ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ ހެޔޮ ވެރިކަމެކެވެ. ގާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި ހައްގުތައް އޮބި އަޅައި ހިފަހައްޓާފައި އޮތުމަކަށް ރައްޔިތުން ބޭނުމެއް ނުވެއެވެ. ރައްޔިތުން އެދޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުން އެބަދެއެވެ. ތަރައްގީގެ ބޮޑެތި އަދި ބިޔަ މަޝްރޫއުތައް އޮތީ ފަށަން ތައްޔާރުވެފައެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ދެ އަހަރަށް "އެފް" ރިޕޯޓެއް ދިނަސް ސަރުކާރުން އާއްމުކުރި އަދަދުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ގިނަ މަޝްރޫއުތަކެއް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ކުރަން ފަށައިފިއެވެ.
ރައީސް އޮފީހުން "ވަގުތު" އާ ހިއްސާ ކުރި ތަފާސްހިސާބަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރި ކަން އެނގެއެވެ. އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ހުރީ އަމާޒު ހިފައިފައެވެ. ފެނާއި ކަރަންޓާއި ނަރުދަމާ އާއި މަގު ހެދުން ފަދަ މަޝްރޫއުތައް ހިނގަމުންދާ މިންވަރު ގިނައެވެ. ބިން ހިއްކުމާއި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މިސްކިތް އެޅުން ފަދަ ކަންކަން އެކިއެކި ކަންކޮޅުތަކުގައި ހިނގާ އަދަދު މަދެއް ނޫނެވެ.
ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި އަދި ކުރަމުން އަންނަ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށުމާއި ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް އެޅުމާއި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް މަތިކުރުމާއި ކައުންސިލްތައް ބާރުވެރިކުރަން ގާނޫނަށް ބޮޑެތި އިސްލާހުތައް ގެނައުމައި ސަރުކާރުގެ މުވައްޒަފުންނަށް މުސާރައާ އެކު 6 މަސްދުވަހުގެ މެޓާނިޓީ ލީވް އަދި 1 މަސްދުވަހުގެ ޕެޓާނިޓީ ލީވް ދޭން ފެށުން ހިމެނެއެވެ.
މީގެއިތުރުން އިންކަމް ޓެކްސް ބިލް ފާސްކޮށް، ބޮޑެތި މުއްސަނދިން އަތުން ޓެކްސް ނަގަން ފެށުމާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރަން އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ބޭންކެއް އުފައްދައި ލޯން ދޭން ފެށުމާއި ކޮމަންވެލްތުގައި ބައިވެރިވާން ފެށުމާއި އުތުރާއި ދެކުނުގައި ޑައިލިސިސް ޚިދުމަތް ތަރައްގީކުރުން ފަދަ ކަންކަން ހިމެނެއެވެ.
ރައީސް އޮފީހުން އާންމު ކުރި މައުލޫމާތުތަކުގެ ކުރު ހުލާސާއެއް:
- ރާއްޖޭގެ އެކި ރަށްރަށުގައި 182 މަޝްރޫއެއް ދަނީ ހިނގަމުން.
- ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ދިޔަ 122 މަޝްރޫއެއް ވަނީ ނިމިފައި.
- 64 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ޓެންޑަ ކުރެވިފައި.
- 90 މަޝްރޫއެއް ހިންގުމަށް ވަނީ އެވޯޑުކޮށްފައި.
- 18 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ޑިޒައިން އެވޯޑުކޮށްފައި.
- 138 މަޝްރޫއެއް އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައި.
- 58 މަޝްރޫއެއްގެ މަސައްކަތް އޮތީ މަޑުޖައްސާލާފައި (ފަސްކޮށްފައި).
ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް!
