް ފޮތެއް ނެތް ހުތުރު އަމަލެއް. ބިދޭސީންނާއި ދޭތެރޭ ވިއަސް މިފަދަ ރަހްމުކުޑަކޮށް އަމަލުކުރާނަމަ ކަމާއިބެހޭ ފަރާތްތަކުން އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭނެ. މިފަސްގަނޑުގައި މިދިދައިގެ ދަށުގައި ތިބޭ އެންމެން ، ދޭސީއަކަސް ބިދޭސީއަކަސް އެމީހުންގެ ހައްގުތައް ހިމާޔަތް ކުރުމީ ސަރުކާރާއި ކަމާއިބެހޭ އެންމެހައި މުވައްސަސާތަކުގެ ޒިއްމާއެއް.
ލަދު ހަޔާތް ކުޑަ ބޮޑާ ފިނޑި އެ އް ތި އީ. ސަ އިކަލު މަތީ އިނީ ދިވެ އްސެ އް ނަމަ ނުކެރުނީސް.
ގައިމު އަލިފާނުގެ ކާރިސާ ހިނގީމަ ދިވެހީންގެ ހިތްހެޔޮކަން ފެނުނެއްނުންތޯ؟ ހަގީގަތަކީ ކަންދެއްކުމަށް ކަމުގައި ބައިވެރިވުމަށް ގިނަމީހުންދިޔައީ. ހެޔޮވެގެނެއް ނޫން. ހެޔޮބައެއްނަމަ ކޮންމެދުވަހަކު އަނެކާއަށް ހެޔޮވާނެ. މިކަހަލަ ކަންކަމެއް ނުކުރާނެ. ގައުމުގައި ވެއްޓެމުންދާ ރިވެތި އަޙްލާގާއި ދޭތެރޭ ވިސްނޭ ބޮޑެއް ސިޔާސީވެރިއެއް ނެތް. އެމީހަކާ އެމީހަކު. ދިވެއްސެއް، ބިދޭސީއެއް، ޖަނަވާރެއް ބަލާ ދިވެއްސެއް އެބައުޅޭތޯ މަދުންނޫނީ؟ މަގުމަތިންދާއިރު ތަންތަނަށް ފާޑުކިޔަމުން، މީހުނަށް ލޯއަޅަމުން ހިނިތުންވުމެއްނެތި ދާ މީހުން ހުސްވެސް. ތަޢުލީމު ލިބެނީ ފޮތުންކަމަށްދެކި މޮޅެވެވެނީ އެޕާޓްމަންޓްތަކުން ފައިސާއިން. ތިމާގެ އެތެރޭގައި އުޅުމެއް ކުލުނެއް މުހިންމެއްނޫން. ސިޔާސީ ވެރިޔަކު މިކަންކަމާއިމެދު ވާހަކަ ދައްކަވާނީ ކޮންއިރަކުތޯ؟ ދިވެހިންގެ ވެއްޓެމުންދާ އަޙްލާގީ މިންގަނޑާއި ދޭތެރޭ؟
ނުޖެހޭ ސައިކަލު މައްޗަށް ފައި އަރުވައިގެން އެގޮތަށް އިށީންދެގެން އިންނަން..ބިދޭސީ މީހާގެ މުދަލެއްތަ އެއީ؟؟ އެހެން އިށީން ދެގެން އިނދެ މީހެއް ނެތް ވަގުތު ބަލާފަ ލޯގަނޑު ނޫނީ އެހެން ބަޔަކަށް ގެއްލުންދެނީ..ކާކު ޒިންމާ ނަގާނީ؟؟ ޤާނޫނުލްއުޤޫބާތުގެ 210 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިންކަމަށް ބަލާފަ ފުލުހަށް މައްސަލަ ހުށަހެޅިނަމަ ސޮއްޓިވާނެ؟؟
