(ފުވައްމުލައް ސިޓީ) މިދިޔަ ހޮނިހިރު ދުވަހަކީ މިރަށާއި މުޅި ރާއްޖެއަށްވެސް ހިތާމައިގެ ގިލަން އިންތިހާއަށް ގެނުވި ދުވަހެކެވެ. މުޅީން އާ، އުފާވެރި ދުވަހަކަށް އެދުވަހު ގެނުވި އަލިވިލުން ފަނޑުވެދިޔައީ ދިވެހީންގެ މިކުޑަކުޑަ އާއިލާއިން ލޯބިވާ މެމްބަރަކު ހީވެސް ނުކުރާފަދަ ކުއްލި ގޮތަކަށް ވަކިވެދިޔަ އަސަރުން ފުރިގެންވާ ހިތްދަތި ޚަބަރާއެކުއެވެ. އެހެނަސް އުމުރުން 17 އަހަރުގެ އެ ފުރާނައިގެ އެންމެ ފަހުގެ އަލްވަދާޢަކީ ހިއްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ އަގުހުރި ނަމޫނާއެއްކަމީ، އުދާސްވި ހިތްތަކަށް މިއަދުވެސް ގެނުވައިދޭ ފިނިކަމެކެވެ.

ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 ގައި ތަޢުލީމު ޙާސިލްކުރަމުން ދިޔަ އަޙްމަދު ފައުޒާން އެދުވަހު ރަޙުމަތްތެރީންނާއެކު މޫދަށް ގޮސް އުޅެނިކޮށް ހިނގި ހިތާމަވެރި ޙާދިސާއަށްފަހު އޭނާގެ ހަށިގަނޑު އެންމެ ފުރަތަމަ ދުށް މީހަކީ މިރަށު ޙުސައިން އިބްރާހީމެވެ. އުމުރުން 40 އަހަރުގެ ހުސޭނަކީ މަސްވެރިއެކެވެ. ފާއިތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު މަސްވެރިކަން ކުރި ހުސޭނަކީ މޫދަށް ފަރިތަ މީހެއްކަމުން މިރަށު މީހުން އޭނާ ދަންނަނީވެސް "ބޯވަ ހުސޭނު" ގެ ނަމުންނެވެ.

ހުސޭނަކީ ވަރަށް އާންމުކޮށް ދޮށިއުކައިގެން މަސް ބޭނުމާއި މޫދަށް ގޮސް ބޯވަ ނެގުންފަދަ މަސައްކަތްވެސް ކުރަމުން އަންނަ މީހެކެވެ. އެހެންވެ އޭނާއަކީ ފުވައްމުލަކު ސަރަޙައްދުގެ ވަށައިގެންވާ ފަރުތަކާއި އޮޅުތައް ހުންނަ ގޮތް ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ. ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ކުދީންގެ ތެރެއިން ނިޔާވި ފައުޒާން މޫދު އަޑިން އެންމެ ފުރަތަމަ ދުށް މީހަކީވެސް އޭނާއެވެ.

އެދުވަހުގެ ހަނދާންތައް "ވަގުތު" އާއި ޙިއްސާކުރަމުން ހުސޭނު ބުނީ އެދުވަހަކީވެސް އާދައިގެމަތީން އޭނާ މަސްބާނަން މޫދަށް ފައިބަން އުޅުނު ދުވަހެއް ކަމަށެވެ. ދޮށިއުކަން ރަނގަޅު ވަގުތެއްތޯ ބެލުމަށް އެދުވަހު ހަވީރު އޭނާ "މާނެރެ" ސަރަޙައްދަށް ދިޔައިރުވެސް އެތަނުގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިއްބެވެ. ވެގެން އުޅޭގޮތެއް އޮޅުން ނުފިލައިގެން އުޅެނިކޮށް މީހަކު ގުޅާފައި ކުދިބަޔަކު ގެއްލިގެން އުޅޭ ވާހަކަ ބުނުމާއެކު ހުސޭނު އަވަސްވެގަތީ އޭނާއަށް ލިބިފައިހުރި ތަޖުރިބާ ބޭނުންކޮށްގެން އެކުދީންނަށް އެހީވާން ދިއުމަށެވެ.

