(ޕޮލިސް އެކަޑަމީ، އައްޑޫ ސިޓީ) އެއީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ސަރަހައްދުގައި އޮންނަ މީހުން ދިރިނޫޅޭ ބޮޑު ސަރަހައްދެކެވެ. މަގުގެ އެއް ފަރާތުން ފެންނަނީ ޖެހިޖެހިގެން އުސްކޮށް ހަދާފައި ހުރި އިމާރާތްތަކެކެވެ. ބޭރުން އެ ތަން ފެންނަ މީހުންނަށް އެއީ "ރީތި މަންޒިލެކެވެ." އެ ސަރަހައްދަށް ވަދެގެން ގޮސް، އެއް އިމާރާތުގެ އެޕާޓްމަންޓަކަށް ވަދެލުމުގެ ފުރުސަތު ލިބުނެވެ. އެތަން ސިފަވީ ސަރުކާރުން ދޫކުރާ ފްލެޓްތައް ހުންނަ ފަދަ ގޮތަކަށެވެ. ބަދިގެ އާއި ސިޓިން ރޫމާއި ކޮޓަރިތައް ހުންނަ ފަދަ ޑިޒައިނަކަށް އެ ތަން ސިފަކޮށްލެވެއެވެ.

އެއީ އައްޑޫ ސިޓީގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީގެ އެއް އެޕާޓްމަންޓް ބްލޮކެވެ. ތަމްރީންތަކަށް އިރުޝާދު ދިނުމަށް އަންނަ ފުލުހުންގެ އިސްވެރިންނާއި އާއިލާއާ އެކީގައި އައިސް ތިބެވޭނެ ގޮތަށް އެ ތަން އޮތީ އިމާރާތްކޮށްފައެވެ. އެ ތަން އެކަންޏެއް ނޫނެވެ. އޭޓީއެމް އާއި ފިހާރަތާކާއި ސައި ހޮޓާތައް ވެސް ހުއްޓެވެ. އެ ސަރަހައްދުން ބައެއްގައި ބޮޑު ފުޓްބޯޅަ ދަނޑެއް ވެސް އަޅަން އޮތީ ނިންމައިފައެވެ.

އައްޑޫ ސިޓީގެ ރައްޔިތުން މި ތަން ސިފަ ކުރަނީ އާންމު ރަށެއްގެ ބޮޑު މިން ހުރި ބޮޑު ސަރަހައްދެއްގެ ގޮތުގައެވެ. އެހާ ބޮޑު ފުޅާ މިނެއް ނެތަސް ދިގު މިނުގައި ގާތްގަނޑަކަށް އެއް ކިލޯމީޓަރު ހަމަވާނެއެވެ. އެއީ އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ ބޮޑު ޕޮލިސް އެކަޑަމީއެކެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ތަނުގައި އޮތީ އެންމެ ބޭނުމެކެވެ. ފުލުހުންނާއި ރާއްޖޭގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މީހުން ތަމްރީންކޮށް ވަޒީފާ އިތުރު ކުރުމެވެ. މިއީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު އެއް އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. އެކަމަކު މި ތަނާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް އަބަދުވެސް ދެކެވެއެވެ. އިންޑިއާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި އަޅަން އުޅޭ ކަމަށް އަބަދުވެސް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކައެވެ. މިފަދަ އެކި ވާހަކަތަކާ އެކީ މި ބޮޑު މަޝްރޫއު އުއްމީދަކަށް ވުރެ ކަންބޮޑުވުމަކަށް ވެސް ބަދަލުވެފައިވާ ކަން އައްޑޫގެ ބައެއް ރައްޔިތުންގެ ވާހަކަތަކުން ވެސް އެނގެއެވެ.

އައްޑޫ ލިންކް ރޯޑުން ދަތުރުކޮށްފައި އެ ދިމާލަށްދާ އިރު، އައްޑޫގެ ބައެއް ރައްޔިތުން އެ ތަން އިޝާރާތުން "ބަލާބަލަ، ރަށެއް ވަރުގެ ތަނެއް އައްޑޫއިން ނަގައިގެން ހަދާ ތަނެއް ތިއީ،" ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރެއެވެ. އެމީހުން ކަންބޮޑުވެފައި އޮތީ އެ ތަނުގެ އެތެރެ އޮތް ގޮތަކާ މެދުގައެވެ. އަދި އިމާރާތް ނިމުމުން ދެން ވާނެ ގޮތަކާއި މެދުގައެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ތަނުގެ ބޮޑު މިން ވަޒަންކޮށްލެވުނީ، ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އާއެކުގައި ކުރި ޒިޔާރަތުގައެވެ.

