ގދ. އަތޮޅު ކައުންސިލުން އިސް ނަގައި، އިމްތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

ޖުމްލަ 5 އުމުރުފުރާ އަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަދި 17 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރު ފުރާ ވެސް އޮންނާނެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 އިން 15ގެ ނިޔަލަށް ތިނަދޫ ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ރާވައި ހިންގުމަށް ތިނަދޫ އަށް ނިސްބަތްވާ ރާއްޖޭގެ މަޝްހޫރު ރައުހަތު ސްޕޯޓްސް އެކެޑަމީ އާއި ވަނީ ހަވާލު ކުރެވިފައެވެ.

ރައުހަތު ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވެފައި ވާގޮތުގައި މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށާއި އަދި މި މުބާރާތުގައި ރާއްޖޭގެ އެތްލެޓިކްސްގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއި އެތްލީޓުން ފެނިގެން ދާނެ ކަމަށެވެ.

ތިނަދޫ އަކީ ޒަމާނުންސުރެން މޮޅު އެތްލީޓުންތަކެއް އުފެދެމުން އަންނަ ރަށަކަށް ވާއިރު މިހާރު އެ ރަށުގައި އެންމެ ފުޅާ ދާއިރާ އެއްގައި އެތްލެޓިކްސްގެ ހަރާކްތައް ހިންގަމުން އަންނަ ރައުހަތު ސްޕޯޓްސް އެކެޑަމީ އަކީ އިންޓަނޭޝަނަލް ލެވެލްގެ އެތްލީޓުން ވެސް ނެރެމުންދާ ކްލަބެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލީ

    ތިކަންހުއްޓާލާ ތީހަރާން ކަމެއް

    1
    3
  2. އަތޮޅުތެރޭ މީހާ

    ތީ ކޮންމެހެން ހެޔޮ އެދިގެން ބާއްވާ މުބާރާތެއް ނޫން ހެން ހީވޭ. އަހަރު ނިމުމުގެ ކުރިން ބަޖެޓް ކޮންމެހެންވެސް ތިނަދޫއަށް ބަހާ ހުސްކުރަން ޖެހޭނެ ތީ ކުރިންވެސް ތިމީހުން ހަދާގޮތް އަތޮޅުގެ އެކި ރަށްރަށަށް ޚަރަދު ނުކޮށް މުޅިބަޖެޓް ތިނަދޫއަށް ހުސްކުރުން،