"ފުރަތަމަ ގުޅި މީހާ ބުނީ މޫދަށް ދިޔަ އަންހެން ކުދީންތަކެއް ގެއްލިގެން އެބަ ހޯދައޭ. އެހެންވެ އަހަރެން ވަގުތުން ގެޔަށް ގޮސް ތައްޔާރުވެގެން އައީ. އެ ސަރަޙައްދުގެ އޮއިވަރު އޮންނަ ގޮތާއި ކަންކަން އަހަންނަށް ރަނގަޅަށް އެނގޭތީ އެންމެ ފުރަތަމަވެސް ފޭބީ އެތަނަށް (ފައުޒާން ފެނުނު ހިސާބަށް)." ހުސޭނު ބުންޏެވެ.

ފައުޒާން ގެނބުނު ސަރަޙައްދަކީ އަބަދުވެސް އޮއިވަރު ބާރު ނުރައްކާތެރި ސަރަޙައްދެކެވެ. އެގޮތުން ފަރުގެ އެކި ހިސާބުތަކުގައި ފުން އޮޅުތައް ހުންނައިރު އެތަންތަނަށް އޮއިގަނޑު އަޑިޔަށް ދަމައިގަންނަ ކަމަށާއި އެފަދަ އޮއިވަރެއްގައި ޖެހިއްޖެނަމަ އަމިއްލައަށް ސަލާމަތްވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ހުސޭނު ބުނެއެވެ. އޭނާ ކިޔައިދިން ގޮތުގައި ފައުޒާން ގެނބުނު "މާނެރެ" ސަރަޙައްދަކީ ރާއްޖެއިންވެސް އެންމެ ނުރައްކާތެރި އެއް ސަރަޙައްދަށް ވާނެކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އަޑިން އެފަދަ ތަންތަން ފެނުމުންވެސް "ހިތަށް ބިރުވެރިކަން ގެނުވާނެ" ކަމަށެވެ.

"ވަރަށް މަދުވާނެ އެގޮތަށް ހެދިފައި އޮންނަ ސަރަޙައްދުތައް ރާއްޖޭގައި ވެސް. އަޅުގަނޑު ހުންނާނެ ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނަށް ވަރަށް ގިނަ ހިސާބުތަކުގެ މޫދަށް ފައިބާ ފީނާފައި. މިފަދަ ނުރައްކާތެރި އޮޅުތައް ހުންނަ ސަރަޙައްދުތައް އައްޑޫ ގަމު ބޭރާއި، 2018 ވަނަ އަހަރު ދެ ކުއްޖަކު ވީނުވީއެއް ނޭނގި ގެއްލުނު، އެސިޓީގެ ކުރީގެ ހޮސްޕިޓަލް ހުންނަ ސަރަޙައްދުން ބޭރުން ވެސް ދެކުނިން،" ހުސޭނު ބުންޏެވެ.

ހުސޭނު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ހުސޭނު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ހުސޭނު ބުނިގޮތުން ފުވައްމުލަކު "މާނެރެ" ސަރަޙައްދުން ގެއްލިގެން ހޯދަމުންދިޔަ ފައުޒާން މޫދުއަޑިން ފެނުނުއިރު އޮތީ "އަޑީގައި ނުޖެހި"، ފޫޓެއްހައި މަތީގައި އުފުލިފައި ކަމަށެވެ. ނަމަވެސް އެވަގުތު އޭނާގެ އަނގައިން ވައި ބޭރުވިކަން ފާހަގަކުރެވުނު ކަމަށާއި، އެހެންކަމުން ފައުޒާން އޭރު ނިޔާނުވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ހުސޭނު ބުންޏެވެ.

"އޭރު އެހެން ބަޔަކުވެސް އެ ސަރަޙައްދު ހޯދަން އުޅުނު. އަޅުގަނޑު ފައިބާފައި ދިހަ ވަރަކަށް މިނެޓު ވީއިރު ފައުޒާން ފެނުނު. އޭރު އޭނާގެ އަނގައިން ކޮންމެވެސް ވަރަކަށް ބޮކިތައް ބޭރުވި މަންޒަރު ފެނުމުން ހިތަށްއެރީ އަދި ސަލާމަތްކުރެވޭނެއޭ. އެ އުންމީދުގައި ވަގުތުން ގޮސް އޭނާ ނަގައިގެން މައްޗަށް އެރީ،" ހުސޭނު ބުންޏެވެ.