އަނެކާއަށް ހެޔޮކަމެއް ކޮއްދިނުމުގައި އިސްކޮށްއުޅޭ ސިޔާސީ ވެެރިއެއް ދައްކަވާ. ނެތް. ޓީވީއިން އެންމެގިނައިން ފެންނަ ދިވެހިންނަކީ ސިޔާސީވެރީން. މިބޭފުޅުން އަބަދުވެސް ބަލާނީ ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވުމަށް. އެކަމުގައި ކަމުނުދާ މީހާގެ ވާހަކަ ދެއްކެވުމަށް. އެއްވެސް ސިޔާސީ ވެރިޔެއް ފެނޭތޯ ގޮސް ނުދަންނަ މީހަކަށް ހެޔޮކަމެއް ކުރެވޭތޯ އުޅުއްވާތަން؟ ނުފެންނާނެ. ބޮޑު ސޯބު އެނބުރޭ ގޮތަކަށް ގައުމުގެ ރައްޔިތުންވެސް އެނބުރޭނީ. ފެންނަ އެއްޗެއް ދަސްވާނީ. އަހަރުމެން ޒުވާނުން މުސްކުޅިވާއިރު މިގައުމުގައި ހުންނަން ބިރުގަނޭ. ކަންކަންވަމުންދާ ގޮތުން މުސްތަގްބަލުގެ ހާލަތު އޮންނާނެގޮތް އިޙްސާސްކުރެވޭ. ސިޔާސީ ވެރީންނަށް: ތިޔަބައިމީހުންވެސް މުސްކުޅިވެ ނެތިވެދާނެ. ގައުމުގެ އަޙްލާގު ރަނގަޅުކުރަން މަސައްކަތް ނުކުރައްވަންޏާ އެދުވަހުން ތިޔަބައިމީހުންވެސް ވަންނާނެ ތަނެއް ނޯންނާނެ.
ކިތްއްމެ ރީތިކޮން ލިޔެވިދާނެ އެކަމަކު އެބިދޭސީމީޙާ އެއިނީ އެހެންމީހަކު އަގުބޮޑުކޮން ގަނެފަހުރިމުދާ ގަޑެއްގެ އެގޮތައް ހަރުމަތީ އިނުމުން ސައިކަލްގެ ހަރު ހަލާކުވޭ .ބައެއް ދިވެހީން އަދި ބިދޭސީންގެ އާންމުކަމެއް ގޭކުރިމަތީ ހުންނަ ސަކަލައް އެގޮތައް އަރާތިބުން. ކިތައްމެވަރަކަށް ނާރާށޭ ބުންޏަސް އެވެރިން އަރާ. އެހެންވީމަ މަސަކަށް ގޯހެއްނޫ ދިވެހިމީހާއެއް.
އަސްލުދިވެހިންނަކީ ވަރައް ނުލަފާ ބަޔެއް. ވަރަށް ރަހުމް ކުޑަ ގޮތްކުޑަ ނާތަހުޒީބު ބޮޑާ ބަޔެއް. ދިވެހިން “އެއްބައިވަންތަ ކަން” ދައްކަނީ ކާރިސާ ތައް ދިމާވުމުން އެއީ ގޮތްދައްކަން. ދެންގޮސް ތިބެގެން ކިޔާނެ ތިމަންނަ މިވެނި އެއްޗެއް ދިނީމޭ.. އަހަރެން ދެކުނިން މާލޭގެ މައްޝޫރު ޑޮކްޓަރެއް އެގެޔައް ވަން ކުޑަކުއްޖެއްގެ ލަފުގަ ހިފާ ނެރެ މަގުމައްޗައް ހޫރާލި ތަން.
މިޔަކީ ބޮލު ނާށި ގަނޑުގަ ލޯވަޅު ހުންނަ ކަހަލަ މީހުން.
އެކަން ކުރިމީހާ ރަނގަޅަށް ދަންނަން އެއީ ވަރަށް މަވެވެން އުޅޭ މީހެއް. އޭނާގެ ގެ ހުންނާނީ މ.އިހްސާން ފިހާރަކައިރީގައި!
މަގުމިތީ ޕާކުކޮއްފައި ހުއްނަ ސައިކަލު ފަދަ ދުއްވާ އެއްޗިއްސަކީ މީހުން ނުލާހިކު ލޯބިން ގެންގުޅޭ އަގުބޮޑު މުދާކަން ތިބާޔަށް ނޭނގެނީތޯ އެވެ؟؟؟؟؟
ތިމީހާވެސް ޖެހޭތޯ އާގެމައްޗައް (އަރާއިނަން)؟
ތިބާ ޤަބޫލުކުރަނީތޯ ސައިކަލުގެ ވިެރިމީހާގެ ހުއްދަޔަކާ ނުލާ އެމީހާ އަށް ސައިކަލު މައްޗަށް އަރާ އިނދެވޭނެ ކަމަށް!