"މިއީ ހަމަ ރަށުގައި ގެތައް އިމާރާތްކޮށްފައި ހުންނަ ވަރަށް ހުންނަ ވަކިވަކި ކޮށިތަކެއް. އައްޑޫ މީހުން ތަން ސިފަކުރާ ގޮތާ ދާދި އެއް ގޮތެއް،" އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީ އަށް ފުރަތަމަ ފަހަރަށް ވަނުމުގެ ފުރުސަތު ލިބުނު އެއް ނޫސްވެރިއަކު ކިޔައި ދިނެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކޮމަޑޭޝަން ބްލޮކް ހުންނަ އިމާރާތުން ނުކުމެ ބަލާލި އިރު، އެ ސަރަހައްދު ކައިރިން ފެނުނީ ސިޑިބަރިއެކެވެ. މި ސްޓޭޑިއަމްގެ ސިޑިބަރިއަށް އެކަނި ބަލާލުމުން ވެސް މިއީ ބައިނަލް އަގްވާމީ ފެންވަރުގެ ސްޓޭޑިއަމްއެއް ގޮތުގައި ބެލެވެއެވެ. ސިޑިބަރީގެ އިތުރަށް ސްޓޭޑިއަމްގެ އިތުރު މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ. އެކަމަކު، ޕޮލިސް އެކަޑަމީގެ މަސައްކަތްތައް ފެބްރުއަރީ މަހު ނިންމަން ވަނީ އަމާޒު ހިފައިފައެވެ.

"މިއީ މި ސަރަހައްދުގައި އަޅަން ނިންމާފައިވާ ފުޓްބޯޅަ ސްޓޭޑިއަމް،" ނޫސްވެރިންނާ ހަވާލުވެ ހުރި އޮފިޝަލަކު ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަޑަމީގެ ތެރޭގައި ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރާނެ ކްލާސް ރޫމްތަކާއި އޮޑިޓޯރިއަމްތަކާއި ފެކަލްޓީތައް ހުއްޓެވެ. ކެޑޭޓުން އުޅެވޭ ގޮތަށް ރެޒިޑެންޝަލް ކޮޓަރިތަކާއި، ފުލުހުންގެ އިސް އޮފިސަރުންނާއި ލެކްޗަރާއިން ތިބެވޭނެ ރެޒިޑެންޝަލް އެޕާޓްމަންޓްތައް ހުއްޓެވެ. ފުޓުބޯޅަ އާއި ބާސްކެޓް ބޯޅަ އާއި ޓެނިސްގެ އިތުރުން ސްވިމިން ޓްރެކެއް ވެސް ހިމެނެއެވެ. ފިހާރަތަކާއި ސައި ހޮޓާތަކާއި ބޭންކިންގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ދެވޭނެ ވަސީލަތްތަކާއި އިމާރާތްތައް ވެސް ހުއްޓެވެ.

މި ހުރިހާ ތަނެއް ހިމެނޭ ގޮތަށް ގާއިމް ކުރާ މި އެކަޑަމީގެ "އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ މެޕް" ވެސް އެ ސަރަހައްދުން ފެނުނެވެ. އެއީ ތަނަށް ވަންނަން މިހާރު އޮންނަ މައި ގޭޓް ކައިރިންނެވެ.

"މި ރަށެއްހާ ބޮޑު އަވަށެއް. މި އަވަށުގައި ކުރިއަށްދާ އެކަޑަމީގެ މަޝްރޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އާންމު ރަށަކަށް ވެސް އޮންނަ ފަދަ ތަރައްގީގެ ޕްލޭނެއް." އެ ތަނަށް ޒިޔާރަތް ކުރި "ވަގުތު" ގެ ފޮޓޯގްރާފަރު އިބްރާހިމް ޝާބިލަށް ސިފަވި ގޮތް ކިޔައި ދިނެވެ.