ރައީސް އޮފީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެންމެ ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ އަދި ނިމިފައި ހުރީ ސިއްހީ ދާއިރާގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދުވި އެންމެ ބޮޑު އެއް ކަމަކީ ރަށްރަށުގައި ތިބޭ ރައްޔިތުން ބޭސްފަރުވާ އަށް މާލެ އަށް އަންނަ މިންވަރު މަދުކޮށް، ރަށް ރަށުން ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތް މަގުފަހި ކުރުމެވެ. މި އަމާޒަށް ވާސިލްވާން ދެ އަހަރުތެރޭގައި މަސައްކަތް ކުރިއެވެ.
ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމާޒުގައި ފެށި މި ނުވަ މަޝްރޫއެއް ވަނީ ނިމިފައެވެ.
- ހދ. ނާވައިދޫގެ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުން.
- ހއ. ބާރަށުގެ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުން.
- ގއ. ކޮނޑޭގެ ސިއްހީ މަރުކަޒު ވަށާ ފާރު ރޭނުން.
- ފ. ބިލެތްދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން.
- ހދ. ހިރިމަރަދޫގެ ހެލްތު ސެންޓަރު ވަށާ ފާރު ރޭނުން.
- ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން.
- ޏ. ފުވައްމުލައް ހޮސްޕިޓަލް އަޕްގްރޭޑް ކުރުން.
- ކ ދިއްފުށީގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ލެބޯޓްރީ ތަރައްގީ ކުރުން.
- ފ. ނިލަންދޫ ހޮސްޕިޓަލް އެކްސްޓެންޝަން.
ޕްލޭނިން މިނިސްޓްރީ: އެންމެ ގިނަ މަޝްރޫއުތައް ހިނގާ ވުޒާރާ
ރައްޔިތުންނާ ގުޅިފައި އޮންނަ އެއް މިނިސްޓްރީއަކީ ޕްލޭނިން މިނިސްޓްރީއެވެ. އެއީ ރަށެއްގެ ބަނދަރު ހެދުން، މަގު ހެދުން، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން، ބިން ހިއްކުން، ބޯހިޔާވަހިކަން ވިޔަސް ގުޅިފައި އޮތީ ޕްލޭނިން މިނިސްޓްރީއާއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އޮއްވައި، ޕްލޭނިން މިނިސްޓްރީން ކުރި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކޮވިޑް-19 ފެސިލިޓީ ގާއިމު ކުރުމެވެ. އޭގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށައިފައެވެ. މިއީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ "ހަނގުރާމައިގައި" އެޅި މުހިންމު ފިޔަވަޅެކެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މުހިންމު ބޮޑެތި މަޝްރޫއުތަކެއް ނިންމައިފައެވެ.
- ހއ. ކެލާގެ ބަނދަރު ހެދުން- ފޭސް 2.
- މ. ނާލާފުށީގެ ބަނދަރު ބޭރު ތޮށި ހެދުން.
- ތ. މަޑިފުށީގެ ބަނދަރު ބޭރު ތޮށިލުން.
- ގއ. ވިލިނގިލީގެ ބަނދަރު ހެދުމުގެ މަޝްރޫއު- ފޭސް 2.
- އއ. އުކުޅަސްގައި ކޮންފަރެންސް ހޯލެއް.
- ޏ. ފުވައްމުލަކުގައި ކޮވިޑް ކަރަންޓީން ފެސިލިޓީ އިމާރާތް ކުރުން.
- އއ. ރަސްދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުން.
- ނ. ފޮއްދޫގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުން.
- ސ. ހިތަދޫގައި ކޮވިޑް ކަރަންޓީން ފެސިލިޓީ އިމާރާތް ކުރުން.
- ހއ. އިހަވަންދޫގައި ކޮވިޑް ހެލްތު ފެސިލިޓީ އިމާރާތް ކުރުން.
- ށ. ފުނަދޫގައި ހެލްތު ފެސިލިޓީ އިމާރާތް ކުރުން.
