އުމުރުން ދެ އަހަރު ނުފުރޭ ޝައްމާ އިބްރާހީމަށް ކާންދޭން މަންމަ އިނީ ގޮނޑުދޮށުގައެވެ. އެއީ އެންމެ ފަހުން ކުރި ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. ޝައްމައަށް ކާންދީ ނިމުމާއެކު މަންމަ ދިޔައީ ތަށި ދޮންނާށެވެ. ވާނީ މަދު ވަގުތު ކޮޅެކެވެ. ތަށި ދޮވެގެން އައިރު، ދަރިފުޅު ފެންނާކަށް ނެތެވެ. ލަސްނުކޮށް ދަރިފުޅު ފެނޭތޯ މަންމަ އުޅެގަތެވެ. ގެއާ ކައިރި ސަރަހައްދުތަކާއި، ގޮނޑުދޮށް ބަލަން ފެށިއެވެ.

ކައިރި ސަރަހައްދުތައް ބެލިއިރު ދަރިފުޅުގެ ހިލަމެއް ނުވިއެވެ. އެ ހިސާބުން ކުއްޖާ ހޯދުމުގެ މަސައްކަތުގައި ދުރު ހިސާބުތައް ވެސް ބަލަން ފެށުނެވެ. އެހެން ނަމަވެސް އެ މަންމައަށް ފެނުނީ އެ ދަރިފުޅުގެ ފުރާނަ ނެތް ހަށިގަނޑެވެ. އެއީ ރަށު މޫދު ތެރެއިންނެވެ. ގެނބިގެން ކުއްޖާ ނިޔާވީއެވެ.

"މޫދާ ވަރަށް ކައިރީގައި އެ ގެ މި ހުންނަނީ، ކުއްޖާގެ މަންމަ އޭނާއަށް ކާންދީފައި ތަށި ދޮވެގެން އައިސް ބެލިއިރު ކުއްޖާ ނެތިގެން ހޯދަން އުޅެނިކޮށް މޫދުން ފެނުނީ، އޭރު ކުއްޖާ ނިޔާވެފަ ވަނީ،" ގުރައިދޫ ކައުންސިލް ރައީސް ހުސައިން ޔާމީން ވެގެން ދިޔަ ގޮތް ކިޔައިދެއްވިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލްގެ ރައީސް ޔާމީން ވިދާޅުވީ، އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ. އެ ކުއްޖާ ސިއްހީ މަރުކަަޒަށް ގެންދިޔައީ މެންދުރު 13:30 ހާއިރުއެވެ.

ކުއްޖާ ފެނުނީ ޖެޓްސްކީގައި ދިޔަ މީހަކަށް!

ޝައްމަ ހޯދަން ކުރި މަސައްކަތުގެ ތެރެއިން ބޭރުމަތި ބަލާލަން ޖެޓްސްކީގައި ދެ މީހަކު ނުކުމެފައިވެއެވެ. އެމީހުން ހޯދި ހޯދުމުގެ ތެރެއިން މޫދުން ކުއްޖާ ފެނުނު ސަރަހައްދާއި ގޮނޑުދޮށާއި ދެމެދުގައި 150 ފޫޓުގެ ދުރުމިން ހުންނާނެ ކަމަށް އެ ރަށު ކައުންސިލް މެމްބަރު ހުސެއިން ނިހާލް ލަފާ ކުރައްވައެވެ.

އެ ގެއަކީ ގޮނޑުދޮށާއި ވަރަށް ކައިރީގައި ހުންނަ ގެއެކެވެ. ގެޔާއި ގޮނޑުދޮށާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 70 ފޫޓުގެ ދުރުމިނެކެވެ. ކުއްޖާ ފެނިފައިވަނީ އެ ސަރަހައްދު މޫދުންނެވެ. އެ ހިސާބަކީ އާންމުކޮށްވެސް މީހުން މޫދަށް އެރި އުޅެން ގޮސް އުޅޭ ސަރަހައްދެކެވެ.

ކ.އަތޮޅު ގުރައިދޫ
ކ.އަތޮޅު ގުރައިދޫ

"އެ ސަރަހައްދު ފުނެއް ނުވާނެ. ކުއްޖާ ނެގި ހިސާބަކީ ވެސް ބޮޑެތި މީހުންގެ އިސްކޮޅު ޖެހޭ ހިސާބެއް. އެތާ އޮންނާނެ ހުއި ގަނޑެއް. އެތަން ވެސް ވަރަށް ތިލަކޮށް އޮންނާނީ. އެކަމަކު ދެން ދެ އަހަރުގެ ތުއްތު ތުއްތު ކުއްޖަކަށް ވަރަށް ފުން ވާނެ،" ނިހާލް ވިދާޅުވިއެވެ.

