ފަހުވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު 1-3 އިން ޔުވެންޓަސް އަތުން ބަލިވި ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.
ރެއާލް މެޑްރިޑް ސެމީ އަށް ކޮލިފައިވީ ދެ ލެގުގެ އެގްރިގޭޓުން 3-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 0-3 އިން ކާމިޔާބުކުރީ ރެއާލް އިންނެވެ.
ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސް އިން ވަނީ ލީޑު ނަގާފައެވެ. ކެދީރާ ނަގައިދިން ހުރަހަކުން މެޗުގެ 76 ވަނަ ސިކުންތުގައި މި ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ މަންޒުކިޗްއެވެ.
މި ގޯލަށްފަހު ޔުވެންޓަސްގެ ފޯވާޑް ހިގުއައިން އަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.
ހިގުއައިންގެ މި ފުރުސަތަށްފަހު ރެއާލް އިން ވަނީ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ބޭލް އާއި އިސްކޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮންއެވެ.
ރެއާލް އިން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 37 ވަނަ މިނެޓްގައި މަންޒުކިޗް ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލީޗެސްޓެއިނާ ނަގައިދިން ހުރަހަކުންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ރެއާލް އިން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރެއާލްގެ ޑިފެންޑަރު ވަރާން ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ޔުވެންޓަސްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު މެޗުގެ 60 ވަނަ މިނެޓްގައި މަޓުއިޑީ ވަނީ ޔުވެންޓަސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މަޓުއިޑީގެ މި ގޯލަކީ ރެއާލްގެ ކީޕަރު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލެކެވެ.
ޔުވެންޓަސްގެ މި ގޯލަށްފަހު ރެއާލް އިން ގިނަވަގުތު ބޯޅަ ގެންގުޅެ ޔުވެންޓަސްގެ ފަހަތަށް ބާރު ބޮޑުކުރިއިރު، މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 120 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.
ރެއާލް އަށް މި ޕެނަލްޓީ ލިބުނީ ވަޒްކުއޭޒް އަށް ޔުވެންޓަސްގެ ޑިފެންޑަރު ބެނާޓިއާ ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ދިނުމުން ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ޔުވެންޓަސްގެ ކީޕަރު ބުފޮން އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މިއީ މުބާރާތުގެ ސެމީއަށް ރެއާލް ޖެހިޖެހިގެން ދަތުރުކުރި އަށްވަނަ ފަހަރެވެ. މިއީ ޗެމްޕިއަންސް ލީގުގެ މުޅިން އާ ރެކޯޑެއް ވެސް މެއެވެ.
ރެއާލް ސެމީއަށް ދަތުރުކުރިއިރު ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރީ ރެއާލް އިންނެވެ.
ރެފްރީގެ ފަހު މިނެޓް ހަދިޔާއަކާ އެކު..
ހަމަތަ؟ އެއީ ހަދިޔާއެއް ނޫން. އެ ފައުލް ނުފެންނަނީ؟ ހައްގު ޕެނަލްޓީއެއް.
ފައުލެއް ނޫން އިތުރު ވަގުތު ވެސް ހަމަވިފަހުން ދިން ހަދިޔާއެކޭ.. ފައުލް ކޮންޓެކްޓެއް ނޫން.. ވީއޭއާރު މިހާރުން މިހާރަށް ވެސް މުހިންމު.. ނޫނީ ތިޔަ ރެއާލް ބާރސާއަށް އޮންނަ ފޭވަރިޒަމް ނުނިމޭނެ..
އެފައުލް ފެންނަނީ ރިޔާލް ގެ ސަޕޯޓަރުންނަށް އެކަނި.
ދެން ހަޖަމް ކޮށްލާ.. އެ ހަމަ ޕެނަލްޓީއެއް... ގަބޫލް ނުވަންޔާ އެ ވީޑިއޯ ގިނަ ގިނައިން ބަލާ...