- ބ. އޭދަފުށީގައި ކޮވިޑް ރީޖަނަލް ސެންޓަރު އިމާރާތް ކުރުން.
- ގދ. ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރުން.
- ލ. މާބައިދޫގެ ނެރު ހެދުން.
ޔޫތު މިނިސްޓްރީ: ޒުވާނުންނާ ގުޅުން ހުރި ގިނަ ކަންތައްތައް ކުރި
ރަށެއްގައި ހުރި ފުޓްސަލް ދަނޑެއް ނޫނީ ފުޓްބޯޅަ ދަނޑެއްގައި ލައިޓެއް ޖެހުން، ބޯޅަ ގެއަށް ބޭނުންވާ ސާމާނު ހޯދުން، ދަނޑުތަކުގެ ޓާފް ބަދަލު ކުރުން. ސްވިމިން ޕޫލެއް އެޅުން ކަމަށްވިޔަސް، މިއީ ޔޫތު މިނިސްޓްރީގެ މެންޑޭޓު ތެރޭގައި ހިމެނޭ ކަންކަމެވެ. ބައެއް މީހުންނަށް މިކަހަލަ ކަންކަމަކީ ކުޑަ ކަމަކަށް ވިޔަސް، މިއިން ކޮންމެ ކަމެއް ފުރިހަމަ ކުރިޔަސް އެތައް ފައިދާއެއް ލިބޭނެ ޒުވާނުން އެބަތިބިއެވެ. ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެއް މިނިސްޓްރީއަކުން އެންމެ ގިނަ އަދަދެއްގެ މަސައްކަތްތައް ނިންމި ވުޒާރާއަކަށް ވާނީ ޔޫތު މިނިސްޓްރީއެވެ.
ޔޫތު މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އެންމެ ގިނަ އިން ނިންމީ ރަށްރަށުގައި އައުޓްޑޯ ޖިމް ގާއިމު ކުރުމެވެ.
- ނ. މާޅެންދޫގައި ވޮލީ ކޯޓެއް ތަރައްގީ ކުރުން.
- މ. މަޑުއްވަރީގައި ސްޕޯޓްސް އިންފްރާސްޓްރަކްޗަ ގާއިމުކުރުން.
- އއ. މާޅޮހުގައި ފުޓްބޯޅަ ދަނޑުގެ ރެސްޓްރޮމް ގާއިމުކުރުން.
- މާލެ ސިޓީގެ ބެޑްމިންޓަން ކޯޓު ތަރައްގީ ކުރުން.
- ހދ. ކުޅުދުއްފުށީގައި ސްވިމިން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް.
- ފ. ނިލަންދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން.
- ހއ. ދިއްދޫގައި ސްވިމިން ޕްލެޓްފޯމް އެޅުން.
- ނ. ހޮޅުދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން.
- މާލޭގެ 345 ނަންބަރު ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން.
- ހއ. ދިއްދޫގެ އިޖުތިމާއީ މަރުކަޒު އަޕްގްރޭޑް ކުރުން.
- އއ. ތޮއްޑޫގެ ވޮލީ ކޯޓު ފެންސް ޖެހުން.
- ކ ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފުޓްސަލް ދަނޑެއް.
- ބ. ގޮއިދޫގައި ފުޓްސަލް ދަނޑު ތަރައްގީ ކުރުން.
- ނ. ލަންދޫގައި ސްޕޯޓްސް އިންފްރާސްޓަރަކްޗަ ގާއިމު ކުރުން.
- އައްޑޫ ސިޓީ ފޭދޫގައި ސްވިމިން ޕްލެޓްފޯމް އެޅުން.
- ގދ. ފަރެސްމާތޮޑާގައި ފުޓްސަލް ދަނޑު ފެންސް މަރާމާތު ކުރުން.
- ލ. ފޮނަދޫގެ ބޯޅަގެ އަދި އިޖުތިމައީ މަރުކަޒު ނިންމުން.