މި އެކަޑަމީ އިން އައްޑޫގެ މުޖުތަމައަށް ކުރާނެ ފައިދާއެއް!؟

އައްޑޫގެ ބޮޑު ސަރަހައްދެއް ނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ އޮންނާނެ ކަންބޮޑުވުންތަކާއި ސުވާލުތައް ވެސް އެ ތަން ކައިރިން ދުށް މީހެއްގެ ހައިސިއްޔަތުން ވެސް ވިސްނައިލެވުނެވެ. މި ވަރުގެ ސަރަހައްދެއްގައި އާންމު ރަށެއްގައި އޮންނަ ކޮންމެ ހިދުމަތެއް ގާއިމް ކުރާ ގޮތަށް ބޮޑު މަޝްރޫއެއް ހިނގައިގެން ފުލުހުން ތަމްރީނު ކުރާނެ އެކަޑަމީއެއް އެޅުމުން އައްޑޫއަށް ކުރާނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ އިންޑިއާގެ ފުލުހުންނާއި ސިފައިން މި ތަނުގައި ގާއިމް ވެގެން ތިބެނެ ހެއްޔެވެ؟ އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއަކަށް ވާތީވެ މި އެކަޑަމީ ވަކި ދުވަސްވަރަކަށް ނުވަތަ ދާއިމަށް ވެސް ހަމަޖައްސާފައި އޮންނާނީ އިންޑިއާއިން ހިންގާ ގޮތަށް ހެއްޔެވެ؟ އެހާ ބޮޑު އެކަޑަމީއެއް ހިންގާއިރު އައްޑޫ ލިންކް ރޯޑުން ދަތުރު ކުރާ އުސޫލަށް ބަދަލު އަންނާނެ ބާއެވެ؟ އެ ސަަރަހައްދުން ދަތުރު ކުރުމުގައި ފުލުހުންގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ހެއްޔެވެ؟

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫގައި ގާއިމް ކުރާ ޕޮލިސް އެކަޑަމީއަށް ކުރި ޒިޔާރަތާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ނޫސްވެރިންނާ ބައްދަލު ކުރެއްވިއެވެ. އަދި ނޫސްވެރިން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ވެސް ދެއްވިއެވެ. ނޫސްވެރިންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އޮތީ ވެސް އައްޑޫގެ އާންމު ރައްޔިތުންގެ އެ ކަންބޮޑުވުންތަކާއި، ސިޔާސީ ބޭނުމެއްގައި ނަމަވެސް އެ އެކަޑަމީއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އިތުރަށް ސާފު ކުރުމުގެ ގޮތުން ކުރި ސުވާލުތަކެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެއީ "މިލިޓަރީ ސްޓްރަކްޗާ" އެއް ނޫނެވެ. އެއީ ދިވެހި ފުލުހުންނާއި ރާއްޖޭގައި ގާނޫނު ތަންފީޒު ކުރާ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރުމަށް ގާއިމް ކުރާ އެކަޑަމީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަނުގައި ފުލުހުންގެ ތަމްރީންތައް ދިނުމުގައި ވަކި އިންޑިއާގެ މީހުން ހާއްސަކޮށް ހިންގަން ޖެހޭ ތަމްރީނެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ވެސް ދިވެހި ފުލުހުންގެ މުއައްސަސާއާ ގާތް ގުޅުން އޮންނަ އެހެން ދައުލަތްތަކުގެ ކޮންމެ ލޯ އެންފޯސްމަންޓް ނުވަތަ ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އަދާ ކުރާ އިދާރާތަކާ ގުޅިގެން ތަމްރީންތައް ހިންގޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެ އެކަމަޑީގެ ވަސީލަތްތަކަކީ ހަމައެކަނި ފުލުހުންނަށް ހާއްސަކޮށް ބޭނުން ކުރާނެ ވަސީލަތްތަކެއް ނޫން ކަމަށް ހަމީދު ވިދާޅުވިއެވެ. އޭގެ ބޭނުން މުޅި އައްޑޫއަށް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެކަޑަމީ ހިންގުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ކޮންމެ ވެސް ދައުރެއް ހިމެނޭ ގޮތަށް ހަމަޖައްސާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެ އެކަޑަމީގެ ހިންގާ ބޯޑުގައި ކައުންސިލް ތަމްސީލް ކުރައްވާނެ ބޭފުޅު އިންނަވަން ޖެހޭ ވާހަކަތަކެއް ވެސް ދެކެވުނެވެ. އައްޑޫގައި ހަރަކާތްތެރިވާ ކުޅިވަރު ޖަމިއްޔާތަކަށް އެ ތަނުގެ ކުޅިވަރު ވަސީލަތްތައް ވެސް ބޭނުން ކުރެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި އައްޑޫގެ ސްކޫލްތަކުގައި ހިންގާ ކެޑޭޓާއި ސްކައުޓާއި އެހެނިހެން އިތުރު ހަރަކާތްތައް ހިންގުމަށް ވެސް އެ ތަން ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ވެސް އޮންނަ ގޮތަށް އައްޑޫ ސިޓީގެ ލިންކް ރޯޑް ހުޅުވިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބެރިކޭޑް ޖަހައި ސެކިއުރިޓީ ބަހަައްޓައިގެން އެ ސަރަހައްދު ހިމެނޭ މަގު ބެލެހެއްޓުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ވެސް އެ ތަނަކީ މުޅި އައްޑޫގެ ބޭނުމާއި އައްޑޫގައި އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ވެސް އިތުރު ކުރުމުގެ މަގްސަދުގައި ގާއިމް ކުރާ އެކަޑަމީއަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގަ އެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގައެވެ.