މި ބޭރުމީހުންގެ ކަންތަކެއް ކަލޭމެން ނަކަށް ބޮޑެއް ނުވޭތޯއެވެ؟
ސައިކަލު މައްޗައް އަރާ އިނީ ސައިކަލުގެ ވެރިފަރާތުގެ ހުދަޔަކާ ލައިގެންތޯއެވެ؟
ބިދޭސީ މީހާގެވެސް ކުށް އެބައޮތެއްނޫންތޯ؟
އިންސާފެއްނެތި ބިދޭސީ މީހާގެ ކުށް ބަޔާން ނުކޮށް އެމީހާ ދިފާޢުކޮށް އަދުލުވެރިކަމުން ބޭރުވޭ ތިމާގެ މުސްލިމު އަޙާ ތިމާގެ ޤައުމުގެ ރައްޔިތު މީހާ ފަލީހަތްކުރާ މީހާ މާނުބައި ނުލާފާވެފަ މާގޮތްކުޑަވެފަ ރަޙްމުގެ ކަންފުޅެއްވެސް ނެތެއްނޫންތޯއެވެ!
ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރަކީ މަގުމަތީގައި އުޅޭމީހުން އިށީދެތިބެން ބަހައްޓާފައި ހުންނަ އެއްޗެއް ނޫންކަން އަހަރެމެން އެންމެންވެސް ގަބޫލުކުރަން ޖެހެއެވެ. އަދި ސައިކަލުތަކުގައި ހަރުކޮށްފައި ހުންނަ ވަށިގަނޑުތަކަކީވެސް މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުން ކުނިއަޅަން ހުންނަ އެއްޗެއް ނޫންކަން ދަންނަން ޖެހެއެވެ.
ރަގަޅައްތި ހެދީ. ތީ ބޮންދުންގެ ވަރަށް އާއްމު ކަމެއް.. ޕާކުކޮއްފާ ހުންނަ ސައިކަލު މަތީ ތިބުމަކީ ވަރަށްް އާއްމު ކަމެއް.. ތި އޯކޭވާ މީހުންގެ ސައިކުމަތީ މަކުނެއްހެން އަރާ ތިިބީމާ އިނގޭނީ ވާގޮތެއް..
ޢެ ދިވެހިމީހާ ކުރި ކަމަކީ ވަރަށް ދެރަ އަމަލެއް. ޢެހެންނަމަވެސް މީހުންގެ ސައިކަލު މައްޗައް އަރާ ތިބެ މަޑި ކޮނެ ތަޅުދަނޑިން މަޑިގަނޑު ފަލާ ކަންކަން ވަރަށްކުރޭ އެހެންތިބެ. މީހުންގެ އަގުބޮޑު މުދާ. މިކަން ހުއްޓުވަންވެއްޖެ .
ތިހެދީ ރަގަޅަށް..
މަށަށް ގޮތްކުޑައީ މަކުނެއްހެން ސައިކު މައްޗައް އަރާއިން މީހާ..
ވަރަށް ގޮތެއްނެތް ދަށުދަރަޖައިގެ ޢަމަލެއް. އިތުރަށް ބުނާނެ އެއްޗެއްކެތް....
ތިޔައީ މާ ގަޓުކަމެއްނޫން ސައްތާރޫ.ހިފާ ހައްޔަރު ކުރޭ!މި ކަލޭ މީ ހަކުރެއް ހެން ހީ ވޭ!
ތިކުރީ ހަމަ މޮޅުވެސް ކަމެއް އަދި ލަސްވެއްޖެ ކަމެއް މަގޭ ސައިކަލްގެވެސް މިއަހަރު މިހާތަނައް 02 ހަރު 03 ލޯގަނޑު ބަދަލުކޮށްފިން ބަންގާޅިން ނާއި ޒުވާނުން ކުރަމުން އައްނަކަމެއްމީ ..މީހުންގެ މުދަލަކައް ގެއްލުމެއް ނުދެވޭނެ އަތެއްނުލެވޭނެ ތިޔަ ނާތަހުޒީބީ މީހުންގެ ސައިކަލައް އަރާތިބުން ހުއްޓާލަންވީ އިދިކޮޅައް ކޮމެންޓު ކުރަންވީކީނޫން އޯކޭ..
