މާލޭގެ ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރީގައި ތިން މީހުންގެ ގްރޫޕަކުން ޒުވާނަކަށް ހަމަލާ ދިންތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވި އިރު ވެސް އެ މައްސަލައިގެ ތުހުމަތުގައި މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. އިއްޔެ ހެނދުނު 10 ޖަހާކަން ހާއިރު މި ހަމަލާގެ މައުލޫމާތު އެނގުނީ ވެސް އަނިޔާވި ޒުވާނާގެ އާއިލާގެ ފަރާތުންނެވެ. އޭރު އަނިޔާވި ޒުވާނާ އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. ހާލު ވަރަށް ބޮޑަށް ސީރިއަސްއެވެ.

މި ހަމަލާގައި ޒަހަމް ވެފައި ވަނީ މާލެ އަށް އުފަން އުފަން އުމުރުން 21 އަހަރުގެ ހުސެއިން ޝިމާއުއެވެ. އޭނާ އަށް ދިން ހަމަލާ އަށް 24 ގަޑި އިރު ވެގެން ދިޔަ އިރު ވެސް އޭނާ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ހަތަރު މެމްބަރުންގެ އާއިލާގެ އެންމެ ހަގު ފިރިހެން ކުއްޖާ ކަމަށްވާ ޝިމާއު އޭނާގެ ގެއިން އިއްޔެ ނުކުތީ އޭނާގެ މަންމަގެ އެކައުންޓުން ފައިސާ ނެގުމަށެވެ. އެކަމަކު ޝިމާއު އަނިޔާވެރި ހަމަލާއެއްގެ ޝިކާރައަކަށްވެ ޚަބަރު ހުސްވެފައިވާ ހާލު އޭޑީކޭގައި ވަނީ އޮންނަން ޖެހިފައެވެ. އާއިލާ އަށް ވެސް އެކަން އެނގުނީ އޭޑީކޭ އަށް ގެނައި ފަހުންނެވެ.

ލިބުނު ސިހުމާއެކު އާއިލާގެ އެންމެންނަށް ވެސް ކުރެވުނު ސުވާލަކީ މިފަދަ ހަމަލާ އެއް އޭނާ އަށް ދޭންވީ ސަބަބާ ގުޅޭ ގޮތުންނެވެ.

ޝިމާއުގެ ބޭބެ ބުނީ އޭނާ ގެއިން ނުކުތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާ އާއެކުގައި ކަމަށެވެ. ޝިމާއު އަސް ހަމަލާ ދިނީ ކަރަށް އަމާޒުކޮށްގެންކަން ސާފުވާ ކަމަށާއި އޭނާގެ ކަރަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

" އޭޑީކޭ އާއި ހަމައަށް ދިޔައީ ސައިކަލުގަ. އޭރު ހޭވެރިކަން ހުރި. އެ ތަނުގެ ކައިރިއަށް ހޭނެތުނީ. އެންމެ ތަނަކަށް ހަމަލާ ދިނީ. ކަރުގެ އަރިމަތިން އެންމެ އެތެރެއަށް ވާގޮތަށް ހަމަލާ ދީފައި ހުރީ. އޭގެ ސަބަބުން ނޭވާ ހޮޅިވެސް ފޫއެޅި. އަރިމަތިން ނާރުވެސް ބުރިވެފައި ހުރީ." އޭނާ ބުންޏެވެ.

ހަމަލާ އަށް 24 ގަޑި އިރު ފާއިތުވެ ދިޔަ އިރު އަދިވެސް ޝިމާއު އަދި ވެސް އޮތީ ޚަބަރު ހުސްވެފައެވެ. އިއްޔެ 3-4 ގަޑި އިރު އޭޑީކޭގައި އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ އައިޖީއެމްއެޗަށް އިތުރު ފަރުވާ ދިނުމަށް ބަދަލުކޮށްފައެވެ. އެފަދަ ހާލެއްގައި ޝިމާއު އޮތް އިރު އާއިލާ އިން ބުނާ ގޮތުން މިފަދަ ހަމަލާ އެއް އޭނާ އަށް ދޭންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ސާދާ މަޑުމައިތިރި މިޒާޖެއްގެ ޝިމާއުގެ ފަރާތުން އޭނާ އާ އެއްވެސް މީހަކާއި ދެބަސްވިކަން ނުވަތަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ އެއްވެސް ކަމެއް އޮތްކަން އެނގިފައި ނުވާ ކަމަށް އާއިލާ އިން ބުނެއެވެ.

