"ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރުގައި އެފްސީ ރޯދި އަތުން މައިލޯ ސިޓީ އެފްސީ މޮޅުވި މެޗުގައި ސީރިއަސް އަނިޔާވުމުގެ ސަބަބުން ރާއްޖޭގެ ފުޓްސަލް ތަރި އަބްދުﷲ ޝައްފާން (ޝާކާ) އަށް މިއަހަރުގެ މުބާރާތުން ނުކުޅެވޭނެކަމަށް އޭނާ ކުޅުނު ޓީމުން ބުނެފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި ޝާކާގެ ކަނާތުފައިގެ ކަކުލަށް ވަނީ ގެއްލުންވެފައެވެ. މީގެކުރިންވެސް ޝާކާއަށް އަނިޔާ ލިބި ކުޅުމައި ދުރަށް ދާން ޖެހުނީ ހަމަ މި ކަކުލަށް ގެއްލުންވެގެންނެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން މައިލޯ ސިޓީގެ ކޯޗު މުހައްމަދު އަޒްމީ ބުނީ ޝާކާގެ އެމްއާރުއައި އެއް ހެދުމުގެ މަސައްކަތް އައްޑޫސިޓީގައި ކުރިޔަށްދާ ކަމަށެވެ. އަދި އައްޑޫސިޓީގައި ޝާކާގެ އަނިޔާގެ ކަންކަން ބެލުމުގައި އައިޖީއެމްއެޗް ގެ މަޝްހޫރު ފިޒިއޮތެރަޕިސްޓް ތޯރިގް މަޖީދުވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އަޒްމީ ބުންޏެވެ.

ޝާކާއަށް އަނިޔާވެގެން ދަނޑުން ބާލަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ވަގުތު ފުޓްސަލް ޗެލެންޖުގައި ޝާކާ ކުޅުނީ އަނިޔާގައި ގިނަދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެވެ. ޝާކާއަށް އެންމެ ފުރަތަމަ އަނިޔާވީ 2019 ވަނަ އަހަރު ތިނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުގެ ތެރެއިންނެވެ. މިއަހަރުގެ ވަގުތު ފުޓްސަލް ޗެލެންޖަކީ އަނިޔާއަށްފަހު އޭނާ ކުޅުނު ފުރަތަމަ ވާދަވެރި މުބާރާތެވެ.

"ޝާކާ ނެތްތަން ވަރަށް ބޮޑަށް ދައްކާނެ، އެއީ މި ޓީމުގައި ގޯލުޖަހާ ކުޅުންތެރިޔާ، އޭނަ ނުލާ ކުރިޔަށްދާން ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ، އެކަމަު ކުރިޔަށްއޮތް މެޗުގައި ޝާކާ ނެތި މޮޅުވާން ނިކުންނާނީ، ދެން ތިބި ކުޅުންތެރިން އެބައި ފޫބައްދާނެ" ވަގުތު އާއި ވާހަކަދައްކަމުން މައިލޯ ސިޓީގެ ކޯޗު އަހުމަދު އަޒްމީ ބުންޏެވެ.

މުބާރާތުގެ ކުއާޓާފައިނަލުގައި މިރޭ 22:00 ގައި އެ ޓީމު ބައްދަލުކުރާނީ އެފްސީ ބޭރުމަތި ޓީމާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި އިތުރު ފަރުވާއަށް ޝާކާ މާލެ ފުރާނެއެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގައި ޝާކާ ކުޅެނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޝާކާ ވަނީ މި މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ އޮތީ 13 ގޯލާއެކު މުބާރާތުގެ ލަނޑު ލިސްޓުގެ ތިންވަނައިގައެވެ.

ރާއްޖޭގެ ރެޑްބުލް އެތްލީޓު ޝާކާ އަކީ ރާއްޖޭގެ ފުޓްސަލްގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިލިގިލި

    އެހެން ވާނީ ތިމާ ވަރުގެ ކަމެއް ނެތިގެން އުޅެންޏާ.

    12
    49
  2. ބިގްފޭން

    ވިސް ޔޫ އަ ސްޕީޑީ ރިކަވަރީ ބްރޯ

    11
    2
  3. ށހސހ

    ޙހަހަހ ސާކާ މިޔަ ރު ވެސް އުޅޭތަ ފުޓުބޯޅަ ކުޅެން.. ދެން އޮންނަ މެޗް އިން ސާކާ އަށް އަނިޔާ ވީ މަ ނުފެންނާނެ ތީވެ. އާ ކުޅުންތެ ރިޔާ މީދާ އަ ރާ ވާހަކަ ފަހުގެ ހަބަ ރުގެ ތަފުސީލު ގަ ބުނެލަދެން.. އަބޭ ހަޓް

    2
    4
  4. މީހާ

    މިރާއްޖެގެ ބޮޑު ފުޓްބޯޅަ ފުންޑައިލި ކުޅިވަރަކީ ތި ފުޓްސަލް.

    10