ބްރެޒިލްގައި މިހާރު ކުރިއަށް ދާ ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި ޕެރަގުއޭ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.

މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ އާޖެންޓީނާ ނަމަވެސް، ގިނަ ހަމަލާތަކާއި ފުރުސަތު ތައް އުފައްދާފައި ވަނީ ޕެރަގުއާއި އިންކަން ފާހަގަ ކޮށްލެވެއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ރިޗާޑް ސަންޗޭޒް ޕެރެގުއާއި އަށް ލީޑް ނަގައިދިން ނަމަވެސް މެޗުގެ 57 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބު ކޮށް މެސީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، އާޖެންޓީނާ އަށް ޕެނަލްޓީ އެއް ލިބުނީ ޕެރެގުއާއީގެ ބޮކްސް ތެރެއިން އެ ޓީމުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅައިން ޖެހުމުން ކަމަށް ވީ ނަމަވެސް، އެ މަންޒަރު އެއްވެސް ކުޅުންތެރި އަކަށް ނުފެނުމެވެ. މި މަންޒަރު ފެނިފައި ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ ( ވީއޭއާރް) އަށެވެ.

ގްރޫޕް ބީ ގައި އޮތް މި ދެ ޓީމުން މީގެ ކުރިން ކުޅުނު މެޗައް ބަލައިލާ އިރުގައި އާޖެންޓީނާ ކޮލަމްބިއާ އަތުން ބަލިވެފައި ވާއިރު، ޕެރަގުއާއި ވަނީ ޤަތަރާއި ކުޅުން މެޗުން ޕޮއިންޓެއް ހޯދާފައެވެ. މި ގްރޫޕުގެ އެއް ވަނާގައި މިވަގުތު އޮތީ 6 ޕޮއިންޓާއި އެކު ކޮލަމްބީ އެވެ. ދެވަނާގައި ދެ ޕޮއިންޓާއި އެކު ޕެރަގުއާއި އޮތް އިރު ތާވަލްގެ ފުލުގައި އެންމެ ޕޮއިންޓަކާއި އެކު އޮތީ ޤަތަރާއި އާޖެންޓީނާއެވެ.

އާޖެންޓީނާ އިން ދެވަނަ ބުރަށް ކޮލިފައި ވާން ބޭނުން ނަމަ، ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ބާކީ އޮތް ދެ މެޗު ކާމިޔާބު ކުރުން ވަރަށް މުހިއްމެވެ.