ބައެއް މީހުން އެއީ "ޖޯކަކަށް" ހަދައި އެފަދަ ކަންކަމަށް އިތުރަށް ހިއްވަރުދީ މަލާމާތްކޮށް ހަދާއިރު، އަނެއް ބަޔަކު ދެކެނީ އެއީ ދިވެހިން ބަދަލު ކުރަންޖެހިފައިވާ ނުރަނގަޅު އާދައެއްގެ ގޮތުގައެވެ.
ނޫން އެއީ އާދައެއް ނޫން .. އެއީ ވިސްނުމުގެ އުނިކަން. ބުއްދިއާ ހިޔާލާތުގެ ނުތަނަވަސްކަން. ފަރުވާދޭންޖެހޭ..
މިތާގަ ބިދޭސީމީހާއާއި އެއްކޮޅައް ކޮމެންޓު ކޮށްފަ ތިބީ ހައްތަހާވެސް ގޭގަ ފުޅަ އަޅާފަ ތިބޭ މީހުން.
ބަންގާޅީންގެ ވައްތަރު ވެސް އިނގޭ. އެއީ ވެސް ވަރަށް ބޯހަރު ފުއްޕާ ބޮޑާ ބަޔެއް. މިރާއްޖެ ނޫނިއްޔާ މިމީހުންނަށް މިހާ މިނިވަން ފުއްޕަންކެރޭ ތަނެއް ނުހުންނާނެ. ދިވެހިން މިޖެހެނީ އަމިއްލަ ގައުމުގައި ވެސް ނިކަމެތިވާން. ދެން ދިވެހިން ބަންގާޅިއަށް ގޮއްސަ އެމީހުން ފުއްޕާ ވައްތަރަށް ފުއްޕަބަލަ އެމީހުން ކަންކުރާގޮތް ބަލަން
އަސްލުވެސް ވަރަށް ގޮތް ކުޑަ މީހެއްތި ... އޭނަ އުޅެނީ އޭނަަ މުދަލުގަ އެކަނިތަ ? އޭނަަ ވެސް މީހުންގެ އެއްޗެހީގަ ޖެހިގެން އުޅޭނީ ހަމަ ....އޭނަ އަށް އިނގޭތަަ އޭނަ އަބަދު ހުއްނަނީ އެ އަރާމުގަ ކަމެއް އުޅޭނީ .... އޭނަ ޖެހިދާނެ އެމީހަ ކައިރިޔައް ކަމަކު ކިޔަންވެސް... އެކަކައްވެސް ތަގުދީރެއް ނޭންގޭނެ
ތީ ތިކަން ކުރަން ޖޭހޭގޮތް. ބަންގާޅިން ގެ ބަލާ ވެރިކަން އިންތިހާ އަށް. މިތާ ކޮމެންޓް ކުރާ ގިނަ މީހުން މާ އިމޯޝަނަލް ވެގެން ކޮމެންޓް ކުރިއަސް ދިވެހި މީހާގެ މުދަލަކަށް އަރައިގެން ނުވާނެ. ފުރަތަމަ ކަމަކަށް ވެސް ގޯސް ހެދީ ބަންގާޅު މީހާ. ކުދި ވިޔަފާރި ތައް ބަނގުރޫޓް ވެ ހަލާކު ވެއްޖެ ބަނގާޅުން ނާ ހެދި
ބަލަ ރީތި ކޮއް ވެސް ބުނެވިދާނެ ބިދޭސީ މީހާ ކައިރީ. ދެން މިހެން ބުނީމަ ދިވެހި މީހާ މާ ފުއްޕާހަ ކަހަލަ ގޮތަކައް އަގަ އަރުވާނެ ރީތި ކޮއް ބުނާކައް ނުޖެހެޔޭ ކިޔާފަ. ބިދޭސީ މީހާގެ ވެސް ކުށެއް އެބަ އޮތް. މީހުން ގެ މުދަލައް އަރައިގަންނާކައް ނުވާނެ ހުއްދަޔާނުލާ، އެކަމް ދިވެހި މީހާވެސް ރީތި ކޮއް ބުނުމުގެ އުސޫލެއް އޮންނަން ޖެހޭނެ ދޯ!!! ގޮތް ކުޑަ ދިވެހިން
ދޭސީމީހާވެސް އަދި ބިދޭސީމީހާވެސް ކަންކުރީ ރަގަޅަކައްނުން