އެންމެ ފުރަތަމަ ދިވެހި ސަރުކާރުން އެދިފައިވާ ގޮތަށް އެ މަރުކަޒު އަޅަން ނިންމީ ޅ. ދިއްފުށިމާދޫގައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޔާމީންގެ ސަރުކާރުގައި ތިން ފަހަރެއްގެ މަތިން އެ މަރުކަޒު އަޅާނެ ތަން ބަދަލު ކުރިއެވެ. ޖުލައި 2013 ގައި ޅ. ދިއްފުށިމާދޫގެ ބަދަލުގައި އެ އަތޮޅު މާބިންހުރާގައި އެ އެކަޑަމީ އެޅުމަށް މަޝްވަރާ ކުރެވުނެވެ. ދ. ވާނީގައި އެޅުމަށް ވެސް އޭރުގެ ސަރުކާރުގައި މަޝްވަރާ ކުރެވުނެވެ. އެންމެ ފަހުން އައްޑޫގައި އަޅާ ގޮތަށް އެއްބަސްވުމަކަށް އައިސްފައިވަނީ ފެބްރުއަރީ 2014 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިންޑިއާއިން ފޯރުކޮށްދޭ 31 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ އެ މަޝްރޫއު މިހާރު ވަރަށް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ. ދެ ގައުމުގެ ސަރުކާރުން ވެސް ބުނާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހަށް އެ ތަން ހުޅުވޭނެއެވެ. އެ މަރުކަޒު ހުޅުވުމާއެކު ފަތުރަމުންދާ ހަގީގަތެއް ނެތް އަޑުތައް ކެނޑިގެން ދާނެ ކަމަށް އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހސހސ

    މިއި އައްޑު ރައްޔިތުންނަށް ްް ބިން ދުކުރަން އޮތް ސަރަހައްދަކަށް ހަދާލި ނަމަ. ނޫނީ ޓުއަރިޒަމް ޒޯނަކަށް ހަދާލިނަމަ.
    މިގޮތަށް ގަމުގަ އިނގިރޭސިންވެސް އުޅުނު. އެއަރޕޯޓް އެޅި މިލިޓަރީ ބޭހެއް އެޅި
    މިއިމާރަތުން ރަށު ރައްޔިތުންނަށް އޮތް ފައިދާ އަކީ ކޮބާ
    ސޮދިގު މެން އަމިއްލަ ފައިދާ އަށް ކޮށްދަ އޮތް ކަމެއް

