ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ޔުވެންޓަސް ކުޅޭ މެޗުގެ ކުރިން ހެދި ކޮވިޑުގެ ދެވަނަ ޓެސްޓުންވެސް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މި ޓެސްޓަކީ އާދައިގެމަތިން ކޮންމެ މެޗެއް ކުޅުމުގެ ކުރިން ކޮންމެ ކުޅުންތެރިއެއްވެސް ހަދާ ޓެސްޓެކެވެ. ދެވަނަ ފަހަރަށް ރޮނާލްޑޯ ޓެސްޓުކުރީ އޭނާ ބަލިން ރަނގަޅުވިތޯ ކަށަވަރުކުރުމުގެ ގޮތުން އޭނާގެ ކުލަބް ޔުވެންޓަސްއިންނެވެ.

ދެވަނަ ޓެސްޓުގެ ނަތީޖާ އާއި އެކު ޔޫއެފްއާ ކްލިއަރެންސްގެ ވަގުތު ހަމަވުމާއިއެކު ރޮނާލްޑޯއަށް މިއަންނަ ހަފްތާގައި ބާސާއާއި ޔުވެންޓަސް ބައްދަލުކުރާ މެޗުގައި ނުކުޅެވޭނެ އެވެ.

ރޮނާލްޑޯ ކޮވިޑަށް ފައްސިވެފައިވަނީ ނޭޝަންސްލީގުގައި ޕޯޗުގަލަށް ކުޅެމުންދަނިކޮށެވެ.

ނަމަވެސް މެޗު ފެށުމަށް 48 ގަޑިއިރަށް ވުމުން ޔުވެންޓަސުން ޔޫއެފްއާގެ ރޮނާލްޑޯ އަލުން ޓެސްޓު ކުރުމަށް ޔޫއެފްއާގެ ހުއްދައަށް އެދޭނޭ ކަމަށް ރިޕޯޓުތަށް ބުނެއެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމަށް ގިނަބަޔަކު އިއްތިފާގުވާ ރޮނާލްޑޯ އަދި މެސީ ބައްދަލުކުރާ މެޗަކީ ގިނަ ސަޕޯޓަރުން އުންމީދުކުރަމުން ދިޔަ މެޗެކެވެ. ނަމަވެސް ރޮނާލްޑޯއަށް މި މެޗުގައި ނުކުޅެވޭނޭކަމަށް ބުނުމަކީ ގިނަބަޔަކު މާޔޫސްކުރުވި ކަމެކެވެ.

ރޮނާލްޑޯ ޔުވެންޓަސަށް ބަދަލުވިފަހުން މިހާތަނަށް މި ދެ ކުޅުންތެރިން މިހާތަނަށް ކުރިމަތި ލާފައިނުވެއެވެ.

ރޮނާލްޑޯ ޔުވެންޓަސާއި ގުޅުމަށްފަހު މިހާތަނަށް ވަނީ 91 މެޗު ކުޅެދީފައެވެ. ރޮނާލްޑޯ ކޮވިޑަށް ފައްސިވެފައިވަނީ މިދިޔަ ހަފްތާގައި ނޭޝަންސްލީގުގައި ޕޯޗުގަލަށް ކުޅެމުންދަނިކޮށެވެ.