މި ދައްކާ ވާހަކަތަކުން ކޮސްވޭ. ފެންޖެހިމީހާ ކަންތައްކުރީ ތަންކޮޅެއް ހަރުކަށިކޮށް. ނަމަވެސް އޭނާ ބޮޑުއަގުދީ ގަނެފައިން ސައިކަލަށް އޭނަގެ އިޒުނަނެތި އަރައިގެން ނުވާނެ. ދެން ސައިކަލުގެ ވެރިފަރާތާމެދު ފިޔަވަޅުއެޅުމަށް ތިދައްކާ ވާހަކަ. ތި ބޭފުޅުން ބޮޑުއަގުދީ ހަދާފައިވާ ކޮޓަރިއެއްގެ އެނދުގައި ގޭމީހަކު ނެތްވަގުތެއްގައި ނުވެސްދަންނަމީހަކު ވަރުބަލިފިލުވާލަންނަމަވެސް ވަދެ އިރުކޮޅަކަށްވެސް އޮށޯވެ އޮވެއްޖެނަމަ ވާނީ ކިހިނެއްބާ؟ ރުޅިއަންނަމީހާ ރުޅިއަންނާނެ. ބުނަންކެރޭމީހާ ބުނާނެ. ކޮންމެވެސް މަޖުބޫރު ކަމަކާހުރެ އަޅާނުލާމީހާ އަޅާނުލާވެސް ހުރެދާނެ. ދަރީންނާއި އަނބީންވެސް ވާނީ މިގޮތަށް. އެމީހާގެ ދިފާއުގައި މަސައްކަތްކުރުމަކީ އެމީހާގެ ހައްގެއް. އަޅުގަނޑު ދެކޭގޮތުގައި ސައިކަލުގެ ވަރިމީހާގެ އިޒުނަނެތި އޭނާގެ ސައިކަލަށް އަރާއިނުމަކީ ގަޔަށް އަތްލުންފަދަކަމެއް.
ބިދޭސީ މީހާ ކޮށްގެން އިނީ ރަނގަޅު ކަ މެއްތޯއެވެ. ބަންގާޅީންގެ ބަލާވެރިކަންވަނީ ޙައްދުފަހަނާ އަޅާފައި. އެ މިގްރޭޝަން ޕެރަލައިޒްވެފައި. ޑިވެހީންގެ ބަޔަކު ބަންގާޅީނނަށް ވިކިފައި. ޤައު މު އޮޔާދަނީ ބަންގާޅާ ދި މާލަށް.
އެއްގޮތަކަށްވެސް އެ ޢަމަލަކީ ރަނގަޅު ޢަމަލެއްނޫން
ކީއްވެގެންބާ ދިވެއްސަކު ކޯދޮވެފަ ހުރިފެން ހަމަ ދިވެއްސެއްގެ މޫނަށް ޖެހި އިރު މިހާ ކަންތައް ބޮޑުނުކުރީ މީޑިއާތަކުގަ. އެވެސް ރައްޔިތުންގެ މަޖިލީހުގަ
ދިވެހިމީހާ ކުށްވެރިވީ. އޯކޭ މައްސަލަ ނިމުނީ. ދެންވެސް އެހެން މީހުންގެ މުދަލަށް އެމީހުންގެ ހުއްދަނެތި އަރާތިބޭތި. ބަޔެއް މީހުން އަޅާނުލާފާނެ އެކަމަކު ހަނދާންކުރާތި، އެންމެން އެއްގޮތެއް ނުވާނެކަން.
ބަންގާޅު ބިދޭސީއެއްވިއްޔާ ކާރުގެ ބޮނެޓުމައްޗަށް ވެސް އަރާއިންނަން ވީތާ އެހެންވީމަ. ކާރަށް އެރީމަ ގޯސް އެކަމަކު ސައިކަލަށް އެރީމަ އޯކޭ. ރަގަޅަށް ސައްތާރު ތިހެދީ. އެންމެ ފަހަރަކު ދެފަހަރަކު ނޫން އެގޮތަށް ސައިކަލަށް އަރާ ނުތިބޭށޭ ބުނަނީ އެއް. އަޑު ނާހާތާގަ އެއްވެސް ގަވައިދަކަށް އިހްތިރާމް ކުރާ ބައެއްވެސް ނޫން މިއީ. އެއްޗެއްބުނެފިއްޔާ ޒުވާބު ކުރަން ފަށާނެ ގިނަ މީހުން އަނގައިގަ އެއްބައި އޮއްވާ. އެމީހުން ވެސް އިހްތިރާމް ބޭނުމިއްޔާ އިހްތިރާމް ކުރަން ދަންނަން ޖެހޭ.