" ދުވަހަކު ވެސް ނުބުނޭ އޭނާ އަށް ނުރައްކާ އޮތް ކަމެއް. ނުވެސް ބުނޭ. ލާރި ނަގަންށޭ ކިޔާފައި މަންމަ ކައިރީ ބުނެފައި ދިޔައީ. ކުރިން އުޅުނީ އެމްޕީއެލްގައި. މިވަގުތު ވަޒީފާއެއްގައި ނޫޅޭ. މާސްކުވެސް ނާޅާ ހުރީ ބޭރަށް ދިޔަ ވަގުތު. އެހެންވީމަ މޫނުވެސް ފެންނާނެ. އެހެން މީހެއް ކަމަށް ހީކޮށް ވެސް ހަމަލާ ދެވިގެން ނުވާނެ ނޫންތޯ؟" އޭނާ ބުންޏެވެ.

މިފަދަ ސީރިއަސް ހަމަލާ އެއް ލިބުމުން އެ ހަމަލާގެ ވާހަކަ ގިނަ ވަގުތުތަކެއް ވަންދެން ސިއްރުކޮށްފައި އޮތް ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ. އަދި މިހާތަނަށް އައި އިރު ވެސް މިހަމަލާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވުމަކީ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

" މި ސަރުކާރު އައި ފަހުން ބޮޑު މާރާމާރީ އެއް ނުހިނގައޭ ކިޔާފަ ހުރެފަ މިކަހަލަ ކަމެއް ހިނގީ. ހެނދުނު ހިނގި ކަމެއް ހަވީރާއި ހަމައަށް އައި އިރު ވެސް ފުލުހުން ހާމައެއް ނުކުރޭ. ދެން އެންމެފަހުން މީޑިއާ އަށް ވެސް އެނގުނީ އާއިލާއިން ބުނުމުން. މިކަން ސިއްރުކޮށްފައި އޮތީ. އެ ހާލަތުގައި އޮއްވާ ކޮއްކޮ މަރުވި ނަމަ އެކަން ވެސް ސިއްރު ނޫންތޯ ކުރާނީ." އޭނާ ބުންޏެވެ.

އެ ހަމަލާ ހިނގައިދިޔަ ގޮތާއި އަދި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ވެސް ފުލުހުންގެ ފަރާތުން މާބޮޑު މައުލޫމާތެއް ނުލިބޭ ކަމަށް އާއިލާ އިން ބުނެއެވެ. މި ހަމަލާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަން ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭގައި މިފަދަ ހަމަލާއެއް ދީފައި މި ވަނީ މާލޭގައި ގްރޫޕް މާރާމާރީ އެއް ނުހިނގާތާ މަހެއްހާ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަޖަމް

    އާއިލާއިން ތިބުނަނީ ސަރުކާރުން ބުނެގެން ކުރި ކަމެކޭތޯ؟ ތީގަ ކޮންމެސް ނުބަޔެއް އޮއްނާނެ .... މާސްކުއެޅުން މަޖުބޫރުއިރު މާސްކުވެސް ނާޅަޔޯ

    33
    42
  2. ގެރިމަސް

    ޖަޒީރާ ރާއްޖެ ހަމަ ތަފާތީ.. ދެން އަތްޖަހަންތިބޭ

    54
    11
    • ބަކަރިމަސް

      ޔާމީނު ސަރުކާރުގަ މިކަން އަދި މާގިނަ

      25
      82
      • ޓެޓޫ

        ޔާމީނު ވެރިކަން ކުރި 5 އަހަރުގައި ބިރެއްނެތި މާލޭގެ މަގުތަކުގައި ހިނގާލަން ކެރުނީ އެކަމަކު '' ބަކަރިމަސް '' ތިބުނަނީ މާގިނައެވެ. ޖެލެސް ވިޔަސް ތީބޮޑުވަރު

        22
        6
  3. ކޮރަލް

    މިކަން ހައްދު ފަހަނަ އެޅި އަމަލަކަށް ނުވާ ސަބަބެއް ބުނެ ބަލާށެވެ.

