ތައިލެންޑުގައި ރެފިއުޖީއެއްގެ ގޮތުގައި ބަންދުކޮށްފައި ހުރި ބްރެޒިލްގެ ފުޓުބޯޅަ ކުޅުންތެރިޔާ ހަކީމް އަލް އަރައިބީ ދޫކޮށްލައިފިއެވެ.
ތައިލެންޑަށް ހަނީ މޫން އަކަށްދިޔަ ބްރެޒިލްގެ ފުޓުބޯޅަ ކުޅުންތެރިޔާ އެގައުމުގައި ބަންދުކުރީ ބަހްރެއިންގެ އެދުމަކަށް އިންޓަޕޯލްއިން ނެރުނު ނޯޓިސްއަކަށެވެ. ބަހްރެއިންގައި ޕޮލިސް ސްޓޭޝަނަކަށް ގެއްލުންދިން މައްސަލައިގައި 10 އަހަރަށް ހަކީމްގެ މައްޗަށް ހުކުމެއް ކޮށްފައިވާ އިރު، އޭނާއަށް ބަހްރައިނުން ވަނީ ކުރިން އޭނާ ހޯދަން އިއުލާން ކޮށްފައެވެ. އެކަމާ ހަކީމް އުޅެމުންދަނީ އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދައިގެން އެގައުމުގައެވެ.
ހުކުމް ތަންފީޒުކުރަން ނުޖެހި ހުއްޓާ ނޯޓިސް ނެރެ ތައިލެންޑުން ހައްޔަރު ކުރިއެވެ.
ހައްޔަރު ކުރުމާއެކު މުޅި ދުނިޔޭގެ އެތައް ބަޔަކު އޭނާ ބަހުރައިނަށް ނުފޮނުވުމަށާއި، ވަގުތުން ދޫކޮށްލުމަށް އަޑުއުފުލިއެވެ. އޭގެ ތެރޭގައި ޖޭމީ ވާޑީއާއި ޑީޑިއާ ޑްރޮގްބާވެސް ހިމެނެއެވެ. ސަބަބަކަށްވީ ބަހްރެއިންއިން އޭނާއަށް އަނިޔާ ދޭނެ ކަމަށް ބެލެވުމެވެ.
ހަކީމްގެ މައްޗަށް ބަހްރެއިންއިން ކޮށްފައިވާ ތުހުމަތުތައް އޭނާ ދޮގުކުރާ އިރު، އޭނާ މިއަދު މިނިވަން ކޮށްފައި ވަނީ ބަހްރެއިނުން އިތުރަށް ބޭނުން ނުވާތީ ކަމަށް ބެލެވެއެވެ. އަދި އެފަދަ ވާހަކައެއް ތައިލެންޑުން އޭނާއަށް ހަމަޖައްސާފައިވާ ގާނޫނީ ވަކީލުވެސް ވަނީ ފަހަގަކޮށްފައެވެ.
ތައިލެންޑުގެ ސަރުކާރުންވެސް ބުނެފައި ވަނީ ބަހްރައިންގެ ފޮރިން މިނިސްޓްރީން ވަނީ ހަކީމް އެގައުމަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. ހަކީމް ޖަލުގައި ހުރެފައި ވަނީ ބަހްރައިންނަށް އޭނާ ގެންދަން ނިންމަން ޖެހޭ ގާނޫނީ ކަންކަން ނުނިމި އޮތުމުންނެވެ.
ޢޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދައިގެން އެގައުމުގަ ހަކީމީ އުޅެނީ ސާބަސް.