- ލ. މާބައިދޫގެ އިޖުތިމާއީ މަރުކަޒު ތަރައްގީ ކުރުން.
- ލ ގަމުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން.
- އައްޑޫ ސިޓީ މީދޫގައި ސްވިމިން ޕްލެޓްފޯމް އެޅުން.
- ހއ. ތަކަންދޫ، ހއ. މުރައިދޫ، ހއ. ބާރަށް، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ށ. ކަނޑިތީމު، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. ކުޑަފަރި، ނ. މާފަރު، ނ. މަނަދޫ، ނ. ވެލިދޫ، ރ. ރަސްގެތީމު، ރ. އުނގޫފާރު، ރ. އިންނަމާދޫ، ރ. މަޑުއްވަރީ، ރ. އިނގުރައިދޫ، ރ. ފައިނު، ރ. މީދޫ، ބ. ކަމަދޫ، ބ. އޭދަފުށި، ބ. ގޮއިދޫ، ޅ.ކުރެންދޫ، ވިލިމާލެ، ކ. ދިއްފުށި، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، އއ. ހިމަންދޫ، މ. ވޭވަށް، މ. ނާލާފުށި، ފ. ފީއަލީ، ފ. ދަރަނބޫދޫ، ދ. މީދޫ، ތ. ކަނޑޫދޫ، ތ. ހިރިމަރަދޫ، ތ. ހިރިލަންދޫ، ތ. ކިނބިދޫ، ލ. އިސްދޫ، ލ. މާބައިދޫ، ލ. ގަން، ލ. މާމެންދޫ، ލ. ހިތަދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ގއ. ކޮނޑޭ، ގއ. ކަނޑުހުޅުދޫ، ގދ. ހޯނޑެއްދޫ، ގދ. ގައްދޫ، ގދ. ތިނަދޫ، ފުވައްމުލައް، އައްޑޫ ސިޓީ މަރަދޫ، އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އައުޓްޑޯ ޖިމެއް ތަރައްގީ ކުރުން.
އެހެން ވުޒާރާތަކުން ނިންމި ކަންކަން
- ގދ. ތިނަދޫގައި ނެޝަނަލް ޑްރަގް އެޖެންސީއެއް
- ކ. ހިންމަފުށީގައި ރެޑިކަލައިޒޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ހޯމް މިނިސްޓްރީ)
- ހދ. ފިނޭގައި މަގުބައްތި ޖެހުން. (ހޯމް މިނިސްޓްރީ)
- ގއ. ދެއްވަދޫގައި ހިނަވާގެ އިމާރާތް ކުރުން. (ހޯމް މިނިސްޓްރީ)
- ގދ. ފަރެސްމާތޮޑާ ސްކޫލް އަޕްގްރޭޑް ކުރުން. (އެޑިއުކޭޝަން މިނިސްޓްރީ)
- ސ. ހިތަދޫގައި އައްޑޫ ހައި ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އެޅުން. (އެޑިއުކޭޝަން މިނިސްޓްރީ)
- ށ. ފުނަދޫގައި މިސްކިތް އިމާރާތް ކުރުން. (އިސްލާމިކް މިނިސްޓްރީ)
- ސ. ހިތަދޫ ޒިކުރާ މިސްކިތް އަޕްގްރޭޑް ކުރުން. (އިސްލާމިކް މިނިސްޓްރީ)