    65
    4
  4. އަމާކަމުގެ ރައްވެހިފަތިސް

    މަގުމަތި ހަދަ އަމާނޭދޯ ކޮބާ ތިހަލާގެ އެއްްވެސް މަންޒަރެއް ކެމެރާތަކަކަށް ނާރާދޯ ހަލާކުވެފަދޯ ހުރި އެސަރަހައްދުހުކެމެރާތައް ރައްޔިތުންގެ ކަންތައްބެލުމުގައި ވަރަށް ޤާބިލްވާނެ މިސްތުކާރުގައި ތިބި އިންސާފުވެރި ފުލުހުން އެމީހުނަށް އެނގޭނެ ކެމެރާއަށް އަރާނެ މަންޒަރާ ނާރާނެމަންޒަރު ނާރާނެމަންޒަތު އެހާވެސްއެހާވެސް އެމްޑީއެން ހަމީދު ކުޅަދާނަވާނެ މިބައިގަނޑު ހަމަމަގަށް އަޅުވަން ރައްޔިތުން ނުކުނާކަށްނުވޭތޯ؟

    52
    5
  5. ޙެެވެރި

    ޟ މިސަރުކާރު ހަމަކަޑައީ ވަރަށް ތަފާތުކުރުންވެސް ބޮޑު ސަރުކާރެއްމީ ސާލިހް އިސްތިއުފާ

    57
    6
  6. ޢާދަނުބެ

    މީނުވޭ ހަރުކަށި އަމަލަކަށް ހަމައެކަނި ބޮން ގޮއްވައިގެން މީހުންނަށް އަނިޔާދިނިމަދޯ އަނިޔާއައްވަނީ ފާޑުފަޑު ބިލިތައް ފާސްކޮށް އެކި ޖަލްސާތަށް ބާއްވަނި ހަރުކަށި ފިކުރާދެކޮޅަށް

    66
    3
  7. މަހުދީ

    ހަމީދޫ ޓްވީޓް ނުކޮށް އަމަލުކޮށްބަލަ. ނުވަންޏާ ގެއަށްދޭ

    64
    3
  8. ފޭކް

    ބަ އެ އް ކަންކަން ހުރިހާ ކެމެރާ އަކަށް އަރާދޯ.

    15
  9. އަހުމަދު

    މި ކުދިން މަގުމައްޗަށް ގްރޫޕް ހަދާފަ މިދަނީ މައިންބަފައިންގެ އިހުމާލުން ، ޒިންމާ ނަގަންޖެހޭނީ މައިންބަފައިން

    3
    2
  10. ސޭޑް

    ޔާﷲ. ﷲއަކްބަރު

  11. ކަމަނަ

    ޥަކިމީހަކަށް ދޭހަމަލާ ކެމެރާ ތަކަށް އަރަނީ އައްނި އަށް ހަމަލަ ދިންމީހުން ފަހަތުން ކެމެރާތަށް ދުވެފަ ދިޔޙެން ހީވީ އެމީހުންނ ދިޔަ ހުރިހާމަގަކާ ގޯޅިއަކުވެސް ހުރީ ކެމެރާ އެދުވަހު

  12. ދަރި

    ތިޔަ ފުލުހަކަށް އަަހަރެމެންގެއިން އެއަރ ކޯން ވަގަށް ނަގާގެން 24 އަވަޒް ނުވަނީސް ވީޑިއޯ އާއެކު ހުށައަޅަން ދިޔާމަވެސް ބުނީ މިހާރު މައްސަލަ ފައިލްކުރިއްޔޯ! ވީޑިއޯ ގެންނަންވީމަ އަންގާލާނަމޯ! އެހެންކިޔާފަ ބަޚަބަރު! އެއްމަސްދުވަސް ވާން އުޅެނިކޮށް އެހެން ފުލުހަކަށް އެކަންއެންގުމުން އޭނަ ޕޮލިހުގައި އެވާހަކަ ބުނީމަ ވީޑިއޯ ގެންދިޔަ! އަދި އަދަށްވެސް އަޅާވެސް ނުލާ! ވަގުންތަކާއެކު ހަމަ ހޫނުތަނުން ދިރުުވާލާގެން ހުވާކޮށްގެން ހުވަޔަކާ ޢަމަލަކާ ބަހަކާ ދިމާނުވޭ! ސްޕަމެޖޯރިޓީ ސަރުކާރު ހަމަތަފާތީ އޭ އިނގޭ! ރައްޔިތުންނަށް އޯގާތެރިކަމުގެ ހަމަ އެއްވަނަ!

  13. Anonymous

    ޢަދުލު އިންސާފު ގާއިމުކޮށް ހައްގު އަދަބު ނުދޭތީ ތިހެންވަނީ

  14. ސީނު

    ޖަޒީރާގެ ކުލަތަށް