ހުސޭނު ބުނިގޮތުގައި މޫދު އަޑިން ފައުޒާން ފެނިގެން އެއްގަމަށް ގެނެވުމާއި ދެމެދު ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ހޭދަވާނެ ކަމަށެވެ. އެންމެ ފުރަތަމަ އޭނާ ގޮވައިގެން އެ ސަރަޙައްދުގައި އޮތް ޑިންގީއަކާއި ހަމައަށް ދިޔައީ އޮއިވަރާއި އެއްކޮޅަށް އެ ސަރަހައްދުން ބޭރުވެގެން ކަމަށްވެސް އޭނާ ބުންޏެވެ.

"އެއްގަމާއި ހަމައަށް ދިޔައިރުވެސް އަދި ސަލާމަތް ކުރެވޭނެ ކަމަށް އުންމީދު ކުރެވުނު. އެކަމަކު ހަށިގަނޑު ފެނިގެން އެއްގަމަށް ގެންގޮސް ހޮސްޕިޓަލާއި ހަމައަށް ގެންދިއުމާއި ދެމެދު ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ވާނެ ކަމަށް ބެލެވޭ. ތަންކޮޅެއް އަވަހަށް ގެންދެވުނު ނަމަވެސް އޭނާ ސަލާމަތް ކުރެވުނީސް ކަމަށް ޤަބޫލުކުރެވެނީ،" ހުސޭނު ކިޔައިދިނެވެ.

ހުސޭނު ބުނެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ފައުޒާން ނިޔާވި ޚަބަރު އަޑުއިވުމުން ވަރަށް ދެރަވި ކަމަށެވެ. އަދި އުންމީދުކުރިގޮތާއި އެއްގޮތަށް ފައުޒާން ސަލާމަތްނުވުމުން އެކަން ޤަބޫލުކުރަންވެސް އުނދަގޫވިކަމަށް އޭނާ ބުންޏެވެ.

މޫދުން ފައުޒާން ނެގިއިރު އޭނާގެ ނިތްކުރީގައި ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިހުރިކަން ފާހަގަކުރެވުނުކަން ފާހަގަކޮށް ހުސޭން ބުނީ، ފައުޒާން ގެނބުނީ އެހެން ކުދިން ސަލާމަތްކުރަން މަސައްކަތްކުރި ވަގުތު ނެގި ބިޔަ ރާޅަކާއެކު އަނިޔާވެ "ހެޔަށް ގޮތެއްވެގެން ކަމަށް ލަފާކުރެވޭ" ކަމަށެވެ. އަދި އޭނާ ފެނުނުއިރު އޮޅެއްގައި ތާށިވެފައި ނެތުމަކީވެސް އެކަމަށް ހެކިލިބޭ ކަމެއްކަމަށް ހުސޭނު ދެކެއެވެ.

ހުސޭނު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ހުސޭނު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ފައުޒާން އާއި ކޮންމެވެސް ވަރަކަށް އާއިލީގޮތުންވެސް ގުޅުން އޮންނަ ހުސޭނު ބުނެފައިވަނީ އެދުވަހު ފައުޒާން ހޯދަން ނިކުތީ އެކަމުގައި މަސައްކަތްކުރަމުންދިޔަ މީހުންނަށް އެހީވެވޭނެ ކަމުގެ ބޮޑު އުންމީދަކާއެކު ކަމަށާއި، އިސްކުރީ އިންސާނިއްޔަތުކަން ކަމަށެވެ. އަދި ފައުޒާން ފެނުނީ އޭނާއަށް ކަމަށްވެފައި، މޫދު އަޑިން ފައުޒާން ފެނުމުން އުންމީދު އާވިނަމަވެސް އޭރު މާބޮޑަށް ލަސްވީ ކަމަށް އަސަރާއެކު ހުސޭނު ބުންޏެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހުގެ ހަވީރު 4:47 ހާއިރު އެވެ. އޭނާ ފެނުނީ 5:50 ހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފައުޒާން ނިޔާވީ "މާނެރެ" ސަރަހައްދަށް އިތުރު ކުދިބަޔަކާއެކު މޫދަށް ގޮސް އުޅެނިކޮށް އޭގެތެރެއިން ދެ އަންހެން ކުއްޖަކު އޮޔާދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ފައުޒާން ގެއްލުނީ އޭގެތެރެއިން ކުއްޖަކު ސަލާމަތްކޮށް ފަރުމައްޗަށް ގެންގޮސް ދިންވަގުތު ނެގި ރާޅަކާއެކު ބެހިގެން ދިއުމަށްފަހު އެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ފައުޒާން އެދުވަހު ދެއްކި ހިތްވަރަކީ އޭނާ މިއަދު ދުނިޔޭގައި ނެތްނަމަވެސް ދިވެހީންގެ ހިތްތަކުން ދުވަހަކުވެސް ފިލައިނުދާނޭ ނަމޫނާ މެސެޖެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ނިޔާ

    ގެބިގެން ހާދިސާއެއް ހިގައިގެން އުޅޭކަން އެނގޭއިރު އަވަސްފަރުވާދެވެން ތައްޔާރުގަ ތިބެންޖެހޭ. 45 މިނިޓް ވަންދެން ފަރުވާނުދެވި . ދެރަ ދޯ. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވާށި. އާމީން .