ޝައްމަ ގެނބިފައިވާ ސަރަހައްދަކީ ހިކޭ ދުވަސްވަރަަށް އެއްކޮށް ހިކޭ ސަރަހައްދެކެވެ. ފުންވީ ކަމުގައި ވިޔަސް، ފުންމިނުގައި ހުންނާނީ ގާތްގަނޑަކަށް 3 ފޫޓުވަރު ކަމަށް ވެއެވެ.

ދެމަފިރިންގެ ކައިވެނި ކުރި ފަހުން ލިބުނު ފުރަތަމަ ދަރިފުޅު!

ގެނބިގެން ނިޔާވެފައިވަނީ އެއް އަހަރާއި 10 މަހުގެ ޝައްމައެވެ. ޝައްމަގެ މައިންބަފައިންނަކީ އެ ދެމީހުން ކައިވެނި ކުރުމުގެ ކުރިން އިތުރު ކައިވެންޏެއް ކޮށްފަައިވާ ދެމީހުންނެވެ. ދެ މީހުންނަށް ވެސް ކުރިން ކޮށްފައިވާ ކައިވެންޏަށް ދަރިން ލިބިފައިވެއެވެ.

އަންހެން މީހާއަށް ކުރިން ކޮށްފައިވާ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވާއިރު، ފިރިހެން މީހާއަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ގެނބިގެން ނިޔާވެފައިވަނީ މި ދެމީހުންގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ.

ރާއްޖޭގައި ގެނބިގެންގިނަ ހާދިސާތައް ހިނގައެވެ. މިފަދަ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސޭޑް

    ނަޒަރު ދޫވީއޭ ބުނެވޭނެތޯ އެވަރު ތުއްތު ކުއްޖެެއް ބައިންދާފައި ދިޔައިމާ.؟

    127
    9
  2. ޔޯޔޯ

    2 އަހަރުވެސް ނުވާ ކުޑަ ކުޑަ ކުއްޖަކު އެކަނި ބަހައްޓާފައި އެންމެ މިނެޓަކަށް ވިޔަސް ދިއުން އެއީ ވަރަށް ބޮޑު އިހުމާލެއް. ހާއްސަކޮށް އެހާ ގޮނޑުދޮށާ ކައިރީގައި. މީހަކާ ހަވާލުކޮށްފައި ދިޔަ ފަހުން ވީ ކަމެއްނަމަ ދެން ކުރާނެ ކަމެއް ނެތް.

    46
    1
  3. ކީއްވެ؟

    އަލިފާނެއް ފެނެއް ވަކިނުވާ ވަރުގެ ތުއްތު ކުއްޖަކު އެކަނި ބައިންދާފަ ތަށިދޮންނަން މަންމަ ދިޔައީ ކީއްވެ؟ އެކުއްޖާ ގޮވައިގެން ނުދިޔައީ ކީއްވެ؟ ތަށިދޮންނަން ދިޔައީ ކޮންތާކަށް؟ ގެއަށްތަ؟ މޫދަށްތަ؟ ތިހިން ތިކަން ހިނގިނަމަ، މަންމަ ކުށްވެރި ނުވާނެ އެއްގޮތެއް ވެސް ނޯންނާނެ އެވެ. ފުލުހުންވެސް މިފަދަ ކަންކަމުގައި ޒިންމާ ނަގަންޖެހެނީ މައިމީހާ ކަމުގައި ވިޔަސް، އެފަރާތަކަށް ދަޢުވާ ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. މިހާރަކަށް އައިސް ދޭތެރެދޭތެރެއިން މިފަދަ ޙާދިސާ ތަކުގައި ތުއްތު ކުދިން މަރުވާ އަޑު އެބަ އިވެއެވެ.

    35
    1
  4. ާ😞

    ތަށިދޮވެލަން ދިޔައީމޫދުންބާ ނޫނި ގެއަށްބާ ވަރަށް ބޮޑަށް އިހުމާލު ވެވިފަމިއޮތީ އަދި އަހަރެން ނަމަވެސް

    75
    8
  5. ސުލެއިމާން

    ބޮޑު ސިންގާ އިހުމާލެއްގެ މަތީ ފިޔަން ޖަހަން ނަޒަރުދޫވި ހިނދުކޮޅާ މުށުންދޫވި ގުމްރީއޭ ކިޔައިގެން. ދެއްތޯ؟