ހަމަ ތިހެން ކިޔަ ކިޔަ ތިބެން ޖެހޭނީ. ދެން ބާރސާ ސަޕޯޓަރުންނަށް ހަޖަމެއް ނުވާނެ، މީ މި މީހުން މައްސަލައަކީ. ޕެނަލްޓީއަކަސް ނޫނަސް އޮންނާނީ ސެމީއަށް ގޮއްސަ.
އޭރުވެސްމަށަ އެނގޭތިހެންކަން ވާނީ ޖުވެންޓަސް ކީޕަރަ ރަތްކާޑު ދެއްކިހިސާބުން
ދެންނުރޯ ބާސާއަކަށް މިފަހަރު ޗެމްޕިއަންސް ލީގެއްނުލިބޭނެ
ރެފްރީ ގެ އެހީތެރިކަމާއެކު ވަރަށް ރަގަޅު ކާމިޔާބެއް މީ. އިނގިރޭސިން ފްޓްބޯޅަ ހަލާކު ކުރަނީ. ރޮނާލްޑޯ ހީވަނީ ލޮނުމެދު ކައިގެންއުޅޭ ގިތެޔޮ އެއްހެން.
ބާސާ ކެޓީ ދެން ލަލާ.
*ގިތެލެއް
އިނގިރޭސި ރެފްރީން ވޯލްޑް ކަޕަށް ނުނެގީ މިހެން ވީމަ
ރެފްރީ އަން ކިހާވަރެއްބާ ދީގެން މިއުޅެނީ.
ފައުލްނުފެންނާނެ ބަސާގެސަޕޯޓަރުންނަކަށްއެއީހަޖަމް ނުކުރެވޭތީ ރެއާލްމެޑްރިޑް ކުޅޭއިރު ޕެނަލްޓީ ދޭކަށް ނުޖެޖޭނެ މިފަހަރު ބާސާ ޗެމްޕިއަންސް ލީގުނަގާނެ
ބާސާގެ ސަޕޯޓަރންތިބީ ވަރަށް ހިތްދަތިވެވަރަށްބޮޑަށް ސަފްސާނީގޮތުން ބަލިކަށިވެފަ ރަގަޅަށްނުނިދުމާ ކާހިތްނުވުމަކީވެސް ވަރަށްބޮޑްވޭނެއް ރޮނާޑޯ ތަފާތު ދައކައިފި ކޮބާ މެސީ
ބާސާ ކެޓީމަ ބާސާގެ ސަޕޯޓުން ހަޖަމް ނުވެގެން ތި އުޅެނީ. ކިތައް ޕެނޭޓީ ރިޔާލަށް ލިބުނު އެކަމަކު ރެޕްރީ ނުދޭ ރިޔާލަކަށް. ހަޖަމް ކޮއްލަ ބާސާގެ ސަޕޯޓަރުން 2019 އަށް. ވަރައްސަލާމް.
އެއޮތީ ސެމީއަށް ގޮއްސަ.. ދެން ލަލަލާ
އެއީ ހަމަ ހަދިޔާ. އެއަށްވުރެ މާ ނުރައްކާތެރި ފައުލްކޮށްފަ އެބަހުރި. ފެއާރޕުލޭޔަށް ދޫކޮށްގެންނާ ރެއަލްޟެޑުރިޑަށް ރަތް ކާރޑު ދައްކަން ޖެހޭތީ ރެފުރީއަށް ނުފެނުން ކިތައް ފައުލު ދިޔަ ؟
މަށަށް ދެރައީ ރޮނާލްޑޯ އެވަރަށް ޑައިިވުކޮށް ކޮށްފަ އުޅެގެން އެހެން މީހަކު ހޯދި އެއްޗެއް ޖަހާފަ ސެލެބުރޭޓުކުރަން ކައިރި ހޮޓާތަކާ ފިހާރަތަކާ ގެތަކަށް ނުދިޔަކަން. ރެއަލް މެޑުރިޑަށް ވިއްކާފަ އޮތް އެއްޗެއް ތީ
އަހަރެންބުނީ ބާސާއައް މަލާމާތް ކުރާވަރުހޭ