    458
    5
    • އ

      45 މިނިޓް ވަންދެން ފަރުވާނުދެވުނު ވާހަކަ އެއް ނޫން މާނަ ކޮށްފަ އޮތީ. ކަނޑު އަޑިން ފެނުނު ވަގުތުން ފެށިގެން ހޮސްޕިޓަލްއާ ހަމައަށް ދާން ނެގި ވަގުތު އެއީ.

      "ހުސޭނު ބުނިގޮތުގައި މޫދު އަޑިން ފައުޒާން ފެނިގެން އެއްގަމަށް ގެނެވުމާއި ދެމެދު ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ހޭދަވާނެ ކަމަށެވެ. އެންމެ ފުރަތަމަ އޭނާ ގޮވައިގެން އެ ސަރަޙައްދުގައި އޮތް ޑިންގީއަކާއި ހަމައަށް ދިޔައީ އޮއިވަރާއި އެއްކޮޅަށް އެ ސަރަހައްދުން ބޭރުވެގެން ކަމަށްވެސް އޭނާ ބުންޏެވެ."

      އެމްބިއުލާންސް އޮތީ އެހިސާބުގަ ތައްޔާރަށް ކުއްޖާ ނުފެންނަނީސް ވެސް. ހޮސްޕިޓަލް އަދި އިމަޖެންސީ ފަރުވާ ވެސް ތައްޔާރީ ހާލަތުގަ އޮތީ ކުއްޖާ ހޯދަމުން ދިޔައިރު. ކަންތައްވީގޮތް ނޭނގި ވާހަކަ ދެއްކުން ރަނގަޅެއް ނޫން.

      14
      2
  2. އއ

    ކޮބާތަ މޫދަށް ދިޔަކުދިންގެ ވާހަކަ ބެހުނު ދެކުދިންގެ ވާހަކަ ؟ ކީއްވެ އެހާ ނުރައްކާ ތަނަކަށް ދެ އަންހެންކުދިންގޮސް މޫދަށް އެރުނީ ރިންގެއް ފްލޯޓްކޮށްލާނެ ކިކު ބޯޑެއްގެ ހިސާބުވެސް ނުލާ. ކޮންމެ އިހުމާލަކީ ހިތާމައެއް އިހުމާލަށް ދެން ނެގޭނީ ކޮންޒިންމާޢެއް؟؟ ބާރަށް އަޑު ހަރުކޮށް ކޮންމެ މީހެއް ބުނާނެ ޒިންމާވާނަމޭ.
    މައްޔިތާއަށް ޝާޙީދެއްގެ ދަރަޖަ ދެއްވާށި . ޢާމީންޔާރަބުލްއާލަމީން

    248
    8
    • ޢަލީބެ

      ސަރުކާރުން ހުންނާނެ ސިޔާސީ ލައިފްގާޑެއް ކޮންމެ ރަށަކުވެސް. ކޮބާތަ އެމީހާ؟

      52
      7
  3. ވަގުތު

    ކަންކަންއިންތިޒާމުކުރަންތިބިމީހުންގެދޯދިޔާކަންފާހަގަކުރެވެއެވެ.ލޯޗުފޮނުވިއިރު،ޑަކްޓަރުންނަރުހުންފޮނުވަންޖެހޭނެއެވެ. ޒިންމާއުފުލަންތިބިމީހުންގެމައްޗަށް ފަރުވާކުޑަކުރިކަމުގެދައުވާކުރަންޖެހޭނެއެވެ.