    37
    6
    • ބޭބެ

      ކީކޭތަ ތިކިޔަނީ!! މިބިން ދިނީ އައްޑޫ ސިޓީ ކައުންސިލުން!! އެއީ ނަޝީދު އަންދާލި ޕޮލިސް އެކަޑަމީ (ހިތަދޫގައި ހުރި) ހުރި ބިން ކައުންސިލުން ބޭނުން ވެގެން އެތަން ނެގުމަށްފަހު!! މިތަން ދިންއިރު މިތަން އޮތީ ގޮނޑެއްގެ ގޮތުގައި! ގަސްތަކާއި ޖަންގައްޔެއް އޮތީ!! އޭރު ފުލުހުންނަށް ޖެއްސުމަށް ނަމަވެސް ކުރީ ބިން އަތުލާފަ މިބިން ދިންއިރު މިތަން އޮތްގޮތުން ބަޔަކު ހީއެއްނުކުރޭ މިކަހަލަ ރީތި ލޭންޑް ސްކޭޕެއް މިތާގަ އޮތްކަމަކަށް!! ދެން މިބިން ސާފުކޮށް ރީތިކުރުމަށްފަހު ކުރިންވެސް ކަނޑައަޅާފައިވާގޮތަށް ސައުތު އޭށިޔާ ސަރަޙައްދަށް ބަލާއިރު ހަމަ އެންމެ އެކަށީގެންވާގޮތަށް ޑިޒައިންކޮށް ފެންވަރު ރަގަނޅު ޕޮލިސް އެކަޑަމީއެއް (ފުލުހުންނަށް ތަމްރީނު ދެވޭގޮތަށް ހުރިހާ ވަސީލަތްތަކާއެކު) ހެދާ ބިލްޑިންގްތައް މައްޗަށް އަރަން ފެށީ!! އެހާ ހިސާބުން ކައުންސިަލަށްވެސް މިތަން ފެނި ބޭނުންވެއްޖެ!! ޓޫރިޒަމަށް މިވަރުގެ ސަރަޙާއްދެއް އައްޑޫގައި ނެތްކަމަށްބުނެ ވަކާލާތުކުރަން ފަށައިފި! މިތަން ފުލުހުންގެ އަތުން ނަގަން އައްޑޫ ސިޓީ ކައުންސިލުން އެކިއެކި ތަންތަނަށް ދުވެ ކުރި މަސައްކަތްވެސް ކާމިޔާބެއްނުވި!! އެކަމަކު މިތަނަކީ ހަމަ ފައްކާ ޕޮލިސް އެކަޑަމީއެއް!! މިތަން ހުޅުވުމުން ގިނަ ފައިދާތަކެއް ސީދާކޮންނާއި ނުސީދާކޮށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރާނެ!! އިންޑިޔާ އައުޓް!! މިއީ އެމީހުންގެ ބޭސް އެއްނޫން!! އިންޑިޔާ އައުޓް!! ނަމަވެސް އެމީހުންގެ އެހީތެރިކަން ލިބޭނެ! ބޭރު އެހެން ގައުމުތަކުގެ އެހީތެރިކލަންވެސް ލިބޭނެ!!

      6
      1
  2. ހސހސ78

    މިއި އައްޑު ރައްޔިތުންނަށް ްް ބިން ދުކުރަން އޮތް ސަރަހައްދަކަށް ހަދާލި ނަމަ. ނޫނީ ޓުއަރިޒަމް ޒޯނަކަށް ހަދާލިނަމަ.
    މިގޮތަށް ގަމުގަ އިނގިރޭސިންވެސް އުޅުނު. އެއަރޕޯޓް އެޅި މިލިޓަރީ ބޭހެއް އެޅި
    މިއިމާރަތުން ރަށު ރައްޔިތުންނަށް އޮތް ފައިދާ އަކީ ކޮބާ
    ސޮދިގު މެން އަމިއްލަ ފައިދާ އަށް ކޮށްދަ އޮތް ކަމެއް

    17
    5
  3. ޅަބޭ

    އައްޑޫ ޕޮލިސް ކޯޗެކޭ؟؟ އެކަޑަމިކަޑަ އޭ؟؟"" އޭ ކޯއްޗެއް؟؟ ގަހެއްގަ އަޅާއެއްޗެއްތަ؟ ނޫނީ ރޯގާއަކައް ކިޔާނަމެއްތެ؟ މަކަހަލަ ރާއްޖެތެރޭ ކެނައިންނައް އިނގޭގޮތައް ތިލަކޮއް ތިއެއް ލިޔެލިނަމަ...

