އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ކިޑްސް އެތްލެޓިކްސް ޕްރޮގްރާމް" ގެ ކޯޗުންގެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ކޯޗިން ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރައުހަތު ސްޕޯޓްސް އެކަޑަމީން ބާއްވައިފިއެވެ.

މި ޕްރޮގްރާމް ގދ.ތިނަދޫގައި ކުރިޔަށްގެންގޮސްފައި ވަނީ މިމަހުގެ 10 އިން 23 ގެ ނިޔަލަށެވެ. ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގދ.ކާޑެއްދޫ އެއާޕޯޓުގައެވެ. މި ޕްރޮގްރާމްގައި 21 ކޯޗުން ބައިވެރިވިއެވެ.

ރައުހަތު ސްޕޯޓްސް އެކަޑަމީން ބޭއްވި ޕްރޮގްރާމްގެ ތެރެއިން

މި ޕްރޮގްރާމްގައި ބައިވެރިންނަށް ސެޝަންތަށް ނަގައިދިނީ އެތްލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަނަލް ރައުހަތު ޤުދުރަތުﷲ، ތިނަދޫ ސްކޫލްގެ ލީޑިންގް ޓީޗަރ ޝިފާ މުހައްމަދު، ވޯލްޑް އެތްލެޓިކްސް ލައިސެންސް ކޯޗް ހަސަން ފައިހަތު ޤުދުރަތުﷲ، ތިނަދޫގެ އެތްލެޓިކްސްއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ކޯޗް އަހްމަދު ސަދޫގްގެ އިތުރުން ކާޑެއްދޫ އެއާރޕޯޓްގެ ޑިރެކްޓަރ، މުހައްމަދު ޝަރީފްއެވެ.

ރައުހަތު ސްޕޯޓްސް އެކަޑަމީން ބޭއްވި ޕްރޮގްރާމްގެ ތެރެއިން

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ކިޑްސް ޕްރޮގްރާމްގައި 130 އެތްލީޓުން ގެންދަނީ ތަމްރީނު ހަދަމުންނެވެ. މީގެއިތުރުން ގައުމީ ޓީމްތަކުގެ މުސާރަ ލިބޭ ދެ އެތްލީޓަކުވެސް މީގެތެރޭގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ރައުހަތް ސްޕޯޓްސް އެކަޑަމީއަކީ ހުވަދު އަތޮޅުގައި އެތްލެޓިކްސްގައި އެތްލެޓިކްސްގެ ހަރަކާތްތައް ފުޅާކޮށް ކުރިޔަށްގެންދާ ފާހަގަކޮށްލެވޭ، އަދި ކާމިޔާބު އެކަޑަމީއެކެވެ.