- ސ. ހިތަދޫގައި ހުކުރު މިސްކިތް އަޕްގްރޭޑް ކުރުން. (އިސްލާމިކް މިނިސްޓްރީ)
- ލ. މުންޑޫގައި މިސްކިތް ވަށާ ފާރު ރޭނުން. (އިސްލާމިކް މިނިސްޓްރީ)
- ރ. ވަންދޫގެ ހާބަރުގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުން. (އެންވަޔަރަމަންޓް މިނިސްޓްރީ)
- ރ. އުނގޫފާރުގައި ކުނި ކޮށި ގާއިމު ކުރުން. (އެންވަޔަރަމަންޓް މިނިސްޓްރީ)
ވައްކަންކުރުމުގެ ދާއިރާއިން އެވޯޑުދޭންފެނޭ މިސަރުކާރަށް
ކާލި ވެންޓިލޭޓަތުތަކުގެ ވާހަކަވެސް ޖަހާލަބަލަ
ކާޕެޓާއި ފައިފުހި ކެއުމުގެ ދާއިރާއިންނާއި ވެންޓިލޭޓަރު ކެއުމުގެ ދާއިރާއިން ވެސް އެވޯޑު ދޭން ފެނޭ
ކަލޭމެންގެ އެންމެ ބޮޑު ކާމިޔާބީ އަކީ ރައްޔިތުންނަށް ބަލާވެރިކަން ޖެއްސުން
ސިއްހީ ދާއިރާއަށް އައި ހެޔޮބަދަލުތަކުގެ ތެރޭގައި ވެންޓިލޭޓަރު ވައްކަންވެސް ހިމަނާލިނަމަ
ތިޔަ ހުރިހާ މަޝްރޫޢު ފެންނަ ނީގުދުވެލީމަދޯ
ހަހަހަ. ޔެސް
ޔޫތް މިނިސްޓްރީ އަކީ ބޭކާރުތަނެއް. މި ސަރުކާރުން ޒުވާނުނަށް ޖައްސަނީ ހުސް ބަލާވެރިކަން
ލޮލަށް ނުފެންނަގޮތަށް ހިންގާ މަޝްރޫއު. ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަން ލަދެއްވެސްނެތް.
ތި މަޝްރޫޢުތައް ދިވެހިންގެ ލޮލަކަށް ނުފެނޭ. މަޝްރޫޢުތައް ހިންގަނީ ނުފެންނަގޮތަށް ހައިޑްކޮށްތަ؟
ޖޫރިމަނާފައިސާގެ ކާމިޔާބުވާހަކަ ހަދުމަނެތުނީތޯ ؟
ތިތަނުގައި ހުރީ ޔާމީނު ވެރިކަމުގައި ފެށި މަސައްކަތްތައް! އެމީހުން ކުރި ކަމެއް މަދުވާނެ!
ޓެކްސް ނެގުމާ ރައްޔިތުން ފެލާލުމުގެ ތަރައްގީ ސްޓިކާ ޖަހަނީ ޕާކިންގ ޒޯން ހަދައފަތޯ. މުޅި ދުނިޔެ ގައުމުތަކުގަ އެކިއެކި ދޮގުވާހަކަ ފަތުރައިގެން ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވި މީހުން މިއަދު އޮޓަމެޓިކުން ބޮކަޓްވީމާ ކޮން މަމެއްތޯ ރަނގަޅު ކުރެވޭނީ . މަރުތަށް ބަލާ ނިމުނީތޯ
