ބާސެލޯނާގެ ކޯޗުކަމުގައި ދެން ނުފެންނާނެ ކަމަށާއި އެ ޓީމުގައި އޭނާގެ ވަގުތު ހަމަވެފައިވާ ކަމުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.،

ގާޑިއޯލާ މިހެންބުނީ އޭނާ އަނެއްކާވެސް ބާސާ އާއި ގުޅޭނެކަމަށް އަޑުއަރާފައި ވަނިކޮށެވެ.

ބާސާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ވިކްޓޯ ފޮންޓު ބުނެފައިވަނީ އޭނާ ބާސާގެ ރައީސްކަމަށް ހޮވިއްޖެނަމަ މެސީ ބާސާގައި ހުއްޓައި ގާޑިއޯލާ އަނބުރާ ގެންނަން މަސައްކަތްކުރާނެ ކަމަށެވެ. މެންޗެސްޓަރ ސިޓީން އެންމެފަހުން ޝެފީލްޑް ޔުނައިޓެޑު ބަލިކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަަކަދައްކަމުން ގާޑިއޯލާ ބުނީ އޭނާ ކުރިންވެސް އެތަކެއް ފަހަރު ބުނިގޮތަށް އޭނާގެ ކެރިއަރު ބާސާގައި ނިމިފައިވާ ކަމަށެވެ.

"އަހަރެން ކުރިންވެސް އެތަކެއް ފަހަރު ބުނެފިން ބާސާގައި އަހަރެންގެ ކެރިއަރު ނިމިއްޖެކަމަށް ، އަހަރެންނަށް ވިސްނޭގޮތުގައި އެއީ ހަޔާތުގައި އެންމެ ފަހަރަކު ލިބޭނެ ފުރުސަތެއް އަދި މިހާރު އެބަތިބި ގާބިލް މީހުން އެ މަގާމަށް ، މިސާލަކަށް ރޮބާޓް ކޫމަން އެއީ ރަނގަޅު މީހެއް" ގާޑިއޯލާ ބުންޏެވެ.

"އަހަރެން ސިޓީގައި މިހުރީ ވަރަށް އުފަލުން ، އަދިވެސް މި ކުލަބުގައި އަހަރެން ބޭނުން ކާމިޔާބު ހޯދަން އެއީ މިހާރު އެންމެ މުހިންމު ކަމަކީ "

މީގެއިތުރުން ގާޑިއޯލާ ވަނީ ކޫމަންއަށް އިހްތިރާމްކުރުމަށް އެދިފައެވެ. އަދި އޭނާއަކީ ގާތް ރަހުމަތްތެރިއެއް ކަމުގައިވެެސް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ވަނީ މީގެކުރިން ބާސާގެ ކޯޗުކަމުގައި ހަތަރު އަހަރު ހޭދަކޮށްފައެވެ.

2008 ވަނަ އަހަރުން 2012 ވަނަ އަހަރުގެ ނިޔަލަށް ގާޑިއޯލާ ބާސާއަށް ކޯޗުކަން ކޮށްދިންއިރު އޭނާ މިހާރު ސިޓީއާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.