    19
    8
  4. ރޯދަ މުބާރިކް

    ބޮޑުވަރުގެ ބިރެއް!!! ޢިންޑިއާ ސިފައިން އަށްޑޫއަށް ބޭނުމެއްނޫން!!!!!!....

    41
    5
  5. ބޭކާރު

    އަހަރެންގެ ވެރިކަމެއްގައި ތިތަން ބަދަލު ކުރާނީ "އައްޑޫ އިންޓަރނޭޝަނަލް ޔުނިވަރސިޓީ" އަށް.
    ތިތަން ހަދާފައި ހުރީ ޑަބަލް ވޯލް ލާފައި އާދައިގެ ރޮކެޓް ހަމަލާޔަކުން ގުޑާ ނުލާވަރަށް.
    ދިވެހިން މިލިޓަރީ ޓްރެއިންިންގ ހަދަން ދާންވީ ރާްޖެއިން ބޭރަށް އެއިރުން ގިނަ ކަންކަމަށް ލޯހުޅުވޭނީ.
    ޢިންޑިއާ ސިފައި ތިތާ ބަގުޑިބައްދާދުވަހަކުން އައްޑޫމީހުން ހިއެއްނުވޭ މަޑުމަޑުން ތިބޭނެހެނެއް.

    35
    3
  6. އަޙްމަދު

    އައްޑޫ ނުވަތަ ދިވެހި ރައްޔިތަކަށް ވާނެ ފާއިދާއެއް އޮތްތަނެއްހެން ހީއެއްނުވޭ! ދިވެއްސަކަށް ވަޒީފާއެއް ލިބުންއެއި ނާދިރު ކަމެއް! އެތަނަށް ގެންނަ މުދަލެއް ވިއްޔާ ގެންނަނީ ސީދާ އިންޑިޔާއިން! އެއީ ކޮންމެހެން ބޭނުންވާ ފިޔާ ކިލޯނަމަވެސް!!!! ދެއަޅަ ބުނެބަލަ މިތަނުން ދިވެއްސަކަށް ވާނެ ފާއިދާ! އައްޑޫމީނުންނަށް ޖެހޭނެ އެންމެ ބޮޑު އެއް އުނދަގުލަކަށްވާނީ އެމަގުން ދުއްވާއެއްޗެތި ދުވާލަކު އެތަށް ފަހަރަށް ޗެކުކޮށް ހިފެހެއްޓުން!!!!.

    33
    4
  7. ވެރިން

    ބޮޑު ބިރެއް، މިނިވަންކަމަށާ ގައުމަށް އޮތް ބޮޑު ނުރައްކަލެއް

    45
    1
  8. ސިޑް

    ތިޔައީ އައްޑުއައް ހުރި ބޮޑު ބިރެއް އެއްކިލޯ މީޓަރު ހުރިތަނެއްގަ އެތައްއެތައް އިމާާރާތެއް އަޅާ އިރު އެއްމެ ދިވެއްސަކައް ވެސް ވަޒީފާއެއް ނުދޭ އަދި އެސަރަހައްދައް އެއްވެސްދިވެއް ސަކައް ކާރިވެސް ނުވެވޭ އައްޑޫ ފިހާރަޔަކުން އެއްމެ ރުފިޔާއެއްގެ ވިޔަފާޜިވެސް ނުކުރޭ އެމީހުން އިންޑިއާ މަނަވަރުތައް ވަކިހިސާބަކައް ކާރިވީމަ އެމީހުންގެ ހެލިކެޕްޓަރުގަގޮސްނަގނީ ޑިއުޓީއެއް އެއްވެސް އެއްޗެއްނުދައްކާ އެމީހުންބޭނުންވާ ހުރިހާސާމާނު އެތެރެކުރަނީ ހެލިކެޕްޓަރުގަ ދުއްވަނީވެސް އެމީހުން އަމިއްލަޔައް މިރަާއްޖޭގެ ސިފައންގެ މީހަކައް ދުއްވަން ކީއް ކުރަން ފޮހެލަންވެސް ނުލިބޭ ދެންކިހިނެއް ކައުންސިލާ ހަވާލުކުރާނީ މިއީބޮޑުބިރެއް އިންޑިއާގެމިލިޓްރީ ބޭހެއް އެއްމެދިވެއް ސަކައް ވަޒީފާއެއް ދީބަލަ ހުސް ބަންގާޅީން ބިރުބޮޑު ބިރުބޮޑު