މިސަރުކާރު އައުމުގެ ކުރިން ރައްޔިތުންގެ އަތްމަތި ތަނަވަސް! ކުރާނެ މަސައްކަތްތައް ބައިވަރު އޮތް! ޑޮލަރު ލިބޭ އޭޓީއެމް މެޝިންގައި ކާޑުޖަހާލުމުން! މިސަރުކާރުގެ ދެ އަހަރު ނިމުނުއިރު ދިވެހިންގެ އަތްމަތި ދަތިވެއްޖެ! ކުރާނެ މަސައްކަތެއް ނެތް! ޒަރޫރީ ބޭނުންތަކަށްވެސް ބޭނުންކުރަން ޑޮލަރެއް ލިބޭކަށް ނެތް!! ޑޮލަރެއް ލިބެނީވެސް ކަޅު ބާޒާރުން ޑޮލަރަކަށް 19 ރުފިޔާގެ ރޭޓުން!! ބެންކު އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކާޑުތައް ލިމިޓްކޮށް މަހަކު ހަމަ އެކަނި 250 ޑޮލަރު ނެގޭ ގޮތަށް ހަދާ ދިވެހިންނަށް ދުއްޕާން ކޮށްފި! މީގެ ހެއްވާކަމަކީ ކާޑުތައް މިގޮތަށް ލިމިޓްކުރިއިރު ކޮންމެ ކާޑަކުން ބެންކުން ނަގާ އަހަރީ ފީ ކުޑައެއްނުކުރޭ!! އަޅުގަނޑު ވިސާ ޕްލެޓިނަމް ކާޑެއް ނެގީ 5000 ޑޮލަރުގެ ކްރެޑިޑް ލިބޭތީ އެކާާޑަށް އަހަރު 1500 ރުފިޔޭގެ އަހަރީ ފީއެއް ދައްކައިގެން!! އެކަމަކު އެކާޑުންވެސް މިހާރު މިބޭނުން ކުރެވެނީ މަހަކު 250 ޑޮލަރުގެ މުޢާމަލާތް!! މިއީ ދެރަކަމެއް! މިސަރުކާރު އައި ފަހުން ޖެހޭ ދުއްޕާން މިއީ ދިވެހި ރައްޔިތުންނަށް!! ކަންކަންކުރެވުނީ ބުނެ ބައިސާ ކަނޑާއިރު މިއީ ގައުމު އޮތް ޙާލަތަކީ މިހާރު!! މިސަރުކާރުގައި މިހާތަނަށް ނިމިފައިވާ ގިނަ ކަންކަމަކީ ޔާމީން ސަރުކާރުން ފަށާފައިވާ މަސައްކަތްތައް!! އޭގެތެރެއިން މިހާރު ނުނިމިވާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ހުޅުލެ ތަރައްގީގެ ޕްރޮޖެކްޓައް!! އޭގެތެރޭ ހުޅުލޭ ދެ ބުރި ޕަސެންޖަރ ޓާމިނަލްއާއި ހުޅުލޭގައި ކުރާ އެހެނިހެން މަސައްކަތްތައް!! ދެން އޮތީ ހުޅުމާލެ ދެވަ ފިޔަވަހީގެ ކޯޒުވޭ އާއި އެތާ އަޅަމުން އެދާ އިމާރާއްތައް! މިއީ އެއްގޮތަކަށްވެސް މިސަރުކާރުގެ އެއްވެސް ވިސްނުމެއްގެތެރެއިން ކުރަމުން އަންނަ މަސައްކަތްތަކެއްނޫން!! އެއީ ޔާމީން ސަރުކާރުގައި ކުންފުނިތަކާއި ޙަވާލުކޮށްގެން ފައިސާވެސް ހަމަޖައްސާ ދީގެން ކުރަމުން އަންނަ މަސައްކަތް!! މިއީ ނާގާބިލް ސަރުކާރެއް!! ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑު މަތިބަރު ސަރުކާރެއް!! ދިވެހިންގެ ނޭވާހޮޅިން ވައްކަންކުރަމުންދާ އެކަމަށް މަޝްހޫރުވެފައިވާ ސަރުކާރެއް!!
