ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ބޮޑު ބައެއް ބަންދު ކޮށްފިއެވެ.

އެފްއޭއެމްއިން މިއަދު ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ގައުމީ ފުޓުބޯޅަ ދަނޑުގެ ދެކުނު ފަރާތާއި، އިރުމަތީ ފަރާތުގެ ސިޑިބަރިތައް ބަންދު ކޮށްފައި ވަނީ ޔޫތު މިނިސްޓްރީން އެ އިދާރާއަށް ފޮނުވާފައިވާ ސާކިއުލާއެއްގެ ދަށުން ކަމަށެވެ. އަދި އެގޮތަށް މިނިސްޓްރީން އިރުޝާދު ދީފައި ވަނީ އެ ސިޑިބަރިއާއި ގުޅިފައިވާ އިމާރާތްތަކުގެ ތަނބުތަކާއި، ބެރިތައް އަދި ޝީޓްތަކުގައިވެސް ރެނދު ލާފައި ހުރުމުން ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށިތާ މާ ގިނަ ދުވަހެއް ވެފައިނުވާ އިރު، ސީޒަން ފެށިގެން މިހާ އަވަހަށް ސްޓޭޑިއަމްގެ މަރާމާތަށް އެންމެ ބޮޑު ދެ ސިޑިބަރި ބަންދުކުރުން ވެގެންދާނީ ބައެއް ސަޕޯޓަރުންނަށް ލިބުނު މާޔޫސް ކަމަށެވެ. އެފްއޭއެމްއިން ބުނެފައި ވަނީ ޔޫތު މިނިސްޓްރީން ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކޮށް ސިޑިބަރި އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ދަނޑު ބަލަހައްޓަމުން ގެންދަނީ ޔޫތު މިނިސްޓްރީންނެވެ. މިފަހަރުގެ ސީޒަނަށް ތައްޔާރުވުމުގައި މިނިސްޓްރީން އެކަށީގެންވާ ވަރަށް ދަނޑުގެ ކަންކަން ތައްޔާރު ކޮށްފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ގައުމީ ދަނޑުގެ ވިނަގަނޑުގެ ހާލަތަކީ ކޯޗުންނާއި ކުޅުންތެރިންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާމިނާ

    ސީޒަން ބްރޭކްގަ މިކަންކަން ރަނގަޅުނުކުރެވުމަކީ މިނިސްޓަރު ފޭލިވުން. މަހޭ ބާއްވާ ޓްވީޓު ކުރަން.

    15
  2. ސޯބިރު

    އެއޮއް ފުއްދަނީ ސްޓޭޑިއަމް ފުރުމުގެ ވައުދު. 2 ސިޑިބަރި ބަނދު ކުރީމަ ދެން ދަނޑު ފުރިދާނެ. ހަހަހަހަ

  3. ވެން

    ދަނޑުތައް ފުރިބަންޑުންވެއްޖެ. ހަހަހަހަ