    35
    2
  9. ބޭކާރު

    ތިއީ ދެވަނަ އަފީފް ދީދީ އެއް އުފަންވުމުގެ ކޮޅުމަތި.
    މިފަހަރު ހުވަދޫ ފުވައްމުލައް ބައިވެރި ނުކޮށްވެސް ހަމަޖެއސިދާނެ.

    28
    2
  10. ހސހސސ

    މިއީ މީގެކުރިން މުސްލިމުންގެ އެހެން ގައުމުތަކަށް އަރައިގަތް ގޮތަށް އަރައިގަތުމަށް ރާވާ ރޭވުމެއްކަން ޔަގީން

    13
  11. ރައްޔިތުން

    އައްޑޫ ކަމެއްކު ރާނަމަވަރައްޖޭވާނެ ކޮވިޑުމާލޭމީހުން ބަލަޔާމީނުވެރިކަމުގަޔޭ ތިމަސައްކައްބޮޑުބައިކުރީ އެއިރުއަނގަކޮބާ

    5
    7
    • ސިޑް

      ކޮސްވާހކަ ނުދަްކާ ޔާމީނު ތިކަމަކައް ތާއީދެއްނުކުރޭ ގައުމުދެކެލޯބިވާ ރައީސެއް އެއީ ގައުމުވިއްކައް ނުލާނެ

      13
      1
  12. ސަމްސިއްޔާ

    ތިޔަތަން ކުރިން ގޫގުލް އާތުންވެސް ފެނުން. މިހާރު ހުންނަނީ މާކުރީގެ ފޮޓޯއެއްލާފައި. އެކަމުގައި ފޮރުވިގެންވަނީ ކޮންކަމެއްތޯ؟؟ އިންޑިއާއަކީ އަމިއްލަ ހާލައިގެން ނޫޅެވޭ ގައުމެއް. ދެން އެމީހުން 31 މިލިއަން ޑޮލަރުގެ އެހީއެއްދޭނީ ކޮންމެސް އެދުމެއް އޮވެގެންދޯ.

    13
  13. Anonymous

    އިންޑިޔާއިން އެދުމެއް އޮވެގެން ވެދުން ކުރާނީ.

    16
  14. ގައުމީ ލޯބި

    ކަނޑައެޅިގެން ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް..

    އިންޑިޔާއިން ކަޝީމީރު ހިފިގޮތަށް އެޅެނީ ރާއްޖޭގެ ކޮންޓްރޯލް ނަގަން.. ހިފާކަށް ނުޖެހޭނެ ދޯ މިޒަމާނުގައި ކޮންޓްރޯލް ކުރެވުނީމަ، އެއޮތީ އެމީހުންގެ އަށްދަށުވެފައި..

    މިހާތަނަށް އެއްވެސް ކަމެއް އަމިއްލަ މަންފާނެތި. ކުރީގެ އައިޖީއެމްއޗް. ހުރިހާ މެޝިނަރީ އާއި އޮޕަރޭޓަރުން އިންޑިޔާޢިން ގެނަގޮތަށް. ލޯނުދެނީ އިންޑިޔާގެ މުދާވިއްކުމަށް.
    ވީއިރު މިހާވަރުގަދަ ފެސިލިޓީއެއް ގާއިމު ކުރަނީ، އެވެސް ސްޓްޑެޖިކް ލޮކޭޝަނެއްގައި. ކުރީގެ ޔޫކޭމީހުންވެސް ގަމުގައި ތިއްބަސް މިލޮކޭޝަން ގައި ބަޑި ބަހައްޓައިގެން ތިބީ.