    119
    3
  4. Anonymous

    ޒުވާން ދަރިފުޅަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ އާމީން.
    މިހާރު ތި މާނެރެގެ ނުރައްކާ ކަން އެބައެނގޭ. ވީއިރު ކީއްވެބާ އެތަނަށް އެރެން ހުއްދަދެނީ.
    އިތުރު ދަރިންތަކެއް ގެ ފުރާނަ ނުދަނީސް ފިޔަވަޅު އަޅާބަލަ. ޕލޒ.
    ރައްކާތެރި ނޫން ސަރަޙައްދު ފާހަގަ ކުރާ ބޯޑާއި އެއްޗެހި ޖަހާބަލަ. ނޫނީ ލައިފް ގާޑުން ތިބެންވީ

    88
    1
  5. ހިޔާލެއް

    ގެނބިގެން އުޅޭކަން އިނގޭއިރު އެމްބިއުލާންސް އެތާ އޮތްނަމަ. އެންމެ މިނެޓެއްވެސް ހާދަ މުހިންމުވާނެޔޭ

    123
    3
  6. ނަމާ

    މިކަހަލަ ހާދިސާއެއް ދިމާވާ އިރަށް އަވަސް ފަރުވާ ތައްޔާރަށް ތިބެންޖެހޭކަން މިއެނގެނީ... މިވެސް އިބްރަތެއް.. ޕަރަމެޑިކް އެމްބިއުލަންސް އެއް ކޮންމެ ރަށަކަށްވެސް މުހިއްމު

    96
    2
  7. ނަސީދު

    މީގެން ދަސްކުރަންވީ ފިލާވަޅު ސްކޫލްތްކުގަވެސް ކިޔާވާދެންވީ ކުއްލި ފަރުވާދޭންވީގޮތް ތިތާގައި ފާހަކަކުރެވުނީ ޝީޕީއާރު ދޭންވެސް އިގެނގޭމިހަކުނެތްކަން ތަޅުވަމުންފޮޅުވަމުން ހޮސްޕިޓަލައް ގެންދިޔަކަސް ކަމަކުނުދާނެކަން ، އުމްމީދުކުރަން މިކަމައް ތައުލީމީމީހުން ވިއްނާވަޑައިގެން އަމަލީ ސިފައެއް ފެނިގެންދާނެކަމައް.

    79
    1
  8. ވަރުގަދަ

    ކޮބާ ޕްރޮފެޝަނަލްސިފައިން! މޮޅުޕޮލިިސް!؟

    26
    4
  9. އ މ ރ ބ

    ރާއްޖޭގެ ބޮޑުތި ރަށްރަށުގަޔާއި، ލޯކަލް ޓޫރިޒަމް ފުޅާކޮށްހިންގާ ރަށްރަށުގައި ސަރުކާރުން ލައިފް ގާޑުން ބައިތިއްބަން ނިންމާ، އެކަން ކުރާނެކަމަށް ފޮނިކަނޑާފަ އޮތީ، މި ކަހަލަ ކިތައް މަރުގެ ހާދިސާތައް ރާއްޖޭގައި ހިނގާގެންދިޔާމަތޯ އެކަން ފަށަށް އެ ތިބެނީ

    25
    2
  10. Anonymous

    މިކަމުން އެނގެނީ އަވަސް ފަރުވާގެ މުހިއްމުކަން!

    43
    1
  11. ޅޮލް

    45 މިނެޓް ކަނޑައެޅިގެން ދޮގު 17:50 ގައި މޫދުން ނަގާ 18:05 ގައި ހޮސްޕިޓަލަށް ގެންދިއުމުން ކިހިނެއްތޯ 45 މިނެޓް ވާނީ

    9
    14
    • Anonymous

      އަލުން އެތަން ކިޔާލަބަލަ...އޭނީ ގާތްގަނޑަކަށް 45 ވަރަކަށް މިނެޓޭ.

      17
  12. މަޖުބޫރު....

    ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އަވަސް ދަރުވާދޭން ވީހައިވެސް ގިނަ ބަޔަކު ތަމްރީން ކުރުމަކީ މަޖުބޫރު އެކަމަކު ނުވާ ހިތާމަހުރި ކަމެކެވެ.

    18
  13. ފީފާ

    އަޅެ ހާދަގިނައިރެކޭ ފަރުވާ ނުލިބި. ސަރުކާން މުސާރަދީފަ ބަޔަކު ތިބެނީ ކަމަކުދޯ .މޫދުން ނަގާހިސާބުން ފަރުވާ ލިބެންޖެހޭނެ.
    ތިކަމުގ ފަރުވާކުޑަކުރި އެންމެންނައް ފިޔަވަޅުއަޅަން ޖެހޭނެ.