    52
    5
  6. ބަބޫ

    ފުރިހަމަ ޒިންމާ އެތަނުގައި ބަހައްޓާފައި ދިޔަމީހަކު ނަގަން ޖެހޭ. ފަރުވާކުޑަވުމުގެ ސަބަބުން އެހެން ވީ

    29
    1
  7. ވޭމަންޑޫ

    މަށަށް ދެރައީ އެވަރު ތުއްތު ކުއްޖަކު އެކަނި ބައިންދާފަ ދިޔައީމަ

    43
    1
  8. ނާހި

    އަޅެ އެހާކުޑަކުއްޖެއް އެކަނި ގޮނޑުދޮށުގަ ބައިންދާފަ ދިޔުމަކީ ބޮޑު އިހުމާލެއްނޫންތަ؟

    44
    3
  9. ރައްޔިތު މީހާ

    ޚުއްޖާ އެކަނި މޫދު ކައިރީ ބެހެއްޓުމަކީ ނަޒަރު ދޫވުން ތަ؟ ޢަލިފާން ގަޑެއްގެ ތެރެއަށް އެއްލުން ކަހަލަ ކަމެއް ދޯ؟

    19
    1
  10. އާދަމް

    އުސްތާޒުލް ޖީލްގެ ވާހަކަ ހަނދާނަށް ގެންނަމުން ދަންނަވަމެވެ. ހައްތާވެސް ދަރީންނެވެ. ހައްތާވެސް ދަރީންނެވެ.

    3
    2
    • އިސްތިރި އަލިބެއްޔާ

      ކޮޓަރީގެ ކަނުގައި ހުރި ލަކުނޑި ގޮނޑިއެއްގައި ފާރަށް މޫނު ލައިގެން އާދަމްބެ އިންނައިރު، ގޭގެ މެދު "ވަހުގައި" އެލުވާލާފައި އޮތް ފަސް ވޯޓު ބޮކީގެ އަލިން ކޮންމެވެސް ވަރަކަށް އާދަމްބެއަށް އަލިވަމުން ދެއެވެ. މިފަދަ ފަޅު ގެއެއްގައި އެކަނިމާ އެކަނި އާދަމްބެ އެ އިނީ ޔަޤީނުން ބޮޑު ކަމެއް ދިމާވެ ފިކުރެއްގައެވެ. އާދަމްބެ މަޑުމަޑުން ކިޔަމުން ދަނީ ދުނިޔެއަށް އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ. ހައްތާވެސް ދަރީންނެވެ. ހައްތާވެސް ދަރީންނެވެ. މީގެ 15 އަހަރުން ކުރިން ފެީށިގެން އާދަމްބެގެ ޙާލަކީ މިއެވެ. އާނއެކެވެ. ހިތާމަ އަކީ މީހާ ބަލިކޮށްލާ ކަމެކެވެ. ބޮޑު ވޭނެކެވެ. ކެތްތެރިވުން ނޫންގޮތެއް ނެތެވެ. މި ފަނާވަނިވި ދުނިޔެ މަތިން ފޫހިވެފައިވާ މީހެއްގެ މިސާލަކީ މިވަގުތު އާދަމްބެ ކަން ޔަޤީނެވެ. ލޯބިވާ މީހަކު ގެއްލި ދިއުމަކީ ކިހާ ބޮޑު ވޭނެއްކަން އާދަންބެގެ ޙާލަށް ބަލާލުމުން އެނގިގެންދެއެވެ. މާތްﷲ އާދަންބެއަށް ހެޔޮ ސިއްޙަތެއް މިންވަރުކުރައްވާށިއެވެ.

      3
      1
  11. އައިޝާ

    މިފަދަ ހިތްދަތި ވަގުތެއްގައި އެކުއްޖާގެ މަންމައަށް ދެރަބަސް ނުބުނޭ. އެ މަންމައަށް ކުރާނެ އަސަރު އެހެން މީހަކަށް އިހުސާސްވެސް ކޮށްލެވޭނީ އެފަދަ ދެރަގޮތެއް ދިމާވި ނަމަ. ﷲ އެކުޑަ ފުރާނަޔަށް ހެޔޮ ރަހުމަތް ލައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި

    19
    1
  12. Anonymous

    ކަލޭމެން އެއްޗިހި ކިޔާމީހުންނަކަށް އިހުސާސެ ނުވާނެ.އަނގަ މަޑު ކޮށްގެން ތިބެބަލަ!

  13. Anonymous

    ކަލޭމެން އެއްޗިހި ކިޔާމީހުންނަކަށް އިހުސާސެ ނުވާނެ

    1
    1