    ކަނޑުންނާއި އެއްގަމުން އެމީހުންނަށް އެކްސެސްވާގޮތަށް.. ރާއްޖޭގެ މީހުންގެ ވައިވެސް ނޭޅޭފަދަ ވަރަުގަދަ ބިނާ މިހަދަނީ.. 6 ކުދީން ޓްރޭން ކުރާށޭ ބުނީމަ ކޮހެއްވެސް ޤަބޫލެއް ނުކުރާނެ ދޯ؟

    މިއީ ދައުލަތުން އައްޑޫ މީހުންނަށް ދޭ ބޮޑު ދޯކާއެއް.. އައްޑޫ ވިއްކާފައި 200 މިލިޔަން ޑޮލަރު ނެގީ..

    އެކަމަކު އައްޑޫ މީހުން އަދިވެސް އުޅެނީ މާ އެމްޑީޕީވެގެން..
    އަޅުގަނޑު ވާ ސަލާމް..

    19
  15. ސާބިތު

    ހިތަންވެސް ނުގެނެވޭހާ ބޮޑު ބިރުވެރިކަމެއްތީ އިންޑިޔާގެ އަޅުވެތިކަމެއްތީ

    17
    1
  16. ކޮއްކޮ

    އައްޑޫ މީހުންނަކީ މަސައްކައް ކުރާބައެއް ރައްޔަތުން ތިބީ ކުރާނެމަސަައްކަތެއް ނެތިފަ ސަރުކާރުން ރަގަޅައް ވެއްޖެއްޔާ އެއޮތީ ތަންވިއްކާލާފަ ސަރުކާރައް ބާރު ނުފޯރުވޭގޮތައް ކަން ނެއެގޭ އެހެންވެތާ އެއްމެދިވެއްސަކައްވެސް ވޒީފާއެއް ނުދީ ހުސް ބަންގާޅު މީހުންގެނަސްގެން މަސައް ކައްއެކުރުވަނީ ކީއްތަވާނީ އެއްމެ މީހަކައް ވަޒީފާއެއް ދިނިއްޔާ އެއީ ސީޛާ އިންޑިއާގެ މިލޓަރީ ބޭހެއް އެމީހުން ބޭނުމެއްނުވޭ ދވެއްސަކައް ވޒީފާއެއްދޭން އިގިރޭސިން ގަމުގަ ތިބިއިރު ހުރިހާމަސައްކަތެއް ކުރުވީ ދިވެހިންލައްވާ އައްޑޫ ރައްޔަތަކައް އެއްވެސް ފައިދާއެއްނެއް ބިރުވެރިކަން އޮތީ މިހާރު އިންޑިއާ ސިފައިން ދުވަހެއް ދުވަހަކައް ގިނަވަމުނަ ދަނީ އިމާރާއް ކުރާ މީހުން ލިންކުރޯ ޑުގަ ދުއްވަނީ ހެލްމެޓުވެސް ނައަޅާ ޕޮލިހުންނަކައް ނުފެނޭ މިއީ ކިހާދެރަކމެއް.

    11
    1
  17. ބީރާ

    ހަމީދު ވަގުތުނޫހަށް އޮޅުވާލައިފި އަށްޑޫގަ އެހަދާފަށްކާވަމުން އެދަނީ އިންޑިއާގެ މިލިޓަރީ މީހުން ތިބެންހަދާތަނެއް ދުވަސްކޮޅަކުން ރާެއްޖެ އިންޑިއާ ހިފާނެ އަދިކޮންޓުރޯލްކުރާނީ އިންޑިއާގެ މިލިޓަރީ ސިފައިން ވީމާދޮގުހެދިކަމުގެ ކުށުގައި ހަމީދު ހިފާހަށްޔަރު ކުރާނެ ދުވަސް އެބައާދޭ.

  18. ކެނަރީ ގެރި

    ދިވެހިދަރީންނައް ވާ ބޮޑުވެގެންވާ ނުރައްކަލެއް، ތިގެރިތަކައް ދިވެހިބިމުން އެންމެ ތަންކޮޅެއްވެސް ނުދޭތި ދިވެހި ދަރިންނޭ ހޭ އަރާ މިގައުގަ އުޅޭ ކާފަރު އިބިލީސް ބޭރުކުރޭ ނޫނީ ނެތް ސަލާމަތެއް