    22
  14. Anonymous

    ތި ނުރައްކާތެރި ސަރަހައްދުގައި ބޮއި ކަހަލަ ކަނދުފަތި ކަހަލަގެ އެއްޗެހި ހަރުކުރަންވީ.
    ސްކޫލް ތަކުގައިވެސް މާއްދާއެއް ގޮތަށް ކިޔަވާދޭން ވީ ގެނބިގެން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއުޅޭ މީހުން ސަލާމަތްކުރުމުގެ ހުނަރު. އަވަސް ފަރުވާދޭ ގޮތާއި ކޮންމެ ދަރިވަރަކަށް ވެސް ސެޓްފިކެޓް ދޭންވީ.
    ދިވެހިންނަކީ ކަނޑުފަތަން ދަންނަ ބަޔަކަށް ހަދަންވީ. ޖަޒީރާ ރާއްޖޭމީ

    25
  15. މުހައްމަދު

    ސީޕީއާރް ދޭން އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ.

    24
  16. ރޫނާ 🍒🍒

    އިނާލިއްލާހި ވައިނާއިލަ އިލައިހި ރާޖިއޫން
    ފައުޒާން އަހް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާންދޭ
    އާމީން😭😭😭😭😭

    29
  17. ސސ

    ތިފަދަ ނުރައްކާ ނެރުތަކުގައި ބޯޑް ޖަހާފަ ލައިފްގާޑް ވެސް ބަހައްޓަން ޖެހޭ، މީހުން މޫދަށް ފައިބާ ދިމަދިމާލުގައި ލައިޖެކެޓް ލައިފްގާޑް ބަހައްޓަންޖެހޭ !

    11
  18. ބިސް

    ރެސްޓޯރަންޓަކަށް ގޮސް ކާއެއްޗެއް އޯޑަރުކުރީމަ ގަޑި ދެގަޑީރު ފަހުން އެހިފައިގެން އަންނަހެން އިންސާނެއްގެ ފުރާނަ ނުރައްކާވެފަ އޮންނަ ދަނޑިވަޅެއްގަވެސް އެހާ ލަސް ސްޕީޑުގަ ކަންކުރީމަ ކަޑަ....ގެނބިގެން އުޅޭ ހަބަރު ލިބުމާއެކު ހޮސްޕިޓަލް އޮންނަންވާނީ އެލާޓްގަ ރެޑީގަ...އަވަސް ފަރުވާއަށް މީހުން ކަންހިނގައިގެން އުޅޭސަރަހަށްދަ ގޮސް ތައްޔާރަށް.... އެނޫންގޮތަކަށް މީހާ ސަލާމަތް ކުރެވޭނެ ގޮތެއް ނޭނގެ.

    17
  19. އާމިރު

    ވާގުތު ފާއިތުވީ! އެވަގުތު އެތާ ހުރެފަ އެކަމާ ވަގުތުން އުޅެންވީ ވަގުތު އަދި ގެޔަށް ގޮސް ހެދުން ބަދަލްކޮށް ތައްޔާރުވާން ވަގުތު ދުއްވާލެވުނުކަމީ އެންމެދެރަކޮށް ކުރެވުނު ކަން!

    2
    8
  20. މަދުހޫން

    "ފުރަތަމަ ގުޅި މީހާ ބުނީ މޫދަށް ދިޔަ އަންހެން ކުދީންތަކެއް ގެއްލިގެން އެބަ ހޯދައޭ. އެހެންވެ އަހަރެން ވަގުތުން ގެޔަށް ގޮސް ތައްޔާރުވެގެން އައީ. އެ ސަރަޙައްދުގެ އޮއިވަރު އޮންނަ ގޮތާއި ކަންކަން އަހަންނަށް ރަނގަޅަށް އެނގޭތީ އެންމެ ފުރަތަމަވެސް ފޭބީ އެތަނަށް (ފައުޒާން ފެނުނު ހިސާބަށް)." ހުސޭނު ބުންޏެވެ.

    މިއީ އަސްލު މީހުންނަކީ. ހަބަރު ލިބުމާއިއެކު އެއްވެސް އަމިއްލަ އެދުމެއްނެތި، ތިމާގެ 'ދާއިރާ' ވީމަ ފަރުދީ ޒިންމާއާއި އިންސާނިއްޔަތު އިސްކޮށް އެހީތެރިވާން ދިޔައީ. މީގެ މީހުން ބޭނުންވަނީ، މީގެ މީހުންނަށް ވާންވީ. ފައުޒާންގެ ވާހަކަ ކިޔާ ކޮންމެ ފަހަރަކު ރޮވޭ.... ސުވަރުގެ ދެއްވާށި އާމީން.