މި ދެއަހަރު މި ސަރުކާރުން ކުރިކަމެއް ފެންނާނީ ދެލޯ އަދިރި މީހަކަށް އިބުރާހީމާ ތިވަރަން އިތުރުފުޅު ހައްދަވާކަން ނުވާނެ އަދި އޮތީ ކުރިޔަށް މަރުވާނެކަން ހިތަށްދެއްދުއް ވަރަން މުހިންމު
ހުސްވެސް ރޔާމީން ކުރަން ފަށާފަ ހުރިކަންކަން އިބޫ ކަލޭ ލަދުހަޔާތް ކޮބަ އަނގަހުޅުވާފަ ވާހަކަ ދައްކަން
ޞިއްޙީ މަރުކަޒު ވަށާފާރު ރޭނީމަ އެއީ އެ ދާއިރާ އަށް ކޮން ކަމެއްތޯ... އަހަރުމެންގޭގަވެސް ވަށާފާރު ރާނަން އެކަމާ ޞިއްޙީ ދާއިރާއާ ކޮންކަމެއްތޯ؟؟؟ ދެން އަޅެ ހެނބަދޫއާ ތިޔަ ރައްތަކުގަ ހުރި އައުޓްޑޯ ޖިމްގެ ފޮޓޯއެއް ދައްކާލަބަލަ. އަހަރުމެން އައިނު ސާފުކޮށްކޮށްވެސް ނުފެންނާތީ
ތިޔައީ ކައިފަ ބާކިވި އެތިކޮޅާ މީހުންގެ އަތުން ލޯނު ނަގައިގެން ކުރެވިފަ ހުރިކަންކަން ، މިހާރު ގައުމުއޮތީ މީގެ 2 އަހަރު އޮތް ދަރަނި 10 ގުނަ މަތީގަ އެވާހަކަ ދައްކަބަލަ އަނގަހުޅުވައިގެން.
މީންޒަ މާނަކުވެސް ދިވެހިރާއްޖެ ނުދެކޭފަދަ ތަރަށްގީއެއް ރައީސް ސޯލިހުގެސަރުކާރުން މިވަނީގެނެސްދެއްވާފަ ހާއްސަކޮށް މާލެއަށް މިވަނީގެނެސްދީފަ ހުރިހާރައްޔަތުން މިތިބީ އުފަލުންފޮޅިފަ ސުކުރިއްޔާ ރައީސް ސޯލިހު
ފުވައޮމުލަކު ގަ ނެތޯ މިސަރުކާރުނ ކުރި ކަމެއ ފެނޮނާކަށ
ކޮބާ ދަވާލި ވެންޓިލޭޓަރ ފައިސާ!
އިތުރު ކުރިއެރުން
1. ޖުޑިސަރީ ފުޑާލުން
2. ބަދަލުގެ ނަމުގައި ދައުލަތުގެ މާލިއްޔަތު ދަވާލުން
3. ވަޒީފާއިން ވަކިކުރި މީހުންގިނަވުން
4. ޥަޒީފާގެ ބިރުވެރިކަން އިތުރުވުން
5. ވައުދާޚިލާފަށް އިސްޓިކާ ޖަހައިގެން ރަޢިއްޔަތުން ފެލާލުން
އަދިވެސް މިފަދަ ކިތައްމެކައް
ހެލްތް ސެންޓަރެއްގެ ވަށާފާރު ރާނާއިގެން ސިއްޙީ ޚިދުމަތް ތަރައްގީ ވަނީ ކިހިނެއް؟ ޑޮކްޓަރު ބަލިމީހާ ބަލަން އިންނަނީ ފާރު ބުރި މަތީގަތަ؟ ބަލި މީހާ އެޑްމިޓް ކުރަނީ ފާރު ބުރި މަތީގަތަ؟
އޮހޯ ލިސްޓް ކިތަންމެހާވެސް ފުރިހަމަ އަދު އެހާމެ ދިގު ނަމަވެސް ގިނައީ މިއަދު ލިސްޓަށް އެރުވި ކަންކަން ނަމަވެސް ތިޔަކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވާފައި އޮތީ ވައްކަން ކުރުން ތިޔަކަންކަމަށް ޚަރަދު ކުރާށޭކިޔައިގެން މުހާރު އެޔޮތީ ރައްޔިތުން ފެލަންނިންމާފަ ވީމާ ކިހިނަކުން ތިޔަކަންކަން ކުރެވޭނީ ތިޔަކަހަލަ އަދި ތިޔަށްވުރެ ބޮޑެތި ލިސްޓް ހިފައިގެން ވެރިކަން ދަމައިގަތީ ނަމަވެސް ވީކަމެއް ހަރާން ދެންމިކިޔަނީ ކޮވިޑް ކޮވިޑޭ އެހެންވީމަދޯ މުޅިދައުލަތް ގެސްޓް ހައުސްތަކުގައި ނާޗަރަގީ ކުޅެލީ އަދިވެސް މަދީ ކެވުނުލެއް އެހެންވެ ލިސްޓްހަދައިގެން އިތުރަށް ވައްކަން ކުރަން ތިޔޮތީ ނިންމާފަ ބަޔަކު ވެރިކަން ހަވާލުކުރީވެސް ހަމަވައްކަން ކުރަންވިއްޔަ އިތުރުކަމެއް ކުރާނެކަމެއްނެތް
ހިސާބު ޖަހައިގެން ގެންނަ ތަރައްޤީ ސާބަހޭ....
