އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އިން ޝެފީލް ޔުނައިޓެޑް ބަލިކޮށްފި އެވެ.

އެންފީލްޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 އިންނެވެ. މި މޮޅާއެކު ލިވަޕޫލުން ވަނީ 20 މެޗުން 58 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތްލެސްޓާ ސިޓީ އަށް ލިބިފައިވަނީ 21 މެޗުން 45 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 21 މެޗުން 44 ޕޮއިންޓް ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާސިޓީ އެވެ. ލިވަޕޫލް އަތުން ބަލިވި ޝެފީލް ޔުނައިޓެޑް އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގަ އެވެ.

ލިވަޕޫލާއި ޝެފީލް ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ މުހައްމަދު ސަލާހު އެވެ. ސަލާހު މި ލަނޑު ޖެހީޝެފީލްޑުގެ ފަހަތުން އެޓީމުގެ ކުޅުންތެރިއަކަށް ހެދުނު

ގޯހެއްގެ ފައިދާ ނަގައި ރޮބަޓްސަން އޭރިއާ ތެރެއަށް ތިރިތިރިން ފޮނުވާލި ހުރަސްގައި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެންނެވެ. މިއީ މިސްރުގެ ފޯވަޑް މިސީޒަނުގައި ކާމިޔާބުކުރި 10 ވަނަ ލީގު ލަނޑެވެ.

ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ސަލާހު އަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާދިއޯ މާނޭ އެވެ. އޭރިއާ ލައިން މަތިން ހެން ސަލާހު ދިން ބޯޅައިގައި މާނޭ ފޮނުވާލި ފުރަތަމަހަމަލާ ކީޕަރު ހެންޑަސަން މަތަކުރި ނަމަވެސް ރީބައުންޑުގައި މާނޭ ވަނީ ބޯޅަ ގޯލު ތެރެއަށް ވައްދާލައިފަ އެވެ.

ލިވަޕޫލަށް ކުރިއަށް ދެން އޮތީ އިނގިރޭސި އެފްއޭ ކަޕްގައި އެވަޓަން އާއި ދެކޮޅަށް އެންފީލްޑުގައި ކުޅެން އޮތް މެޗެެ.