ޟި މައްސަލާގައި ހަމަ އެކަނި ބޭރުމީހާ ދިފާއުގައި ވާހަކަ ދައްކާ މީހުންނަކީ ތަންދޮރު ނުދަންނަ ޖާހިލު މީހުން
ބިންގޯމެން މައިންސާނީ ހައްގުވެގެން ތިތެޅިބާލަނީ މަހަމަގައިމުވެސް ނާރަން މީހެއްގެ ސައިކުމައްޗަކަށް، އެކަމަކު ދިވެހިންވެސް އަދި ބަންގާޅީންވެސް މަގޭ ސައިކުއަށް އަރާތިބޭ1 އެކަމަކު ބުނަން ދިވެހިން އެރުމަ ބޮންދުްނ އެރުން ހާސްބައި ތަފާތު، އެވެރިން އަރާ ތިބޭނީ އަނެއް ސައިކަލުގެ ފާޅަގަނޑު (ކަވަރ) މައްޗައް ފައިވަނާ އެކީފައި ލައިގެން ! ގޭކައިރީ ތިބޭ ބޮންދުން ކައިރީ ބުނެފިން ނާރާށޭ އެތައްފަހަރަކު، ޕޮލިހަށް ރިޕޯޓްކުރިން އެތައްފަހަރަކު، ވިދާޅުވީ ސައިކަލްގޭތެރޭގައި ހުއްޓާހޯ އެރީ!؟ދެން އެކަންހުއްޓުވަން މަނުކުތިއްޔާ މަތަގޯސްވަނީ؟! މިތާގައި އެބައުޅޭ އެތައް ގަވްމެއްގެ މީހުން އެކަމަކު ބަންގާޅީންހާ ބަލާބޮޑެއްނޫން! ޑުރަގު ވިއްކަނީ. ހަށިވިއްކަނީ، މަގޭ އަންހެނުންވެސް މަގުމަތީގައި އުޅޭ ދެން ބޭނުންމީހަކު އޭނަޔާ ބެހެންްވީތަ؟ ބަލަ ބަންގާޅީންނައި އެއްކޮޅަށް ކޮމެންޓްކުރާމީހުން ތަޖުރިބާކޮއްލަން ގޮސް ބަނގުލާދޭޝްގައި އެވެރިން މިތާއުޅޭހެން އުޅެލަބަލަ
މިގައުމުގަ ކޮރަޕްޓު ވެފަ އޮތްތަނެއް އިމިގްރޭޝަންއަކީ މިތަނުގަ އުޅޭ ވެރިންގެ ޖީބުތަކަށް ބަރުވާ ވަރަކަށް މިމީހުން ބޭރުން މީހުންތައް ރާއްޖެ އެތެރެ މިކުރަނީ ވަރަށް ސާފު!! ލާރީގެ ދަހިވެތި ކަމުގަ ޖެހިގެން މިހާ ވަރަށް ބިދޭސީންތައް މިގައުމަށް މި ގެންނަނީ.!! ދިވެހިންގެ މިނިވަން ކަމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް މިކަމަކީ ކުރިޔަށް އޮތްތަނުގަ މި ބިދޭސީންގެ މައްސަލަ ހައްލުވެގެން ނުގޮށްސިއްޔާ ހީވެސް ނުކުރާހާ ބޮޑެތި ގެއްލުން އަހަރުމެން ދިވެހިންނަށް ލިބިގެން ދިޔުމަކީ ދުރުގަ އޮތް ކަމެއް ނޫން..!!
މަގެއްގެ މަތީ ހުރެލާނެ، ކީކުރަން ހުއްޓިލާނެ ތަންކޮޅެއްވެސް ނެއްތިސައިކަލުތަކާހުރެ. ރީތިކޮށްތެދުވާށޭ ބުނިނަމަ، މުސްލިމެއްގެ ކިބައިން ފެނިގެން ނުވާނެކަހަލަ މަންޒަރެއް، ﷲ ތިބާ އެފަދަ ދަށުދަރަޖާގައި ނުލައްވާށި، އާމީން
މިހާރު ސުވާލަކީ، ކާކުތޯ ވީދިޔޯ ނެގީ..