އެއްވެސް ކާމިޔާބެއް ނުލިބެ މަކަރާހީލަތުގެ 2 އަހަރު ފާއިތުވެގެން ދިޔައީ ބޭކާރުގޮތުގަ ކަލޭމެން ކާމިޔާބޭ ބުނަން މިއަދު ލަދުގަންނަންޖެހޭނެ ރައީސްޔާމީންގެ ކާމިޔާބުގެ މަށްޗަށް ފަސްއަޅަންދަށްކާ ބުހުތާނު ދޮގުވާހަކަ މިކަން ބޭރު ގައުމުތަކުގެ މީހުން ހެކިވާނެ.
ތިޔަތާ ގިނައީ ޔާމީނުގެ ދައުރުގައި ފަށައިގެން ކުރިޔައްގޮސް ނިމުމާކައިރިވެފައިހުރި މަސައްކަތްތައް ރަނގަޅައް އެނގޭތި މިބުނީ.
ތިޔަތާ ގިނައީ ޔާމީނުގެ ދައުރުގައި ފަށައިގެން ކުރިޔައްގޮސް ނިމުމާކައިރިވެފައިހުރި މަސައްކަތްތައް ރަނގަޅައް އެނގޭތި މިބުނީ. ﷲ އައް ބިރުވެތިވޭ ﷲ އީ އެއްމެމޮޅައް ދެނެވޮޑިގެންވާ ރަސްކަލާގެ
ބާރަށު ސިއްހީ މަރުކަޒު އަޕުގުރޭޑު ކުރީ ކޮންތަނެއްބާ ، ބިންގަލުން ތިރިބާ ؟
ޢިބޫގެ އަންހެނުން ފެނުނީމަ ހީވަނީ މަގުމަތީ ކަންކަން މަތީ ބިތްޖެހިފަތިބޭ ކުދިންގެ ކުއްޖެއް ހެން . ޢެގޮތަށް ފެންދެމިފަ ފިލުނދުވެފަ ،
މާރާމާރީ ތަކުގައި ވަޅީޖެހުން ކިހާއަދަދެއްތޯ؟ކޮށާލީ/ ބިދޭސީން ގައުމުގެ އަމަންބަލަހައްޓާ ފުލުހުން ސިފައިންނަށް މައިތިރިނުވެ ކުރި މުޒާހަރާތަކަކީ އަމާންކަންތޯ؟ ޑުރަގްސް ތިޔާގިވަރު އަދަދުން
އެމް.އެމް.ޕ.އާރު .ސީ އަށްވުރެ ދައުލަތުން ގެއްލުނު .އިހުމާލުވި ފައިސާ ގިނަ.ވައްކަން މެކުހަށް
ސިޔާސީ މަގާމުތައް ރެކޯޑްއަދަދެއް.ފެންބިލް ނުދެއްކި ކަރަންޓް ބިލް ނުދެއްކި ދަރަނި ވެރިވެފައިވާ އަދަދު ސުޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީ އިން ބަލާފައި މިބުނީ.ސީދާ "ޔޫ" އެއް